ރާއްޖެ ސަރަހައްދަށް ވަތް މަސް ބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައި: މިފަހުން އަތުލައިގަތް ބޯޓްތައް ވަނީ ދޫކޮށްލާފައި-- ފޮޓޯ: ކިޔުންތެރިއެއް
28 ނޮވެމްބަރ 2019 - 12:26
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ސްރީ ލަންކާގެ ހަތް މަސް ބޯޓް ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅޭ ބޯޓް ފަހަރު ދޭތެރެ ދޭތެރެއިން އަތުލައިގަނެ އެވެ. އޭގެ ތެރެއިން އެންމެ ގިނައީ ލަންކާ އާއި އިންޑިއާގެ ބޯޓް ފަހަރެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ލަންކާގެ ހަތް މަސް ބޯޓެއް ރާއްޖެ ސަރަހައްދުން އަތުލައިގެންފަ އެވެ. އަދި އިއްޔެ ވެސް ބޯޓެއް އަތުލައިގަތެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ސިފައިން އަދިއެއް ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މި ފަހުން އަތުލައިގަތް ލަންކާގެ ހަތް މަސް ބޯޓެއް މިހާރު ވަނީ ދޫކޮށްލައިފަ އެވެ. ދޫކޮށްލި ސަބަބެއް ދިވެހި ސިފައިން އަދި ފޮރިން މިނިސްޓްރީ އަކުން ވެސް ނުބުނެ އެވެ.
Raajjey ge sarahahdhugai dhaa alhan ulhunu lanka ge boat thakeh hifahattaifi
The most trusted news source in the Maldives
Mihaaru
ލަންކާގެ ހަތް މަސް ބޯޓް ހިފެހެއްޓުން---
ގަވައިދާ ހިލާފަށް ރާއްޖެ ސަރަހައްދުން މަސްވެރިކަން ކުރާ އުޅަނދު ފަހަރު ދޫކުރާތީ މަސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފިޔަވަޅެއް ނާޅައި އެގޮތަށް ދޫކުރާ ނަމަ ގަވައިދާ ހިލާފަށް ވަދެ މަސްވެރިކަން ކުރުން އިތުރުވާނެ ކަމަށް އެ މީހުން ބުނެ އެވެ.
"ދޫކުރަންޏާ ލަންކާ މަސްވެރިން ޖެހިލުމެއް ނުވާނެ ދެއްތޯ ދެން ވެސް [ރާއްޖެ ސަރަހައްދަށް] ވަދެ ދާ އަޅާކަށް. ނޫނީ މަސްވެރިކަން ކުރާކަށް،" ކަމާ ގުޅުން ހުރި އިދާރާއެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.
ބޭރުގެ މަސްވެރިން ރާއްޖެ ސަރަހައްދަށް ވަންނައިރު ރާއްޖޭގެ މަސްވެރިން ވެސް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަޒީރެއާލާ
28 November 2019
އެމްޑީޕީއާއި ލަންކާސަރުކާ ދެމެދު. އަދި އެމްޑީޕީއާއި އިންޑިޔާ ސަރުކާރާ ދެމެދުވެސް ވަނީ އެއްބަސްވުންތަކެއް ހެދިފާ. އެހެންކަމުން ތިޔަ ހުރިހާކަެމއްވެސް ހިނަމުން އެދަނީ އެ އެއްބަސްވުންތަކުގެ ދަށުން. މިސަރުކާރު ގެންނަން އެންމެބޮޑު އެހީތެރިކަމެއްދިނީ އިންޑިޔާ އާއި ލަންކާއިން. ސަބަބު ހޯދަން މަސްވެރިން އުޅުނަސް އެސަބަބު ނުބުނެދޭނެ.
އެންދެރި
28 November 2019
ރާއްޖޭގެ މަސްވެރިން ވެސް އަވަށްޓެރި ގައުމުތަކުގެ ސަރަހައްދަށް ވަންނަ މައްސަލަ ބޮޑުވެފައިވާ ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފަ އެވެ. އެއީ ވ މަދުން ހިނގާ ހާދިސާ ތަކެކެވެ. ބޭރުގެ ބޯޓް ފަހަރުން ރާއްޖޭ ވަކި ސަރަހައްދަކަށް ވަދެ ކަނޑަށް ޑްރަގް ވެސް ދޫކޮށްފާނެ އެވެ. ބަޔަކަށް ދިނުމަށެވެ. ވީމާ މާބޮޑަށް ދޫކޮށްލީމަ ރަނގަޅެއް ނޫނެވެ.
އޮތްގޮތް
28 November 2019
ދޫކުރަންޖެހެނީ އަހަރުމެން އެމީހުންކައިރިއަށް އެކިސަލާންޖަހަން ދާންޖެހޭތީވެ. އަހަރުމެންގެ މަސްވެރިން ނާއި ރައްޔިތުން އެހެންޤައުޤައުމުގެ ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިިތައި، ޚިލާފުނުވެއުޅޭނަމަ، އަހަރުމެންް އެކިސަލާންޖަހާކަށް ދާކަށްނުޖެހޭނެއެވެ. ދާދެފަހުން ދިމާވި ލަންކާގެމައްސަލައިގާ އަހަރުމެންގެ އެތައްސަތޭކަބަޔަކު ލަންކާގައި ޤަވާޢިދާއިޚިލާފަށް އުޅެފައިއޮތެވެ. އެމީސްމީހުން ބަރިއްޔަކުރަން ކުރިއާދޭސް އެނގޭނީ އެކުރިބަޔަކަށެވެ.
ކޮރަލް
28 November 2019
ލަންކާ ކަނޑުގެ ސަރަހައްދަށް ދިވެހި މަަސްވެރީން ނުވަދެ އެވެ.
އިސްމާލްކަލޭފާނު
28 November 2019
އިންޑިޔާމީހުންނަކީ ވަރަށް ކަންތައްފަލަ ބައެއް. އެމީހުން ލަންކާ ސަރަހައްދަށް ވަދެ މަސްބާނާތީ އެކަންވެސް ބޮޑު އަރާރުމަކަށްވެފާ. އެކަމަކު ލައްކާ ކުޑަވެފާ އިންޑިޔާ ބިޔަވީމާ ލަންކާއަކަށް ނޯވެ އެމީހުން ދޫކޮށްލުންނޫންގޮތެއް.
ކުޱަޖި
28 November 2019
ރާއްޖެ މީހުން މަލިކައް ދިޔައީ މާ ޖެހޭ ދޫކޮއްލަން... އިންޑިއާ ސަރަހައްދުން ކިތައް މަސް ދޯނި އިންޑިއާ ސިފައިން ފަހާލަނީ ކަންނެލިދޯނީގަ އުޅެލީ މާ މި އިނގެނީ