ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި (ކ) މަހިބަދޫ ދާއިރާގެ މެމްބަރު ތޯރިގް.
04 ނޮވެމްބަރ 2019 - 14:42
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި "ކަށިގަނޑު ނުފުމޭނެ" ކަމަށް 100 ފަހަރު ލިޔުއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގަށް މިއަދު އަންގަވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކޯޓުގެ ވައިބަ ގްރޫޕެއްގައި ފޮނުއްވި މެސެޖަކާ ގުޅިގެން މަޖިލިހުގެ ތަޅުން ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ.
އެވަގުތު އިދާރީ މޭޒު ކައިރީގައި ތިއްބަވައިގެން އިދިކޮޅު މެމްބަރުން ވަނީ ނުރުހުން ފާޅުކުރައްވައި ކޯޓުތަކަށް އެމްޑީޕީން ނުފޫޒު ފޯރުވަނީ ކަމަށް ތުހުމަތުކޮށްފަ އެވެ.
Fandiyaarunge dhifaauga https://t.co/GG9Xlq85jZ
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 4, 2019
އިދާރީ މޭޒު ކައިރިއަށް ވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ތޯރިގްގެ އިތުރުން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދާއި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ. އަދި ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވެސް އިހުތިޖާޖްގައި ބައިވެރިވެޑައިގަތެވެ.
މަޖިލިހުގައި ވަރަށް ބޮޑަށް އަޑުގަދަ ވެގެން ދިޔަ އިރު ވެސް، ނަޝީދު ވަނީ މަޖިލިސް ހުއްޓާނުލައްވައި ކުރިއަށް ގެންދަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ މަޖިލިހުގެ "ނިޒާމު ގެއްލޭ ފަދަ ކަމެއް" ފާހަގަ ނުކުރެއްވޭ ކަމަށެވެ.
އެކަމަކު، މަޖިލިހުގައި އިދިކޮޅު މެމްބަރުން ދުންމާރި އާއި ކަށިގަނޑު ހިފައިގެން ވަންނަވައި މަޖިލިހުގައި އަޑުގަދަ ކުރެއްވި އެވެ. އެކަން ކުރައްވަނީ ސީދާ ކޮން ބޭފުޅެއް ކަން ޓީވީން ސާފެއް ނުވެ އެވެ.
އެކަމަކު، ޖަލްސާގެ ވަކި ހިސާބަކުން ފަޒުލް އާއި ތޯރިގްގެ ނަން ނަޝީދު ފާހަގަކުރެއްވި އެވެ. ނަޝީދު ވިދާޅުވީ، ފަޒުލްގެ އަތުގައި ކަށިގަނޑު އޮތް ތަން ފެނިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ފަހުން، ނަޝީދު ތޯރިގް އަރިހުން އެދިވަޑައިގެންފައި ވަނީ މީގެ ކުރިން މަޖިލިސްގެ ރައީސަކު ވިދާޅު ނުވާ ވާހަކަ އެކެވެ.
"މަހިބަދޫ ދާއިރާގެ މެމްބަރު 100 ފަހަރު، ތިމަންނާ މަޖިލީހުގެ ތަޅުމުގައި ކަށިގަނޑު ނުފުމޭނަން. މި ދެންނެވި ޖުމްލަ 100 ފަހަރު ލިޔުއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރަށް ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އޭގެ ފަހުން ވެސް ދުންމާރި އާއި ކަށިގަނޑުގެ އަޑު މަޖިލިހުގެ ތަޅުމުން އިވެމުން ދިޔަ އެވެ.
ކްރިމިނަލް ކޯޓުގެ ރެކްރިއޭޝަން ކްލަބްގެ ވައިބަ ގުރޫޕަށް ހައިލަމް އިއްޔެ ފޮނުއްވި ޕޯސްޓްގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާ އެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއިވަނިކޮށެވެ.
އެ ހުރިހާ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ. އެ ކުރެހުމުގައި "އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު" އޭ ވެސް ލިޔެފައި އިނދެ އެވެ.
އެހެންވެ، އެކަމާ ގުޅިގެން ހައިލަމް ސަސްޕެންޑް ކުރަން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު، އިދިކޮޅު މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި ހައިލަމަށް ފާޑު ވިދާޅުވަނީ މާދަމާ އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތަށް ނުފޫރު ފޯރުވުމުގެ ބޭނުމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯރިަގަށް ދޭ ނަސޭހަތް
07 November 2019
ތޯރިގު ފިލްމުކުޅުއްވާނެ ކަމެއްނެތް. މަޖިލީހުގެ މެންބަރުން ކުރަންޖެހޭ މަސައްކަތް އެނގިވަޑައިނުގަންނަވާނަމަ ގެޔަށްވަޑައިގަންނަވާ. ތިކަން ކުރެވޭނެ މީހުން އެބަތިބި.
