ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި އަލީ އާޒިމް ވާހަކަ ދައްކަވަނީ. ބާރުތައް މާލެ ސިޓީ ކައުންސިލަށް ނުދީ ރައްޔިތުންނަށް ތަނަވަސްކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: މަޖިލިސް
21 އޮކްޓޯބަރ 2019 - 16:33
މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލިހުގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ބިންތައް ބޭނުން ބަޔަކަށް ދޫކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ދީފައި އޮންނަ އިރު، މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރުމުގެ ބާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހައުސިން މިނިސްޓްރީ އަތުން ނަގަން ޖެހޭ ކަމަށެވެ.
ނަމަވެސް، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލިހަށް ހުށަހެޅި އިރު، އެކަން އެގޮތަށް ބަދަލުވެގެން ނުދާތީ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ކޮމިޓީ މަރުހަލާގައި ބިލް އިސްލާހު ކުރާ އިރު، އެ ބަދަލު ގެނައުމުގެ މުހިންމު ކަން އާޒިމް ވަނީ ފާހަގަ ކުރައްވައިފަ އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލެއްގައި އުޅެމުން އަންނަ އިރު، އެކަން ހައްލު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމުގެ ފުރުސަތު ދެވޭނީ ރައްޔިތުން އިންތިހާބުކޮށްފައިވާ މާލެ ސިޓީ ކައުންސިލަށް އެ ބާރުތައް ދީގެން ކަމަށް ވެސް، މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ކުރައްވާ އާޒިމް ވިދާޅުވި އެވެ.
"މާލޭގެ ރައްޔިތުންނަށް ގެދޮރު، ބޯޙިޔާވަހިކަން ދިނުމުގެ ފުރުސަތު ވަކި ބަޔަކަށް ނޫން... މިނިސްޓްރީ އޮފް ހައުސިން އަކަށް ނޫން، އެޗްޑީސީ އަކަށް ނޫން ދޭން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.
ހުޅުމާލެ އާއި ގުޅިފަޅުގެ ނަން ފާހަގަ ކުރައްވައި އާޒިމް ވިދާޅުވީ މާލެ ތެރެއިން ތަންތަން ދިނުމުގެ ފުރުސަތު ދޭން ޖެހޭނީ މާލެ ސިޓީ ކައުންސިލުން ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ވިސްނުން ހުރީ އެ މީހެއްގެ ރަށަށް އެ ބާރެއް ދޫކޮށްލުމަށެވެ. ނަމަވެސް ވިސްނުމާއި ފިކުރާ އިދިކޮޅަށް ހިޔާލު ކުރާ މަދު ބައެއް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ އަތުން ކަމާއި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަން އިހްސާސްވާ ބަޔަކީ އެމްޑީޕީ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ އެމަނިކުފާނަށް ބާރު ލިބިވަޑައިގެންނެވި ނަމަ، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިސް ވެސް އުވާލީސް ކަމަށެވެ. އަދި ވަކި މީހަކަށް ނޫނީ ރާއްޖޭގައި ވެރިކަން ނުކުރެވޭ ގޮތަށް ހެދީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވެރިކަމުގައި ހުންނަން ޖެހޭނީ ތިމަންނައޭ ބުނެ ނިންމާލާ ހިސާބަށް ދާނެ. ރާއްޖޭގައި އިތުރު އިންތިހާބެއް ނޯންނަ ހިސާބަށް ދާނެ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ރައްޔިތުން ދިރިއުޅޭ ރަށެއް ތަރައްގީ ކުރަން ބޭނުންވާ އިރު، ބިލްގައި ވަރަށް ގިނަ ބާރުތަކެއް އެ ރަށެއްގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ލިބިގެންދާ ކަމަށެވެ. އެކަމަކު، މާލެ ސިޓީ ކައުންސިލަށް ދޭން ޖެހޭ ބާރުތައް އަދިވެސް ފުރިހަމަ އަށް ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބާރުތައް މާލެ ސިޓީ ކައުންސިލަށް ނުދީ މާލޭގެ ރައްޔިތުންނަށް ނެތް ތަނަވަސްކަމެއް ލިބޭކަށް،" އާޒިމް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭ
06 February 2020
މާލޭ ބިންތަކަށް ހަދަން ވީ ގޮތް އެނގޭނީ މާލޭސިޓި ކައުންސިލަށް. ކަނޑަކުން ވަކިވެފައިވާ ވަކިރަށެއް ކަމުގަވާ ހުޅުމާލެ ބިންތަކަކާ މާލޭސިޓީ ކައުންސިލަށް ބެހެވިގެން ނުވާނެ. ހުޅުމާލެވާނެ މުސްތަގުބަލްގަ ވަކި ސިޓީއަކަށް. ވިސްނަންވީ 50 އަހަރަށް
ަވަޖުދީ
22 October 2019
ސިޓީކައުންސިލުން ޕާކިންޒޯންތައް ބަހާލިގޮތް ވަރަށް އިންސާފު. ފަހުގެ ތާރީޚެއްގަ އެންމެ ހާމަކަން ބޮޑުކޮށް ފެނުން ކަމެއް.
