ދަރުމަވަންތަ ހޮސްޕިޓަލްގެ ހައިޑްރޯތެރަޕީ ޕޫލްގައި ބަޔަކު ފަރުވާ ހޯދަނީ. --ފޮޓޯ/އައިޖީއެމްއެޗް
23 ޑިސެމްބަރ 2019 - 11:46
ދަރުމަވަންތަ ކޮމްޕްލެކްސްގައި ހައިޑްރޯތެރަޕީ ޕޫލްގެ ޚިދުމަތް ފެށުމާ އެކު އެތަނުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓަށް އަނެއްކާވެސް ބޮޑު ކުރިއެރުމެއް ލިބިއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިއްހީ ދާއިރާ އަށް އިންގިލާބީ ބަދަލެއް ގެންނަން އިމާރާތް ކުރި 25 ބުރީގެ ހޮސްޕިޓަލްގައި، ހައިޑްރޯ ޕޫލް ހުންނަނީ ހަތަރު ވަނަ ފްލޯގަ އެވެ. ފިޒިއޮތެރަޕީ އަށް ޚާއްސަކޮށްފައިވާ އެ ފްލޯގައި ސްޕޯޓްސް ތެރަޕީ ވެސް ދެ އެވެ.
އައިޖީއެމްއެޗުން މިއަދު ބުނީ ދަރުމަވަންތަ ކޮމްޕްލެކްސްގައި އެކުއެޓިކް ފިޒިއޮތެރަޕީގެ ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މިއީ، ވާންވެފައިވާ ހުޅުތަކުގައި ހުންނަ ރިހުންތަކާއި މަސް ފަށަލަތަކަށް ދޫ ޖެއްސުމަށް އެހީތެރިވެދޭ ފަރުވާއެއް ކަން ފާހަގަކޮށްފައިވެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ފިޒިއޮތެރަޕީ ފްލޯގައި ހިމެނޭ ހައިޑްރޯ ތެރަޕީ ޕޫލް: މިއީވެސް ރާއްޖޭގައި އަލަށް ފެށި ހިދުމަތެއް---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ހަށިގަނޑުގެ އެކި ގުނަވަންތަކަށް ލިބޭ އަނިޔާތަކަށް މި ޕޫލްގައި ފަރުވާ ކުރިއަށް ގެންދާނީ ފިޒިއޮތަރަޕިސްޓުގެ އިރުޝާދާ އެކުގަ އެވެ.
ދަރުމަވަންތަ ކޮމްޕްލެކްސް އަށް މި އަހަރުގެ ކުރީކޮޅު "މިހާރު"ން ކުރި ޒިޔާރަތެއްގައި، އެތަނުގެ ފިޒިއޮތެރަޕިސްޓަކު ސިފަކުރެއްވި ގޮތުގައި ހައިޑްރޯތެރަޕީގެ ޚިދުމަތް ފެށުމަކީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ރާއްޖޭގައި މުޅިން އަލަށް އެ ޚިދުމަތް ފެށިއިރު، މިއީ ސިއްހީ ފަރުވާގައި މި ސަރަހައްދުގައި ކުރިއަރާފައިވާ ގިނަ ގައުމުތަކުން ވެސް ނުލިބޭ ޚިދުމަތެކެވެ.
"ހައިޑްރޯ ތެރަޕީ ޕޫލް އިންނާނީ މި ރީޖަންގައި ވެސް ވަރަށް މަދު ހޮސްޕިޓަލެއްގައި،" އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗުން ބުނެފައިވާ ގޮތުގައި ދަރުމަވަންތައިގައި ހުރި ވަރުގެ ފިޒިއޮތަރަޕީ ސެޓަޕެއް ވެސް ހުންނާނީ މަދު ހޮސްޕިޓަލެއްގަ އެވެ. އަލަށް 13 ފަރުވާއެއް ފަށާފައިވާ އިރު އޭގެ ތެރޭގައި މި ސަރަހައްދުގެ ބައެއް ގައުމުތަކުން ވެސް ލިބެން ނެތް ފަރުވާ ހިމެނެ އެވެ.
