ޚަބަރު / ކުދިންނަށް ޖިންސީ ގޯނާކުރުން

ފަސް އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި އުމުރުން ފަސް އަހަރުގެ ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތަށް ރޭ މީހަކު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ 11 ޖަހާކަންހާއިރު، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.

5 aharuge kujjakah jinsee goanakuri massalaeh balanee

5 aharuge kujjakah jinsee goanakuri massalaeh balanee

The most trusted news source in the Maldives

Mihaaru

ފަސް އަހަރު ކުއްޖާއަށް ޖިންސީ ގޯނާ ކުރުން---

ފަސް އަހަރު ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަން ފަށާފައި މިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން އެންމެ ދެ އަހަރު ނުވާ ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރޭޕްގެ މައްސަލައާ ގުޅިގެން އުމުރުން 62 އަހަރުގެ ކާފަ އާއި 82 އަހަރުގެ މުނިކާފަ ކަނޑުހުޅުދޫން ވަނީ މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ވެސް ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ދީފައި ވާއިރު، މައްސަލަ ތަހުގީގު ކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ.

ކުއްޖާއަށް އިހުމާލުވި މައްސަލައިގައި ބައްޕަ ވެސް ހުކުރު ދުވަހު ހައްޔަރުކޮށް އޭނާ ވެސް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

Offenders | Child Sex Offenders Registry

Offenders | Child Sex Offenders Registry

ޖިންސީ ގޯނާކުރާ މީހުންގެ ލިސްޓު

10 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 85%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެންދެރި

19 January 2020

ދިރާގު އަދި އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ބައެއް މީހުން ވީޑިޔޯތައް ބަލައިގެން މޮޔަ ވަނީ އެވެ.

The name is already taken The name is available. Register?

މުޙުއްމާ

19 January 2020

80 އިން މަތިވެފައިވާ ކުރީގެ ރައީސް އަދި ރާއްޖޭގެ ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މައުމޫނު ޢަބުދުލް ޤައްޔޫމް ފޯން ނުދެއްވައިގެން ޖަލަށް ލާން ފަޑިޔާރު އެންގީ މައްސަލަނިމެންދެން. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރީމަ 15 ދުވަހަށް މުއްދަތު ޖަހަނީ. އެހެންވީމަ އެއްމެ ފުރަތަމަ ފިޔަވަޅުއަޅަންޖެހެނީ ތި ފަޑިޔާރުންނަށް.

The name is already taken The name is available. Register?

އޭފް

19 January 2020

ހިމަބިހީގެ ނުރައްކަލަށް ވުރެ މީގެ ނުރައްކާ މިހާރު ބޮޑު. އަވަަހަށް ވެކްސިން ޖަހަން މަޖުބޫރުުރުވާ. މީގެ ހަމަ އެކަނި ވެކްސިނަކީ އަގީދާގެ ވެކްސިން. ސްކޫލަށް ވައްދާއިރު އެހެން ހުރިހާ ވެކްސިން ހަމަތޯ ބަލާ.

The name is already taken The name is available. Register?

އެކަތަ

19 January 2020

ހައްލަކީ އަދަބެއް ނޫން، ކޮންމެ ރަށެއްގައި ޖަލަކާއި ޕޮލިސް ސްޓޭޝަނެއް އެޅުމެއް ވެސް ނޫން. ޙައްލަކީ ވަރުގަދަ، ހަރުދަނާ، އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމެއް ޤާއިމްކުރުން. ރޭ ވެސް މަޖިލިސް ކޮމިޓީގައި ތަންތާނގެ ވެރިން ދެއްކި ވާހަކައިން ރުޅިން ދަތްކޮޅުވެރޭ ވަރުވޭ. ހަމަ އެއްވެސް ހިންގުންތެރިކަމެއް ނެތް ބަޔަކު އެ ތަންތާނގައި އެތިބީ. ދެން ބަޖެޓް ނެތޭ، މުވައްޒަފުން ނެތޭ ކިޔަނީ. ހުރި ބަޖެޓާއި، ވަސީލަތްތައް ބޭނުންކޮށްގެން ކުރެވޭނެ ކިތަންމެ ކަމެއް އެބަހުރި.

