15 ޑިސެމްބަރ 2019 - 11:51
މި އަހަރުގެ މިސް ވޯލްޑްގެ މަގާމު ޖެމެއިކާގެ ރީތީގެ ރާނީ ޓޯނީ-އަން ސިންގަށް ލިބިއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ އިނގިރޭސިވިލާތުގެ ލަންޑަނުގެ އެކްސެލް ލަންޑަނުގައި ބޭއްވި 69 ވަނަ މިސް ވޯލްޑް ހަފުލާގައި އުމުރުން 23 އަހަރުގެ ސިންގުގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ހާސިލުކުރި މެކްސިކޯގެ ވެނެޒާ ޕޮންސެވެ.
ޖެމެއިކާގެ ސެއިންޓް ތޯމަސްގެ މޯރަންޓަށް އުފަން ސިންގަކީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓް ޔުނިވަސިޓީން ސައިކޮލޮޖީ އެންޑް ވިިމެން ސްޓަޑީޒުން ގްރެޖްއޭޓްވެފައިވާ ޒުވާނެކެވެ. ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު ލިބުމުން އޭނާ ކުރި ޓްވީޓެއްގައި ބުނީ މިއީ އަމިއްލަ ނަފުސަށް އިތުބާރުކުރާ ހުރިހާ އަންހެނުންނަށް ލިބުނު ޝަރަފެއް ކަމަށެވެ.
Toni-Ann Singh from Jamaica is the 69th #Missworld pic.twitter.com/tgyTFFiuKU
— Miss World (@MissWorldLtd) December 14, 2019
"ކޮންމެ މީހަކީ ވެސް އެ މީހެއްގެ އަމިއްލަ ނަފުސުދެކެ ލޯބިވާ އަދި އަމިއްލަަ ނަފުސަށް އިތުބާރުކުރާ، އަޒުމެއް އުންމީދެއް އޮންނަންވާނެ މީހެއް،" މިހާރު މެޑިކަލް ސްކޫލެއްގައި ކިޔަވަމުން އަންނަ ސިންގް ބުންޏެވެ.
#MissWorld2019 crowning moment...#MissWorld #London pic.twitter.com/oCvrD5s0TN
— Miss World (@MissWorldLtd) December 14, 2019
މި އަހަރުގެ މިސް ވޯލްޑްގެ ދެވަނަ ގެންދިޔައީ ފްރާންސްގެ ރީތީގެ ރާނީ އޯފްލީ މެޒިނޯ އެވެ. ތިން ވަނަ ލިބުނީ މިސް އިންޑިއާގެ ރީތީގެ ރާނީ ސުމަން ރާއޯއަށެވެ.
މި އަހަރުގެ މިސް ވޯލްޑަށް 111 ގައުމަކުން ކުރުމަތިލައި، މުބާރާތުގެ ފައިނަލް ރައުންޑްގައި ވާދަކުރީ 40 ގައުމަކުންނެވެ.
މިސް ވޯލްޑް މުބާރާތް ބާއްވަން ފެށީ ޖުލައި 29، 1951 ގަ އެވެ. މީގެ ބާނީ އަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ އެރިކް މޯލީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy