މާލެ: ފެބްރުއަރީ 19، 2018- ދައުރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޝިޔާމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: މަޖިލިސް
14 ނޮވެމްބަރ 2019 - 16:08
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 37.5 ބިލިއަން ރުފިޔާގެ ބަޖެޓުން ފެންނަނީ ރާއްޖެ "ކަފުން" ކުރާ ތަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލިހުގައި ވިދާޅުވެއްޖެ އެވެ.
ބަޖެޓަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ޖަހާލެވުނަސް، ރައްޔިތުންގެ ހައްގުގައި މަޝްރޫއުތައް ހިންގޭނީ ފައިސާ ހޯދަން އެނގޭ ބަޔަކަށް ކަމަށެވެ. އަދި ފައިސާ ލިބުނަސް، މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަން ހުންނަ ބަޔަކަށް ނޫނީ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ދިވެހި ރައްޔިތުން "ހިޔާލީ ފޮލާތަކެއްގެ" ތެރޭގައި ގެންގުޅުއްވަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުން ވެސް ފެނިގެން ދަނީ ހިޔާލީ ފޮލާތަކެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ނުދެކޭ ވަރުގެ ބޮޑު ބަޖެޓެއް ހުށަހަޅާފައިވާ އިރު އެ ފައިސާ ހޯދާނެ ގޮތްތަކާ މެދު ޝިޔާމް ވަނީ ވަރަށް ބޮޑަށް ސުވާލު އުފައްދަވައިފަ އެވެ. އަދި ބަޖެޓުގެ ސަބަބުން ދައުލަތުގެ ދަރަނި އެތައް ގުނައެއް އިތުރުވެގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"އާމްދަނީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އަދި ޕީއެސްއައިޕީގެ ގޮތުގައި ވެސް ޖެހިދާނެ ބޭނުން އަދަދެއް. އެކަމަކު ޕީއެސްއައިޕީގެ ބަޖެޓަށް ފައިސާ ހޯދަން އެނގޭ ބަޔަކަށް އެ ފައިސާ ހޯދޭނީ. އަދި އެ ފައިސާ ލިބުނަސް މަޝްރޫއުތައް ހިންގުމަށް ބޭނުންވާ، ހިންގަން އެނގޭ ބަޔަކަށް ނޫނީ އެ ފައިސާގެ އަދަދުތަކެއް ބޭނުން ކުރާކަށް ނޭނގޭނެ،" ޕަބްލިކް ސާވިސް އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން 10 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހިންގަން ނިންމާފައިވާތީ ޝިޔާމް ވިދާޅުވި އެވެ.
ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ ބަޖެޓްގެ ޑެފިސިޓް އެއަށްވުރެ ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށް ފައިސާ ލިބޭނެ ކަމަށް ގަބޫލު ނުކުރައްވޭތީ އެވެ. އެ ގޮތުން އިންކަމް ޓެކްސްގެ ބިލް ފާސްކޮށްފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
މި އަހަރު ނިމޭއިރު ޖުމުލަ ދަރަނީގެ ނިސްބަތް ހުންނާނީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 67.9 ބިލިއަން ރުފިޔާގައި ކަމަށް ލަފާކޮށްފައިވާ ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އަންނަ އަހަރު ނިމޭއިރު އެ އަދަދު 80 ޕަސެންޓަށްވުރެ އިތުރުވެދާނެތީ އެއީ ނުރައްކަލެއް ކަމަށެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ނައިފަރު ދާއިރާގެ މަޝްރޫއުތައް ހިންގުމަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވިޔަސް، އެއީ އެ ދާއިރާގެ ރައްޔިތުން ހިތްހަމަޖައްސާލަން ޖަހާފައި އޮތް އަދަދަކަށް ވެދާނެ ކަމަށެވެ. އަދި މިއީ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖެހި އަދަދަކަށް ވެސް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެހެން ވިދާޅުވާން ޖެހުނީ މި އަހަރު ނައިފަރު ދާއިރާ އަށް ބަޖެޓުކޮށްފައި ހުރި ކަންކަމުގެ 18 ޕަސަންޓު ވެސް ހާސިލްވެފައި ނުވާތީ އެވެ. ތަރައްގީގެ މަޝްރޫއުތަކެއް ނައިފަރުގައި ހިންގާފައި ނުވާތީ ޝިޔާމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ނައިފަރު ރައްޔިތުން ބޭނުންވާ ކަންކަން ތަރުތީބުކޮށްފައި ލިސްޓެއް އެކުލަވާލުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިދިޔަ ސެޕްޓެމްބަރު މަހު ސިޓީއެއް މެދުވެރިކޮށް ފޮނުވާފައިވާ ކަމަށާއި ބަޖެޓްގައި އެ ކަންކަމުގެ ތެރެއިން ވެސް ފެންނަނީ މަދު ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުތް
15 November 2019
މީނާގެ މި އުޅެނީ ޒާތީކަމެއް، އިބޫއަކީ ހިންނަވަރު މީހެއްވީމަ،
ޑާޑާ
15 November 2019
މިއީ ރާއްޖެ ކަފުން ކުރަން ތައްޔާރުކުރި ބަޖެޓެއް: ޝިޔާމް، އެކީއްވީތަ އަނެއްކާ ކަލޯ!؟ 28 ރުފިޔާއަށް ޑީސަލްލީޓަރެއް ވިއްކޭނެ މަގު ބަންދުވީމަތޭ!؟ 2008 ގަ ވެރިކަމަށް ބަޔަކު އައިމަވެސް ތިޒާތުގެ ފަރިއްސެއް ހުއްޓާނުލާކިޔަމުން ދިޔަ، ފައްޅިއަޅާވާހަކަ، އެކަމަކު އޭގެ ފަހުން މިއަދާ ހަމަޔަށްވެސް އެއްވެސް ފައްޅިއެއް ނުފެނޭ ދެއްތޮ..........
