ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ވަޑައިގަތުމަށް ގެކޮޅުން ނުކުމެވަޑައިގެން ސަޕޯޓަރުންނާ ސަލާންކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ / މިހާރު
08 ޑިސެމްބަރ 2019 - 12:59
މަނީ ލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އިސް ބައެއް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ރައީސް އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާ އެކު، ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. މި ދައުވާގައި، ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން ޔާމީން ވަނީ ޖޫރިމަނާކޮށްފަ އެވެ. ޔާމީންގެ މައްޗަށް އިއްވި ހުކުމް، ހައި ކޯޓުގައި މިހާރު ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު، އަދި ހައި ކޯޓުގައި އިސްތިއުނާފުގެ އަޑުއެހުންތައް ނުފަށަ އެވެ.
ޔާމީނަށް ކުރި ހުކުމް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ގަބޫލެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އެއީ އިންސާފުން ބޭރުން، ސިޔާސީ މަގްސަދެއްގައި ކުރި ހުކުމެކެވެ. އެހެންވެ، އެ ހުކުމް ބާތިލްކޮށް، ޔާމީން ވަގުތުން މިނިވަން ކުރަން ޖެހޭނެ ކަމަށް އިދިކޮޅުން ދެކެ އެވެ.
ޔާމީން މިނިވަން ކުރުމުގެ މަސައްކަތުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އިދިކޮޅު ކޯލިޝަންގެ ލީޑަޝިޕްގެ އިސް ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު" އަށް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެކު އޮންނަ ބައްދަލުވުމުގައި، ކަރެކްޝަނަލް ސާވިސް އިން ޔާމީނާ މެދު އަމަލު ކުރާ ގޮތް ހިއްސާ ކުރައްވާނެ ކަމަށެވެ.
ޔާމީންގެ ޖަލު ހުކުމް ތަންފީޒު ކުރައްވާ އިރު، ވީހާ ވެސް ރަނގަޅަކަށް އެމަނިކުފާނާ ދޭތެރޭގައި އަމަލުކޮށް ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާލެ ޖަލުގައި ޔާމީން ބެހެއްޓި އިރު، އެމަނިކުފާނާ މެދުގައި އަމަލު ކުރީ ވަރަށް އިހާނެތިކޮށް. އެއްވެސް ކަހަލަ ރަހުމެއް ނެތި. މާލެ ޖަލުގައި ބަހައްޓާފައި ހުރި ތަނުގެ ގޮތުން ހިތްހަމަނުޖެހުންތަކެއް ހުރި،" ޔާމީންގެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ވަނީ ޔާމީނަށް ސަރުކާރުގެ ފަރާތުން ލުޔެއް ދިނުމަށް. ޔާމީން އުޅުއްވަނީ ވަރަށް ބޮޑަށް އާލާސްކަންފުޅުގައި. މައިބަދައިގައި ރިއްސާތީ އުޅުއްވަނީ. ރައީސް ކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ، އެމަނިކުފާނަށް ލުއިތަކެއް ލިބެން ޖެހޭނެ."
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ސަޕޯޓަރުން ކޮންމެ ރެއަކު ދަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެމަނިކުފާނު ހުންނަވަނީ މާފުށީ ޖަލުގެ ސްޕެޝަޕް ޕްރޮޓެކްޝަން ޔުނިޓް (އެސްޕީޔޫ)ގަ އެވެ. އެއީ، ޔާމީންގެ ވެރިކަމުގައި ކޯޓުތަކުން ހުކުމް އިއްވި ސިޔާސީ ބޭފުޅުން ބައިތިއްބަން ހާއްސަކޮށް ހެދި ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢޙަމީދު
08 December 2019
ހުކުމް ޤަބޫލުނުކުރާ ބައެއް ރައީސްއާ ބައްދަލު ކުރަނީ ގޯހުން
ކުޑަކަތީބް
08 December 2019
ﷲގެ ކުޅަދުންވަންތަކަމާ އެވެ، ރައީސް ނަޝީދު އާއި ޤާސިމް އިބްރާހިމް، ނާޒިމް އަދި އަދީބް އަށް ކުރި މަލާމާތާއި ފުރައްސާރަމަތިން ހަނދާންވޭތޯ!
ޜައިިސް ޔަަމިިން
15 December 2019
ޛ ކިިއްކުރަން ރައިސްއަަ ބައްދަލް ކުރަންތިދަނިި
ހިސާން
08 December 2019
ޔާމިންގެ ބަދަލުގައި ކޮންމެވެސް މީހަކު ނެރޭގޮތަށް ނަޝިދު ބާރުއަޅަނީ. ސަބަބެއްވެސް ނެތީމަކާނޫން. އެއީ ނަޝީދުގެ ބަދަލުގައި އިބޫ ނެރުނީވެސް ޔާމީން އަޑީގައި ހުރެ.
