22 ނޮވެމްބަރ 2019 - 22:14
އަޔަލެންޑްގެ މަޝްހޫރު މިއުޒިކް ބޭންޑް ޔޫ2 އާއި އިންޑިއާގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާން ގުޅިގެން ސިންގަލްއެއް ގެނެސްދޭން ނިންމައިފި އެވެ.
މި ވާހަކަ އޮސްކާ އެވޯޑް ވެސް ހޯދާފައިވާ ރަހްމާނާއި ޔޫ2 ގެ ޓްވިޓާގައި ވެސް ހިއްސާކޮށްފައިވެ އެވެ. ޔޫ2 އާއި ރަހްމާން ގުޅިގެން ގެނެސްދޭ ލަވައިގެ ނަމަކީ "އަހިމްސާ" އެވެ. ޓްވިޓާގައި ވަނީ ލަވައިގެ ތަންކޮޅެއް ވެސް އިއްވާލައިފަ އެވެ.
މީޑިއާތަކުން ބުނިގޮތުގައި ޔޫ2 ބޭންޑް ކޮންސަޓަކަށް އަންނަ މަހުގެ 15 ގައި އިންޑިއާ އަށް ދިއުމުގެ ކުރިން މި ލަވަ އާންމުކުރާނެ އެވެ. ބޭންޑް އިންޑިއާގައި ޕަފޯމްކުރަން ހަމަޖެހިފައި ވަނީ ޑީސެމްބަރު މަހުގެ 15 ވަނަ ދުވަހު މުމްބާއީގެ ޑީވައި ޕަޓިލް ސްޓޭޑިއަމްގަ އެވެ.
'I'll meet you where there is no sleeping
— A.R.Rahman (@arrahman) November 22, 2019
But we wake up to dream...'
Here is my latest collaboration 'Ahimsa' with @U2https://t.co/RTa6h1pM8a#U2xARahimsa #U2 #ARRahman pic.twitter.com/XcEV1gOxHb
މީގެ 43 އަހަރު ކުރިން އުފެދުނު ރޮކް ބޭންޑް ޔޫ2 ގެ މެމްބަރުންނަކީ ބޯނޯ، ދި އެޖް، އެޑަމް ކްލޭޓަން އަދި ލެރީ މުލެން ޖޫނިއާ އެވެ. ބޭންޑުން މިހާތަނަށް މަގުބޫލު އެތައް ލަވައެއް ގެނެސްދީފައިވާ އިރު، މިހާތަނަށް 14 އަލްބަމް ނެރެފައިވެ އެވެ.
'I'll meet you where the sky is torn…' Ahimsa, a new song by @U2 and @arrahman Now streaming/downloading. https://t.co/XguLGUrbXN#U2xARahimsa #U2 #ARRahman pic.twitter.com/XerZNtL1wh
— U2 (@U2) November 22, 2019
މިހާތަނަށް 22 ގްރެމީ އެވޯޑް ހޯދާފައިވާ ޔޫ2 ގެ އެންމެ ފަހުގެ އަލްބަމަކީ 2017 ގެ "ސޯންގްސް އޮފް އެކްސްޕީރިއަންސް" އެވެ.
ދެހާސް ނުވައެއްގައި ރިލީޒްކުރި "ސްލަމްޑޯގް މިލިއަނާ" އިން އޮސްކާ އެވޯޑް ހޯދި ރަހްމާނަކީ މީގެ ކުރިން ވެސް ދުނިޔޭގެ ނުފޫޒު ގަދަ ބައެއް މިއުޒިޝަނުންނާ އެކު މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އޭނާ އާއި ޔޫ2 ގެނެސްދޭ ލަވައަކީ ޔަގީނުން ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާކުރާނެ ލަވައަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބުރުލް ސަލީމް
23 November 2019
އޭއާރު ރަހުމާނު، މައިކަލްޖެކްސަން ދުނިޔޭގައި ހުރިއިރު އޭނާއާއެކުވެސް ބައެއް މަސައްކަތްކުރި.