ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއާ ދެކޮޅު ޕޯސްޓަރެއް: އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލަ ވަނީ ފެންމަތިވެފައި. -
23 ނޮވެމްބަރ 2019 - 15:07
ކުޑަ ކުއްޖަކު ބަލިވެ އިން ކަމުގެ ރިޕޯޓް ލިބުމުން އެކަމުގައި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅަން ކަމާބެހޭ މުއައްސަސާގައި އެދިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ކުރި ޓުވީޓެއްގައި މިގޮތަށް ބުނީ ދޯންޏެއްގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަރާލަން އުޅުނު ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއިލް ހައްމާދު، 13 އަހަރުގެ ކުއްޖަކާ ސައްހަ ނޫން ކައިވެންޏެއްކޮށް ބަލިވެ އިން ކަމަށް ކުރާ ތުހުމަތު ރިޕޯޓް ކުރުމުންނެވެ.
ހައްމާދާ އެކު އެ ދޯނީގައި ތިބީ ދީނީގޮތުން ހައްދުފަހަނަޅާފައިވާ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެ އެވެ. އޭގެތެރެއިން ބައެއް މީހުން ވެސް ކުޑަކުދިންނާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.
ކުޑަކުދިންނާ ކައިވެނިކުރުމަކީ ގާނޫނާ ޚިލާފު އަމަލެކެވެ. އަމުދުން ކޯޓުން ބޭރުގައި ވަގު ސެޓްފިކެޓަކުން ހަރުކަށި ފިކުރުގެ "ޝިކާރައަކަށް" އެ ކުއްޖާ ހަދައި ބަލިވެ އިނުން، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ މީހުން މާނަކުރަނީ "ރޭޕްކުރުން" ކަމަށެވެ.
“Sahha noon kaiveni” is RAPE!! There is no lawful marriage and unlawful marriage. This is a 13 year old we are talking about - it is Rape so call it that. I have a 13 yr old daughter. My heart bleeds for that young girl. Shame on all of us to allow things like this to happen. https://t.co/vnWHXdvHDx
— Farah Faizal 🎈🇲🇻 (@DrFarahFaizal) November 23, 2019
ރާއްޖެ އިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފަރަހަނާޒް ފައިސަލް، 13 އަހަރުގެ ކުއްޖާ ބަލިވެ އިނުމުން ކަންބޮޑުވުންފާޅުކުރައްވައި ކުރެއްވި ޓުވީޓެއް.
ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓުގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިން ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ވަގުތުން ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅާފައިވާ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަަމަށެވެ.
އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް ބުންޏަސް ތަފްސީލެއް ނުދެ އެވެ. އެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައީ ކޮން އިރަކު ކަމެއް އަދި ފުލުހުންނަށް ހުށަހެޅީ ކޮން އިރަކު ކަމެއް ވެސް ނުބުނެ އެވެ.
ހަރުކަށި ފިކުރުގެ ޝިކާރައަކަށް 13 އަހަރުގެ ކުއްޖާ ހެދި މައްސަލައިގައި "މިހާރު" އިން ފުރަތަމަ ސުވާލުކުރުމުން މިނިސްޓްރީން ހަމައެކަނި ބުނީ "އެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ" ކަމަށެވެ. ފިޔަވަޅު އަޅާފައިވާ ކަމަށް ފަހުން ޓުވީޓެއްކުރީ އެ ކުއްޖާ މިހާރު ހުރީ ރައްކާތެރި މާހައުލެއްގައި ކަން ނުވަތަ ނޫން ކަން ވެސް ކަށަވަރެއް ނުކޮށްދިން ކަމަށް ބުނުމުންނެވެ.
ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކޮށް، ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން މިނިސްޓްރީން އަރުވަމެވެ.
— Ministry of Gender, Family and Social Services (@MoGFSSmv) November 23, 2019
މިނިސްޓްރީގެ ޓުވީޓް
ރާއްޖޭގެ ގާނޫނުގައި ކުރިން އޮންނަ ގޮތުން ނަމަ 16 އަހަރު ފުރިއްޖެ ނަމަ، ޖެންޑާ މިނިސްޓްރީން އެސެސްމެންޓެއް ހަދައި އާއިލާގެ އިއުތިރާޒެއް ނެތް ނަމަ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކޯޓުން ކައިވެނިކޮށްދެ އެވެ. އެކަމަކު މީގެ ހަފުތާއެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގައި، ކައިވެނިކޮށްދޭ އުމުރު، ވަނީ 18 އަހަރަށް މަތިކޮށްފަ އެވެ.
ހައްމާދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ "އޭނާ ކައިވެންޏެއްކޮށްގެން އުޅޭ ކަމެއް ނޭނގޭ" ކަމަށެވެ. އާއިލާގެ އެއްވެސް މީހެއްގެ ގާތުގައި އެފަދަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު އެފަދަ އަޑުތަކެއް އާއިލާ ހަމައަށް ވެސް އޮތީ ފޯރައިފަ އެވެ.
ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކައިވެނިކުރަން ކޯޓަށް ނުދަނީ، ކޯޓުތައް ގަބޫލުނުކުރާ ކަމަށް ބުނެ އެވެ. ކޯޓުތަކުގައި ތިބެނީ އެ މީހުން ގަބޫލުކުރާ އިސްލާމީ ޝަރީއާ ގާއިމްކުރާ ގާޒީން ނޫން ކަމަށް ބުނެ ބައެއް މީހުން ފަތުވާ ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަވާޒު
24 November 2019
ކުޑަކުދިން ބަލިވެ އިނދޭތަ؟ އާސްކިން ފޮ އަ ފްރެންޑް.
ރޭޕް
24 November 2019
އާނ. 9 އަހަރުގެ ކުއްޖަކުވެސް ބަލިވެ އިނދެފާނެ. އޭގެ މާނައަކީ ކަލޭ އެވަރު ކުދިން ރޭޕް ކުރާށެކޭނޫން
ބުނެލީ
10 December 2019
އިނގޭތަ ދުނިޔޭގަ އުމުރުން 5 އަހަރުގެ ކުއްޖަކު ރޭޕްގެ ޝިކާރައަކަށްވެ ބަނޑުބޮޑުވިކަން. ދެން ތިބުނަނީ އެއީވެސް ކުޑަކުއްޖެއް ނޫނޭތަ؟ ތިކަހަލަ ނުވިސްނޭމީހުން އުޅޭތީއޭ މިކަހަލަ ކަންކަން ހިގަނީ..
ބޭރުހުލި
24 November 2019
ޛުގު، އަދި ބުނެލަން އޮތީ 4 އަނބިން ގެނގުޅުމުގައާއި ކައިވެނި ކުރުމުގަ އެކަނި ތަ ދީން އަންނަނީ، ސުންނަތް އަންނަނީ، ރަސޫލާ އުޅުއްވިގޮތް އަންނަނީ؟؟؟ ހަމަ ކުޑަކުދިންނާ ބެހެންވެގެން ދައްކާ ބަހަނާ. މި ނޫންވެސް އެހެން ދުނިޔެ އެއް އެބަ އޮތޭ.
