13 ނޮވެމްބަރ 2019 - 11:28
މާލޭގައި ދިރިއުޅޭ ފާތިމަތު އަންޖުމް ޝަފީގް، 13، އިއްޔެ އޭނާގެ މަންމައާ އެކު ހުޅުމާލެ އަށް ދިޔައީ އާއިލާ މީހަކާ ބައްދަލުކުރާށެވެ. އެއަށް ފަހު މާލެ އައުމަށް ފެށި ދަތުރުވީ އަންޖުންގެ ހަޔާތުގެ ފަހު ދަތުރަށެވެ. މަންމަ އާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ އެވެ.
އަންޖުމް މަރުވީ ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ އެވެ. އޭނާ އިނީ މަންމަ ދުއްވަން އިން ސައިކަލްގެ ފަހަތުގަ އެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި ފަހަތުން އައި އެމްޓީސީސީގެ ބަސް، ސައިކަލްގައި ޖެހުމާ އެކު އެ ސައިކަލްގެ ފަހަތުގައި އިން އަންޖުމް ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހުނެވެ.
Update: Maruvi kujjaage mamma ah maa bodu aniyaa eh libifa eh neiy
The most trusted news source in the Maldives
Mihaaru
އެކްސިޑެންޓްގައި އަންޒުމް މަރުވުން
އަޅައިގެން އިން ހެލްމެޓް ފަޅައިގެންގޮސް ބޯ ޗިސްވީ އެވެ. ބައެއް މީހުން ބުނާގޮތުގައި ބަސް ދިޔައީ އަންޖުމްގެ ގައިމަތިންނެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަންޖުމް އޮތީ މަރުވެފަ އެވެ. އެ އެކްސިޑެންޓުގައި އޭނާގެ މަންމަ އަށް މާބޮޑު އަނިޔާއެއް ނުލިބެ އެވެ.
އަންޖުމްގެ އާއިލާ މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންޖުމްއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުންނަ ހަމައެކަނި ދަރިފުޅެވެ. އުމުރުން 50 އިން މަތިވެފައިވާ އެ ދެމަފިރިންނަށް އަންޖުން ލިބުނީ އެތައް ދުވަހަކު ބޭސް ކުރިފަހުން ކަމަށް އާއިލާ މީހާ ބުންޏެވެ.
"ވަރަށް ބޭސްކޮށްގެން ލިބުނު ކުއްޖާ ވަކިވެގެން އެ ދިޔައީ،" ކަށުކަމާކެމީގެ ކަންތަކުގައި ހުޅުމާލޭ ސަހަރާގައި ހުރި އާއިލާ މީހާ ބުންޏެވެ.
އާއިލާއިން ވާހަކަ ދެއްކި މީހާ ބުނިގޮތުގައި ކީރިތި ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް އަންޖުމް މިއަހަރު ވަނީ ފަށައިފަ އެވެ.
ކ. ތުލުސްދު އަށް ނިސްބަތްވާ އަންޖުމް ކުޑައިރުއްސުރެ އުޅެނީ މާލޭގަ އެވެ. ޓެސްޓަށް ފަހު މިހާރު ސްކޫލްގައި ކިޔެވުމެއް ނޯވެ އެވެ. ޖަމާލުއްދީން ސްކޫލްގެ ގްރޭޑް 7 ގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންޖުމް އަކީ ގުރުއާން ކިޔެވުމަށް ހާއްސަ ޝައުގެއް ހުންނަ ކުއްޖެކެވެ. އެ ސްކޫލްގެ ގުރުއާން ޕޫލްގައި އޭނާ ހަރަކާތްތެރިވެ އެވެ. އެއީ ތަޖުވީދު މަގަށް ގުރުއާން ކިޔެވުމާއި މުބާރާތްތަކުގައި ބައިވެރިވުން ފަދަ ހަރަކާތްތަކުގައި ބައިވެރިވެ އެވެ.
