ފުލުހުން އަތުލައިގަތް ކަހަނބުފަތްތައް ނޫސްވެރިންނަށް ދައްކާލަނީ
01 އޮކްޓޯބަރ 2016 - 17:44
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ކަހަނބުގެ ފަތްތަކެއް 26 ފޮށިގަނޑަކަށް އަޅާފައި ހުއްޓާ މާލެ އާއި ތ. ބުރުނީން އަތުލައިގެންފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ފަޒީމް ވިދާޅުވި ގޮތުގައި މިދިޔަ ހޯމަ ދުވަހު ބުރުނީ ގެއެއް ބަލައި ފާސްކޮށް، ކަހަނބު ފަތް އަޅާފައި ހުރި 17 ފޮށިގަނޑު ވަނީ ފެނިފަ އެވެ.
މާލެ އިން ކަހަނބު ފަތްތައް އަޅާފައި ހުރި ނުވަ ފޮށިގަނޑު ފެނުނީ ރޭ ހިންގި އޮޕަރޭޝަނެއްގައި ފިހާރައެއްގެ ގުދަން ބަލައި ފާސް ކުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ކަހަނބު ފަތްތަކުގެ އަދަދާއި މި އެއްޗެހި ފެނުނީ ބުރުނީ އާއި މާލޭގެ ކޮން ގުދަނަކުން ކަމެއް ފުލުހުން ނުބުނެ އެވެ.
"މިއީ މާލޭގައި ހުންނަ ފިހާރައެއްގެ ގުދަނަކުން ގެނެސްފައި ހުރި ތަކެތި ކަމަށް އެ ގޭ (ބުރުނީން މި ތަކެތި ފެނުނު ގޭގެ) ވެރިފަރާތުން ބުނެފައިވޭ،" ފަޒީމް ވިދާޅުވި އެވެ.
"މި މައްސަލާގައި ގުދަނުގެ ވެރިމީހާ އާ ސުވާލު ކުރުމުން މި ތަކެއްޗަކީ ބާޒާރުގައި ހުރި ފިހާރައަކުން ހުސް ކުރަމުން ދަނިކޮށް ފެނުނު ތަކެތި ކަމަށް ބުނެފައިވޭ. އަދި އުކާނުލާ ބަހައްޓާފައި ހުރީ ކަމަށް ބުނެފައިވޭ،" އޭނާ ވިދާޅުވި އެވެ.
މިފަހަކަށް އައިސް ވެލާ ކަހަނބު ފަދަ ތަކެތި މަރައި އެ ތަކެތި ވިޔަފާރީގެ ގޮތުގައި އާއި އެނޫން ވެސް ގޮތް ގޮތަށް ބޭނުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިފަދަ އަމަލުތައް ހުއްޓުވުމަށް ފުލުހުން ތަމްރީންކޮށް އާންމުން ހޭލުންތެރިކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ކަންކަން މިހާރަކަށް އައިސް އެކި މީހުން ކުރަމުން އަންނާތީ ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކުގެ ދަށުން އެފަދަ މީހުން ހޯދައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ރަތް މުރަކައިގެ 42 މުރަކަ ހެންވޭރު ގެއަކުން ވަނީ އަތުލައިގެންފަ އެވެ. މި މުރަކަތައް އަތުލައިގަތީ ހެންވޭރު ބޮޑުރަސްގެފާނުމަގުގައި ހުރި ގޯޅިއެއްގެ ތެރޭގައި ހުރި ގެއެއްގައި ފުޅިމަދު ފޮށިގަނޑުތަކަކަށް އަޅައި، އަވީގައި ހިއްކަން ބަހައްޓާފައި ވަނިކޮށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްބެ
02 October 2016
މިހާރަކަށް އައިސް ހާދަ ވަރަކަށް މިކަހަލަ ސާމާނު އެބަ ފެނެޔޭދޯ... މަސްތުވާ ތަކެތި ހޯދަން ކުއްތާ ގެނެސްގެން އުޅޭއިރުވެސް އެސާމާނު ނުފެނޭ މިވަރަކަށްް
ފާނަކޮށި
02 October 2016
އަހަން އަނެއްކާވެސް ކުއްވެރިވަނީ ކަހަނބު ފަތް.......އެވެސް ދެފައި ލައިގެން ދަތުުރު ކުރާއެއްޗެއްތަ؟
ޝެލަރީ
02 October 2016
ވަރަށް މޮޅު ރަށެއްގެ ފަޅުތެރޭން ގެއެއްގެ ބަދިގެތެރެއިން ރަށެއްގެ ބިމުއަޑީން މަ ހަޕު ނެތް ދައްކާނެ ވަަހަކައެއް..
