ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. މުއިއްޒު ވިދާޅުވި ގޮތުގައި ޔާމީން ޖަލަށްލީ، އެހެން ދީންތައް ރާއްޖޭގައި ފަތުރަން.--ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޑިސެމްބަރ 2019 - 11:28
މަނީ ލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ފަހު، ސަރުކާރުން މިހާރު އުޅެނީ ލާދީނީ ކަންކަން ފަތުރަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޔާމީން ނުހައްގުން ޖަލަށްލުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމްދީނާ މެދުގައި ސަރުކާރުގައި ތިބި މީހުން ގެންގުޅޭ އެޖެންޑާ ކުރިއަށް ގެންދަން މަގުފަހި ކުރުން ކަމަށެވެ. ޔާމީން އެކަހެރިކޮށްގެން ނޫނީ އެމީހުންގެ ލާދީނީ އެޖެންޑާ ކުރިއަށް ނުގެންދެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މިއަދު ފެންނަނީ އެ މަންޒަރު. ބޭރުގެ ފަރާތްތަކެއްގެ ރޭވުންތެރިކަމާ އެކީގައި މިތަނުގައި ހިންގާ ކަންކަމަކީ ނޭނގި ހިނގާ، ނޫނީ އަޅުގަނޑުމެން އަޅާނުލައި ތިބެގެން ވާނެ ކަންކަމެއް ނޫން،" ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ތަން ދަނީ ފެންނަމުންނެވެ. އިލްމުވެރިންގެ އަގު ރާއްޖޭގައި ވެއްޓިގެން ގޮސް، އެމީހުންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ އިލްމުވެރިންގެ މެދުގައި ނަފްރަތު އުފެދެން ފަށާފައި ވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ މި ގައުމުގައި މި ދަންނަވާ ލާދީނީ އެޖެންޑާ ފަތުރަން މި ބައިމީހުން ރާވާ ރޭވުންތަކުގެ ތެރެއިން ހިނގާ ކަންތައްތަކެއް. އިލްމުވެރިންގެ އަގު ވެއްޓި، އެ ބައިމީހުންގެ އަޑު ނާހާ ހިސާބަށް، އެ ބައިމީހުންގެ އިތުބާރު މި ގައުމުގައި ގެއްލިގެންދާ ހިސާބަށް ދިއުމުން މިތަނުގައި އިސްލާމް ދީން ނޫން ދީންތައް ފަތުރަން ފުރުސަތު ލިބިގެން ދަނީ،" މުއިއްޒު ވިދާޅުވި އެވެ.
މިދިޔަ ދެ ތިން ދުވަހު ފެނިގެން ދިޔައީ މުއިއްޒު ސިފަ ކުރެއްވި ގޮތުގައި ދީނީ އިލްމުވެރިންނާ ޖައްސަން މަސައްކަތް ކުރި ތަނެވެ. މިއީ އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް ކުރަމުންދާ ކަމެއް ކަމަށާއި މިކަންކަމާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ މިކަންކަން ހުއްޓުވޭނީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޔާމީންގެ ފިކުރުގެ ކެންޑިޑޭޓުން ކައުންސިލްތަކަށް ހޮވައިގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޔާމީންގެ ފިކުރަކީ އިސްލާމްދީން ފިޔަވައި އެހެން ދީނަކަށް ރާއްޖެ އިން ފުރުސަތު ނުދޭނެ ފިކުރެވެ.