ކުދިންނާ ވަރަށް އެކުވެރި އަންޖުމް އަކީ އިތުރު ހަރަކާތެއްގެ ގޮތުން ކެޑޭޓްގައި ވެސް އުޅޭ ދަރިވަރެކެވެ. އޭނާގެ އެކުވެރިން އޭނާ ސިފަކުރަނީ އަބަދުވެސް ހިނިތުންވެފައި ހުންނަ ހިތްހެޔޮ ކުއްޖެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީލާ
15 November 2019
އެމްޓީށީށީ ދްރައިވަރުންނަކީ ވަރަށް ފަރުވާ ކުޑަ ބައެއް ކިތައް މަރު.
ހިތި
15 November 2019
މިއީ ތްރެފިކް ޤަވައިދު ތަންފީޒު ނުކުރެވުމުގެ ހިތި. މިއީ ތުރުތުރެއް އަޅުވާލީ ކޮންމެ މީހަކަށް އެއްލަކިން ލއިސަންސް ދިނުމުގެ ހިތި. މިއީ ޤަވައިދާއިޚިލާފްވާ މީހުންނަށް ދިޔަވަޅު އެޅުމުގައި ފަހތުފަޔަށް ބުރަ ވުމުގެ ހިތި. މިލިޔަނީ ވަރަށް އަސަރާއި އެކު. އެލޯބި ކުއްޖާއަށް ހުރީ ހަމަ ޔަޤީނުންވެސް ސުވަރުގެ. ޔާ ﷲ އެލޮބުވެތި ދަރިފުޅަށް މަތިވެރި ދަރަޖަދެއްވާ މައިން ބަފައިންނާއި އެކު ލައްވާށި އާމީން. ދިވެހިންނަށް މިއަށްވުރެ ރައްކާތެރި މާހައުލެއް ތަނަވަސް ކޮށް ދެއްވާށި. އާމިން.
ޙިނި
14 November 2019
އެކްސިޑެންޓް ތައް ވީމަ މިކަންކަން ރަންގަޅުކުރުމައް އުޅެނީ، ކިތކިތައް ފަރުދުންތޯ
ހަސަން ދީދީ
13 November 2019
އަންޖުމް އަށް ސުވަރު ގޭގެ ދާއިމީ ނިއުމަށް ލައްވާށެވެ އާމީން
ާއުނިމާ
13 November 2019
ކޮބާ އެމްޓިސީސީ؟
ސައި
13 November 2019
ހުޅުމމ މާލޭގެ މަގުތަކުގަޓުރެފިކު ލައިޓުހަރުކުރަންވީ ނިރޮޅު މަގުގަ ވަރަށް ގިނައިރު ހުންނަންޖެހޭ ހިގާ މ މީހާ މަގުހުރަސްނުކުރެވިފަ އެއީ ބުރިޖަށް އަރާ މަގު
ސާމް
13 November 2019
ދެރަ ވެއްޖެ ?
ނަޞީރު
13 November 2019
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
އަލީ!
13 November 2019
އެހިސާބުގަ ކެމެރާ ނުހުންނަނީ ކީއްވެތޯ؟
ވޮލިނި
13 November 2019
ހަރު ނުކުރާތީ
ޔައު
16 November 2019
ކެމެރާގެ ވާހަކަ ނުދައްކާ ކޮޔާ! މަގު ބައްތިތައް ވެސް ދަނީ ރެއަކުން ރެއަކަށް މަދުވަމުން. މަށަށް ހީވަނީ ކަރަންޓު ޚަރަދު ކުޑަ ކޮށްލާށާ ޖަޒީރާ ކޮށްލަންހެން އެއުޅެނީ
އޭޑީ މާނު
13 November 2019
اِنَّا لِلّٰهِ وَاِنَّااِلَيْهِ رَاجِعُوْن މަރުޙޫމާއަށް ސުވަރުގެ މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން. ކޮންމެ މީހަކީވެސް ތިމާއާއި އަނެކުންގެ ފުރާނައާއި މުދަލަށް ރައްކާތެރިކަންދޭ މީހެއްކަމުގައި ވާންޖެހޭ.