ޚަބަރު / ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ

ކޮމަންވެލްތުން ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން، މަޝްވަރާތަކަށް ގޮވާލަން: ޝައިނީ

ސަރުކާރުން އިސްވެ ކުރިން ފަށަން އުޅުނު މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރެއްވި ތިން މިނިސްޓަރުން (ކ-ވ): ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ޝައިނީ އަދި މިނިސްޓަރު ޒުހޫރު ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށާއި ހުރިހާ ފަރާތްތަކުގެ މަޝްވަރާ އަށް މި ހަފުތާގައި އަނެއްކާވެސް ގޮވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގް) ގެ އެޖެންޑާގައި ރާއްޖެ އަނެއްކާވެސް ހިމަނައި، އެ ގުރޫޕުގެ ހުށަހެޅުންތަކާ އެއްގޮތަށް ކަންކަން އިސްލާހު ނުކުރާ ނަމަ، ކޮމަންވެލްތުން ރާއްޖެ ވަކިކުރުމުގެ ފުރުސަތު ވެސް އޮތުމުން، "މިހާރު" ން ދެންނެވި ސުވާލުތަކަކަށް ޝައިނީ ވިދާޅުވީ، އެ ހުށަހެޅުންތަކުގެ ގިނަ ކަންކަން ހާސިލްވާން އޮތީ ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދުގައި ކުރާ މަޝްވަރާތަކުގެ އަލީގައި ކަމަށެވެ. އަދި ސަރުކާރުން އަބަދުވެސް އައީ މަޝްވަރާއަށް މަރުހަބާ ކިޔަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މަޝްވަރާއަށް އޯޕަން އިންވިޓޭޝަނެއް އަބަދުވެސް ސަރުކާރުން ދެމުން އައީ. އެއްވެސް ޝަރުތެއް ނޯންނާނެ. ސަރުކާރުން ވާނެ ތިން ހަތަރު ފަހަރު ވެސް މަޝްވަރާ ސްޓޭޖުގައި ދޫ ދީފައި،" ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ މެދުގައި މީގެ ކުރިން ފެށި މަޝްވަރާތަކުގައި ސަރުކާރު ތަމްސީލްކުރެއްވި އިސް މަންދޫބު ވިދާޅުވި އެވެ.

"އެކަމަކު އިިދިކޮޅު ފަރާތްތަކުން ޝަރުތުތައް ކުރުމަތި ކުރުމުން މިހާތަނަށް ވެސް މަޝްވަރާ ކުރިއަށް ނުގެންދެވިފައި އޮތީ. އެކަމަކު އަނެއްކާވެސް މަޝްވަރާއަށް މި ހަފުތާގައި ދިވެހި ސަރުކާރުން ގޮވާލާނެ."

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް ގޮތް ދޫކޮށް މަޝްވަރާއަށް ފަހި މާހައުލެއް ގާއިމްކުރަން ސީމެގުން ވަނީ އެދިފަ އެވެ. އެގޮތުން އެއްވެސް ޝަރުތެއް ނެތި މަޝްވަރާތަކުގައި ފުރިހަމަ އަށް ބައިވެރިވުމަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ވާޖިބެއް ކަމަށް އެމެރިކާގެ ނިއު ޔޯކްގައ ކުރިއަށް ގެންދާ އދ. ގެ އާންމު މަޖިލިހުގެ ހަވާސާގައި މިދިޔަ ހުކުރުދުވަހު ބޭއްވި ސީމެގްގެ ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.

ސީމެގްގެ ބައްދަލުވުން މިދިޔަ ހުކުރުދުވަހު ކުރިއަށް ގެންދަނީ.

ސަރުކާރުން ކުރިން ފަށަން އުޅުނު މަޝްވަރާ އަށް އިދިކޮޅު ފަރާތްތަކުން ނުދިޔަ މައިގަނޑު ސަބަބަކީ ހައްޔަރުކޮށްފައިވާ އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަން ނުކުރާތީ އެވެ. އިދިކޮޅު ފަރާތްތަކުން އޭރު ބުނަމުން އައީ މަޝްވަރާގެ މޭޒަށް ދާނީ އިދިކޮޅު ސިޔާސީ ބޭފުޅުން މިނިވަންކުރުމުން ކަމަށެވެ. އެކަމަކު ސަރުކާރުން ބުނަމުން އައީ އެއަށް ގޮތެއް ނިންމޭނީ މަޝްވާގެ މޭޒަށް އިދިކޮޅު ފަރާތްތައް ގޮސްގެން ކަމަށެވެ.

ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް އެއްވެސް ޝަރުތެއް ނެތި މަޝްވަރާގައި ފުރިހަމައަށް ބައިވެރިވާން ސީމެގުން މިދިޔަ ހުކުރުދުވަހު ބާރުއެޅުމުން، އެމްޑީޕީން މިހާރު ބުނެފައި ވަނީ ސީމެގުން ރާއްޖެއަށް އަޅާނެ ފިޔަވަޅަކުން ސަލާމަތް ވުމަށް އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާތައް ފަށަން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ގައުމު ސަލާމަތްކުރުމާ ގުޅޭ ކޮންމެ މަޝްވަރާއަކަށް ދާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ޝައިނީ ވިދާޅުވީ ގައުމަށް ގެއްލުން ވަނީ އިދިކޮޅު ފަރާތްތަކުން އަމަލުކުރާ ގޮތުން ކަމަށެވެ. އެހެންވެ މި ހުރިހާ ކަމެއްގެ ޒިންމާ އިދިކޮޅު މީހުން ނަގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސީމެގްގެ ބަޔާނުގެ 10 ވަނަ މާއްދާގައި އެ އޮތީ ބުނެފައި، ރާއްޖޭގެ ކަންތައްތަކަށް ހައްލު ހޯދަން ޖެހޭނީ ދިވެހިން އަމިއްލަ އަށް ކަމަށް. އެކަމަކު އިދިކޮޅު ފަރާތްތަކުން ދަނީ ބޭރުގެ އެކި ޖަމިއްޔާތައް ބޭނުންކޮށްގެން، ރާއްޖޭގެ ނަން ހަޑިކޮށް، އިގުތިސޯދަށް ގެއްލުން ވާނެ ހުރިހާ ކަމެއް ކުރަމުން. އިިދކޮޅު ފަރާތްތަކުގެ އިހުމާލުން މަޝްވަރާ ވެސް ފެއިލްވީ،" ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ މަސްރަހު ފިނުކުރަން އދ. އިން ކަނޑައެޅި މަންދޫބު ރައީސް ޔާމީނާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

"ސީމެގްގެ ސްޓޭޓްމަންޓުން އެނގޭ އެއްވެސް ކަމެއް ކުރިއަށް ނުދަނީ އިދިކޮޅު ފަރާތްތަކާ ހެދިކަން. ސަރުކާރުން މިދަނީ ކަންކަން ރަނގަޅު ކުރެވޭތޯ ބަލަމުން. އެކަމަށް ވަގުތު ނަގާނެ. ކޮންމެ ކަމެއް ވެސް ފުރިހަމަކުރަން އެކަށީގެންވާ ވަގުތު ބޭނުންވާނެ."

މިއީ ކޮމަންވެލްތުން ވަކިވުމަށް އެންމެ މުހިންމު ދަނޑިވަޅު ކަމަށާއި އެ ޖަމާއަތުން ވަކިވާން ތާއީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބާރުއަޅަމުން ދިޔަ ނަމަވެސް، ޝައިނީ ވިދާޅުވީ، އެއީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އަދި ކޮމަންވެލްތުން ވަކިވުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ. އެކަމަކު އެކަން ބޮޑަށް ސާފުވާނީ ހާލަތު ބަދަލުވާ ގޮތަކުން ކަމަށް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލިހުން އެއަށް ގޮތެއް ނިންމައި ކެބިނެޓްގެ މަޝްވަރާގެ މަތިން [ކޮމަންވެލްތުން] ވަކިވުމުގައި ގޮތެއް ނިންމާނީ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކަށް ވާނީ. ހާލަތްތަކަށް ރިއާޔަތްކޮށްފައި، އެއީ ކުރާނެ ކަމެކޭ ނުވަތަ ނުކުރާނެ ކަމެކޭ ބުނަން އެނގޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާ ކުރުމާއި ތިން ބާރު ވަކިވެފައިވާ ވުން ކަށަވަރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިބޫ ވާހަކަ ދައްކަވަނީ: އޭނާ ރޭ ދެއްކެވި ވާހަކަތަކަށް ޝައިނީ ރައްދު ދެއްވި. --ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސީމެގްގެ ހުށަހެޅުންތަކަށް ސަރުކާރުން އަމަލު ނުކޮށްފި ނަމަ، އޭގެ ގެއްލުން ވާނީ ރައީސް އަބްދުﷲ ޔާމީނަށް ނޫން ކަމަށާއި އެކަމުގެ އުނދަގުލާއި ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެފައިވާތީ ޝައިނީ އެއަށް ވެސް ރައްދު ދެއްވި އެވެ.

