ކްރިމިނަލް ކޯޓް: އެކްސިޑެންޓެއްގައި ދެ ޓޫރިސްޓަކު މަރުވުމުން ލޯންޗް ކެޕްޓަން ކުށްވެރިވެ ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައި. -- ފައިލް ފޮޓޯ
13 ޖެނުއަރީ 2020 - 11:11
މީގެ ހަތަރު އަހަރު ކުރިން، ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ޑައިވިން ދޯންޏަކާއި ލޯންޗެއް އެކްސިޑެންޓުވެ ދެ ޓޫރިސްޓަކު މަރުވި މައްސަލާގައި، ލޯންޗުގެ ކެޕްޓަންގެ މައްޗަށް ކުރި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ސާބިތުވެ 116،200ރ. އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ލޯންޗުގެ ކެޕްޓަނަކަށް ހުރި އިބްރާހިމް ނާސިރު ޖަލަށް ލުމަށް ހުކުމް ކުރި ނަމަ އޭނާގެ މައްޗަށް 1 އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވޭނެ އެވެ. ނަމަވެސް ކުށް ކުރި ހާލަތާއި ކުށްވެރިޔާގެ ޒާތީ ހައިސިއްޔަތަށާއި މުޖުތަމައުގެ ބޭނުންތަކަށް ބަލައި އެހެން އަދަބެއް ކަނޑައެޅުމަށް ގާޒީ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ޖޫރިމަނާގެ ހުކުމަކަށް ބަދަލުކުރީ އެވެ. އެއީ އިބްރާހިމް ގަސްތުގައި ބަޔަކަށް ގެއްލުން ދިނުމަށް ހިންގި އަމަލަކަށް ނުވާތީ އާއި މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވި ފުރުތަމަ ފަހަރު ކަމަށް ވާތީ އެކަމުގެ މައްޗަށް ރިއާޔަތްކޮށްފަ އެވެ.
ހުކުމުގައިވާ ގޮތުން އެކްސިޑެންޓް ހިނގި ޑިސެމްބަރު 17، 2015 ގައި އިބްރާހިމް އޭނާގެ ކެޕްޓަންކަމުގައި "ސަންލިޓް 1" ލޯންޗް އިރު އޮއްސުނު ވަގުތު ކ. ގުޅިން މާފުއްޓަށް ކުރި ދަތުރުގައި، "ފަރިހި 2" ދޯނީގައި ޖެހި އެކްސިޑެންޓުވި އިރު ދެ އުޅަނދު ވެސް ދުއްވާފައި ވަނީ ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެންނެވެ. ނަމަވެސް ލޯންޗް ދުއްވާފައިވަނީ ކަނޑުމައްޗަށް ބެލުމުގެ ބަދަލުގައި ޖީޕީއެސް އަށް ބަލައިގެން އަދި އެކަށީގެންވާ ވަރަށް ވުރެ ބާރަށް ކަމަށް ހުކުމުގައިވެ އެވެ.
ލޯންޗް ޖެހުނު ދޯނި ދުއްވަމުން ދިޔައީ ގަޑިއަކު 6-7 މޭލު ބާރުމިނުގައި ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ވިޔަސް ލޯންޗު ދުއްވާފައި ދިޔަލެއް ބާރުކަމުން ލޯންޗުން ސަލާމަތްވާން ދޯންޏަށް އެއްވެސް ކަމެއް ނުކުރެވުނީ އެވެ. އަދި ލޯންޗުގައި ތިބި މީހުން ވަނީ ދޯނީގެ އަލި ކުރިން ފެނުނު ކަމަށް ވެސް ބުނެފަ އެވެ.
އިރުއޮއްސި 6:30 އެހާކަން ހާއިރު މާފުށީ ކައިރީގައި ހިނގި އެކްސިޑެންޓްގައި މަރުވީ ދޯނީގައި ތިބި ޓޫރިސްޓުންގެ ތެރެއިން މެލޭޝިޔާގެ 16 އަހަރުގެ އަންހެން ކުއްޖަކާއި 42 އަހަރުގެ ޗައިނާގެ ޓޫރިސްޓެކެވެ. ދޯނީގައި ހަ މީހަކު ތިއްބެވެ. ލޯންޗްގައި ހަތަރު މީހަކު ތިބި އިރު އެ މީހުންނަށް ބޮޑު ގެއްލުމެއް ނުވެ އެވެ.