ހޭކެނޑޭ
08 December 2019
ތިކުދިން ބޮޑާ ނުހާކާ ކެތްތެރިކަން މަތީ ތިބެބަލަ. އެން މެ 5 އަހަރޭ. ތި ކުދިންނަށްވެސް ރަގަލު ވާނީ 5 އަހަރު ވަންދެން މަޑު މަޑުން ތިބެފާ އައު ބޭފުލަކު 2023 އަށް ތައްޔާރުކުރުން. މިހާރުވެސް އަދުރޭ މެން ، އު މަރު ، ޖަ މީލު އެތިބީ އެއްފައި ވެރިކަ މުގެ ގޮނޑި އަށް ނަގައިގެން. މިތަނުން މީހަކު ރައްޔިތުންނަށް ވިއްކޭތޯ މަސައްކަތް ފެށުން ބުއްދިވެރިވާނެ.
ދަތްނެތްކުއްޖާ
08 December 2019
ކުދިންނޭ! މަ މެންގެ އިބޫ ރައީސަކީ ކޯޓުތަކަށް އަތް ބާނަން ބޭނުންވާ ރައީސެއްނޫންކަން ޙުދު ތިޔަ ކުދިންނަށް ވަރަށް ސާފުކޮއް އެނގޭނެއެވެ. އަދި ރައީސް އަތް ބާނަން ބޭނުންވިއަސް އެ ފުރުޝަތެއް ރައްޔިތުން ނުދޭނެއެވެ. އަދި ލިބޭކަށްވެސްނެތެވެ. ޝަރުޢީ ކޯޓު ތަކުން ކުރާ ޝަރުޢީ ޙުކު މެއް ބަދަލު ކުރު މުގެ ބާރުވެސް ރައީސައް ލިބިގިނެއް ނުވެއެވެ. ތިބޭފުލުންގެ ރައީސްވެސް ވިދާލުވިދޮތަ! ކޯޓު ތަކުން ކުރާ ޙުކު މް ތަކަކީ އެ ރައީސަކަށްވެސް ބާރެއް ފޯރުވެވޭނެ ކަ މެއް ނޫނޭ.
ހަޑިގިއްލާ
08 December 2019
މައިބަދައޭ......... މަހީކުރީ މިމީހުން އެނޫން އެއްޗެކޭ ބުނާނެކަމަށް.....
ކޭލަ ނިހާނު
08 December 2019
"ޔާމީންގެ ޖަލު ހުކުމް ތަންފީޒު ކުރައްވާ އިރު، ވީހާ ވެސް ރަނގަޅަކަށް އެމަނިކުފާނާ ދޭތެރޭގައި އަމަލުކޮށް ދެއްވުމަށް ރައީސްގެ އަރިހުން އެދިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ." އެހެން ވީމަ ކޮނެމެހެން ނެރޭކަށް ނޫނެއްނު ތި ދިޔައީ. ރީތި ގޮތުގަ ތި ބުނަނީ ޖަލުގަ ބަހައްޓާށޭ، ހުކުމް ތަންފީޒުކުރާށޭ، އެކަމަކު ބަހައްޓާއިރު ގޯސްކޮށް ނުބަހައްޓާށޭ. ހަހަހަ
ޝޮކްތެރަޕީ
08 December 2019
ޕީޕީއެއް އެބަޖެހޭ ޒަމާނަ ފައްތަން. މީތިކަޑަ
ހަސީނާ
08 December 2019
ހައެއްގައި ނެރިފައި ދައްކާނަމޯ ކިޔާފައި ކިހިނެއް ތިހެދީ؟
އަސޭލާ1
08 December 2019
އެއީ ހުސް ފޭކް.ސަޕޯޓަރުން ހައްދަން
ގޮއިދޫހަސަނު
08 December 2019
ޖަލުޙުކުމްއައީމައި، ބައްދަލުކޮށް ރަނގަޅުގޮތް ހަދައިދެއްވުމަށް ރައީސް ތިގޮތަށް ފުރުޞަތުދެއްވަވާނަމަ، އެންމެހައި ރަޢިއްޔަތުންނަށްވެސް ތިފުރުޞަތު ދެއްވަންވާނެކަމުގައިބެލެވެއެވެ. އަދި ޔާމީނަށް ލުއިދެއްވަވައި، ގެޔަށްބަދަލުކޮށްދެއްވާނަމަ، އެހެން ޤައިދީއިންނަށްވެސް އެގޮތް އޮންނަންވާނެކަމުގައި ދެކެމެވެ. މިކަމަކީ ރައީސް ޞޯލިޙްއާއި ކުރިމަތިވާ ވަރަށްބޮޑު އިންމްތިޙާނެއްކަމުގައިބެލެވެއެވެ. އެނގިދާނެތާ!