އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި، ބަލި މީހުންނަށް ފަރުވާ ދޭން ބަހައްޓާފައި ހުރި އެނދަކާއި މެޝިންތަކެއް.- ފޭސްބުކް ފޮޓޯ: ނިޝާ މުހައްމަދު/ ޑެޕިއުޓީ މިނިސްޓަރު
11 ޑިސެމްބަރ 2019 - 12:59
އައްޑޫގައި ހަދާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އަންނަ ހަފުތާގައި ހުޅުވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ގައި ބޭއްވި ސާކް ސަމިޓަށް ތައްޔާރުކުރި ދަރުބާރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، މިހާރު ކުރަމުން އަންނަނީ މެޝިންތައް ބެެހެއްޓުމާއި ޓެސްޓް ކުރުމުގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ އަންނަ އާދިއްތަ ހިސާބުގައި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުމެވެ.
އާ ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފޯރުކޮށްދޭން ނިންމާފައި ވަނީ އޯޕީޑީ، ލެބޯރެޓަރީ، އެކްސްރޭ އަދި ފިޒިއޮތެރަޕީގެ ޚިދުމަތެވެ.
އޮފިޝަލް ވިދާޅުވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ދެމުން އައި ބައެއް ޚިދުމަތްތައް 2-3 ހަފުތާ ތެރޭގައި އާ ހޮސްޕިޓަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.
"މެޝިންތައް އިންސްޓޯލްކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުން މިހާރު އަންނަނީ. ތިއޭޓަރުގައި ވެސް ހިދުމަތް ދޭނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު،" އޮފިޝަލް ވިދާޅުވި އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ އެތެރެ: އެތަން ހުޅުވަން އަމާޒު ހިފާފައިވަނީ އަންނަ ހަފުތާއަށް.- ފޭސްބުކް ފޮޓޯ: ނިޝާ މުހައްމަދު/ ޑެޕިއުޓީ މިނިސްޓަރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އައްޑޫ ގައި މަތީ ފެންވަރުގެ ހޮސްޕިޓަލެއް މި ހެދީ ޖުމްލަ 171 މިލިއަން ރުފިޔާ ހަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގަ އެވެ.
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި، އެހެން ހޮސްޕިޓަލްތަކާ ހިލާފަށް އޮކްސިޖަން ޕްލާންޓެއް ވަނީ ގާއިމްކޮށްފަ އެވެ. އެހެންވެ ފުޅި ބޭނުންކުރުމުގެ ބަދަލުގައި އެ ހޮސްޕިޓަލުގެ އެނދުތަކަށް ހުންނާނީ އޮކްސިޖަން ގުޅައިފަ އެވެ.
މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށެއްގައި ގާއިމްކުރާ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލުގައި ބޮޑު އޮޕަރޭޝަން ތިއޭޓާ ކޮމްޕްލެކްސް އާއި އިމަޖެންސީ ތިއޭޓަރެއްގެ އިތުރުން ހޮސްޕިޓަލެއްގައި ހިމެނޭ ޒަމާނީ ސިއްހީ ހުރިހާ ވަސީލަތެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ކާޑިއޮލޮޖީ ޑިޕާޓްމަންޓަކާއި ރޭޑިއޮލޮޖީ އާއި ޑަޔަލިސިސް ޔުނިޓަކާއި އެންޑޯސްކޯޕީ އާއި ސައިކޭޓްރިކް ޑިޕާޓްމަންޓެއް އަދި ސައިކޭޓްރިކް މީހުންނަށް ޚާއްސަ ވޯޑެއް ވަނީ ހަދައިފަ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ޚާއްސަ އެންއައިސީޔޫ އަކާއި އައިސޮލޭޝަން ހަތަރު ވޯޑާއި މޯޗަރީއެއް ވެސް ވަނީ އައްޑޫ އާ ހޮސްޕިޓަލްގައި ހަދާފަ އެވެ. ސްޕީޗް ތެރަޕީ އާއި ދަތުގެ ސާޖަރީ އާއި ލޮލަށް ލޭޒާގެ ފަރުވާ ދިނުމުގެ ޚިދުމަތް ވެސް، ހިތަދޫގައި މީހުން އަލަށް އާބާދުވާ ސަރަހައްދުގައި ހުރި ހޮސްޕިޓަލުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާ
13 December 2019
ރައީސް ޔާމީނަށް އައްސެރި ބަހާ ސާބަސް ދަންނަވަން. ރާއްޖެތެރެއަށް ތިޔަ ގެނެސް ދެއްވި ހެޔޮ ބަދަލަށް އުފާކުރަން
ޖުހާ ބުރޯ
12 December 2019
ރާއްޖޭގަ އެންމެ ބޮޑު ސަރަހައްދަކީ ބޮޑުތިލަދުންމަތި. އާބާދީގަ 70 ހާހައްވުރެން ގިނަ މީހުން ދިރިއުޅޭ ބޮޑުތިލަދުންމަތީގަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ހެދުން ވަރަށް މުހިންމު ކަމަށް ދެކެން
ޝޮކްތެރަޕީ
12 December 2019
ރިބަން ކަޑާ ދަރުކާރު.
