25 އޮކްޓޯބަރ 2019 - 15:27
ރާއްޖޭގައި ފުޅާ ދާއިރާއެއެއްގައި ހަރުކަށި ފިކުރު ފަތުރަމުންދާ އަދި ރާއްޖެ އިން ބޭރުގައި ހިންގާ ހަނގުރާމަވެރި ޖަމާއަތަތްކަށް ދިވެހިން ފޮނުވާ ކަމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރުކުރި "ޓެރަރިސްޓް" މުހައްމަދު އަމީން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން 15 ދުވަސް ދީފި އެވެ.
އުމުރުން 35 އަހަރުގެ އަމީންގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނުން ފިޔަވައި އޭނާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
އަމީނަކީ އެމެރިކާ އިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެހި މީހާ އެވެ. އޭނާ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިޔަ އޯގަސްޓް މަހު އެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މާލެއިންނެވެ.
އަމީނަކީ ސަލްޓަން ޕާކް ބޮމުގެ ހަމަލާއާ ގުޅިގެން ވެސް ހައްޔަރުކުރަން އުޅުމުން ރާއްޖޭން ބޭރަށް ގޮސް ފިލައިގެން އުޅުނު މީހެކެވެ. އޭރު އޭނާ ހޯދަން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނުނެވެ. ނަމަވެސް 2011 ވަނަ އަހަރު ލަންކާ އިން ހައްޔަރުކޮށް ރާއްޖެ ގެނައުމަށް ފަހު ހުންނަނީ ދޫކޮށްލައިފަ އެވެ. އަމީން، އޭރު ލަންކާ އިން ހައްޔަރުކުރީ ވަގު ޕާސްޕޯޓެއް ގައި އެ ގައުމަށް އެތެރެވާން އުޅެނިކޮށެވެ. އޭނާ އަތުން ދިވެހި ޕާސްޕޯޓަކާއި ޕާކިސްތާންގެ ޕާސްޕޯޓެއް ފެނުނެވެ.
އެމެރިކާ އިން ބުނެފައި ވަނީ އަމީނަކީ އައިސިސްގެ އިރާގު ގޮފި (އައިސިސް-ކޭ) އަށް ހަނގުރާމަވެރިން ރެކްރޫޓްކުރާ މީހެއް ކަމަށެވެ. މިދިޔަ އޭޕްރީލް މަހާ ހަމައަށް ވެސް އަމީނަކީ އައިސިސް އަށް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން އައި މީހެއްކަން އެނގޭ ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އޭނާގެ މި މަސައްކަތުގައި އެހެން މީހުން ވެސް ބައިވެރިކުރާ ކަމަށް އެމެރިކާ އިން ބުންޏެވެ. އަމީންގެ ބައިވެރިން ހަނގުރާމަވެރިން ހޯދަން ހަފުތާ އަކު 10 ވަރަކަށް ބައްދަލުވުން ބާއްވާ ކަމަށާއި އޭގެ ބައެއް ބައްދަލުވުންތައް އޭނާގެ ގޭގައި ވެސް ބާއްވާކަން އެމެރިކާ އިން ހާމަކޮށްފައިވެ އެވެ.
އެމެރިކާ އިން ބުނެފައިވާ ގޮތުގައި، އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސްކޮށަް، އައިސިސް އަށް މަސައްކަތް ކޮށްދޭ މީހެކެވެ. ކުރިން ސީރިއާ އަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އެހީތެރިވާ ކަމަށް އެމެރިކާ އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒާނާ
26 October 2019
ސީރިޔާ ހަނގުރާމަ ނިމުނުކަން އެމެރިކާއިން ވަނީ އިއުލާން ކޮށް ސިފައިން ވެސް އެހެން ސަރަހައްދު ތަކަށް ބަދަލު ކޮށް ފައެވެ.
