އަޒްހަރުން އަރަބިއްޔާ ސްކޫލަށް ހަދިޔާކުރި ފޮތާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
19 ޖެނުއަރީ 2020 - 15:28
މިސްރުގެ އަޒްހަރު ޔުނިވާސިޓީން ރާއްޖޭގެ އަރަބިއްޔާ ސްކޫލަށް އަރަބި ފޮތްތަކެއް މިއަދު ހަދިޔާކޮށްފި އެވެ.
އެ ޔުނިވާސިޓީން މި ފަހަރު ރާއްޖެ އަށް ހަދިޔާކުރީ 6،461 ފޮތެވެ.
ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އަޒްހަރު ޔުނިވާސިޓީގެ ފަރާތުން މި އަހަރުގެ ފޮތްތައް ހަވާލު ކޮށްދެއްވީ ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު، ހުސައިން އަލް ސަހާރީ އެވެ. ފޮތްތަކާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ އެވެ.
The Government of the Arab Republic of #Egypt handed the over the Arabic Text Books donated through the Al-Azhar University to Al-Madhrasathul Arabiyyathul Islamiyya, at a ceremony held today in the Ministry of Foreign Affairs.
— Ministry of Foreign Affairs 🇲🇻 (@MoFAmv) January 19, 2020
Press Release https://t.co/vagmZGJHY6 pic.twitter.com/VtvvrYx1FU
އަޒްހަރުގެ ފޮތްތަކާ ހަވާލުވުން
މިސްރުގެ އެންމެ ދުވަސްވީ އެއް ޔުނިވާސިޓީ އަޒްހަރުން ރާއްްޖޭގެ ތައުލީމީ ދާއިރާ އަށް ވަމުން އަންނަ އެހީއަށް ފޮރިން މިނިސްޓަރު މި ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވި އެވެ. ޝާހިދު ވިދާޅުވީ، ރާއްޖެ އާއި މިސްރާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ވެފައިވާ ކަމަށާއި ދެ ގައުމުގެ އެކުވެރިކަމުގެ ގުޅުމަށް އެ އަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ.
"ރާއްޖޭގެ އިޖުތިމާއީ-އިގްތިސާދީ އަދި އިންސާނީ ވަސީލަތްތައް ކުރިއަރުވަން އަލް އަޒަހަރު ޔުނިވާސިޓީން ވަނީ ގިނަ އެހީތަކެއް ވެފައި،" ޝާހިދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި، މިސްރުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ހުސެއިން އަލް ސަހާރީ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
އަޒްހަރު ޔުނިވާސިޓީން ހިންގާ ޓީޗާ އެކްސްޗޭންޖް ޕްރޮގްރާމަށާއި ދިވެހިންނަށް ދޭ ސްކޮޮލާޝިޕް ފުރުސަތުތަކަށް މިނިސްޓަރު ވަކިން ހާއްސަކޮށް ޝުކުރު އަދާކުރެއްވި އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެންމެ ފުންނާބު އުސް އިލްމުވެރިންނަކީ އަޒްހަރު ޔުނިވާސިޓީން ދަސްވެނިވިފައިވާ ދަރިވަރުންނެވެ. ޚާއްސަކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ވެސް އެ ޔުނިވާސިޓީން ކިޔަވައި ވިދާޅުވެފައިވާ ބޭފުޅެއް ކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި މިސްރަށް ނޮން-ރެސިޑެންޓް ސަފީރެއް ކަނޑައަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ހުންނަވާ މިސްރުގެ ސަފީރު ވިދާޅުވީ، އަރަބިއްޔާ ސްކޫލަށް ދިން ފޮތްތަކަކީ ހަދިޔާއެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ފޮތްތައް ދިނީ އެއީ މިސްރުގެ ޒިންމާއެއް ކަމަށް ދެކިގެންނެވެ. ދެ ގައުމު ދެމެދުގައި އޮންނަ ގުޅުން މިހާރަށް ވުރެ ބޮޑަށް ބަދަހިކުރަން މުސްތަގްބަލުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތައްކާނުބެ
20 January 2020
ކީއްކުރަން އެހެން ފަހަރުތަކާ މިފަހަރާ އަޅާކިޔަންވީ! އެހެންފަހަރުތަކުގައި ރާއްޖެއިންގޮސް އަތަނުގައި ހުންނަ ފޮތްތައް އަމިއްލައަށް ނަގައިގެން ގެންނަނީތޯ؟ އެބަޔަކު އެފަހަރަކު ދިންވަރަކަށް ނޫންތޯ ލިބޭނީ! އެވެރިން ގޯސްވީމަ މަދުން ދީފަ މިވެރިން ރަނގަޅުވީމަ ގިނައިން ދިނީތޯ؟ މިކަހަލަ ފޮތްކޮޅަކުން އަޅާ ކިޔުމަށްވުރެ، ޢަމަލުން ނަތީޖާ ދެއްކުން ބުއްދިވެރި.
