ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު، މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ބަލަހައްޓަވަނީ. --- ފޮޓޯ: މަޖިލިސް
02 ޑިސެމްބަރ 2019 - 15:51
ސުނާމީ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ގެދޮރު އިމާރާތްކުރުމުގެ މަސައްކަތާ ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހެދި ރިޕޯޓަށް ވޯޓަށް ނާޙައި، މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުއްޓުވައިފި އެވެ.
ވިމްލާ އަށް ބަދަލުގެ ގޮތުގައި ދޭން 2016 ގައި ސިވިލް ކޯޓުން ހުކުމް ކުރީ ސުނާމީގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުގެ ހަރަދުގައި އަޅައިދިން ގެތަކުގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އެޅި ގެތަކަކަށް އެ ކުންފުނިން ކުރި މަސައްކަތަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދެއްކުމުންނެވެ. އެ މަޝްރޫއުގެ ދަށުން ގއ. މާމެންދު އާއި ދާންދޫގެ އިތުރުން ނިލަންދޫގައި ވިމްލާ އިން 298 ގެ އެޅި ނަމަވެސް ގެތަކުގެ ފެންވަރު ދަށް ކަމަށްވެ އެވެ.
ވިމްލާ އަށް ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ދައުލަތުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ގެއްލުމުގެ ބަދަލާ އެކު އެ ކުންފުނިން ނަގައިދޭން އެދޭ އަދަދު 89 މިލިއަން ރުފިޔާ އަށް އަރަ އެވެ.
މަޖިލިހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ވިމްލާގެ މައްސަލަ ހައި ކޯޓުގައި ކުރިއަށްދާ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އަންގަވާފައި އޮއްވައި، އަދި ހައި ކޯޓުން މިކަމާ މެދުގައި ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުގެ ކޮމިޓީއަކުން އެ މައްސަލައިގައި އެއްޗެއް ބުނުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށެވެ.
ރާއްޖޭގެ ކޯޓެއްގައި ހިނގަމުން އަންނަ ކަމަކާ ގުޅޭ ގޮތުން މަޖިލިހުން ބަސް ބުނަމަކީ ތިން ބާރު ވަކިކޮށް، އެ ތިން ބާރުގެ މަސްއޫލިއްޔަތު ވަރަށް ސާފުކޮށް ކަނޑައަޅާފައިވާ ނިޒާމުގެ ރޫހާ ހިލާފު ކަމަކަށް ވާތީ މި މައްސަލައިގައި ވަކި ގޮތެއް ނުނިންމާ މަޑު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މި ރިޕޯޓާ މެދުގައި ގޮތެއް ނިންމުން އަޅުގަނޑު ފަސް ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން ވިމްލާ އަށް ހުށަހަޅާފައިވާ ބިލްތަކަށްވާ 78 މިލިއަން ރުފިޔާ އަކީ އެ ކުންފުންޏަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. މި މަޝްރޫއު ހަ އަހަރާއި 20 ދުވަހުން ނިންމި އިރު، މަޝްރޫއު ލަސްވުމުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން، ދައުލަތަށް ލިބެން ޖެހޭ ފައިސާތަކެއް ހުރުމުން، ވީ އެންމެ އަވަހަށް ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައި ފަހުން ބުނެފައި ވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ މެދު ކޯޓުން ބޭރުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ސުނާމީގެ ގެތައް ހެދުމަށް 2008 ގައި ވިމްލާއާ ހަވާލުކުރީ 14 މަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހެދި މަސައްކަތް ނިންމުން ލަސްވެގެން ގޮސް އޭގެ ތެރެއިން ބައެއް ގެތަކުގެ މަސައްކަތް އެންމެ ފަހުން ނިންމީ ސިފައިންނެވެ. ގޭތަކުގެ ފެންވަރު ދަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑަފި
03 December 2019
ރީއްޗެއްނު.... ކޯޓުގައި މައްސަލަ އޮތްކަން އެނގުނީ ވޯޓަށް އަހާ ހިސާބުންތޯ، ލައިވްކޮށް ދައްކާ ޖަލްސާއެއްގައި، ތިޔަ ކަމާބެހޭގޮތުން ބަހުސްކޮށް އެތައް ވާހަކައެއް، މެމްބަރުންލައްވައި، ރިޔާސަތުން ދައްކުވައިފިއެވެ. ކޯޓުގައި ހިނގަމުންދާ މައްސަލަތައް ވަކިގޮތަކަށް ނިމުމުގެ ކުރިން މަޖްލިހުގައި ބަހުސް ކުރުމަކީވެސް ކޯޓުގެ މަސައްކަތައް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެއެވެ. ކުރާނެ ކަމެއް ނެތެވެ. ޖުޑިސަރީގެ ދިފާއުގައި އެއްޗެއް ބުނާނެ މީހަކު ނެތެވެ.