The name is already taken The name is available. Register?

ނޫނާ

19 January 2020

ކުޑަކުދިންނާބެހޭ މައްސަލަތައް ކުއްލިއަކަށްބޮޑުވީމަ ވަޒީރުންގެ އިސްތިއުފާއަށްގޮވީމަ އިނގޭ ދިވެހިންނަށް ޢަދިވެސް ވާނުވާނޭނގޭކަން. ވިސްނާލާ! މިކަހަލަ މައްސަލަތަކުގައި ހައްޔަރު މިކުރެވެނީ އުމުރުން ދުވަސްވެފަތިބި މީހުން. މިމީހުން މިކަހަލަކަންތައް ކުރާތާ އެތަކެއް ޒަމާނެއްވެއްޖެ. އަދަބެއް ނުލިބޭ. މިސަރުކާރު އައިފަހުން މީހުންގެ ހޭލުންތެރިކަންބޮޑުވީ. ރިޕޯރޓްކުރަން ހިތްވަރުލިބުނީ. އަދިކުރިޔަށް އިތުރުމައްސަލަތައް ފެންމަތިވާނެކަމަަށް ލަފާކުރެވޭ.

The name is already taken The name is available. Register?

ޢައިމިނަ

19 January 2020

ޢޮފީސް ގަޑިތަކާ ސްކޫލު ގަދިތަކެއްނޫން ބަދަލުކުރަންވީ އިސްލާމީ ޝަރީއަތް ގާއިމުކުރަންވީ އެނޫން ހަްލެއް ތިކަމަކު ނޯންނާނެ އަންގަވާފަ އޮތްގޮތަށް އުޅުން މިކަމުގެ ހައްލަކީ އޮފީހަށްދާތީތަ މަންމަ އާ ބައްޕަ ދަރިން ރޭޕުކުރަނީ

The name is already taken The name is available. Register?

ނނނނނނނނ

19 January 2020

ޔެސް ވަރަށް ރަނގަޅު އޯގާތެރިވީމާ ވާގޮތް މިއޮށް ފެންނަނީ ހަމަ ބެސްޓް އޯގާތެރިކަން %1ޮޮ00

The name is already taken The name is available. Register?

ޥވވވ

19 January 2020

އަހަރެމެން އޮފީހަށްދާންމަޖުބޫރުވެފައިވާ އަންހެނުން އޮފީހަށްދަނީ ބޭރު މެއިޑުންނާ ދަރިންހަވާލުކޮށްފަ. އޮފީހަށްނުޮސްވާންނެތީމަދަނީ. މެއިޑުންގެ ފަރާތުން ދަރިންނަށްގޯނާއާ ކުރިމަތިވޭ. މައިންއޮފީހަށްދާއިރު ދަރިން ބޭރުމީހުންނާހަވާލުކުރަންނުޖެހޭނެކަހަލަ ގޮތަކަށް ސްކޫލްގަޑިތަކާ އޮފީސްގަޑިތައްރާވާލަދޭނެނަމައޭހިތަށްއަރާ ސަރުކާރު ން. ރާއްޖޭގެޑެކެއަރތަކަކީވެސް ބޮޑެތިވިޔަފާރި. ކުއްޖަކަށް މަހަކު ހައެއްކަހާސްއެބަނަގާ ބައެއްތަންތަނުން. މިކަމަށްރިޕޯޓެއްލިޔެލަބަލަ

The name is already taken The name is available. Register?

ނިސްބަތް

19 January 2020

އަޅެ ފަހެ މީ މެކްސިކޯތަ. ކުށުގެ ޢަދަދު ނިސްބަތުން ދުނިޔޭގެ ރިކޯޑް ފޮަތަށް އެރޭތޯ ބަލަން ދޯ މި އަމާންކަމަށް ބުނާ ރާއްޖެ މިއުޅެނީ...ބޮޑުވަރު ދޯ..

The name is already taken The name is available. Register?

ޔޫގަންޑާ

19 January 2020

މިގައުމެކޭ އިންޑިއާއެކޭ ތަފާތެއް ނެތެއްނުން. ބަލާލި ކޮންމެ ދިމާލެއްގަ ރޭޕިސްޓެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454