ޚަބަރު / ހިމަބިހި

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާންކޮށްފި

ހިމަބިހި ވެކްސިން

13 ޖެނުއަރީ 2020 - 13:36

69 comments

މީގެ ދެ އަހަރު ކުރިން ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާ ވެސް ފެތުރެމުންދާ ކަން ހެލްތު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިސްވެ ހުންނަވައިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެކަން އިއުލާން ކުރެއްވިއިރު، ހިމަބިހި ޖެހިގެން އުމުރުން ތިން އަހަރުގެ ކުއްޖަކަށް ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. އަދި އުމުރުން 30 އަހަރުގެ މީހަކަށް ވެސް ހިމަބިހި ޖެހިގެން މިހާރު ފަރުވާ ހޯދަމުން އަންނަ ކަމަށާއި އުމުރުން 17 އަހަރުގެ ކުއްޖަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން އައިޖީއެމްއެޗުގައި ޓެސްޓް ހެދުން މިހާރު ކުރިއަށް ގެންދާ ކަމަށް އެޗްޕީއޭ އިން މިއަދު ބުންޏެވެ.

މިއަދުގެ ނިއުސް ބްރީފިންގައި، ހެލްތް މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި ޖެހިފައިވާ އެންމެ މީހަކު ފެނުނަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުން އެކަމުގައި އަމަލު ކުރަމުން ދަނީ "އައުޓްބްރޭކް" އެއްގެ ގޮތުގައި ކަމަށެވެ. އެހެންވެ، އެ ވިސްނުމުގައި ކަންކަން ރާވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި ފަހަރު ހިމަބިހި ޖެހިގެން ފުރަތަމަ ފެނުނު ތިން އަހަރުގެ ކުއްޖާ އާއި 30 އަހަރުގެ މީހާއާ އެއްވެސް "ކޮންޓެކްޓެއް" ނެތެވެ. އެކަމަކު ފިރިހެން މީހާ ވެސް ދިރިއުޅެނީ، ކުޑަ ކުއްޖާ އަށް ހިމަބިހި ޖެހުނުކަމަށް ޝައްކުކުރާ ހުޅުމާލޭގަ އެވެ. ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުންޏެވެ.

ހިމަބިހި ޖެހުނު ފުރަތަމަ ކުއްޖާގެ ވެސް ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ވެކްސިން ޑޯޒް ފުރިހަމަ ނުކުރާ ކުދިންނަށް ވެސް ހިމަބިހި ޖެހޭނެ އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

މިނިސްޓަރު އަމީން ވިދާޅުވީ މި ވަގުތަށް ބޭނުންވާ ވެކްސިން ރާއްޖޭގައި އެބަހުރި ކަމަށެވެ. އަދި އިތުރަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމުގެ ކަންކަން ޑަބްލިއުއެޗްއޯއާ ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި އެ އެއްޗެހި ރާއްޖެ ގެންނަން ގިނަވެގެން ނަގާނީ 10 ދުވަސް ކަމަށް ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ތިން އަހަރުގެ ކުއްޖާ މި ފަހުން ރާއްޖެ އިން ބޭރަށް ދިޔަކަން އެނގެން ނެތް ކަމަށާއި އެހެންވެ، ހިމަބިހި ރާއްޖެ އަށް މި ފަހަރު ފެތުރުނު ގޮތް ބަލަމުން އަންނަ ކަމަށެވެ. އެއީ ކަމާ ގުޅޭ ޓެސްޓުތަކަށް ފަހު އެވެ.

ހިމަބިހިން ސަލާމަތްވުމާ ގުޅިފައި ވަނީ ވެކްސިން ޖެހުމާއި ވެކްސިން ޑޯޒް ފުރިހަމަ ކުރުން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ވެކްސިން ޖެހުމަށް މިއަދު ހަވީރު 4:00 އިން ފެށިގެން ހަރަކާތްތަކެއް ހިންގަން ރާވާފައިވާ ކަމަށެވެ.

ވެކްސިން ޖަހަން ފަށާނީ، މި ފަހަރު ހިމަބިހި ޖެހުނު ތިން އަހަރުގެ ކުއްޖާ އެންމެ ފުރަތަމަ ފެނުނު ސަރަހައްދުންނެވެ.

