ހަނގުރާމަވެރިންތަކެއް ސީރިއާގައި: އެ ގައުމުގައި ތިބި ބައެއް ދިވެހިން އަނބުރާ ގެންނަން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނޭ
23 ޑިސެމްބަރ 2019 - 11:57
ސީރިިއާގައި ތިބި ބައެއް ދިވެހިން ރާއްޖެ ގެންނަން ނިންމުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވަމުންދާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން ފުލުހުން ބުނީ އެއްވެސް އިރެއްގައި ފުލުހުންގެ ޓީމެއް ސީރިއާގައި ހަރަކާތްތެރިވެފައި ނުވާނެ ކަމަށާއި މިހާރު ވެސް ހަރަކާތްތެރިވަމުން ނުދާ ކަމަށެވެ. އެކަމަކު އެ ގައުމުގައި ތިބި ދިވެހިން އަނބުރާ ގެންނަން ސަރުކާރުން ނިންމުމުން ބައެއް އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ދިވެހިން އެ ގައުމަށް ގޮސްފައި ވާއިރު، ދާދިފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން މުޅި ސީރިއާއަކީ ވެސް ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ރައީސް ވަނީ ކަނޑައަޅުއްވައިފަ އެވެ. އެހެންވެ، ސަރުކާރުގެ ހުއްދަ ނެތި އެއްވެސް ބޭނުމެއްގައި ސީރިއާއަށް ދިވެއްސަކު ދާ ނަމަ، އެ ގާނޫނުގެ ދަށުން އެ މީހަކު ކުށްވެރިވާނެ އެވެ.
ސީރިއާގައި ތިބި ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެންނަން ސަރުކާރުން ނިންމިއިރު، އެފަދަ މީހުން ރާއްޖެ ގެނެސް ރިހެބިލިޓޭޝަން ފަރުވާ ދޭނެ މަރުކަޒުތައް ވެސް ގާއިމްކުރަން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގައި ލާޒިމް ކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮންޓުއްޓު
24 February 2020
ގެންނާނެކަމެއްނެތް. ރަހުމެއްނެތި ބަޔަކު މަރަން ޓްރޭނިންގް ހަދައިގެންތިބި ބަޔަކު ގެނެސް މިތަނަށް ދޫކޮއްލުމަކީ މޮޔަކަމެއް.
ނުބެހޭ
23 December 2019
ރާއްޖެއާ ނުބެހޭ އެހެން ތަނެއްގެ ދާޙިލީ ހަނގުރާމައެއްގައި ބައިވެރިވާން ދިޔަބަޔަކު ދޫކޮށްލާ. އެމީހުން ދިޔަ ގައުމަކުން އެމީހުންގެ ކަންތައް ބަލަހައްޓާނެ. އެމީހުންގެ އާއިލާތަކާ އެންމެން ދޫކޮށްލާފައި ދިޔަބައެއް އެއީ
ހަސަންކޮ
24 December 2019
ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ "އެބައިގަނޑު" ރާއްޖެ ގެންނާކަށް. !!!
މުކައްބަ
23 December 2019
ޝަހީދުވާން ދިޔަ ބައެއް ކީއްކުރަން ގެންނަނީ