ކުރީގެ ރައީސް އަބްދުﷲ ޔާމީން. އެމަނިިކުފާނުގެ ފައިސާ ދައުލަތަށް ނަގަން އެދުމުން ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި
26 ޑިސެމްބަރ 2019 - 22:05
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަ ކުރުމުގެ ކުށުގައި ހިމެނޭ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އާއި އެ ފައިސާ ބޭނުން ކުރައްވައިގެން ލިބިވަޑައިގެންނެވި ފައިދާއެއް ވާ ނަމަ އެ ފައިދާ ވެސް، ދައުލަތަށް ނެގުމުގެ އަމުރަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން އެމަނިކުފާނުގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ޔާމީންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ އެމަނިކުފާނަށް ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ އަމުރު ނެރުމަށް މަސައްކަތް ކުރުމަކީ އިސްތިއުނާފީ ހައްގަށް ހުރަސް އެޅުން ކަމަށެވެ. ފައިސާ ދައުލަތަށް ނަގުމުގެ އަމުރަކަށް އެދުމަކީ ޔާމީންގެ ހައްގަށް ހުރަސް އެޅުން ކަމަށް ދެކެނީ އެމަނިކުފާނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ ބަލައިގަނެފައި ވާތީ، އެހުކުމް ބާތިލުކުރުމުގެ ފުރުސަތު އޮތުމުން ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވަކީލުންގެ ފަރާތުން ނެރޭ ނޫސްބަޔާން@VaguthuOnline @Mihaarunews @1onlinemv @sunbrk @raajjemv @Ch13official @cnm_mv @thepressmv @thevoice_mv @vaavu @psmnewsmv @Sangu_tv @tvmaldives @VTVvmedia @miadhuMV pic.twitter.com/HbX3vE4Jpe
— 𝗔𝗗𝗔𝗠 𝗦𝗛𝗔𝗠𝗘𝗘𝗠 (@AdamShameem) December 26, 2019
ޔާމީންގެ ގާނޫނީ ވަކީލުންގެ ނޫސްބަޔާން
"...އިސްތިއުނާފުގެ ހައްގު ލިބިދީފައި އޮންނަ ބޭނުމަކީ ވެސް ދަށުކޯޓު ގެ ނިންމުން އަލުން ބަަލައި އެ ނިންމުން ބަދަލުކުރުމަށް މަސަައްކަތް ކުރުމުގެ ހައްގު ލިބިދިނުން ކަމަށް ވާއިރު، އެ ފުރުސަތު ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިދީފައި ވަނިކޮށް، އިސްތިއުނާފުގެ މަރުހަލާގައި، ދަށު ކޯޓުން އިއްވި ހުކުމާ ގުޅިގެން ދައުލަތުން މިހާރު ނެރުމަށް އެދިފައިވާ ފަދަ އަމުރުތަކަށް އެދި، އެފަދަ އަމުރުތައް ނެރެން ދައުލަތުން މަސަައްކަތް ކުރުމަކީ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ގާނޫނުއަސާސީގެ 56 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަަވާ އިސްތިއުނާފު ކުރުމުގެ ހައްގަށް ދައުލަތުން ހުރަސް އެޅުން ކަމުގައި ދެކެމެވެ،" ޔާމީންގެ ވަކީލުންގެ ބަޔާނުގައި ވެ އެވެ.
އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ދައުލަތުން ކުރީ ޔާމީންގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި އޮތް އެކައުންޓަކަށް، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ.
އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު، އޭގެ ބަދަލުގައި އެހެން ގޮތަކުން ހޯއްދެވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އެމްއައިބީގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އޭގެ އަސްލު އޮޅުވާލެއްވި ކަމަށް ދައުވާގައިވެ އެވެ.
އެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ މާފުށީ ޖަލުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮއިދޫހަސަނު
28 December 2019
އެއްފަހަރުބުނާނެ މައްސަލައެއް ނުލައޭ! އަނެއްކާމިބުނަނީ އަނެކައްޗެކޭ! މިންވަރަށް އީމާންވާންވެސް ނޭނގޭ!
ނަސީބު
27 December 2019
ނޫސްވެރިން ވެސް ލިޔާ އެއްޗެއް ސާފުކޮށް ލިޔަން ޖެހޭ. މަނީ ލޯންޑަރީ އަކީ ފައިސާގެ ހައްލު އޮޅުވައިލުން ނުވަތަ ފައިސާދޮވުން. މިއީ އިތުރު ހެއްކަމަށް ބޭނުން ނުވާހާ ސާފު މައްސަލައެއް.
އަލީރާޖާ
27 December 2019
ބަލަ ތިޔައީ ދައުލަތުގެ ފައިސާއޭ! އެ ހިފަހައްޓައިގެން ހުރުމުގެ ހައްގެއް ޔާމީނަކަށް ނޯންނާނެ. ދަށު ކޯޓުން އެފައިސާ ދައުލަތަށް ދިނަސް، އެކަންވެސް ހަމަ ހައިކޯޓުގައި އަދި އޭގެ ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ.
