ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު: އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އޭނާއަށް ތުހުމަތު ކުރެވޭ ކަމެއް އޮތް ނަމަ، އެކަމެއް އާންމުކުރަން އޭނާ ވަނީ ޕީޖީގެ ކިބައިން އެދިވަޑައިގެންފައި -- ފޮޓޯ/މިހާރު
24 އޮކްޓޯބަރ 2019 - 21:10
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގައި ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހަށް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު އާންމު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްގެ ކިބައިން މަލީހް މިއަދު އެދިވަޑައިގެންފި އެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިހާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވަނީ ވިދާޅުވެފަ އެވެ. ބިޝާމް، އެ ކޮމިޓީގައި ނަން ވިދާޅުވި ބޭފުޅުންގެ ތެރޭގައި މަލީހް ހިމެނިވަޑައިގަންނަވާ ކަމަށް ވެ އެވެ.
އެކަމާ ގުޅިގެން ބިޝާމަށް މަލީހް ފޮނުއްވި ސިޓީގައި ވަނީ އޭނާއާ ބެހޭގޮތުން އެފަދަ ވާހަކައެއް ދެއްކެވި ނަމަ، އޭގެ ތަފްސީލު ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން ޕީޖީ އަށް ލިބިފައިވާ އެއްވެސް ލިޔުމެއްގައި އޭނާގެ ނަމެއް ނުވަތަ ތުހުމަތު ކުރެވޭ ކަމެއް އޮތް ނަމަ، އެކަމުގެ މައުލޫމާތު ތިން ދުވަސް ތެރޭ ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ދެއްވަން މަލީހް އެދިވަޑައިގަންނަވާ ކަމަށެވެ.
PG ah sitee fonuvaifin. Mi sitee ge javaabu lasvegen 3 dhuvas therey PG offihun dhevvun edhen. Mikamakee reyvigen hingaa fithuna eh kamuge mauloomaathu libey. Kudaves dhoodhinumeh neiy. Javaabu dhaaree kuruvaanan. Drama ge script rayyithunnah falhaa araane. @fazyahmed pic.twitter.com/AotmTAS8c7
— Mohamed Maleeh Jamal (@maleehjamal) October 24, 2019
ޕީޖީ ބިޝާމަށް މަލީހް ފޮނުއްވި ސިޓީ
އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ތުހުމަތެއްގައި އޭނާ އެއްވެސް އިދާރާއަކަށް ހާޒިރު ކޮށްފައި ނެތް ކަމަށް ވިދާޅުވެ، މަލީހްގެ ސިޓީގައި ވަނީ އޭނާއާ ބެހޭގޮތުން އެފަދަ ވާހަކައެއް ޕީޖީ ދެއްކެވި ނަމަ، އޭގެ ތަފްސީލުތައް ސިއްރު ކޮށްފައި ބާއްވަން އެދިވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، އޭގެ ހުރިހާ މައުލޫމާތެއް ރައްޔިތުންނަށް ހާމަަ ކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށް މަލީހް ވިދާޅުވި އެވެ.
ފުލުހުން މިއަދު އާންމުކުރި މައުލޫމާތުތަކުގައި ވާ ގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ މިހާރުގެ ސަރުކާރުގެ ހަތް ބޭފުޅަކާއި ހަތް ފަނޑިޔާރަކަށާއި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކަށް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކަށް ވަނީ ލިބިފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ފަސް މެމްބަރަކަށާއި ސަލާމަތީ ޚިދުމަތްތަކުގެ 23 މީހަކަށް ވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ، ހިޔާނާތުގެ ފައިސާ ލިބުނީ 177 މީހަކަށް ކަމަށް ކުރިން ބުނި ނަމަވެސް އެ އަދަދު 267 އަށް އިތުރު ވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަފާހާ(އެލް.އެލް.ބީ)
25 October 2019
މިނިސްޓަރެއްގެ ހައިސިޔަތުންކަމަށޭ ބިޝާމް ވިދާޅުވީފައިސާގައި ހިފީ. ވީމާޖަވާބުވެސް އޮންނަންވާނީ އެހައިސިއްޔަތުން. އަަމިއްލަ އެޑްރެހުގައިލިޔާނީ އަމިއްލަކަންކަމުގައި. ދުނިޔޭގެ ކޯރޓެއްގައިނަމަ މަލީހް އަމިއްލަ އެޑްރެހްގައި ބިޝާމްގެއަރިހަށް ސިޓީލިޔުނުކަމީ ވެސް އޮޅުވާލެމެއްކަމުގަައި ބެލެވޭނެ.