ރާއްޖެ
26 October 2019
ރާއްޖެ މީހުން ސީރިއާ އަކަށް ދާކަށް ނުޖެހޭ. ސީރިއާގަ ހިނގަނީ ދީން ދިފާއު ކުރަން ކުރާ ހަނގުރާމަ އެއްނޫން. ދާޙިލިކަމެއް. މުސްލިމުން މުސްލިމުން ބޭރުގެ އެހީއާއެކު ކުރާހަނގުރާމަ އެއް
ބޭކާރު
26 October 2019
އެ މެރިކާ އަށްވުރެ ގިނައިން މީހުން މަރާ ޓެރަރިސްޓު ޖަ މާއަތެއް ނެއް!
އަލީބަލީ
26 October 2019
އެއީ ރާއްޖޭގައި ތިބި ބައެއްތަ؟ ދުނިޔޭގެ ތަނެއްގައި ބަޔަކު ކުރާމާ ކަމެއް އެއީ އަހަރުމެންގެ ކޮންޓްރޯލް އޮންނަ ކަމެއް ނޫން. ފުރަތަމަ ތިމާމެން އަމިއްލައަށް އިސްލާހުވުން ކިހިނެއް؟ އޭގެ ފަހުން އެހެން މީހުންގެ ކަންތައްތަކާ އުޅޭ.
ގަމާރެއް ނޫން
26 October 2019
ކަލޭމެންނަށް މީނަ ގޯހެއް ނުވާނެ އެދުވަހު ބޮން ގޮއްވާލައިން މީހަކު މަރުވިޔަސް
ޕަން
26 October 2019
ބަލަ ކޯޓުން ހުކުމް ކުރީ ސާބިތު ނުވާކަމަށް
ބެއްޖާ
26 October 2019
އެމެރިކާއިން އަފްޣާނިސްތާން އިރާގު ފަދަ ގައުމުތަކަށް ބޮން އަޅާ މިލިއަނުން މުސްލިމުން މެރުމުން ކަލޭމެންނަށް އެމީހުން ގޯސްވިތަ؟
ރަޝާ
25 October 2019
އަޖައިބެއް، އެމެރިކާއިން "ޓެރަރިސްޓް" ލޭބަލް ކޮށްފިއްޔާ ކަލޭމެންނަށް އެއޮތީ ވަހީބާވައިލައްވައިފަ.
ބަޝާ
26 October 2019
އެމެރިކާއިން ލޭބަލް ކުރުމުގެ ކުރިންވެސް އެއީ ޓެރަރިސްޓެއް. އެމެރިކާއިން ލޭބަލް ކުރުމަކީ އެމީހާގެ ކުށްތައް ފޮހެވޭ ކަމެއްތަ؟
ހަނުހޫނު
26 October 2019
ޓެރަރިސްޓަކަށް ވާގޮތް ކިޔާދީބަލަ؟
މަބުނީ
25 October 2019
މީނަ ދޫކޮށްލައިގެން ނުވާނެ.
ަާސާަާާ
25 October 2019
ލިޔާނެ އެއްޗެއް ނެތީތަ؟ ސާބިތު ނުވާ ކަމަކަށް ހަގީގަތާ ހިލާފަށް ސިޔާސީ ކަމެއް ހާސިލް ކުރަން ވަރަށް މަސައްކަތް ކުރާތަން ފެނޭ...ކަލެ އަށް ވެސް ދުވަހެއް އަންނާނެ
އަލީބަލީ
25 October 2019
ޓެރަރިސްޓަކު ބަންދުކުރީމާ 15 ދުވަސް. ސިޔާސީ މީހަކު ނަމަ ޝަރީއަތް ނިމެންދެން ބަންދު.
ބަބުރުލް ސަލީމް
25 October 2019
ދެން ތީނަވެސް ތިހެން ތަޅުވާލާފާ ދޫކޮށްލާ. އޭރުންތާ މިމީހުން ބޮލަށްވެސް ކަންކަން ކަނޑާލެވޭނީ.