ޝޮކްޑް
12 December 2019
ސަރުކާރު
ހައްލުމިއޮތީ
11 December 2019
އިމާރާތް އެޅީ ނަޝީދުގެ ސަރުކާރުން. ހޮސްޕިޓަލަކަށް އިމާރާތް ބަދަލުކުރަން ނިންމައި މަސައްކަތް ފެށީ ޔާމީންގެ ސަރުކާރުން. މަސައްކަތް ނިންމައި ހުޅުވައިތި ދެއްވަނީ މި ސަރުކާރުން. ދެން ކުރިއަށް ހުރި ކަންތައްތައްވެސް ކޮށްދެއްވާނީ މި ސަރުކާރުން. އެހެންވީމަ ހުރިހާ މީހުންނަށްވެސް ކޮންމެވެސް ކްރެޑިޓެއް ލިބޭ. އެއްވެސް ސަރުކާރަކާ ނުގުޅޭ އެއްވެސް ކަމެއް ނުވާ މީހަކީ މޭޔަރު ސޯބޭ. ހައްލަކީ މިފަހަރު ސޯބެ ބަދަލުކޮށް ނިޒާރުއަށް މޭޔަރުކަން ދިނުން.
ޖުހާ ޛިލް
11 December 2019
ކޮމެންޓް ކުރާކުދިންނަށް މި ތަނުގެ ހަޤީޤަތް އިގެނީ ކިހާވަރަކަށްބާ؟ ތިތަނަކީ ބަޔަކު ރުހުނަސް ނުރުހުނަސް، ރައީސް މައުމޫން ގެ ސަރުކާރުއްސުރެނ އައްޑޫ ރައްޔިތުންނަށް ސަރުކާރުން ދައްކަމުން އައި ހުވަފެނެއް. ހަގީގަތަކަށް ހައްދަވައިދެއްވީ ރައީސް ޔާމީން. މިދިޔަ މާރޗް މަހު ހުޅުވަން އޮތްތަނެއް ލަސްކުރީ މިސަރުކާރުން. ރައީސް ޔާމީނަށް ކްރެޑިޓް ލިބިދާނެތީ. ކިތަންމެ ފޮރުވިޔަސް މިސަރުކާރު ދައުރު ހަމަވާއިރުވެސް އައްޑޫގަ ތިފަދަ އެންމެ ޕޮރޮޖެކްޓެއް ވެސް ނުހިންގޭނެ!
ވަހީދު
11 December 2019
އަހަރު ދެ އަހަރުވެގެންދާއިރު ވެސް ޔާމީންގެ މަސައްކަތް މިފެންނަނީ.
ާލައިލް
11 December 2019
ޑަޔަލަސިސް ސެންތަރ ނެއްތަ؟
ޔާސިރު
11 December 2019
އައްޑޫ އައްޑޫ އައްޑޫ. ތި ނޫން ލަވައެއް ކިޔަން ވެއްޖެއެއްނު!
މަގޭހިޔާލުު
11 December 2019
ރައީސް ޔާމީން މި މަސައްކަތް ފެއްޓެވިޔަސް މި މަސައްކަތް ނިންމަވައި ދެއްވީތީ ރައީސް އިބޫއާއި މިހާރުގެ ހެލްތު މިނިސްޓަރު އަމީންއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއީ ހަމަ 2 ސަރުކާރުގެވެސް މަސައްކަތް.
ދޮންދޫނި ހަމީދު
11 December 2019
ސާބަހޭ ރައީސް އިބޫ، ސާބަހޭ ހެލްތު މިނިސްޓަރު އަމީން. ރިބަން ކަނޑައޭ ބުންޏަސް ޔާމީން ދައުރުގައި ތި ތަނުގައި އެޅީ ހަމައެކަނި ބިންގާ. މަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައި ތި ދެއްވީ މި ސަރުކާރުން. ޔާމީން ހެދި ގޮތަށް ކުރީ ސަރުކާރުތަކުން ހިންގަން ނިންމާފައިވާ ޕްރޮޖެކްޓުތައް ކެންސަލް ނުކޮށް މިހާ ހިސާބަށް ގެންގޮސް ދިނީތީ ޝުކުރިއްޔާ. އަދިވެސް ހަމަ ކުރިއަށް. ހެލްތު ސެކްޓާ އޮތީ ހަމަ މެކުހަށް ޖަހާފައި.
އައްލާ
11 December 2019
އެޢިމާރާތަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އެޅި އިމާރާތެއް. އެތަން ހޮސްޕިޓަލަކަށް ހެދީ ރައީސް ޔާމީން. އަހަރުމެން ވެސް މިތިބީ މިރާއްޖޭގައި. މިސަރުކާރުން ވެސް އެބަ ހިންގާ މަޝްރޫޢުތަކެއް އެކަމުގެ ކްރެޑިޓް މިސަރުކާރަށް އޮންނާނެ.