އެއިމްސްގެ ޑޮކްޓަރެއް ދިވެހި ޑޮކްޓަރުންނަށް ވޯކްޝޮޕް ނަގައިދެނީ -- ފޮޓޯ: އިންޑިއަން އެމްބަސީ
21 ޖެނުއަރީ 2020 - 16:26
އިންޑިއާގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް (އެއިމްސް) އިން ދިވެހި ޑޮކްޓަރުންނަށް ހާއްސަ ވޯކްޝޮޕެއް އިއްޔެ ހިންގައިފި އެވެ.
މެޑިކަލް އެޑިއުކޭޝަން ދަސްކޮށްދިނުމަށްޓަކައި ކުރިއަށް ގެންދިޔަ "އިމޭޖް ގައިޑެޑް ތެރަޕީ" ވޯކްޝޮޕް ބޭއްވީ ސްޓެލްކޯގަ އެވެ. މި ވޯކްޝޮޕް ހިންގީ އެއިމްސް އިން ރާއްޖެ އައި ޓީމަކުންނެވެ.
މިއީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުުރުފުޅުގައި ދެ ގައުމު ގުޅިގެން ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ސޮއި ކުރެއްވި އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ. މި ދާއިރާގައި ފަންނީ މީހުން ބިނާކޮށް، ތަމްރީން ކުރުމުގައި އިންޑިއާ އިން އަބަދުވެސް އަންނަނީ ރާއްޖެ އަށް އެހީވަމުން ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ ގުޅިގެން ސިއްހީ ދާއިރާ ކުރިއެރުވޭނެ ބައެއް ކަންކަން ވެސް އެއިމްސްގެ ޓީމުން ދެނެގަތެވެ. އޭގެ ތެރޭގައި މި ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީިން ކުރުމާއި ދެ ގައުމު ގުޅިގެން ދިރާސާ ހިންގުމާއި ޓެލެމެޑިސިންގެ ބޭނުން ހިފުމާއި އިތުރު ވޯކްޝޮޕްތައް ހިންގުން ހިމެނޭ ކަމަށް އިންޑިއާ އެމްބަސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚިކި
22 January 2020
ކިޑްނީ ވަގަށްނަގާ ގޮތްތަ؟
ކަލްކީ
21 January 2020
ދިވެހި ޑޮކުންނަށް ދަސްކޮށްދޭންވީ ހިނިތުންވުމާއެކު މީހުންނާ މުއާމަލާތު ކުރަން.ކިޔެވުނީމަ ތިބެނީ ވަރަށް ބޮޑާވެފަ.ހާއްސަކޮށް އަދި ފަހުން ކިޔަވައިގެން އައިސް މިތިބޭ މީހުންގެ މިގޮތް މާބޮޑު.ހީވަނީ މީ މަޖުބޫރު މާއްދާއެއް ހެން