"މި ސަރުކާރުން ހިންގާ ލާދީނީ އެޖެންޑާ އަށް ނޫނެކޭ ބުނާނެ ކެންޑިޑޭޓުން އަޅުގަނޑުމެންގެ ފަރާތުން ނުކުންނަނީ. އެހެންވީމާ މި ކެންޑިޑޭޓުންނަށް އާނއެކޭ ބުނުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ،" ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވި މުއިއްޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރުނީސް
29 December 2019
ކޮންމެ ކަމެއްގަ ދީން ބޭނުންކޮށްގެން މީހުން ހައްލަށް އުޅުން މިހާރު ހުއްޓާލަންވެއްޖެނު. ކޮންމެ ބަޔަކު އެ ބައެއްގެ އަމިއްލަ އެދުންތައް ފުއްދުމަށް ދީން ދީން ބޭނުންކުރީމަ އެއީ ވަރަށް ދެރަ ކަންކަން. ހަޤީޤަތުގައި ދީނުގެ މާތްކަމަށް އެކަންކުރާ ބަޔަކު ހަޖޫ ނޫންތޯ އޭރުން އެޖެހެނީ؟ އެމީހުންނަށް ހީވާކަހަލަ، ދީން ބޭނުންކޮށްގެން ރައްޔިތުން މޮޔަ ހެއްދެނިއްޔޭ. މޮޔަ ހައްދަން ބޭނުންކުރާ އުކުޅަކަށް ދީން ދީން. ރަގަޅެއް ނޫން މަށަކަށް ތިގޮތެއް.
ޕެނަޑޯލް
24 December 2019
އެއްވެސް ދީނެއްގާ ވައްކަން ހުއްދައެއް ނޫން.
ފފފފފ
25 December 2019
ދެން ކީއްވެބާ މުއިއްޒުގެ ވައްކަން ޘާބިތުކުރަން ތަޙްޤީގެއްހާ މިންވަރުވެސް ނުހިންގަނީ.. މޑޕ ގްރާސްރޫޓުގެ ނުކިޔަވާ ސޮރުމެންލައްވާ މީސްމީހުނަށް ވަގަށްގޮވައިގެން އެސޮރުމެން ދީނުން ބޭރުކުރުންބާ ބޭނުމަކީ؟
ސާބަސް3
24 December 2019
މުއިއްުޒު - މޮޔަވީތަ؟ މައިތިވެގެން ހުރެބަަަލަ!
9898
25 December 2019
މުއިއްޒަކީ ދިވެހި މުސްލިމެއް. މިގައުމުގައި ލާދީނިއްޔަތަށް ގޮވާއިރު ކޮންމެ މުސްލިމެއްގެ ވާޖިބެއް އެކަން ހުއްޓުވުމަކީ. ﷲ ގެ ޙަޟްރަތުގައި އަހަރެމެން ޖަވާބުދާރީވާންޖެހޭނެ. އެދުވަހުން ސާބަސް 3 ބުނެގެން މަ މަޑުން ހުރީއެކޭ ނުބުނެވޭނެ. ހައްޤަށް ނަސްރުނުދޭ ކޮންމެ މީހަކީ އެމީހާގެ ވާޖިބުއަދާނުކުރާ އިންސާނެއް.
ނަރޭ
24 December 2019
މީނައާއިބެހޭގޮތުން ކޮމެންޓެއްކުރަންބޭނުންގޮތަކަށް ނޫހަކުން ނުޖަހާނެވިއްޔާ! އެހެންވީމަ ހައްޕު! ފިސާރިވަރެއްގެ ބޭކަލެއް.
ވަތަން އިސްކުރަންޖެހޭ
24 December 2019
މިސަރުކާރު އަދި ކަމެއްނުކުރޭ އަދިވެސް މިފެންނަނީ ޔާމިން ފެއްޓެވިކަންތަ. ހަމައެކަނި ކުރިކަމަކީ ލާދީނީމީހުންނަ މަތީ މަގާމުދިނުން ދެން ދައުލަތުގެ ބަޖެޓް ބަދަލުދިނުމުގެ ނަމުގާ ރައްޓެހިންނަ ބަހާ ހުސްކޮއްލީ.
ލާދީނީއޭ؟
24 December 2019
އެއްމެ ލާދީނީކަމަކީ ބާރުހުރިވަގުތުގައި ރައްޔަތުންގެ ހައްގަށް އަރައި ނިކަމެތިކޮށް ލިބިފައި އޮތް ބާރު ބޭނުންކޮށްގެން ރައްޔަތުންގެލާރިކޮޅު ކާލައި، އަމިއްލަމީހާއި ގާތްމީހުންނަށް އެލާރި ނަހަލާލުގަޮތުގައިދީ ހަރާމްކޯރުވުން.
