19 ނޮވެމްބަރ 2019 - 10:33
ރާއްޖޭގައި ވެރިކަންކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސަރުކާރު ހިންގުމާ ހަވާލުވެ ވަޑައިގަތުމަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ އެން ހިފަން ފީނާ މަސްވެރިން، ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވުން އިތުރުވާތީ އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައެއްގައި ސަރުކާރަށް ފާޑު ވިދާޅުވުމަށް ފަހުގަ އެވެ.
ޖާބިރު ވިދާޅުވީ މިސަރުކާރުން މިނިސްޓްރީތަކަށް ދޭންޖެހޭ ބާރުތައް ދީފައިނުވާ ކަމަށެވެ. އިތުބާރު ނުކުރެވޭ މިނިސްޓަރުން ތިއްބެވި ނަމަ އިތުބާރު ކުރެވޭ ބަޔަކު މިނިސްޓްރީތަކަށް ގެނެސް އެ މިނިސްޓްރީއެއްގެ ބާރު އެ މިނިސްޓްރީއަކަށް ދޭންޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ. މި ވާހަކަތަކަށް ފަހު ޖާބިރު ވިދާޅުވީ ދެން މަޖިލީހަށް ހުށަހަޅުއްވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން ކަމަށެވެ.
"ރާއްޖެ ހިގަންވީ ގޮތް ރައްޔިތުންގެ މަޖިލީހަށް ނޭންގެންޏާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މި މަޖިލިސް މެދުވެރިކޮށްގެން ބަރުލަމާނީ ނިޒާމެއް ގެނެސްގެން ރާއްޖެ ހިންގުމާ ހަވާލުވާން ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ،" ޑީއާރުޕީގެ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ވިދާޅުވި އެވެ.
"ދެން ހުށަހަޅާނީ އެ[ބަރުލަމާނީ ނިޒާމް ގެނައުމުގެ] މައްސަލަ މިތަނަށް"
އެހެން ވިދާޅުވި ހިސާބުން ބަހުސްގައި އޭނާ އަށް ލިބިފައިވާ ވަގުތު ހަމަވުމުން އިތުރު އެއްޗެއް ވިދާޅެއްނުވެ ވުނެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. އޭރު ވެސް އެމްޑީޕީން ބޭނުންވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ހިންގާށެވެ. ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމާއެކު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން މަސައްކަތްކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
20 November 2019
ދެން ހުށަހަޅާނީ، ހަނުހުރުމުގެ ޙައްޤު ބޭނުންކުރިއަސް އެފަދަ ހާލަތެއްގައި މުޅި މޫނުގަ ގަނޑުގަނޑަށް ފުށް ނުޖެހޭނެކަމަށް، ހީހީހީ.
ކާސިމު
19 November 2019
ތިކަމަށް ތާއީދެއްނތް. އިންޝާﷲ ލާހިކެއްނޫން ކެނެރީ ނަޝީދު ޤައުމުގެ ވެިރކަމަށް ގެންނާކަށް..
މަގުފުޅާޓިނު
20 November 2019
ކާސިމުގެ އަތުގަތަ އެބާރުވެސް އޮތީ..............
ފިލިކީސަ
19 November 2019
ތިޔައީ ނަޝދު ކުޅޭ ގޭމެއް. ޖާބިރު ލައްވާ.. ފުރަތަމަ މައުޟޫއު ހާމަކޮށްލީ.. ދިވެހިން ސަމާލުވޭ
ބޯގޯސް
19 November 2019
ތިޔަކަހަލަ ެއެދުންވެރިކަން ބޮޑު އެއްވެސް ހަމައެއް އުސޫލެއްނެތްމީހުން ބޮޑުވަޒީރުންނަށް އަދި ވަޒީރުންނަށް ވާން ބޭނުންނުވާތީއޭ ރިޔާސީ ނިޒާމް ގެނައީ.
އެނގުނަސް
19 November 2019
މީނަ މޮޔަޔަކަށް ހަދައިހެން މިކިޔުއްވަނީ އަންނި ކިޔަން ބޭނުންވާ ތަކެތި.
މަންޑޭލާ
19 November 2019
މިސަރުކާރު ގެނައިމީހުން ވަރައް ހެޔޮނުވިސްނޭ. ރާއްޖޭގެ މިނިވަންކަން ގެއްލި ބައެއްގެ މުށުތެރެޔަ މި ވަންނަނީ. ދެރަ.
ޝޮކްތެރަޕީ
19 November 2019
މިކަހަލަ މީހުން މަޖުލީހަ ހޮވީމަ ޤައުމު ދާނީ ފަހަތަ.
ހައްގުބަސް
19 November 2019
ކާށިދޫ މީހުން ޖާބިރު މަޖުލީހަ ގެނެވުނީތީ މޮޔަހިތައްއަރާފަ.
ގިޔާސް
20 November 2019
ކޮންމެ އާއިލާއަކަށް ކޭބަލްކާރެއް ދިނީމަ ތިކަން ހައްލުވީ............
އަލީރާޖާ
19 November 2019
މިހާރުގެ ވެރިކަމުގެ ދައުރު ހަމަވެގެން 2023 ގައި ފަށާ ސަރުކާރަކުން ފެށިގެން ބަރުލަމާނީ ކުރަން ތާއީދު.
ފައިސަލް މުހައްމަދު
19 November 2019
ޤާނޫނު އަސާސީގައި ރައްޔިތުން ރުހުން ދިން ހަމައެކަނި މާއްދާއަކީ ރިޔާސީ ނިޒާމަށް ވެރިންކަން ހިންގަން އޮތް މާއްދާ