އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ނިއު ދިއްލީގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
30 ޑިސެމްބަރ 2019 - 12:35
ނިއު ދިއްލީ (ޑިސެމްބަރު 30) - އިންޑިއާ ޕާލަމެންޓުން ވޭތުވެދިޔަ ދެ ދައުރު ވަނީ ރެކޯޑް އަދަދެއްގެ ޖަލްސާތައް ބާއްވާފައި ކަމަށާއި އެކަމަށްޓަކައި ހުރިހާ ޕާޓީތަކަކަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ މަރުހަބާ ވިދާޅުވެއްޖެ އެވެ.
މަހަކު އެއް އަހަރު ދެއްވާ ރޭޑިއޯ ޕްރޮގްރާމުގެ 60 ވަނަ އެޑިޝަންގައި މޯދީ ވިދާޅުވީ ވޭތުވެދިޔަ ދެ ދައުރު ޕާލަމެންޓުން ވަނީ ވޭތުވެދިޔަ 60 އަހަރުގެ ރެކޯޑް މުގުރާލާފައި ކަމަށެވެ.
"އަޅުގަނޑު ފަޚުރުވެރިކަމާ އެކު ދަންނަވަން ތިޔަ ބޭފުޅުން ޕާލަމެންޓަށް ފޮނުވި މެންބަރުން ވަނީ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ހުރިހާ ރެކޯޑެއް މުގުރާފައި ކަމަށް. ޕާލަމެންޓުގެ މަސައްކަތް ވަރަށް އުފެއްދުންތެރި،" މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ ޕާލަމެންޓުގައި މެންބަރުން ކުރެއްވި މަސައްކަތަށް ހުރިހާ މެންބަރުންނަށް ވެސް ތައުރީފް ހައްގުވާ ކަމަށެވެ.
"މިވަރުގެ މަސައްކަތެއް މެންބަރުން ކުރުމުން ދޭހަކޮށްދެނީ އިންޑިއާގެ ޑިމޮކްރެސީގެ ވަރުގަދަކަން،" މޯދީ ވިދާޅުވި އެވެ. "މެންބަރުންގެ ހީވަގި މަސައްކަތަށްޓަކައި މެންބަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް މަރުހަބާ ދަންނަވަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަބޭސް2050
31 December 2019
ޔާﷲ މިނުބައި އަނިޔާވެރި ޔާގެ ކިބައިން އިންޑިޔާގެ މުސްލިމުންނާއި ރައްޔަތުން ސަލާމަތްކުރަށްވާށި އާމީން
ސަހަރޯ
30 December 2019
މިކަލޭގެއަށް ތެދުމަގު ފެންނާނީ ކޮން ދުވަހަކުންބާއޭ ހިތަށް އަރަނީ