ގާޒީ ހަސަން ނަޖީބް ހޯމަ ދުވަހު ކުރެއްވި ހުކުމުގައި ޖޫރިމަނާ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް އަމުރުކުރައްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
14 January 2020
"ލޯންޗް ޖެހުނު ދޯނި ދުއްވަމުން ދިޔައީ ގަޑިއަކު 6-7 މޭލު ބާރުމިނުގައި ނެވިގޭޝަން ލައިޓް ވެސް ދިއްލައިގެން ކަމަށް ވިޔަސް ލޯންޗު ދުއްވާފައި ދިޔަލެއް ބާރުކަމުން ލޯންޗުން ސަލާމަތްވާން ދޯންޏަށް އެއްވެސް ކަމެއް ނުކުރެވުނީ އެވެ." އަދިވެސް ދޯނީގެ ކައްޕި ކުއްވެރިވީ؟
ފައިސާ
13 January 2020
ސަރުކާރަށް ރުފިޔާ ލިބޭނި އޭރުނެނު
ވިގޫތާކިހާ
13 January 2020
ލޯންޗް ދުއްވާފަ ދިޔަލެއް ބާރުކަމުން އޭގެ ސްޕީޑެއްވެސް އެގޭގޮތެއްނެތް ދޯ. ކިހާ ސަޅި!
ބޯގަޅި
13 January 2020
އެގޭނެގޮތެއް ބުނެދީފާނަންތަ؟
ދޯނި
14 January 2020
ދޯނި ސްޕީޑް ވެސް އިނގުނު ގޮތައް
ޖާނީ
13 January 2020
އައްދެއްޔޭ.. ފަންޑިޔާރުގެ ފަންޑިޔާރުން ބަދަލު ކުރިފަހުން ހާދަހާވާ އިންސާފުވެރި ހުކުމް އިއްވަޔޭދޯ. 5
ޑޮނާޑު
13 January 2020
ތިކަމުން ހުރިހާ ފައިދާއެއް ސަރުކާރަށެވެ.މަރުވިމީހުންގެ ފެމިލީއައް އޮތީ ކޮންއެއްޗެއްތޯ?
ޖޭމު
13 January 2020
ތިން ދައުވާ ކުރަން ޖެހޭނެ އެވެ.ކޮންމެ ފުރާނަ އަކަށް ދައުވާ އެއް އަދި އެކްސިޑެންޓް އަށް ދައުވާ އެކެވެ ނިއުޒީލޭންގެ މިސްކިތަކަށް ވަދެ ބަޑި ޖަހާ 49 މީހުން މަރާލި މީހާގެ މައްޗަށް އެ ޤައުމުގެ ޕީޖީ އިން ދައުވާގެ 49 ދައުވާ ކުރިއެވެ. ނޮވެމްބަރ 3 ގައި 19 ދިވެހިން މަރާލި ހާދިސާ ހިންގި ޓެރެރިސްޓުންގެ މައްޗަށް ވެސް ކުރީ މަރުގެ އެއްމެ ދައުވާ އެކުވެ. 25 އަހަރު ހަމަ ވުމުން އެމީހުން އެތިބަ ދޫކުރަނީ އެވެ.މަރުވި ކުށެއް ނެތް 19 މީހުން ވީ ކައްވަޅުގައެވެ.
އިސްމާލި
13 January 2020
ދެމީހުންގެ މަރުގެ ބަދަލުގައި މިއީ ބޮޑު ޖޫރިމަނާނއެއްބާ
ހަމަ ބުއްދި
13 January 2020
އިންސާފު ވެރި ހުކުމެއް ކަމާމެދު ޝައްކުވަނީ ހުކުމް ކުރެއްވި ޤާޒީ ގެ ސަބަބުން ނެވެ. އެހެން ނޫނީ ރަގަޅެވެ.