ޛުގު
24 November 2019
މިތާ ކޮމެންޓްކޮށްފައި ތިބި މީހުންނަށް: ބާލިޢު ވުމުން ކައިވެނި ކުރެވެން އިސްލާމްދީނުގައި ހުއްދަ އޮވޭ ކުއްޖާގެ ހުއްދަ ލިބިގެން. އެހެންވީމަ ދީނީ ގޮތުން ހުއްދަ ނޫން ކަމެކޭ ނުކިޔޭނެ. އެފަދަ ކުދިންނާއި ރުހުމުގައި ކައިވެނި ކުރިޔަސް އެއީ ރޭޕްއޭ ބުނަންޏާ ތިބުނެވެވީ ރަސޫލާއަށާެި ސަހާބީންނަށްވެސް ބަދުބަހެއް. ހެޔޮނުވާނެ ކާފަރުންގެ ގޮތްތަކަށް އަޅުވެތި ނުވެބަލަ ތިވަރަށް
ބޭރުހުލި
24 November 2019
ރަސޫލާ އާއި ސަހާބީންގެ ވާހަކަ ތި ދައްކަނީ، މިތާ މިއުޅޭ މީހުން އުޅެނީ އެބޭކަލުން އުޅުއްވިގޮތަށްތޯ؟ އަނގަ އޮތިއްޔާ ކޮންމެ އެއްޗެއްވެސް ކީ ދާނެ. އަމިއްލަ މީހާގެ 13 އަހަރުގެ ދަރި އިންނަން އެދޭނެބާ ބޮޑު ފިރިހެނަކާ. މިއީކީ އެޒަމާނެއް ނޫން. ކުދިންގެ ސިކުނޑީގައި 13 އަހަރުވީމަ އާއިލާއެއް ފަށައިގެން އުޅޭކަށް ނޫން އޮންނަނީކީ. މާދަމާ ނޫންކަންނޭގެ ތިކުއްޖާ އެއްލާލާފަ ދާނީ އެހެން މީހަކާ އިންނަން. އޭރުން ކޮބާތޯ ސަހާބީން އުޅުއްވިގޮތް، ކޮބާތޯ ދީން؟؟
އުމަރުބެ
24 November 2019
ކައިވެނިކުރާ އުމުރުގެ މީހުން ނުލިބެނީތޯ؟ ކީއްވެގެންތޯ 13 އަހަރުގެ މައިންބަފައިން އެމީހުންގެ ދަރިން އެގޮތަށް ހަވާލުކުރަނީ، ދީނީގޮތުން އަންހެން ކުއްޖަކު އޭނާގެ މައިންބަފައިންގެ ކާރިން އެހެން މީހަކުގެ ކާރިއަށް މީހަކާއި އިނދެގެން ދެވޭނީ ބައްޕަ ނުވަތަ އޭނާގެ އިސް ފިރިހެނަކު ވަލީދީގެން، އެހެންކަމުން ވަލީދިން މީހާވެސް އިންމީހާވެސް ކުއްވެރިވާނެ، ފުލުހުންނަށާއި ކަމާބެހޭމީހުން ތިޔައޮތީ ފެއިލްވެފައި
ޢަބްދުﷲނާފިޒް
24 November 2019
"ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުން ކައިވެނިކުރަން ކޯޓަށް ނުދަނީ، ކޯޓުތައް ގަބޫލުނުކުރާ ކަމަށް ބުނެ އެވެ. ކޯޓުތަކުގައި ތިބެނީ އެ މީހުން ގަބޫލުކުރާ އިސްލާމީ ޝަރީއާ ގާއިމްކުރާ ގާޒީން ނޫން ކަމަށް ބުނެ ބައެއް މީހުން ފަތުވާ ނެރެފައިވެ އެވެ." އަޅެ ތިބަޔަކު މިތާއުޅެންވެސްވޭދޯ، މި ދިވެހި ދިދައިގެ ދަށުގަ އުޅެން ބޭނުމިއްޔާ ޖެހޭނީ މިތާހެދިފަވާ ޤާނޫނުތަކާ ޤަވާޢިދުތަކަށް ބޯލަނބަންކަން މިމީހުން ބީތާކަމުން ހަމަ ނޭގެނީބާ!؟
އިންސާފް
23 November 2019
މިއަދުގެ ސަރުކާރާ މަޖިލީހުން ވެސް ކުރަނީ ހަމައެންމެ ކަމެއް. އެއީ އެމީހުން ބޭނުންވާ ބަޔަކު ފަނޑިޔާރުންނަށް ގެނައުން. ހެޔޮ މުޅި ގައުމުގެ އެހެން ހުރިހާކަމެއް ހަލާކުވެ ނެތި ދިޔަޔަސް...
ދިވެއްސެއް...
23 November 2019
ފިޔަވަޅު އަޅަން ފުލުހުންނަށް އެދުމުން ނިމުނީތޯ؟ ފުލުހުން އެދުނު ގޮތައް ފިޔަވަޅު ނާޅާފިނަމަ ދެންވަނީ ކިހިނެއް؟؟؟؟
މުހަންމަދދުބޭ
23 November 2019
ރައީސް ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ބާގަނޑެއް ހެދިފައިވާވާހަކަ ސިދާތާ ވަނީ ވިދާޅުވެފަ. މިކުދިންވެސް މިނިކުންނަނީ ހަމަ އެބާގަޑުންބާ؟
ލާމް
23 November 2019
18 އަހަރު ފުރެންދެން ކައިވެނި ނުކޮށް ބައިތިއްބަން ހަދާފައިވާ ޤާނޫނުގެ ސަބަބުން ހައްތާހާ ގެއްލިގެން އެދަނީ މީހުނގެޙައްޤުތަކެއް. ފާފަތަކަށް އަރައިގަނެވިދާނެކަުގެ ބިރަށް ކައިވެނި ކުރަން ބޭނުންވާކިތަންމެ ބަޔަކު ތިބޭނެ.