މި ފަހަރު އެންމެ ފުރަތަމަ ހިމަބިހި ޖެހުނު ތިން އަހަރުގެ ކުއްޖާ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް، ދިޔަ ސަރަހައްދުގެ ތެރޭގައި، ހުޅުމާލޭ ސެންޓްރަލް ޕާކާއި އެ ސަރަހައްދުގައިި ހުރި ކެފޭތަކާއި ހުޅުމާލޭ ހޮސްޕިޓަލާއި ސެނަހިޔާ އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެ އެވެ. އެޗްޕީއޭ އިން ވަނީ އެ ދުވަސްތަކުގައި، އެ ސަރަހައްދަށް ދިޔަ މީހުންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަނުކުރާ މީހުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އަމީން ވިދާޅުވި ގޮތުގައި، ތިން އަހަރުގެ ކުއްޖާ ދިޔަ ހުޅުމާލޭގެ ސެންޓްރަލް ޕާކް ސަރަހައްދަށް އެޗްޕީއޭގެ ޓީމުތައް ޒިޔާރަތްކޮށް މީހުންގެ ގަޔަށް ވެކްސިން ޖަހާނެ އެވެ. އަދި ވެކްސިންގެ ކަވަރޭޖް ފުރިހަމަ ކުރުމަށް ކުރިއަށް އޮތް ތިން މަސް ދުވަހަށް ހަރަކާތްތަކެއް ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހިމިބިއްސަށް ޝައްކު ކުރެވޭ ފަދަ އަލާމާތެއް ފެނިގެން، މާލޭގައި ނަމަ އައިޖީއެމްއެޗް އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ހޮސްޕިޓަލަށް ދައްކަން ސިއްހީ އިދާރާތަކުން އިލްތިމާސް ކުރެ އެވެ.

"މިކަމުގައި [ހިމަބިހި] އިތުރަށް ފެތުރިގެންދާ ވަރަށް ތައްޔާރުވުމަށްޓަކައި މާލޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަންތަނާ ވާހަކަދެކެވި، މިހާލަތުގައި އަޅުގަނޑުމެންގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރުމުގެ މަސައްކަތް ދަނީ ކުރިއަށް،" އަމީން ވިދާޅުވި އެވެ.

ހިމަބިހީގެ އަލާމާތްތައް ފެންނަން ފަށާނީ ވައިރަސްގެ އަސަރު ކުރާތާ 10-14 ދުވަސް ތެރޭގަ އެވެ. ބަލީގެ އާންމު ނިޝާންތަކާއި އަލާމާތްތަކުގެ ތެރޭގައި؛ ހުން އައުމާއި ހިކިކޮށް ކެއްސުމާއި ނޭފަތުން ފެން/އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން އަދި ލޯ ދުޅަވެފައި ހުރުން ހިމެނެ އެވެ.

69 ކޮމެންޓް, 113 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 88%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހިން ގެ ފަރާތުން

15 January 2020

ސްކޫލް ތައް ބަންދު ކުރަން ފެނޭ ، ބިރުވެރި ދޯ

The name is already taken The name is available. Register?

މިނިސްޓަރު

13 January 2020

ބޭކާރު ވާހަކަ ތައް ނުދައްކާ މި ޤައުމަށް މިވަގުތު ޖެހިފައިވާ ވަބާއިން ސަލާމަތްވަނީ މިނިވަން ފިކުރަށް ޖަހަން ޖެހޭ ވެކްސިން ޖަހައިގެން

The name is already taken The name is available. Register?

ގޮބޮޅި

13 January 2020

1980 ގެ ކުރިން އުފަންވެފައިވާ ބިޑެތި މީހުންނަށްވެސް ސަރުކާރުން ވެކްސިން ޖަހައިދޭންޖެހޭ

The name is already taken The name is available. Register?

ދޯދެން

13 January 2020

މީގެ 2 އަހަރުކުރިން ނައްތާލާފައިވާ ބައްޔެއް މިހާރު ފެންނަނަމަ އެއީ މި ސަރުކާރުގެ ފޭލިއާރ އެއް.

The name is already taken The name is available. Register?

50 ސެންޓް

13 January 2020

ދޮގެކޭ ވަކި އެޖެންޑާ އެއް

The name is already taken The name is available. Register?

ނަޝީދު.

13 January 2020

ހައްދުފަހަނައެޅީމާ މިހުރިހާ ގޮތެއްވެސް ވާނެ!

The name is already taken The name is available. Register?

ޔާމީނު

14 January 2020

މީކީ ހަމައެކަނި ހައްދުފަހަނަ އެޅި މީހުންގެ ކަމެއް ނޫން. ރާއްޖެ އަންނަ ބިދޭސީންގެ ފަރާތުން ރާއްޖެ ޓީ.ބީ އައީ ރާއްޖޭން ޓީ.ބީ ނައްތާލާފަ އޮއްވަ. އެހެންވީމަ އެބަޖެހޭ ރާއްޖޭގަ ތިބި ހުރިހާ އިންސާނުންނަށް ވެކްސިން ހަަމަ ކުރަން ސަރުކާރު ހަރަދުގަ. އޭގެ ފަހުން ރާޢްޖެ އެތެރެވާމީހުން ވެކްސިން ޖަހާފަ ތޯ ބެލޭނެ ނިޒާމެއް ގާއިމް ކުރަން. އެހެން ނޫނީ މަކަން ހައްލެއް ނުވާނެ.

The name is already taken The name is available. Register?

ޙަމް

13 January 2020

ދަނޑައް އެެއްވި ހުރިހާ ބިދޭސީން ގަޔައް ވެކްސިން ޖަހާފަ ދޫކުރި ނަމަ.

The name is already taken The name is available. Register?