އޭގެތެރޭގައި މަސަލްސް ޓެސްޓިން އާއި އެކްސަސައިޒް ޓެސްޓިންގެ އިތުރުން ޑައިނަމޯމެޓްރީ އާއި ޕެބްލޯމެޓްރީ ފަދަ ޚިދުމަތް ވެސް ލިބެ އެވެ. ފަރުވާ އަށް ޚާއްސަ ޖިމްތަކުގައި ޓްރެޑްމީލް ޓެސްޓް ހެދެ އެވެ. މީގެއިތުރުން ކުޑަކުދިންނަށް ވަކިން ފިޒިއޮތަރަޕީ ޖިމެއް ހުރެ އެވެ. ކުޑަކުދިންނަށް އޫގަލް ތެރަޕީގެ ޚިދުމަތް ވެސް ވަނީ ފަށައިފަ އެވެ. ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ނުހިނގޭ ކުދިންނަށް ދޭ އެ ފަރުވާ ރާއްޖޭގައި މި ފެށީ އަލަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގެ ފިޒިއޮތަރަޕީ ޕޫލް. --ފޮޓޯ/މިހާރު
އައިޖީއެމްއެޗުން ކުރިން ދެމުން އައި ޚިދުމަތްތަކާ އަޅާބަލާއިރު، ދަރުމަވަންތައިގެ ފިޒިއޮތަރަޕީ ޑިޕާޓްމެންޓުގެ ޚިދުމަތް ފެށުމުން 80 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް "މިހާރު"އާ ވާހަކަ ދެއްކެވި ފިޒިއޮތަރަޕިސްޓް ވިދާޅުވެފައިވެ އެވެ.
ދަރުމަވަންތަ އިމާރާތްކުރީ ޔާމީންގެ ސަރުކާރުގައި 2.2 ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާއާ ހަވާލުކޮށްގެންނެވެ. މިއީ، އެފަދަ ހޮސްޕިޓަލަކާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަގެއް ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.
އަގު ދިފާއުކޮށް ކުރީގެ ސަރުކާރުން ބުނެފައި ވަނީ، ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ރާއްޖެ އިން ބޭރުން ފަރުވާ ހޯދުމުގެ ޚަރަދާއި ތަކުލީފް ކުޑަކުރުމަކީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތްކުރި ސަބަބު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައްކަމުގެ މާނަ
05 January 2020
ވައްކަމުގެ މާނައަކީ ތަރައްޤީ ކުރުން ކަމުގައި ދިވެހި ރަދީފުގައި ހިމެނުމަށް ދިވެހި ބަހުގެ އެކަޑަމީއަށް ގޮވާލަން.
ހަގީ
23 December 2019
މީހަކު ބުނި ތީ ހޮހޮޅައެކޭ. އޭނަގެ ޖާހިލުކަން ކިހާ ބޮޑޫ.
ޔާނު ދަ މެގްނިފިސެންޓް
23 December 2019
އިބޫމެން ހަމައެކަނި ވައުދުވަނީ. ކަން ކޮއްފަ ދެއްކި ހަމައެކަނި ވެރިޔަކީ ޔާމީނު. ގިފްޓަކަށް ޖަލު ގޮޅި
ނަޒާހަތުފެންގަނޑު
23 December 2019
ޔާ މީނުތިތަނަށް އެރުވާފަ ތެރަޕީދިންނަ މަ ފުރަތަ މަ. އޭރުން ފަސާދައިގެ ފައިސާ ދޮވެލެވުނީހެއްނު
@ޔާނު
24 December 2019
ވައްކަން ކުރީ ނަޞީބޭނުން އަދި އަތްނުކަނޑާކަން
ޣުފާ
23 December 2019
ތިއީ ކޮރަޕްސަ ން
ނަޖުދާ
23 December 2019
25 ބުރީގެ އިމާރާތަކީ ތަރައްގީއެއްނޫން! ސިއްހީ ހާލަތު ކުރިނާރާއޮތީ އިމާރާތް ކުޑަވެގެންނޫން، އައިޖީއެމްއެޗްގެ އިމާރާތަކީ ރާއްޖެއަށް އެކަށީގެންވާތަނެއް. ނުޖެހޭ 25 ބުރީގެ އިމާރާތެއް އަޅާކަށް. މިއީ ވައްކަމުގެ ރަމުޒެއް! ނުއަގުގައި ވަގު ކުންފުންޏެއްލައްވާ، ކޮށްފައިވާ ބޮޑު ވައްކަމެއް. މިވައްކަންކުރި ގޮތް މިހާރުގެ ސަރުކާރުން މިހާރު ހޯދައިފި! އަދި ސިންގަޕޫރު ކުންފުނީން މިވައްކަން ކިޔާދީފި! މިއީ ވައްކަމުގެ އަލިގަދަ ރަމްޒެއް!
