އެމްޑީޕީގެ ޖަލްސާއެއްގައި އަނަސް ވާހަކަ ދައްކަވަނީ: މޭޔަރަކަށް ވާދަކުރައްވަނީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކަމަށް ވިދާޅުވި. --ފޮޓޯ: ނިޝާން އަލީ/މިހާރު
05 ޖެނުއަރީ 2020 - 12:56
އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ކައުންސިލް އިންތިޚާބަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވަން އަނަސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލޭގެ ހުރި ގޮންޖެހުންތައް ހައްލުކޮށް، މާލޭގެ ރައްޔިތުންނާއި ރަށްވެހިންނަށް ހިންދެމިލައި އުޅެވޭނެ އަމާން، ރައްކާތެރި ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އެ ހިތްފަސޭހަކަން މާލެ އަށް ގެނެސްދިނުމުގެ މަސްއޫލިއްޔަތާ ކުރިމަތިލާން ނިންމެވީ އުފަލާ އެކު ޚިދުމަތް ކޮށްދެއްވަން ކަމަށް ވެސް އަނަސް ވިދާޅުވި އެވެ.
Malé ah huri gonjehunthah hallukoh, Malé rayyithunaai, rahvehinnah hindhemilaa ulheveyne amaan, rakkaatheri adhi hiyfaseyha thanakah mi City hedhumah, Malé Cityge Mayor ge masooliyyathu ufulaa khidhumaiy kohdhinumah nimmaifin!#LCE2020 #LCEMDPPrimary
— Anas Abdul Sattar (@anasabdulsattar) January 5, 2020
މޭޔަރަކަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރެއްވި ޓުވީޓް.
އަނަސްގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން ގިނަ ބަޔަކު އިއުލާންކޮށްފައިވެ އެވެ. އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވެސް ވާދަކުރައްވާނެ ކަން ކުރިން އިއުލާން ކުރެއްވި އެވެ. އެކަމަކު އަމިއްލަ ސަބަބުތަކަކާ ގުޅިގެން އޭނާގެ ނިންމުން މިހާރު ވަނީ ބަދަލުކުރައްވައިފަ އެވެ.
މޭޔަރު ކަަމަށް ވާދަކުރައްވާނެ ކަން އިއުލާންކުރި ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ އަނަސްގެ އިތުރުން މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި ކައުންސިލްގައި މެދު ހެންވޭރު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒާއި އިބްރާހިމް ރަޝީދު (ބްރޯ) އެވެ.
ލޯކަލް ކައުންސިލްގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ގަ އެވެ. ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބު ކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި ކުރިން އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިކުޅި
06 January 2020
ކަލޯ ހަނދާންނެތުނީ ތޯ މަޖްލިސް އިންތިހާބުގެ ޕުރައިމަރީންވެސް ނުހޮވުނު، އާދަނު ކޮއިވެސް އަނަސްއަށް ވުރެ މާގަދަ
ޖުލާ
06 January 2020
މާލެ އަށް 19
ހުންރޯގ
06 January 2020
ރީނދޫ ހުން ނުޖެހި ހުރި މީހކު ހޮވޭތޯ އެންމެންވެސް އުޅޭ.....ހުންޖެހިފތިބި މީހުންވެސް މިކމށް މސއްކކުރެ...
ޝޮކްތެރަޕީ
06 January 2020
އެމްޑީޕީ މީހަކު ހޮވީމަ ޤައުމަށް މިވާގޮތް އެގޭންނުން.
ނަޝީދު.
05 January 2020
ކާކުތަ ތީ؟ ޕާލަމެންޓު އެއްދާއިރާ ނުލިބުނު މީހެއްތީ.
ކަޅުބެ
05 January 2020
މިހާރުގެ މޭޔަރަށް ވުރެ ގާބިލްވާނެހެން ހީވޭ
އައިޑީ
06 January 2020
މިހާރު މޭޔަރ މާ ގާބިލް ވާނެ
ޙުސާމް
05 January 2020
ހިންގުންތެރި ޚިޔާލް ރަނގަޅު މީހުން ނަގާބަލަ. ޢުމަރު ޒާހިރެއް އަދިވެސް ބޭނުން.
ސަރަނދު
05 January 2020
ކަލޯ މަޖްލިސް އިންތިޚާބުގަ ފެއިލްވީ އިހަށްދުވަހު, ކިތައްފަހަރު ފެއިލްވާން އުޅޭ މީހެއްމީ
ފފފފ
05 January 2020
ލޯޔަރެކޯ. ދެން ކޮން ކައުންސިލެއް ހިންގޭނީ. މެނޭޖްމަންޓްދަންނަ މީހުނަށް ކުރެވޭ ކަންކަން އެއީ
ހަވަރު ތިނަދޫ ބިގަރު ސިޓީ
05 January 2020
ކިތެންމެ ގިނަ މީހުން މޭޔަރު ކަމަށް ވާދަކުތިޔަސް ހޮވޭނީ އެކަކު ދެންތިބި މީހުން ދާން ޖެހޭނީ ގެއަށް. މޭޔަރު ކަމަށް ކުރިމަތިލާނީ އެކަމަށް ގާބިލު މީހިން. ސިޓީ ކައުނަސުލްގެ ކައުންސިލަރަކަށްވުރެ ގިނައިން މޭޔަރު ކަމަށް ކުރިމަތިލާ މީހާ ވޯޓު ހޯދައިޔަސް ހަމަ އެމީހަކު ދާންޖެހޭނީ ގެއަށެވެ. ތިވާގޮތުން އެއްވެސް ކައުންސިލެއްގަ މޭޔަރު ނޫނީ ކައުންސިލް ރައީސް ފިޔަވާ އުރެއްޕެއް ހުރި މީހަކު ނުހުންނާނެތާއެވެ. ވިސްނާށެވެ އަދިވެސް ވިސްނާށެވެ
ހިޔަޅު ބުއްދި
05 January 2020
އެއީ ބޭނުންވާ ގޮތަކީވެސް އޭރުންތާ ތާކުންތާކު ނުޖެހޭ ރޮނގާލިން ލައިގެން ބޭނުންވާ ގޮތަކަށް ބޭނުންހާ ސަކަރާތެއް މައި ސަރުކާރުން ޖެހޭނީ ކިރިޔާވެސް ބުއްދި ހަމަޖެހޭ މީހާ ހުންނަންޖެހޭނީ ގޭގަ ކުޅިބަލަން. ޕާޓީގެ ލީޑާޝިޕުން އުފްވެސް ބުނެލާއިރަށް ގަޔަށް ހީސްލެވޭވަރު ކުދިން އޭރުން ކައުންސިލަރުންނަށް ތިބޭނީ. މިހާރު ހަވަރު ތިނަދޫގަ އެއޮތީ އެކަހަލަ ކައުންސިލެއް. ވަރަށް ވެދުމާއި ސަލާމެވެ