ލީމާން ޒާހިރު
03 December 2019
މިވްމާ މައްސަލަ އަކީ، މިހާރުގެ އޭޖީ ގެ ފާރމުން ލޯޔަރުކަން ކުރާ ކޭސް އެއް.. މިފާރމުން ބަލަމުންއައި ހުރިހާ މައްސަލަޔަކަށް ސަރުކާރުން ބަދަލު ދޭން މިނިންމަނީ.. (ޓެކްސް ފައިސާއިން) މިބައިމީހުން ހަމަ ރޯމާދުވާލުގައި އެކަ ނަންނަމުގައި ފައިސާނަގަނީ.. މަޖީލީހަކީވެސް އައްޑާއެއް ކޮންގޮތަކަށް މިކަން ހައްލުކުރާނީ..؟
މަންޑޭލާ
03 December 2019
ޤާނޫނާ ގަވައިދާ ހިލާފަ އެމްޑީޕީ ސަރުކާރުގަ ދިން ތަންތަނަ. ބަދަލުދެނީވެސް އެމްޑީޕީ ސަރުކާރުގަ. މިކަހަލަ ވައްކަން މިކުރަނީ. ގަމާރުބަޔަކަ ނުވިސްނޭނެ.
ފެދު
02 December 2019
އޭނާ ފޭދޫގައި އޅ ޔތ ސެނޓރ ކޮބާ..
ނައީލާ
02 December 2019
ވިމްލާ އަށް 78 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޭންޖެހޭ ކަމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުން ކުރީ ސަރުކާރުން ހައިކޯޓްގައި އިސްތިއުނާފު ކޮށްފައި ވަނިކޮށް ކޯޓުން ބޭރުން ހައްލެއް ހޯދޭތޯ ބަލަމުން އަންނަކަމަށް ވިދާޅުވީ ކެރަފާ ރަމީޒާގެ ދަނބި ދަރި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެ އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު އެވެ.
ޙަޛު
03 December 2019
ގައުމުއެއްކޮށް ރައްޓެހިންނާއި އާއިލާ ކުދުންނާއި ޅިޔަން ފަހެރިންނަށް ބަހާ ނިންމާއިރުވެސް އެމްޑީޕީ ކުދިން އަތްޖަހަނީ. ގައުމުގެ ދީނަށް ފުރައްސާރަ ކުރާއިރު، އެމްޑީޕީ ގަ ތިބި ވަރުގަދަ ޝެއިޚުންވެސް އެކަން ފޮރުވޭތޯ ދެބޯގެރި ދުއްވަނީ. މިއީ ހަމަ ހިތާހިތުގެ ގުޅުން. އިގިރޭސި ބަހުން ބުނާ “ލަވް އިޒް ބްލައިންޑް”ތަމްސީލު ކުރަނީ. މިހެންވެ އެމްޑީޕީ އަކީ ސިޔާސީ ޕާޓީ އަކަށްވުރެން ބޮޑަށް ކަލްޓެކޭ ބުނެވެނީ.
ނައީލާ
02 December 2019
މިއީ ބޭރުގެ ލޯނެއްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނަމަވެސް މާލިއްޔަތު ގާނޫނާއި ހިލާފަތް ސަރުކާރު ބަޖެޓުން 198.1 މިލިއަން ރުފިޔާ ވިމްލާއަށް ދިން ކަމަށް 2011 ވަނަ އަހަރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވެ އެވެ.
