19 ނޮވެމްބަރ 2019 - 14:21
އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ފަހު، އެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކަމާ ގުޅޭ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.
ސަރުކާރުގެ ފަރާތުން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު މިދިޔަ މަހު ހުށަހެޅުއްވި އެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ބަލައިގަތީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ދިރާސާކުރުމަށް ފޮނުވީ މުޅި މަޖިލިސް ހިމެނޭ ކޮމިޓީ އަކަށެވެ.
ބިލްގައި ވާ ގޮތުން، އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް އާމްދަނީ 40،000ރ. އަށް ވުރެ އިތުރުވާ ބައިންނެވެ. ނުވަތަ އަހަރެއްގެ މައްޗަށް 480،000ރ. ގެ އާމްދަނީއެއް ލިބޭ ނަމަ އެ މީހެއްގެ އާމްދަނީން ޓެކްސް ނަގަން ފަށާނެ އެވެ.
Income tax ge bill majileehah hushahalhaifi
The most trusted news source in the Maldives
Mihaaru
އިންކަމް ޓެކްސް ބިލް މަޖިލީހަށް ހުށަހެޅުން--
އިންކަމް ޓެކްސް ނެގުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެ ބިލަށް ބަހުސް ކުރި، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އިންކަމް ޓެކްސްއާ އެކު އާމްދަނީގެ ފަރަގު ކުޑަކުރެވޭނެ ކަމަށެވެ. އަދި އެއީ ޓެކްސް ނިޒާމު ފުރިހަމަ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅެއް ކަމަށް އެ މެމްބަރުން ވިދާޅުވެފައި ވެ އެވެ.
ސަރުކާރާ އިދިކޮޅު މެމްބަރުން ވަނީ އިންކަމް ޓެކްސް ނަގާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އާމްދަނީ ހޯދަން ޓެކްސްތައް އިތުރުކޮށް ލިބޭ އާމްދަނީ ރިކަރަންޓް ހަރަދަށް ބޭނުން ކުރުމަކީ ރަނގަޅު އިގްތިސާދީ ސިޔާސަތެއް ނޫން ކަމަށް އެ މެމްބަރުން ވިދާޅުވެ އެވެ.
އިންކަމް ޓެކްސް ބިލްގެ އިތުރުން، ގަރާރަކާއި ރިޕޯޓެއް ވެސް މަޖިލީހަށް ބަލައިގަތުމަށް މިއަދު ވަނީ ފާސްކޮށްފަ އެވެ. ކަރަންޓްގެ އަގު ހެޔޮކުރުމާ ބެހޭ ގޮތުން ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 69 މެމްބަރުންގެ އިއްތިފާގުންނެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ގާނޫނާ ހިލާފު ނިންމުންތަކާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް އެ ރިޕޯޓް ވެސް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފަ އެވެ. އެ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދު ވަހީދު
19 November 2019
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އަކީ ވަރަށް ކުޅަދާނަ ޤައުމަށް ފައިދާހުރި ސަހްސިއްޔަތެއް!
ތުއްތުނާ
19 November 2019
އިންކަމް ޓެކްސް ނަގަން އުޅެނީ ކިތައް ޕަސެންޓް % ؟
މެމްބަރުން
19 November 2019
ހާސްނުވޭ ކިތަންމެބޮޑު އަދަދެއްނެގިޔަސް ޓޫރިސްޓުން އެބައިފެލާލާނެ، ނޫނީ ވިޔަފާރިއަށް އެބައި އިތުރުކުރާނެ!
މުޙުއްމާ
19 November 2019
ކުރީގަވެސް އިދިކޮޅު މީހުން ޓެކްސްއާ ދެކޮޅުހެދި އެކަމަކު އެމީހުނަށް ވެރިކަން ލިބުނީމަ ބެލީ ޓެކްސް އިތުރުކޮށް ޑަބަލް ޓެކްސް ނަގާ ލާރިކޮޅު ކާލެވޭތޯ. މިހާރު އނިންކަމް ޓެކްސްއާ ދެކޮޅު ހަދާނެ އެކަމަކު ވެރިކަން ލިބިއްޖެއްޔާ އިންކަމް ޓެކްސް ނަގަންފަށާ އަދަދު ތިން ހާހަށް ތިރިކުރާނެ. އެކަމަކު މިމީހުނަށް ވެރިކަން ދޭނެ ބަޔަކު މިރާއޖެއަކުނެއް.