ާމޮއިކޮއި
23 December 2019
ސިޔާސީ ވެގެން މޮޔަ ގޮވިޔަސް ތީ ތަންފުކެއް ބޮޑުވަރު. އަހަރުމުންވެސް އެންޑީޕީ އެކަމް މިއީ ޔާމީނު ގައުމަށް ހޯދަދިން ބޮޑު ކުރިއެރުމެއް. މީހަކު ދެކެ ހިތްހަމަނުޖެހުނަސް އެމީހަކު ކުރި ރަނގަޅު ކަމެއް ވިއްޔާ ހަމަ ރަނގަޅު ކަމަކަށް ވާނީ. ބުރިޖު ވެސް މާލެ ވެސް
ޒިންމާ
23 December 2019
ސުކުރީޔާ މޭޔަރު
ރީން
23 December 2019
ކޮންމެ ގޮތެވިޔަސް ތިޔަކީ ސޯލިހު ގެނައި ތަރައްގީޔެށްނޫން ޔާމީން ގެނައި ތަރައްގީ( ތަރައްގީ ގެ ބާނީޔަށް ސުކުރިއްޔާ)
ނަޖުދާ
23 December 2019
ތަރައްގީއަކީ އުސް އިމާރާތަކަށް ކިޔާއެއްޗެއްނޫން! ތަރައްގީއަކީ ލިބޭ ޙިދުމަތުގެ ފެންވަރުން މިނެކިރާ އެއްޗެއް! ތިޔައީ ތަރައްގީއެއްނޫން. ތިޔައީ ވައްކަން. ދިވެހިން ހައްދައިގެން ކޮށްފައިވާ ބޮޑުވެގެންވާ ވައްކަމެއް. ތިޔަ އިމާރާތުގައި 5 ތަރީގެ ހޮޓަލެއް ހިންގުން މާ ބުއްދިވެރި، އަދި އިމާރާތަށް ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ ލިބޭނީވެސް އޭރުން! އައިޖީއެމްއެޗްގެ މިހާރުގެ ހޮސްޕިޓަލުގެ އިމާރާތް ކުޑައެއްނޫން.
އަލީ ރާޖާ
23 December 2019
ޝުކުރިއްޔާ ސާހިބުއް ދައުލާ ފަހާމަތުއް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް. ހާދަހާ ދެން މޮޅޭ އެއްމެހާ ދޫތަކުން އެދި ގޮވާލާ މިއީ ޔާމީން ޔާމީން ޔާމީން.
އޭޑީ
23 December 2019
ވައްކަންކުރަން ވަރަށް މޮޅު! ދުނިޔޭގެ ރެކޯޑެއް މިއީ! މިހާވަރުގެ އިމާރާތަކަށް 270 މިލިއަން ޑޮލަރު ޙަރަދުކޮށްފައި މިއީ ހަމަ ރެކޯޑެއް! ހެހެހެ. ވައްކަމުގެ ބޮޑުވެގެންވާ ރަމްޒެއް މިއީ! މަ ކައިރިއަށް ހިނި އަންނަނީ، މިއީ ތަރައްގީއޭ ބުނާތީ، އަލީ ރާޖާއަކީ ތަކަންދޫގައި ހުރި މީހެއް، މިތާ މާލޭގައި ހުރި 25 ބުރީގެ އިމާރާތަކުން އަލީ ރާޖާއަށް ތަރައްގީއޭ ކިޔެނީ ކީއްވެ؟ ތަކަންދޫއަށް ވަންނަނީ ކޯޗެއް؟ ހެހެހެހެ ! ނޭފަތުކުރިއަށް ނުވިސްނާ، ތަހުޒީބުވޭ
ތަކަންދޫ
23 December 2019
ތަކަންދޫ މީހާއަށް ކުރިއައްވުރެ ފަސޭހައިން ރާއްޖެއިން ބޭރަށް ނުގޮސް ހިލޭ ބޭސްކުރެވޭ އާސަންދައިގެ ދަށުން. ސުވާލަކީ އިބޫ އަށް އެހިދުމަތް ދެވޭނެހޭ. ތަން އެއޮތީ ހަދާދީފަ
އަލީރާޖާ
23 December 2019
މިއީ 2 ހޮސްޕިޓަލް ހަދާހާ ފައިސާ ވަގަށް ނަގާފައި ހެއްދެވި އެއް ހޮސްޕިޓަލް ދެއްތޯ؟ 2 ޓަވަރު ކުރުހުމުގައި ހުރެފައި އެއްޓަވަރު ހެންވޭރުން ފެންނަން ހުރި ހޮސްޕިޓަލް؟
ގާސިމު
23 December 2019
ހެހެ ހަޖަމުނުވުވީދޯ
ޖީޕީއެސް
23 December 2019
ވަގުންގެ ވާހަކަ ދެއްކުމުގެ ކުރިން، ތިމާ އުޅޭ ރަށުގެ އަވަށްތަކުގެ ނަންތަށް ދަސްކޮށްލުން މުހިންމު ކަމަށް ފެނޭ
ހާމުދުރު
23 December 2019
ހަޖަމެއްނުވާނެ
ލަދުކުޑޭ
23 December 2019
ހަވީރީ ހެދުމުގައި ޕޫލްއަށް އެރިތިބި ފުރަތަމަ ގައުމު!