ނައީލާ
02 December 2019
ކެރަފާ ހަކީމުގެ ދަނބި ދަރި ވިމްލާ ރަޝީދާއި ސްނާމީ ގެތައް އަޅަން ފުރަތަމަ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރު ކެރަފާ ސައްތާރުގެ ދަރިފުޅު ރައީސް ނަޝީދު ގެ ވެރިކަމުގައެވެ. ސައުދީ ފަންޑުގެ 220 މިލިއަން ރުފިޔާގެ ލޯނެއްގެ ދަށުން ފެށި މި މަސައްކަތް 14 މަސް ދުވަހުގެ ތެރޭގައި ނިންމަން ކަނޑައެޅި ނަމަވެސް މިމަސައްކަތް ނިމުނީ 7 އަހަރު ދުވަހުގެ މުއްދަތަކަށްފަހު ދައުލަތުން އެތަކެއް މިލިއަން ރުފިޔާ ހަރަދުކޮށް ދިވެހި ސިފައިންނާއި ހަވާކޮށްގެނެވެ.
ޑިސާސްޓާރ
04 December 2019
މި މަޝްރޫޢް ގަ ސޮއި ކޮށްފައިވަނީ ނަޝީދު ސަރުކާރުގައެއް ނޫން. ސޮއި ކުރި ތާރީޚަކީ 21 އޮކްޓޯބަރ 2008. އެހެންވީމާ އެއީ ކާކު ރައީސަކަށް ހުރި ދުވަސް ވަރެއްތޯ ބަލާލަން އެބަ ޖެހޭ.
އެމްއެމްއައި
02 December 2019
ނަޝީދު ސަރުކާރުގައި ޑިޒާސްޓާ އިން މި ޕްރޮޖެކްޓް ހަވާލުކުރީ 220 މިލިޔަން ރުފިޔާގެ އެޑްވާންސާއެކު ކަމަށްވޭ.
ޑިސާސްޓާރ
04 December 2019
މި ޕްރޮޖެކްޓް ހަވާލު ކުރީ ނަޝީދު ސަރުކާރަކުން ނޫން . އެޑްވާންސް ގެ ގޮތުގައި 220 މިލިޔަން އެއް ނުދޭ. އެހެން ނަމަވެސް ނަޝީދު ސަރުކާރު ގައި އެޑްވާންސް ޕޭމަންޓް ދިން އިރު ދިނީ މާލިއްޔަތު ޤަވާއިދާ ޚިލާފަށް، ހުށަހަޅަން ޖެހޭ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހުށަނާޅަނީސް.
ޒަބިބު
02 December 2019
ވިމްލާ ރަޝީދް އަކީ އަންނިގެ ޅިޔަނެއް. ނަޝީދު އެކުޅެނީ ޑްރާމާ. ތިބަދަލު ވިމްލާ އަށް ނުދޭނެ އެއްވެސް ގޮތެއް ނޯންނާނެ. ޥަރަށް ސަލާމް.
falcon_autho
02 December 2019
މީ ވިމްލާ ސަރުކާރެއް. ޔަގީން ބަދަލުދޭނޭ ކަން. ވިމްލާއިން ކުރި އެއްވެސްކަމެއް ނޯންނާނެ ދެވަނަފަހަރަށް އެކަންކުރަންނުޖެހޭގޮތަކަށް. އަސްލުގައި އޭނާއަށް ހިލޭ ފައިސާ ސަރުކާރުން ދެވެން ނެތީމާ ކޮންމވެސް ނަމެއްގައި އެގްރިމެންޓެއް ހަދާލަނީ. ދެން ކުރާކަމަކީ އެގޮތަށް ލިބޭ ފައިސާއިން ޕާޓީ ކުދިންނަށް ސައިދީފައި އޭނާ އިންނާނީ ފޮނިކަނޑަން ބޮނޑުންގެ ގާތުގައި. ހުރިހާއިރަކަށް ހެޔޮވަރުގެ އޮޑިއެއް އޭނާ ދުއްވާނީ.