ާސމގސމ
02 October 2016
ރައްޔިތުން ބައްޕެއް ފޮދުވަރެއް ބޯލައިގެން ތިއްބާ ކާޑު ބަސްތާ އަގު ބޮޑުކޮށްގެން އުޅޭ އިރުވެސް ކަންބޮޑު ތިވަނީ ކަހަނބު ފަތްކޮޅަކާ ދޭތެރޭގަ
ގގގ
02 October 2016
ބަލަ މިތާގައި އިންސާނުން ދިރި ތިބެން އެބަޖެހޭ ވެލާ ކަހަބުގެ ކުރިން މިތަކެތި ހިމާޔަތް ކުރުމުގެ ކުރިން އިންސާނާ ދިހުރުން މާމުހިންމު!
ބޮލައްތުރާ
01 October 2016
ހާދަ ގިނަ "ރިސޯޓެއް" ހައްޔަރު ކުރަން ޖެހޭނޭ ދޯ.
މުހަންމަދު
01 October 2016
މިވެރިންނަށް މިފެންނަނީ، މިކަހަލަތަންތަނެވެ. ދިވެހިމާއްލިއްޔަތުން ބިލިއަނަށްއަރައިގެންދާވަރުގެ އިހުމާލުން ރަށްރަށާއި ފަޅުފަޅު ވިއްކުމަކީ، މައްސަލައަކަށްނުވެއެވެ. ތިމީހުންގެވާހަކަ ތެދުކަމުގައިވުމަކީ ދުރުކަމެއްކަމުގަ ޤަބޫލުކުރެވެއެވެ. ވިޔަފާރިވެރިން އެދުވަސްވަރު ރުފިޔާދީ ގަނެފައިހުރިތަކެތި، ބަހައްޓާފަހުރުމަކީ އެކަށީގެންވާކަމެކެވެ. އެހެންދުވަހެއް އަތުވެދާނެކަމުގައި ރައްކާކޮށްފަބެހެއްޓުމަކީ އެކަށީގެންވާކަމެކެވެ. މިފަދަކަންތައް ހޯދައި، އެކަން ބޮޑުކުރާއަޅައި، ޕުރެސްކޮންފަރަންސުތައް އެބަބޭއްވޭއިރު، ބިލިއަނުން ވެފަވާޚިޔާނާތުގެކަންތައް ހޯދައި، އެކަންކަމުން ރައްޔިތުންނަށް ލިބޭގެއްލުން ކުޑަކުރަން އެރައްތަކާއި ފަޅުތައްހޯދައި، ކަންކުރިމީހުނަށް އަދަބުދެވޭތަނެއް އަދިނުފެނެއެވެ. ޢަޖައިބެކެވެ!
މުގާބޭ
01 October 2016
ކުރީދުަވަހެއްގާ ފެނުނީ މުރަކަ. މިއަދު ކަހަނބު. ދެންފެންނާނީ މިޔަރު. އެއަށްފަހު މަޑި.
ޒަންބެ
02 October 2016
މިޔަރުވެސް ފެނިއްޖެ ދޯ ތަންކޮޅެއް ކުރީ ދުވަހެއްގަ ކުޅުދުއްފުށިން
ބަދީއު އެންޑް ބަސީރް
01 October 2016
ކޮންމެ ކަހަބެއް ފަހަތުގާ ފުލުހެއް.