ދިވެއްސެއް...
23 November 2019
ތިހާ ބިރުގަންނަމީހުން 18 އަހަރުގެ ދަށުގެ ކުއްޖަކާ ކައިވެނި ކުރުމަކުން އަދު ނުފެދޭނެ. 4 ކައިވެންޏަކުންވެސް ނުފެދޭނެ. ބައިވަރު ޖާރިޔާއިންވެސް ބޭނުންވާނެ. ހަމަ ދައްކާ ސޭކު ވާހަކަ. ތިހާ ވަހުޝީ އެދުންބޮޑިއްޔާ ގޮސް ސައިކެޓްރިކްސް އަކަށް ދައްކާ.
ބޭރުހުލި
24 November 2019
ދެން ކައިވެނި ކުރީމަ ވީނުން. ކުޑަކުދިން ނާތަ އިންނަން ޖެހެނީ. ފާފަތަކަށް އަރައިގަންނަ ބިރު އޮތް މީހެއްގެ އެދުން 13 އަހަރުގެ ކުއްޖަކަށް ފުއްދައި ދެވޭނެތަ؟ ނުފުދުނީމަ އަނެއްކާ ފާފަ ކުރެވިދާނެ ކަމަށް އެހެން މީހެއް ހޯދަންވީ. ނަފްސް ކޮންޓްރޯލްކުރަން އެހެން ކިތައްމެ ކަމެއް އޮވޭ ދީނުގަ. ރޯދަ ވެސް ހިފޭ. އެހެންވީމަ އެކުއްޖާ 18 އަހަރު ވަންދެން ރޯދަ ހިފާލަ ހިފާލަ ހުރޭ. ފިރިހެނުންނަކަށް ނުވިސްނޭނެ ރުހުމެއް ނެތި ކަންކަން ކުރީމާ ކުރާ ނަފްސާނީ އަސަރެއް.
ާއުނިމާ
23 November 2019
18 އަހަރުނުވަނީސް މީހަކާ އިނުން އެކަންޏެއް ނޫން، ބިޓުހިއްލުންވެސް މަނާކުރަންވީ، ކައިވެނި ކުރީމަތޯ ގޯހީ؟ ކައިވެނި ނުކޮށް ކުރާ ކަންތަކޯ؟ 18 އަހަރު ނުވަނީސް ބިޓު ހިއްލާފިއްޔާ މައިންބަފައިން ކުއްވެރިވާގޮތައް ހަދަންވީ، ނޫނީ ތިކަމެއް ހައްލެއްނުވާނެ، ތިޔައީ އެންމެނަށްވެސް އެގިގެންވާ ނުވަތަ ކުރުވާ ކަންކަން!
ނޫސް ބަލާމީހާ
23 November 2019
ނޫން. 16 ޢަހަރުވީމާ ޖިސްމާނީގޮތުން އެކަށީގެންވާ ޞިއްޙަތެއްގައިވާނަމަ ކައިވެނިކޮށްދިނުން ބުއްދީގެ ހަމައިންބަލާނަމަ ރަނގަޅުގޮތަކީ. އިންސާގެ ތަބީޢަތާ ޖިސްމާނީ ބާރަކީ ބައެއްފަހަރު މަގުންކައްސުވާލާކަމެއް. ޢެހެންވީމާ ތަބީއަތުބުނާގޮތުން 18 އަހަރަކީ ވަރަށް ދުރުމުއްދަތަކަށްވެ ދީނީގޮތުންހުއްދަކަމެއްގެތެރެއިން ޤަަނޫނީ ކުށަށް އަރައިގަތުނަށް ފުރުޞަތުލިބެނީ.