މައިސަމް
22 October 2019
ދޫކުރާ ތަނުގެ މައްސަލައެއް ނޫން ކޮންމެ ތަނަކަުން ދޫކުރިޔަސް ދޫކުރަން ތިބޭ މީހުން ހަމައާ އިންބާފު ކުރިޔަށް ނެރެވޭތޯ ބަލާ ކޮންކމަެއްތޯ ކުރެވެނީ ގަވައިދާ ޚިާފަށް ރާއްޖެއަށް ވަދެ ތިބި ބަންގާޅުން އެތިބެނީ 15 އަހަރު ރާއްޖޭގައި ހޭއަހައިނުލާ
ލާމަރުކަޒީ
22 October 2019
މާލޭގަ ކައުންސިލެއް އޮންނަން ޖެހޭތޯ؟ މުނިސިޕަލްޓީގެ ޚިދުމަތް މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ދިނީމަ ހުންނާނި ހެޔޮކޮށް. އިންޑިއާގެ ދިއްލީގަ ނޯވޭ ސިޓީ ކައުންސިލެއް. ހުރިހާ ޚިދުމަތެއްގެ މައި އިދާރާ ހުންނަ ރަށެއްގަ ކީއްކުރާ ކައުންސިލެއް؟ލާމަރުކަޒު ކުރަނީ އެއް ރަށަށް ޖަމާވެ ފިތި ބާރުވެފަ ހުންނަ ޚިދުމަތްތަށް ކައުންސިލުތަކެއް އުފައްދާ އެތަންތަން މެދުވެރިކޮށް ހުރިހާ ތަނެއްގައި ލިބޭނެ ގޮތް ހެދުމަށް. ލާމަރުކަޒީކުރުމުގެ މާނަ ވެސް ނޭނޭ އަނގަތަޅާތި އަދިވެސް
@މަރުކަޒީ ލާ
22 October 2019
މޭޔަރު އުޅެނީ ބާރުތައް ނުލިބިގެން އެކަން ލިބިއްޖެ އެކަމަކު އަދި ކާނެއްގެ މަތި ނަގައިގެނެއް ނޫޅޭ
މިގޭ
22 October 2019
މިއަދި ކޮން ގޮތަކަށް ވާހަކަ ދައްކާ ކޮހެއްތަ. ފުލެޓް ބަހަންވީގޮތް ކަލޭބުނުމަށްވުރެ އެކްނ ކުރަންވީގޮތް ބުނަން މާ އައުލާކަންބޮޑެތިޟިން އެބަތިބި. ލަދުހަޔާތް މުޅިން ހުސްވެފައި.