ރޫރާ
06 November 2019
ކުޑަކުދިން ކުރާކަހަލަ ކަންތައްތައް ކުރީމަ ތިދިން އަދަބު ގޯހެއްނޫން.....މަހިބަދޫ މީހުން އެބަޖެހޭ މިނަޔާ ދޭތެރޭ ގޮތެއްނިންމަން.
ދެރަ
06 November 2019
އަހުމަދު ތޯރިގު ހޮވަން ވޯޓްދިން މީހުން އޭނާ އެތަނަށް ފޮނުވީ ތިޔައެތްޗެތް ފުމެންކަމަށްވާނަމަ ތިކަން ބަރާބަރު
ގުއިރޯނު
06 November 2019
ރަސޫލާއަށް ފުރައްސާރަ ކުރުމުން ފިޔަވަޅުއަޅަން ގޮވަން ނުކުރުނު ބަޔަކު ފާޑެއްގެ ކުރެހުމެއް ފެނިގެން ހީވަނީ އުޑުބޮލަށް ވެއްޓިގެން އުޅޭ ބައިގަނޑެއްހެން
ހަބޭސް222
05 November 2019
ޠޯރިގުއަށް ހީވީ ތޯއްޗެ އެ ހުންނެވުނީ ފުޓުބޯޅަދަނޑެއްގައި ކަމަށް! އެހެނވީމަ އެހެންވެދާނެ!
މުޙުއްމާ
05 November 2019
ތިކަން ދަސްކޮށްދިނީ އެމް.ޑީ.ޕީ. މެމްބަރުން. މިހާރު އިދިކޮޅުމީހުން ޔާމިނު ސަރުކާރުގެ ވައްކަން ފޮރުވަން ވެސް މިހާރު ތި ޖަހަނީ ތި ސަކަރާތް. ރައްޔިތުން ތިމީހުން މަޖްލިހަށް ފޮނުވީ ތި ސަކަރާތް ޖަހާކަށެއް ނުން. ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ތިތާތިބެގެން ނުކުރެވެއްޏާ އިސްތިޢުފާދީފަ ގެޔަށްދޭ.
ދެރަ
05 November 2019
މީމާ މޮޅުބޯޅަކުޅުން ތެރިއެކޯ ކަށިގަނޑަށް ހުންނާނީ ހޭނިފަ
ސިކުންޑި
18 January 2021
"ކުޅުންތެރިއެކޯ" އެއީ ކާކުކަން ނޭންގެނީތަ؟ ރާއްޖޭގަ އުފެދުނު އެންމެ މޮޅު އެއް ފޯވާޑް.
އިބްރާހީމް ހާއިލް
05 November 2019
ރައްޔިތުން މިފަހަރު ވޯޓް ދިނީ ކޯޓްތައް އިސްލާހު ކުރަން .. ސަރުކާރުން އެކަން ކުރަންޖެހޭނެ.
ފފފފފ
05 November 2019
އިއްޔެ މި ރީނދޫ ބައިގަނޑު މީހުންގެ އަބުރު ކަތިލާ ވަގަށްގޮވަމުން ދުވި. މިއަދު ފޮޓޯއެއްގައި ތިމާ ސިފަވާގޮތަށް ހުރުމުން ހީވަނީ ދުނިޔެ ބޮލަށް ވެއްޓިގެން އުޅޭހެން. ވަޒީފާގެ ބިރު ދެއްކުމާއި، ގާނޫނުން ބޭރުން މީހުންނަށް ފިޔަވަޅު އެޅުން މިސަރުކާރު ރައްޔިތުންނަށް ކޮށްދޭ ކަންކަމުގެ އެޖެންޑާއަކީ.
މިހެންވެ
05 November 2019
ފަޑިޔާރުންގެ ގަވާއިދުގައޮވޭ ފަޑިޔާރަކު ދައްކާވާހަކައަކުން، ނުވަތަ ފާޅުކުރާހިޔާލަކުން ނުވަތަ އެނޫންވެސްގޮތަކުން، ފަޑިޔާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަމާއި އިންސާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސް ކަމެއް ނުކުރުން އަދި ސިޔާސީ ގޮތުން ވަކި ފަރާތަކަށް ބުރަވެހުރެ ވާހަކަ ނުދެއްކުން. ޢަދި ސިޔާސީ ހިޔާލުތައް ފާޅުކޮށް ސިޔާސީކަމެއްގައި ނޫޅުން. ؟؟؟؟
ރުޅި
05 November 2019
ނަޝީދު އެއްލައްކަ ފަހަރު ލިޔަންވީ "އަހަންނަކީ ގައުމުގެ ފިތުނަ" މިހެން