ފިޔާޒު.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 އޮކްޓޯބަރ 2019 - 22:56
އިންފޮމޭޝަން ކޮމިޝަނަރަކަށް، ރާއްޖެ ޓީވީގެ ކުރީގެ ސީއޯއޯ ހުސައިން ފިޔާޒް މޫސާ އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޭނާ އަށް ރުހުން ދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) އިން ތްރީލައިން ވިޕެއް މިރޭ ނެރެފި އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ޕާޓީ އެމްޑީޕީގެ ޕީޖީން އެގޮތަށް ނިންމީ މިރޭ ބޭއްވި ބައްދަލުވުމުގަ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭޝަން ކޮމިޝަނަރަކު ކަމުގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ ހަތަރު ނަމެކެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް ނިންމީ އޭގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މަޖިލިހުގެ ތަޅުމަށް ފޮނުވި ތިން ނަމަކީ ފިޔާޒުގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒް ހަސަނާއި ހ. ގުރުވަ އަހުމަދު އާހިދު ރަޝީދެވެ. ކޮމިޓީން ނަންތައް ތަރުތީބުކޮށްފައި އޮތް ގޮތުން އެންމެ ފުރަތަމަ ވޯޓަށް އަހާނީ ފިޔާޒްގެ ނަމަށެވެ. އޭނާ ވަނީ ރާއްޖެ ޓީވީގެ ސީއޯއޯ ކަން ތިން އަހަރަށް ވުރެ ގިނަ ދުވަހު ކުރައްވައިފަ އެވެ. ދުވަހު ނޫސް "ހަވީރު" ގައި ވެސް މަސައްކަތް ކުރެއްވި ފިޔާޒް ވަނީ ނޫސްވެރިކަމުގައި 18 އަހަރު ހޭދަކުރައްވައިފަ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު މިދިޔަ ޖުލައި 22 ވަނަ ދުވަހު ހަމަވުމުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ އެ މުއައްސަސާ މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
21 October 2019
މެންބަރުގައި ހަން މުށި އަޅައިގެން (ވިޕް ނެރެގެން) މީހުންނަށް ވަޒީފާ ދިނުމަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް. ޤާނޫނުއަސާސީގެ 75ވަނަ މާއްދާގައި މެންބަރުންގެ މަސައްކަތުގައި ރިޢާޔަތް ކުރަންވީ ކަންކަން ސާފު ބަހުން ބަޔާން ކޮށްފައިވާއިރު، ހަންމުށި ހިފައިގެން ނިކުމެ މެންބަރުން ގުދާރުގައި ތަޅައިގެން ކަންކަން ކުރަންވީމާ ތިހުރީ ޤާނޫނުއަސާސީގައި ބަޔާން ކުރާ ޑިމޮކްރަސީ ދިވެހިންނަށް ރަގަޅަށް ހޯދައިދެވިފަ.
ޢައްޔު1
21 October 2019
މީހާ މިނިވަން ވާނެ ވަރު ދެން ވިސްނާލާ. އިހުލާސްތެރިކަމެއް ހުރީޔާ ފަސްބައި ސާފު މީހެއް ތިތަނަށްލާބަލަ.
އަހުމަދު އިބްރާހިމް
21 October 2019
ފަޔާޒު އަށް ރަގަޅަށް މިހާރު އެނގޭނެ ދިމިގްރާތީ ނިޒާމު މަސައްކަތް ކުރާގޮތް.ރޮޒޭނާ މާކުރިން އޮތީ މިއީ ސަރުކާރުން ބޭނުންވާގޮތޭ ކިޔައި މެމްބަރުންނަށް ޕްރެޝަރކޮށްފަ.އަދި އަދި ކޮމެޓީ މަރުހަލާގައި މާރކްސް ނުދޭންނިންމީ ފިޔާޒަށް މާރކްސް ނުލިބޭނެތީވެ.ފިޔާޒަށް މަޤާމު ނުލިބިދާނެތީ ތްރީލައިން ވިޕެއްވެސް ނެރުވީ.ދެން ބޮޑުވަރު.ކިޔަވައިގެންތިބި މީހުން ބޭކަރު.މިނިވަން މުއައްސަސާތަކަށް އެންޓިވިސްޓުން ލާ ނިންމާލީއެވެ.
އޭޑީ
21 October 2019
އަލަށް ހެދި ގަވައިދުގައި މާކްސް ދޭކަށް ނޯވޭ. އެހެންވެ ނުދިނީ. ކިޔަވައިގެން ހުރި މީހުންނަށް ފުރުސަތު ނެތޭ ބުނާ އިރު މީޑިއާ ދާއިރާ އިން މެލޭޝިޔާ އިން ޑިގްރީ ނަގައިގެން ހުރި މީހެއް ފިޔާޒްއަކީ. މައުލޫމާު ފެތުރުމުގެ ދާއިރާގެ 18 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ. ހަމަ ސުރުހީއެއް ފެންނަ އިރަށް ކޮމެންޓްކުރާތި. ޚަބަރުގައި އޮތް އެއްޗެއް ކިޔާނުލާތި.
ހަލީމްބެ
21 October 2019
ޕާޓީ ކުދިންކޮޅު މިނިވަން މުއައްސަސާ ތަކަށް ވައްދާ ނިންމާލީ. މިއަދު މިވާހަކަ ދައްކަން ނުކެރޭނު އެއްވެސް ނޫސްވެރިޔަކަށް. ނަންވާނީ ކުރީގެ ސަރުކާރު. ހަމަ އެއްކަމެއް މިކުރަނީ. އިޚްލާސްތެރިކަމެއް ނެތް.
ވެދުން ސާލަމަށްފަހު
21 October 2019
މިއީ މިކަން ކުރަން ޖެހޭނެ ގޮތުއް ނޫން. އިންޓައިވް ކުރުމުގެ ބޭމުމަކީ ކޮބާ މިހެން ވަޒީފާ ދޭ ކަމަށް ވަންޏަ؟ އަދުލެއް އިންސާފެއް ނެތް މި ޤައުމުގައެއް އެއްވެސް ވަރަށް!
ގެއްލުން
21 October 2019
ފިޔާޒު ކިޔެވި ތަނަކާއި ކިޔެވި އެއްޗަކާއި ނެގިފާހެއްވެސް ހިމަނާލިނަމަ.
ާަައަލީބެ
21 October 2019
ލިމްކޮކްވިނގް، މެލޭޝިޔާ، ބެޗްލާސް އޮފް އާޓްސް، މާސް މީޑިޔާ
އަޙްމަދު ޒަކީ
21 October 2019
ލައިވް އިންޓަވިއު ބެލުމަށްފަހު، އެންމެ ފުލަށް ދާނެކަމަށް ޤަބޫލުކުރި މީހާ. "ސުވާލު: ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް މުސްތަޤުބަލުގައި ބިނާކުރާނީ ކިހެނެތް؟ ޖަވާބު: ވަރަށް ރަނގަޅަށް."
ޔާނު
21 October 2019
ނަންވާނީ ޔާމީން. ކަމުން ހަމަ އެތްގޮތް
ސޯލްޖާ
21 October 2019
ފަޔާޒައް އެއްޗެއް ވިސްނޭނެކަމަށް ހީކުރަން. ރޮޒޭނާ ތިއޮތީ އިސްވެހުރެ ލަގާއެއް ދީފަ.
ގުވަރު
21 October 2019
ޗީޑި ކޮމިޝަނަރެއްގެ މަގާމަށް އެކަށިގެންވާ މީހެއްނޫން މި މީހުންނަށް މިހާރު އޯކޭ