ހާސް
27 December 2019
ރައްޔިތުންގެ ފައިސާ އެއްވެސް މީހެއްގެ އަމިއްލަ އެކައުންޓަށްލައިގެން ގެންގުޅުނަ ދީގެން ނުވާނެ. މިހާރުވެސް މާ ލަސްވެއްޖެ. އަވަހަށް ދައުލަތަށްނަގާ. އެއީ އަދި ވަރަށް ކުޑަ މިންވަރެއް.
ހާލަތު
27 December 2019
އޮނަރަބަލް އަފީފު ދީދީ އެބުނީ 100 ގެ ވާހަކައެއް. އަވަހަށް އެކަންފައްޓާ ނިންމާފަ އެންމެ ފުރަތަމަ ހުޅުވަން ޔާމީން އެތަނަށްލާ
ހަކީމް
27 December 2019
ޕޕމ މީޙުންނަށް މީކާކުގެ ފައިސާއެއްކަން އޮޅިފަ އޮތްހެން އެބަހީވޭ. މިއީކީ ޔާމީނު ގުލާނު ތަޅާގެން ހޯދި ފައިސާއެއް ނޫން. އަމިއްލައަށް އެބަ މިކަމަށް އިއުތިރާފްވޭ.
ޖަވާހިރު
27 December 2019
ތެދެކެވެ. އިސްތިއުނާފް ފިރުސަތުވެސް ދީފަ ބަހައްޓާށެވެ. ހުރިހާ ދޮރެއް ބަންދުކޮށްފަ ތިކަމެއްކުރަން އުޅޭށެވެ. އޭރުން އަނގަބެނދި, ބޮޑަށް ފަލީހަތްވެ, ބޭޒާރުވުން ބޮޑުވާނެއެވެ. ތިޔަ ހިޔާނާތުން ޔާމީނަށް ރެކެވޭނެ ހަމަ އެއްގޮތެއްވެސްނެތެވެ. އަދި އަހާލަން ބޭނުމެވެ. ސަދަޤާތު ފައުންޑޭޝަން މިހާރު ހިނގާތޯއެވެ. އެއީ މިނިސްޓްރީއެއް ހެއްޔެވެ, ސަރުކާރު ނިމޭއިރަށް ނިމޭ.
އާރީ
27 December 2019
ލޮނުޒިޔާރާތް ކޮޅުގަ 16 ބުރިއަށް އެހަދާ ބިލުޑިންގް ދައުލަތަށް ނަގާކަށް ނުޖެހެބާ?
ޢަބްދު
28 December 2019
އެތަން ރަނގަޅުވާނެ ސަރުކާރުގެ ދެވަނަ އޮފީސް ކޮމްޕްލެކްސް އަކަށް، ނުވަތަ އުސޫލެއްގެ ތެރެއިން ތަފާތު އެކި ވިޔަފާރިތަކަށް އޮފީސް ސްޕޭސް ކުއްޔަށް ދޭ ތަނަކަށް ހަދަން...
ޔަޤީން ވަގު
27 December 2019
ތާކުންތާކު ނުޖެހޭ ކަންބޮޑުވުމެއް. އިސްތިއުނާފު މަރުހާލާ ނިމޭއިރު ޙުކުން ބާތިލުކޮށްފިނަމަ އެ ފައިސާ އަނބުރާ ސަރުކާރުން ދައްކާނެ ނޫންތޯ
އަޙުމަދު
27 December 2019
މީ އަދި މާބޯގަޅިއެއް. ދައުލަތަށް އެފައިސާ ނެގުމަށްފަހު އިސްތިއުނާފު މަރުހަލާ ނިމޭއިރު އެއީ ޔާމީނުގެ ފައިސާއަށް ވެއްޖެ ނަމަ ދައުލަތުން އެފައިސާ އަނބުރާ ދޭނެ. އެއީ ޔާމީނުގެ ފަސާ ނޫންކަމަށް އެއޮތީ ޝަރީއަތުން ނިންމާފަ. ދެން ޖެހޭނީ ދޭން. ޔާމީނު ބޭނުންވީ އެއްނޫން ދެނީ. މިހާރުވެސް ލަސްވެއްޖެ. ޢެއީ ރައްޔިތުންގެ ފައިސާ.
ހަސީނާ
27 December 2019
އަދިވެސް ޔާމީނު ވިދާޅެއްނުވޭ ތިމަންނަގެ އެކައުންޓަށް ފައިސާވަނީ ނޭގިއޭ، ފައިސާ ފައިސާ ފައިސާ މިނޫން އެއްޗެއް ޔާމީނުގެ ދުލުގައި އޮވޭތަ. ގަޓްރައީސް 5 އަހަރު ޖަލުގަ އޮތުންމާ މުހިއްމު