"އެ ވާހަކައިން އެނގެނީ ދިވެހި ރައްޔިތުންނަށް ގެއްލުންވާނެކަން އެނގި ތިބެއޭ އިދިކޮޅު ފަރާތްތަކުން ކަންކަން އެކުރަނީ. ގަސްދުގައޭ އެކަން އެކުރަނީ،" ޝައިނީ ވިދާޅުވި އެވެ.

57 ކޮމެންޓް, 124 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 2%
icon angry icon angry 82%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Expired MUO

26 September 2016

އެހެންވީމައޭ ރީނދޫ ތަކުރުން އެބުނަނީ ރައްޔިތުން އެދޭ ގޮތަކަށް ނޫނޭ ކަންކަން ކުރަނީ. އަހަރުމެން ބޭނުމީ އެބައިގަނޑުން ވަކިވުން. އެކަމަކު ތިބުނަނީ އެ ވިސްނުމެއް ނުގެންގުޅެމޭ. ކަޑައެއްނު.

The name is already taken The name is available. Register?

ބޮކުބާޑު

25 September 2016

ވިސްނުމަކީ ކޮމަންވެލްތުން ވަކިވުން. ރިޔާޒު އެބުނަނީ ސަރުކާރުގެ ވިސްނުން. އެކަމަކު ވަކިވެގެން ކުރާނެ ފައިދާއެއްނެތީ. އޮތީވިއްޔާ އޮތީގެއްލުން. އެހެންވެ ޝައިނީ އެބުނަނީ ކޮމަންވެލްތުން ވަކިވުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން.

The name is already taken The name is available. Register?

ހައްސާ222

25 September 2016

ވިސްނުމަކަށް ވިއަސް ނުވިއަސް ވަކިވާކަށް ނުކެރޭނެ. ގަޓު ހުރިއްޔާ ނިކަން ވަކިވެބަލަ. އަދި އަހަރެމެންނަށް ފެންނާނެ ކޮމަންވެލްތުން ބުނިހާގޮތަކަށް ހަދާތަން.

The name is already taken The name is available. Register?

Expired MUO

26 September 2016

އާނ އާނ ކަލޭމެންނަށް ފެނުނެއްނު ކޮމެޑީ ޑްރާމާ ނެރުނުތަކުން އިންތިގާލީ ސަރުކާރެއްވެސް. ކަލޭމެންނަށް އެމީހުން ޖައްސާ ހާލު ކަލޭ ނިކަން ދެކިބަލަ. އަބަދުވެސް ފޮނި އުންމީދު ކޮށް ހިތި އިންތިޒާރު ކުރުން ނޫން ކަމެއް ކަލޭމެންގެ މުޅި ހަޔާތުގެ ކުރާކަށް ނުލިބޭ. އަބަދުވެސް އެއް ޖާޑިއަށްވުރެ އަނެއް ޖާޑި ބަރުވާނެ ކަމަށް ބުނެ ދޯކާ ދީ ޖާޑިއަކަށް ފަހު ޖާޑިއެއް ލުއިވެ ޖާޑިތައް ހުސްވެސްވަމުން އެހެރަ ދަނީ.

The name is already taken The name is available. Register?

މުހައްމަދު

25 September 2016

ދިވެހި ރައްޔިތުންނަށް އެއްވެސް ކަހަލަ ލޯތްބެއް ހަމްދަރުދީއެއް ކުލުނެއް ނެތި ރައްޔިތުންނަށް ކޮންމެ ފަދަ ގޮތެއް މެދުވެރިކޮށްގެން ނަމަވެސް ވެރިކަން ހޯދަން އެމްޑީޕީން ކުރަމުންދާ މަސައްކަތް ހުއްޓާލައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަށް ދަންނަވަން. ވެރިކަމަށްވުރެ ބޮޑަށް ރައްޔިތުންގެ މަޞްލަހަތާއި ރައްޔިތުންގެ ލާބަޔަށް މަސައްކަތްކުރާނަމަ މަސައްކަތްކުރާނީ ރައްޔިތުން ކުރިއަށް ނެރެގެން ވެރިކަން އޭގެ ފަހަތުގައި ބާއްވައިގެން.

The name is already taken The name is available. Register?

ބިލަމަގު

25 September 2016

މަޝްވަރާ ކުރަންށޯ...ލޮލް

The name is already taken The name is available. Register?