ދޭސީ
25 October 2019
ތުހުމަތެއް އޮތް ނަމަ އިސްތިއުފާދީ. އަދި ދޮގެއްކަން ސާބިތުކޮށްދީ
ޙަސީން ހަސަން
25 October 2019
ބިޝާމް ކިޔާނެ އެއްޗެއް ނެތީމަ އެބަ އެގޭ ތިޔަ ޗަރުކޭސް. މަލީހް ކީޕް އިޓް އަޕް ވީއާ ވިތު ޔޫ
މަލާފަތް
25 October 2019
މިސްކިތް ހުޅުޖެހި މީހާގެ ވާހަކަ އަޑުއެހިބަޔަކު އުޅޭބާ.
ޢިބޫ
25 October 2019
މިސްކިތުގައި ހުޅުޖެހުމާ މިކަމާ ކޮން ގުޅުމެއް
ސަމްހާ
25 October 2019
މިސްކިތުހުޅުޖެހިމީހާ ވެސް އޭނާކަމެއް ނުކުރާކަން އަންގަންވެގެން،"މަށޭ ކިޔާތަ؟" މީހުންކައިރި އަހަމުންދިޔަ. މަލީޙް ވެސްއޭނާކަމެއް ނުކުރާކަން އަންގަންވެގެން، "އަބުރޭ އަބުރޭ"، ކިޔައިގެން ސިޓީފޮނުވީ. މިސްކިތުހުޅު ޖެހުމާއިމިކަމާ ހުރިގުޅުމަކީ އެއީ. އަމިއްލައަށް އެކަމާ ކަންބޮޑުވުން. މޮޔައެއްކަމަށް ދެކޭކަމަށްވަންޏާ މޮޔައަކުޖަހާހާ ބެރަކަށްނަށާކަށް ވެސްނުޖެހޭ ދޯ މަލީހް. އޮފިޝަލް ލެޓަރހެޑް ގައިނެރުނު ލިޔުމެއް ނެރުނު ނަމަ، ބިރުނުގަންނަކަން ހާމަވީސް.
ޑރ. ރާމީ ހަސަން ވައިނުޖެހޭއާގެ
25 October 2019
ޒަހާ އަކީ ޔާމިނުގެ މިނިސްޓަރ ކަން ކޮށް، ޕާރފޯރމަންސް އެއް ނުދެއްކުނު މީހެއް. ޔާމިނު އަށް އެހާ ބޮޑެތި ތުހުމަތު ތައް ކުރަމުން ދާއިރު ޔާމިނަށް ވޯޓު ހޯދާދޭން އުޅުނު މީހަކު މިސަރުކާރުގެ މިނިސްޓަރަކަށް ހުރުމަކީ އެއްވެސް މީހެއްގެ ބުއްދި ގަބޫލު ކުރާނޭ ކަމެއް ނޫން.
ބަގަލާބޯޓު
25 October 2019
ނުވިތާކަށް އެހާމެ ކަންނެތް. ހުރިހާ މުވައްޒިފުން ނުގަބޫލް.
ޝައްފަ
25 October 2019
އާއްމު ކޮށްވެސް އަނގަފުޅު މަޑު ބޭފުޅެއް ބިޝާމް އަކީ. ޒަހާ އާއި މަލީހް އާއި މަހްލޫފް ގެ ހެއްކާއި ގަރީނާ ނެތް ނަމަ ބިޝާމް އަނގަފުޅު ނުހުޅުވާނެ ކަން %100 ޔަގިން. މަލީހް މިހާރު ތިޔަ ވީ، "މަށޭ ކިޔާ ތަ ؟" މިސްކިތު ހުޅުޖެހި މީހާ އަށް.
ހަމްޕެގެ ހަން
25 October 2019
ސާބަހޭ މަލީހް..
ބިގަރޭ---
25 October 2019
ވެދުން ސަލާމަތްފަހު ދަންނަވަމެވެ! އަޅުގަނޑުގެ ނަން ލިސްޓުން އުނިކޮށް ދެއްވުން އެދި އާދޭހާއި އެކު ދަންްނަވަމެވެ!
ދިޔަމަ
25 October 2019
ބިރު ދައްކަނީ ދޯ؟
އެމް
24 October 2019
އަންނި ބޭނުން ވެގެން، ޕީޖީ ބިސާމް ލައްވާ ކުޅުވާ ޑްރާމާ.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
24 October 2019
ސަޅި ތިޔައީ ސަޅި ގަޓެށް ކީޕް އިޓް އަޕް