ފފފފފފ
25 December 2019
ރައްޔިތުންގެ ލާރިކެއްޔާ ކަލެއަށް އެނގޭނެތަ. 900 ގެ ބަދަލުގައި 500 އަކަށް ބަދަލުވީމަ ވަނީ ގިނަކަމެއް މަދުކަމެއް ނޭނގޭ.. 8000 ފްލެޓް އަޅާ 40000 ހާސް މީހުންގެ ބޯހިޔާވަހިކަން ދިނީމާ އެއީ 500 ފްލެޓް އަޅާ 10000 މީހުންގެ ބޯހިޔާވަހިކަންކަންވެސް ނޭނގޭ ހާލުގައި ބުއްދިފިލާގޮސް ތިބީމަ ނޭނގޭނެ ވާއެއްްނުވާއެއް...ގައުމު ގައުމަކަށް ހެދުމުގައި އިސްދައުރެއް އަދާކުރި އެކަކު މުއިއްޒަކީ. އިލްމާ ހިލްމުހުރި މުސްލިމެއް. ގްރާސްރޫޓް ޖާހިލުންނަކަށް ނޭނގޭނެ.
އިބްރާހީމް ހާއިލް
24 December 2019
އަޅެ މުއިއްޒުމެން މިހާރު ވެއްޖެނުން ލާދީނީގެ ބަދަލުގަ ކިޔަނެ އެހެން ބަހެއް ހޯދަން.. ތިހެން ކިޔާ ކިޔާ ތީގެ އިފެކް ހިނގައްޖެ.
5454
25 December 2019
އިފެކްޓް ދާނީ ލާދީނީ އަދި ބްރެއިންވޮޝްޑް ހިއުމަން ބޮޑީއެއްގައި ރޫހެއްނެތި ތިބި ބައެއްގެ ކައިރީ. އިސްލާމް ދީނަށްޓަކައި އެންމެ ކުޑަމިނުން ލާދީނީ ކަންކަން ކުށްވެރިކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް.
މަހޭބެ
24 December 2019
ދީނުގެ ޝިއާރު ކުރިއަރުވައި ނެގެހެއްޓުމަށް ޔާމިން ކުރެއްވި އެންމެ މުހިންމު ކަމަކީ ނުހައްޤުން ކަންކަން ކުރަންފެށުން އެގޮތުން ހައްގުނުވާފަރާތްކަށް ފްލެޓް ދިނުން އަދީބުލައްވާ ވައްކަންކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަމިއްލަ އެކައުންޓަށް ކަހާލުން، ނުއަގުގައި ރިޝްވަރު ހޯދައިގެން ތަންތައް ބިޑަކާ ނުލާ ދިނުން. އަދިވެސް އަދިވެސް އެތައްކަމެއް
ޢައްޔަބެ30
24 December 2019
ކަލޯ މޮޔަވީތަ؟ މިތަން ލާދީނީ ކުރަން ވެސް އުޅުނީ، ވަގު ޔާ މިމން އާ ޢޭނާގެ ވަގު ކެބިނެޓް. މި ވަގު މުއީޒްގެ ގެ އައިޖީއެ މްޗެ ކައިރީ ވަގު ފައިސާއިން 15 ބުރި އަށް ހަދާ އެހެރަ ނި މެނީ... މީ ދެން ކިހާ ދެރަވެއްޖެ ކަ މެއް. މީނާވެސް އެބަޖެހޭ ޖަލަށްލާން.
ސައި
24 December 2019
ޔާ މީނުޖަލައްލީ ވައްކަންކުރީ މާ މުއިއްޒު މެން ދީނޭކިޔާގެން ދައްކާވާހަކައަކީ ބޮޑު ދޮގެއްކަން ރައްޔިތުންނަށް އެގޭނެ މިގައު މުގަ ކޮއް މެ މީހަކު ވެރިކަން ކުރިއަސް އިސްލާ މްދީން އޮންނާނީ