އިބްރާހިމް1

13 January 2020

ގަވާއިދުން ޖަހަން ޖެހޭ ވެކުސިން ތައް ޖެހުމަށް ފަހު އައިޑީކާޑާ އެފަދަ މައުލޫމާތު ލިންކު ކޮށްފަ އައިޑީ ކާޑު ބޭނުންކޮށްގެން ހޯދާ ޚިދުމަތް ތައް ވެކުސިން ފަދަ މުހިންމު ކަންތައް ފުރިހަމަ ނުވާނަމަ ނުލިބޭ ގޮތައް ހަދަންފެނޭ.

The name is already taken The name is available. Register?

އަލީ6

13 January 2020

ތަހުޒީބު ނުވާ ބައެއް ކަލޭމެންނަކީ ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެސް ތި ޤަވާއިދެއް ނޯވޭ.މާ ބޮޑަށްއޯވަރ ވަނީ

The name is already taken The name is available. Register?

ވިޓަމިން

13 January 2020

ކޮބާތަ ވެކްސިން ދިނުން ދީނާ ޚިލާފުވެޔޭކިޔައިގެން އުޅުނު ގުރޫޕު. ފައްޗަކަށް އަތުރާފައި ވެކްސިން ޖަހާލަން ފެންނަނީ.

The name is already taken The name is available. Register?

ޙމމހމ

13 January 2020

ވެކްސިން ނުޖަހަ ހުރި ކުއްޖާގެ ގައި ތެރެއިން ނުކުތް ބައްޔެއް ނޫން ދޯ އެޔެއް.ރާއްޖެއިން ނައްތާލެވިފަވާ ބައްޔެއް އެކުއްޖާ އަށް ޖެހުނީ ރާއްޖެއިން ބޭރުންތޯ ނޫނީ ރާއްޖެ އައި ބޭރު މީހެއްގެ ފަރާތުންތޯ.

The name is already taken The name is available. Register?

ރޫހާނީ.

13 January 2020

100 ގެ ކޮމެންޓެއް.

The name is already taken The name is available. Register?

ދިވެއްސެއް...

13 January 2020

ރާއްޖޭން ނައްޓާލެވިފައިވާ ބައްޔެއްވެސް ވެކްސިން ނުޖަހާ ހުރި މީހަކަށް ރާއްޖޭން ބޭރުން ޖެހިދާނެ. ނުވަތަ ރާއްޖެއަށް އަންނަ މީހެއްގެ ފަރާތުންވެސް ޖެހިދާނެ. ޕޮއިންޓަކީ ވެކްސިން ނުޖަހާ ހުރުމުގެ ނުރައްކާތެރިކަން. މިކުއްޖާގެ ބެލެނިވެރިންގެ ފަރުވާކުޑަކަމުން ދިމާވި ކަމެއް ދިވެހިރައްޔިތުންގެ ހަރަދުން މިކުއްޖާއަށް މި ފަރުވާދިނީ (އާސަންދައިން).

The name is already taken The name is available. Register?

ޔާނު

13 January 2020

އެމް އެމް އާރ ވެކްސިން ގެ ސައިޑް އިފެކްޓް ގޫގްލް ސާޗް ކޮށްލަބަ.

The name is already taken The name is available. Register?

ބަލައިފިން

13 January 2020

ތި ބަލައިފިން އޭގައި ވަނީ އެ ވެކްސިން ފަހަރަކު ހާލުން ފަހަރެއްގައި ފިބްރައިލް ސީޒަރ ނުވަތަ ހުންގަދަވުމުގެ ސަބަބުން ޖެހޭ ފިޓަކާ ގުޅުމެއް ހުރުން އެކަށީގެން ވެޔޭ. އޭގައި ބުނެފަ އެބައިން ހާލުން ފަހަރަކުއޭ. އަދި އެއީ ކޮޓްރޯލު ކުރެވޭ ކަމެއް. މިފަދަ ކަމަކާ ހުރެ ގަދައަށް ފެތުރޭ ބައްޔަކަށް ޖަހަން ޖެހޭ ވެކްސިން ނުޖަހަން ހެޔޮ ވާނެތަ

The name is already taken The name is available. Register?

މާނުބޭ

13 January 2020

ޔާނު ކަލޭ ގޫގުލް ކޮއްލަބަލަ އެވެކްސިނުގެ ފައިދާ

The name is already taken The name is available. Register?

ޕެނަޑޯލް

13 January 2020

ޕެނަޑޯލް ގެ ސައިޑް އިފެކްޓް ގޫގުލް ސާޗް ކޮށްބަލަ

The name is already taken The name is available. Register?

ބޫގަލް

13 January 2020

ސައިޑް އިފެކްޓް ނުހުންނަ ބޭހެއް ކިޔާދީބަލަ ދެން.

The name is already taken The name is available. Register?

ސައިޑޭ

13 January 2020

ހިމަ ބިހީގެ އިފެކްޓްސް އެމްއެމްއާރ ގެ ސައިޑްއިފެކްޓްސް އަށް ވުރެ މާ ސަކަރާތް. ހިމަ ބިހީގެ ސައިޑް އިފެކްޓަކީ ހިމަބިހީގެ އެޕިޑެމިކެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454