އަހަންމާ

25 September 2016

ކޮމަންވެލްތުން ކޮންމެގޭމެއްޖެއްސިއަސް ނަޝީދު ގާނޫނީ އިމުގެތެރެން ދޫކޮށްލުމަކީ ރައީސް ޔާމީންނައް ކުރެއްވޭނެކަމެއްނޫން އެކަންނުކޮށްގެން ކޮންމެފިޔަވަޅެއް އެޅިއަސް ކުރާނެކަމެއްނެތް

The name is already taken The name is available. Register?

އަލީ

25 September 2016

ތިވާހަކަތައްފެށުމައް ދައުވަތުދިނަސް ތިކަމުގަ ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއްނެއްކަން އެންމެންނައްވެސްއެގޭ، އެހެންނޫންނަމަ ދެންހުރިކަންތައްތައް ވީހީ އެކަންކަން ވީގޮތަކައްނޫން، ތިވާހަކަތަކުގެ ވާހަކަ ފެށުނުފަހުން ސަރުކާރުނޫންއެއްވެސް ފަރާތަކައް އެއްބަސްނުވެވޭގޮތައްއޮތް އަބުރުގެބިލެއްވެސް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްއޮތް މަޖިލީހުން ފާސްކޮއްފި.

The name is already taken The name is available. Register?

ވަގުތުނެތޭ ވަގުތުނެތޭ..

25 September 2016

މީގެ ހައަރުފަހުންވެސް ބުނާނަންދޯ ވަގުތު ބޭނުމޭ...... ކިހާވަރަކަށްތަ ވަގުތުބޭނުމީ...... 20 އަހަރުތަ، 40 އަހަރުތަ؟ ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަންކަމުގެ ހައްގު ނިގުޅައިގަންނަން މިނިޓެއް ނުނަގާ..... އެހައްގު ކަޝަވަރުކުރަން 40 އަހަރު އެބަބޭނުންވޭ...... ބޮޑުވެގެންވާ އަރަތެއް ނޫންތަ؟

The name is already taken The name is available. Register?

ޕަކާސް

25 September 2016

އަދިވެސް އިދިކޮޅުމީހުންނަށް ބޯޅަށް ޖަހާފައި، އިހްލާސްތެރިކަމެއް ނެތްގޮތަށް ވާހަކަ ތި ދައްކަނީ. ޝައިނީ މެން ދުވަހަކުވެސް ރަގަޅުނުވާނެ.

The name is already taken The name is available. Register?

ނުވާނެދޯ

25 September 2016

ކޮމަންވެލްތް އަކީ އެއީ އެމީހުން އަމިއްލަ އަށް ދެން މާ ބާރު ގަދަ ޖަމާއަތަކަށް ވެގެން އެމީހުންގެ މެމްބަރު ގައުމު ތަކުގެ މިނިވަން ކަމަށް ލޮޅުން އަރާ ފަދަ ކަންކަން ކުރަނީ އެވެ. އެމީހުންނަކީ އަދި ވެސް އިނގިރޭސިންގެ ހަންފެތުރުމަށް ޓަކައި ބޭނުން ކުރާ ޓޫލް އެކެވެ. ކޮބާތޯ ކޮމަންވެލްތް އިން ރާއްޖެ އަށް ކޮށް ދިން ކަމަކީ. ނެތް ފެންނާކަށް. ކޮމަންވެލްތް އަށް މިހާތަނާއި ހަމައަށް އައިއިރު 100 ކުދިންނަށް ސްކޮލަރޝިޕްސް ދެވިފައި ނެތެވެ. އެކަމަކު ސައުދީ އިން އަހަރަކު 100 ކުދިންނަށް ސްކޮލަރޝިޕްސް ދެއެވެ. އެއީ އެންމެ އަރަބި ގައުމަކުން ދޭ ވަރު. އަދި ގަލްފުގައި ހުރި މުއްސަނދި އެހެން ގައުމު ތަކާއި އެކު ގުޅުން ރަނގަޅު ވެއްޖެނަމަ މިއަށް ވުރެން ގިނައިން ސްކޮލަރޝިޕްސް ލިބޭނެ ކަން ޔަގީނެވެ. ކަން މިހެން ހުރުމުން އެއްގޮތަކަށް ވެސް ކޮމަންވެލްތް ގައި ބައިވެރި ވެގެން އެވެރިން ރުހޭ ގޮތަށް ރާއްޖޭގެ ސިޔާސީ ދާއިރާ ބައްޓަން ކޮށްގެން ތިބުމަކީ އެއީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެއީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454