މިއަދުގެ ނިއުސް ބްރީފިންގައި (ކ-ވ) އޭސީސީގެ ރައީސް ޝިއުނާ، ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު، ޕޮލިސް ކޮމިޝަނަރު ހަމީދު އަދި އެސިސްޓެންޓް ކޮމިޝަނަރު ރިޔާޒް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 އޮކްޓޯބަރ 2019 - 19:09
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ލިބިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އާ ރައީސް މަރިޔަމް ޝިއުނާ އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ބޭއްވެވި ޕްރެސް ބްރީފިންގަައި ބުނިގޮތުގައި، މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކަށާއި ސަލާމަތީ ޚިދުމަތްތަކުގެ 23 މީހަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައި ވެ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނީ 177 މީހަކަށް ކަމަށް ކުރިން ބުނި ނަމަވެސް އެ އަދަދު 267 އަށް އިތުރު ވެފައިވާ ކަމަށެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި، ސިޔާސީ ޕާޓީތަކުން ބޭއްވި ޕްރައިމަރީތަކަށާއި އެ ޕްރައިމަރީތައް ކާމިޔާބު ކުރި ކެންޑިޑޭޓުންގެ ކެމްޕެއިނަށް ވެސް ހިޔާނާތުގެ ފައިސާ ޚަރަދު ކޮށްފައި ވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އައްޔަން ކުރުމަށާއި އެކިއެކި ވޯޓުތަކަށް ވެސް އެ ފައިސާ ޚަރަދު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވި ގޮތުގައި ލިބިފައިވާ މައުލޫމާތުތަކާ ގުޅިގެން ތަހުގީގު ހިންގާތީ، މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ލިސްޓު އާއްކުރުމުގެ ވިސްނުމެއް ފުލުހުން އަދި ނުގެންގުޅެ އެވެ. އޭގެ ތެރޭގައި ތިބި ބައެއް ފަރާތްތަކާ ތަހުގީގަށް މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ތަހުގީގުގައި ސުވާލުކުރުން ކުރިއަށް ދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޚިޔާނާތުގެ މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މި ސަރުކާރުގެ އިސްވެރިންގެ ތަހުގީގުތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިލާވަޅު
24 October 2019
ހައްހައް މިޔައްކިޔަނީ ރައްޔިތުން ގުބޯހެއްދުން ، ކިހިނެއްބާ ތިޔަބުނާ އިންސާފް ގާޢިމްކުރާނީ އެއްމެންވެސް ކައިގެންތިބީ ދެންކިހިނެއް ތަހުގީގުކުރާނީ.. ތިޔަ ތަހުގީގު ނިމެންދެން މަގާމުގައި ނުހުންނަނަމަ ބުނެވިދާނެ ނަޒާހަތްތެރިއޭ އެކަމަކު މިހާރަކު އެޖާގަޔެއްނެތް
ނީނނޭ
24 October 2019
މި ސަރުކާރު ވެރިކަމަށް އައީވެސް ހިޔާނާތުގެ ފައިސާ އިން. .
ނުހީ
24 October 2019
އޭސީސީ މިނިވަން ކޮމިޝަނެއްގެ ގޮތުގައި އޮވެ ރައީސު އައްޔަންކޮށްފައިވާ ރިޔާސީ ކޮމިޝާނާއި އެކު ނޫސްކޮންފްރެންސު ބޭއްވީމާ މީތިކަޑަ! މިކަމިޝަންތައް ތިއްބާ ބިގަށް ނޫމަަޑިއަށް ދީބާޖާއަށް ބަދަލު ދިނީ! ކަމިޝަންތަކުން ޗުޕްވެސް ބުނެނުލާ! ފުލުހުން ވެސް ތިބީ ހަނު! އަދަދު އެމްއެމްޕިއާރުސީ ޚިޔާނާތުގެ ފައިސާއަށްވުރެން އިތުރުވެއްޖެ! #ޒީރޯޓޮލަރެންސް
ބޮއްސާމް
24 October 2019
ގޯނި ގޯނީ ފައިސާ ބެހިމީހާ ފުރީ ކޮން މަގުމަތީ އަނެއްކާވެސް ބަހާނެ ފާސާ ހޯދަން ހެވިފަ
ޖޯލިފަތި
24 October 2019
އޭސީސީން ހާމަކުރި ލިސްޓަށް އެއްވެސް ފިޔަވަޅެއް ނައަޅާ އިތުރު ލިސްޓެއް އަނެއްކާވެސް މިހާރު ތިޔަ ކުރާ މަސައްކަތުގެ އިޚުލާސްތެރިކަމާއި މެދު ސުވާލު މީހުން އުފައްދަނީ މިހެންވެ!
Thil PH
24 October 2019
ކޮބާހޭ އެމީހުން
ފެނުކައްކާބޮލި
24 October 2019
މިހާރު މުވައްސަސާތަކުން ތިޔަ ދައްކާ ވާހަކަ ތާކުންތާކު ނުޖެހޭ. ތިޔައީ ބަޔަކު މީހުންގެ އަބުރަށް އަރައިގަތުން. ތިޔައީ ކޮން ފައިސާއެއްކަމެއް ނޭނގޭ ހާލުގައި ފައިސާ ބޭނުންކުރީ ކޮންބައެއްތޯއާއި އެނގި ތިބެގެން ބޭނުންކުރީ ކޮންބައެއްތޯ ބެލުމަށްފަހު ވާހަކަ ދައްކަންވާނީ. އެކި މަސައްކަތްކުރި މީހުންނަށް މަސައްކަތުގެ އަގުގެ ގޮތުގައި ތިޔައިގެ ތެރެއިން ފައިސާ ދީފައި ހުރެދާނެ. އެކަހަލަ މީހުން ކަށަވަރު ކުރުމަށްފަހު ވާހަކަދައްކަންވާނީ.
ރަޓު މީހާ
24 October 2019
އަލިފާންތޯއްޗެ ... ހަމަ ހިނި އަންނަނީ ލިސްޓް ހަމަ ގިނަވަނީ..
ޢޭންޖަލް
24 October 2019
އެ އެންމެން ވެސް ކުށްވެރިވާނެ. ހީވާ ކަހަލަ ރައްޔިތުންގެ ލާރިކައިފަ ތިބި މީހުންއަކަށް ނޭނގެއޭ މިއީ ކޮންތާކުން އައި ލާރިއެއް ކަމެއް
އިސްތިއުފާ
24 October 2019
ހަމީދު ފުރަތަމަ އިސްތިއުފާ ދީ.
ކޮސްނުގޮވާ-
24 October 2019
ނުޖެހޭ އިސްތިއުފާ ދޭކަށް. އެތާ އުޅުހާ މީހަކާ އެމީހުންގެ ތިމާގެހާ މީހަކާ ކުށްވެރިވާންޖެހޭތަ؟ ކުށްވެރިވާނީ ކުށް ކުރި މީހުން. އެހެން ވިއްޔާ ޔާމީނު ކުރި ވައްކަމުގައި ޕީޕީއެމް އެންމެން ކުށްވެރިވާނެ. ޕީޕީއެމް އުވާލަންވީނު؟