ބޮޑު ބަންޑާރަ
14 November 2019
ޝިޔާމު ގެ ވާހަވެސް އަޑުއިވިއްޖެ. ބަޖެޓްގެ އަދަދުވެސް ފެނިއްޖެ. ޑެފިސިޓްވެސް ފެނިއްޖެ. ޙިލޭއެހީ ހޯދަަނެކަމަށް ބުނާ އަދަދުވެސް ފެނިއްޖެ. ޜައްޔިތުންގެއަތުން މިހާރު ނަގާ ޓެކްސް ފައިސާގެއިތުރުން ދެންނަގާޓެކްސްއަށް އިތުރަށް 600 މިލިޔަން ރު ލިބޭނެކަމަށް ބުނިއަޑުވެސް އަހައިފީމު. ދެން ވެދާނެކަމަށް އެމްއެމްއޭގެ ވެރިޔާ ބުނިބަސްވެސް އެއޮތީ ފެންނަން. ޢެވެރިޔާ ވިދާޅުވީ ދަރަނިދެއްކުމަށް ދަތިވާނޭ. ނަމަނަމ ޙަރުމުދަލެއް ބޭރުގެފަރާތަކަށް ނުދޭތި. ޙުސިޔާރު. ޙުސިޔާރު
ލައުރާ
14 November 2019
ބަޖެޓު ފާސްކުރަންވީ ވަރެއްވެސް އެނގޭނީ އަހަރެ މެނައް ކަލެޔައް ކޮންބެހޭކަ މެއް
ރަށުމީހާ
14 November 2019
ބަޖެޓު ކަޑަ އަޅަންވީވަރެއް ތިމީހުންނަކައް ނޭގޭނެ . ކަލޭމެން ބޮލެއްގާރިއްސާލާ އިރަށް ސިނގަޕޫރަށް ރަށްޔިތުމީހާ ޕެނަޑޯލް ގުޅައެއް.މިބުނީވަރަށް ބައިވަރުވާހަކަ.
ހުސޭނު
14 November 2019
ތިބޭފުޅުން އެމްޑީޕީވެސް ކަފުންކޮށް މީގެ ފަސްއަހަރު ކުރިން ވަޅުލި ހަދާން އެބަހުއްޓެވެ. އަހަނ ސަހަރޯ! މިފަހަރު މުޅި ގައުމު ދެއްތޯއެވެ?
ހަކީމް
14 November 2019
މީދެން ކާކުތަ ... ހުރިހާ ވައްކަމެއް ކުރިއިރު ކަފުން ނުވެތަ އޮތީ ... އޭރުވެސް ތިބޭފުޅާ ހަމަ އިން ގޮނޑި ހޫނުކުރަން.
އިންޓަލެކްޓު
14 November 2019
އެހެން ވިއްޔާ މި ބަޖެޓު ވަރުވާ އަދަދެއް ތިބޭފުޅާ ޕާޓީގެ ސަރުކާރުގަ އެމް.އެމް.ޕީ.ރާރު.ސީ އިން ދަވާލީ ގައުމު ކަފުން ކުރަންތަ؟
ވަގުން ހިފާ
14 November 2019
އެސްޓީއޯއިން އަގު ހެޔޮކޮށް ތެޔޮގަނެގެން ފެނަކައަށް އަގު ބޮޑު ވިއްކައިގެން ފައިދާ ނެގީ ކާކު؟
އަލީ!
14 November 2019
ޢެވެސްނެގީ އެސްޓީއޯއިން ކުރެޑިޓަށް.
ވަގު ކަދުރު
14 November 2019
ޖަމާތްތެރިޔާ ހާދަހާ މޮޅެތި ބަސްބުނޭ އޮތަ! އެމްއެމް ޕީ އާރު ސީ ކަފުންކުރިބަޔަކަށއ ކަފުނުގެ ވާހަކަ ދަންކަށް އެނގޭނީއޮތަ!