ރުޅި
20 January 2020
ސުބުޙާނަﷲ ތިޔަވަރުގެ ދޮގެއް ހަދަން ހެޔޮވެސްނުވާނެ. ތިޔަ ފޮތްތައް ހޯދުމާއި ގެނައުމުގައި ފޮރިން މިނިސްޓަރ ގެ އަދި އެމިނިސްޓްރީގެ އެއްވެސް ދައުރެއްނޯންނާނެ. އެއީ އެޑިޔުކޭޝަނުން ކުރާކަމެއް. ޝާހިދަކީ ކްރެޑިޓް ހޯދުމަށް ކޮންމެފަދަ ދޮގެއްވެސް ހަދާފާނެމީހެއް. ޢަރަބިއްޔާ އަދި ކުރީގައި މަޢުހަދުގެ ދަރިވަރުން ކިޔަވާ ޓެކްްސްޓް ފޮތްތަކަކީ އަބަދުވެސް އަޒްހަރުން ދެއްވާ ހަދިޔާއެއް.
ހަސީބް
20 January 2020
މަލްޓިބިލިޔަން ޑޮލަރުގެ ޓޫރިޒަމް އިންޑަސްޓުރީއެއް އޮންނަގައުމުވެސް މިއުޅެނީ ފޮތްކޮޅެއް ލިބިގެން އެހާ ބޮޑުކަމަކައަވެގެން ފަލަ ސުރުޙީގަ. މިއީ ލައިބުރަރީތަކެއްވެސް އެހެންޏާ ހުންނަ ކިޔުމުގެ މަގުބޫލުކަން ކުރިއަރުވާތަނެއްވެސް ނޫން. މިއީ އަނެއްކާވެސް މި ސަރުކާރޔގެ މެގާ ޕުރޮޖެކްޓެއް.
ޝޮކްތެރަޕީ
20 January 2020
އެމްޑީޕީ ސަރުކާރުގަ މޮޅިންވެސް އުޅެނީ ބޯޅަ ޖަހަން.
ޑީޑީގެ
19 January 2020
ތީ ފޮތެއް ވީމާ ތިޔަ ހަމަޔަށް ދައްކާލީ ފައިސާ ނުވަތަ ކާޕެޓްކަހަލަ ރަނގަޅު އެއްޗެއްނަމަ ތީގެ އަދަދެއް ނޭންގުނީސްކަންޔަގީން.
މޫ މޫރިތި
19 January 2020
މީ ވަރަށް ބޮޑު ކާ މިޔާ ބީއެއްތާ. ކިނގް ސަލް މާން މިސްކިތުގައި ރައީސް ޔާ މީން ބިނާ ކުރެއްވި ލައިބްރަރީ އަށް ވެދެއްވި އެހީއެއް ދެއްތޯ. ޝުކުރިއްޔާ ރައީސް ޔާ މީން. ދުރުވިސްނޭ ރައީސްގެ ސަބަބުން ރާއްޖެއަށް ލިބެ މުން ދާ އެހީތައް މި ފެންނަނީ.
ނަސީދު
19 January 2020
ސާހިދު ކެެެރެޑިޓް ނަގަން ނޫޅުއްވާ މިހާރު ޙިލޭއެހީ ލިބޭލެއް ގިނަކަމުން ރައްއިތުން މިހާރު މިއޮތީ ސަރުކާރައް ޓެކްސްދައްކަން ޖެހިފައި ، ސަރުކަރު ހިންގޭވަރުވެސް ނުވޭ ރައްއިތުން ފެލަނީ
އަހަރެން
19 January 2020
ކަޑާވާނެ ޕިންކީން, ތެދު ދޮގު އޮތީ ޖަލުގަ
ފެނފުށި
19 January 2020
1980ގެ އަހަރުތަކުން ފެށިގެން މެދު ނުކެނޑި އަޒުހަރުގެ ހިލޭފޮތްތަކުން މަޢުހަދާއި ޢަރަބިއްޔާގެ ކުދިން ކިޔަވަމުން އައި. އޮޅުވާލެވޭނީ ކިހިނެތްތޯ. ރައީސް މައުމޫނުއާއި އުސްތާޒު ރަޝީދުއާއި ޢަރަބިއްޔާގެ މުދީރުންނާއި ޑރ ނަޒީރު އާއި ޝެއިޚު ޒަކަރިއްޔާމެން ހެކިވާނެ މިކަމަށް.
ރަސްކަން
19 January 2020
އަޒުހަރުގެ އަގުވައްޓާނުލާތި. އެތަނަކީ ދުވަހަކުވެސް ރާއްޖެއަށް ފޮތް ވިއްކިތަނެއްނޫން. ވޭތުވެދިޔަ ހުރިހާދުވަހެއްގައި ފޮތްތައް ދިނީ ހިލޭ. ދެން އިރުކޮޅަކުން ބުނާނީ މިފަހަރު އެކަންޏޭ އަޒުހަރުން ހިލޭ ޓީޗަރުން ފޮނުވީ.