ރާއްޖެތެރޭނިކަ މެތިސޮރު
22 October 2019
މާލޭ މީހުންނަ މުޅިގައު މު ދެންތިބި މީހުން އެއީ ފިރުއައުންގެ އަޅު މަސައްކަތް ކުރުވަން ގެންގުޅޭ އަޅުން މިއީނޫންތޯ ތިވިދާޅުވާ ގޮތަކީ އެއްވެސް ބަޔަކު ރައްޔަތުންގެ ހައްގުނިގުޅައިގަންނައް ނޫޅެތި މިތިބީ ވަރަށްގާތުން ބަލަން މަޖިލީހުގައި ރާއްޖެތެރެއަށް ނިސްބަތްވ މެންބަރުންވިސްނަވާތި މިގައު މުގަ ނަސްއި މްތިޔާޒް ވޭތިވެ ދިޔަދުވަސްތަކުގައި އޮތީއިންތިހާއަށް ފަތުރާފަ އަދިވެސް ގެންދަނީކުރިއަށް އަޅުގަނޑު މެންގެ މެންބަރުން މިކަންހުއްޓުވާދެއްވާ
މާލެމީހާ
22 October 2019
އާޒިމަށް ސާބަސް! ކޮބާ ރާއްޖެތެރެ މާލެ މިކިޔަނީ ތަފާތު ނުކުރަން. އެކަމު މަޖުލިހުގައި ރާއްޖެތެރޭ މީހުން ގިނަވީމަ މިހާރު އެއްކަލަ މާލެ ރާއްޖެތެރެ އެއްނޯވޭ.. މިހާރު ރާއްޖެތެރެ އަށް ތަފާތުކޮށް ގިނަ ބާރުތަކެއްދީފަ މާލެއަށް ނެތުމުން އެއްކަލަ އަނަގތެޅި މީހުން ޗުއްޕު ބުނެގެން މިތިނބީ ބަލަ ކުރިން މާލޭ މީހުންނަށް ރަނގަލުގޮތް ވެގެން ރާއްޖެތެރެއަށް ދެރަގޮތްވެގެން އުޅުނު މީހުންނަށް މިވީކިހިނެތް؟ބަލަ މާލޭ ރައްޔިތުން ދާނެތަނެއްނެތޭ.
އަޙްމަދު ޒަކީ
22 October 2019
މިހާރުވެސް ބޮސްލުންގޮސްފައި އޮތްތަނަކަށް ތިފަދަ ޒިންމާއެއް އަދާއެއް ނުކުރެވޭނެ. ސިޓީއެއް ލާތާ 2 މަސްވާއިރު ސިޓީގެ ޖަވާބެއް ނުފޮނުވޭ، ގުޅީމަ ފޯނެއް ނެގެނީކީނޫން. މަގެއްގައި ކަފިހިހުރަސްގައި ދަވާދު އުނގުޅާލާއިރަށް އެކަން އެއީ ސްޓަރެޓިޖިކް ގޯލް އެޗީވްމެންޓަކަށް ހަދައިގެން އުޅޭބަޔެއް ތިއީ. މަށަށް ހީވަނީ، ހުށަހެޅި ސިޓީއަށް ޖަވާބު ދިނުންވެސް ވާނީ ސްޓަރެޓިޖިކް ގޯލް އެޗީވްމެންޓަކަށްހެން.
ފަރާ
22 October 2019
އާތި ގެ މަސައްކަތް ނެތިއްޏާ މިނިސްޓްރީ އުވަލަންވީނު
ރަބަރު
22 October 2019
މަޖިލީހުގައި ތިވަރުގެ ތަންދޮރު ނޭގޭމީހުން ތިބެގެން ކަންތައް ދާނީ އޮޔާލާގެން. ހާދަވަރަކަށް ހުޅުމާލެއާހެދީ ތިތެޅެނީ. ބަލަ ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ ބިން. ބިމުގެ ވެރިފަރާތުން ބިންވިއްކާނީ. ފްލެޓް ވިއްކާނީވެސް ހަމަ އެޗްޑީސީއިން. މީހެއްގެ އަމިއްލަ ބިމެއްގައި އަޅާ ފްލެޓް ވިއްކާނީ ތިބުނާ ތަނުންތަ؟