23 ޖެނުއަރީ 2020 - 20:51
ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމިބި އަލުން ފެތުރެން ފެށި ފަހުން އެ ބަލި ޖެހިފައިވާ އިތުރު ދެ މީހަކު އަނެއްކާ ވެސް މިއަދު ފެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އެ ދެ މީހުންގެ ތެރެއިން އެކަކީ ހުޅުމާލޭ ޣާޒީ ސްކޫލްގައި ކިޔަވާ ކުއްޖެއް ކަމަށެވެ. ހިމަބިއްސަށް މިއަދު ޓެސްޓްކުރީ ނުވަ މީހުން ކަމަށާއި އޭގެ ތެރެއިން ދެމީހަކަށް އެބަލި ޖެހިފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި ޣާޒީ ސްކޫލްގައި ކިޔަވާ ކުދިންގެ ތެރެއިން 33 ކުއްޖަކު ވެކްސިން ޑޯޒް ފުރިހަމަ ނުކުރެ އެވެ.
އިތުރު ފަރާތްތަކެއް ހިމަބިއްސަށް ފޮޒިޓިވް ވުމާއި ގުޅިގެން ކުރެވޭ މަސައްކަތްތަކާ ބެހޭ ނޫސް ބަޔާން 👇 pic.twitter.com/9vB2vSH97c
— HPA Maldives (@HPA_MV) January 23, 2020
އެޗްޕީއޭގެ ބަޔާން
"ބަލިޖެހިފައިވާ ފަރާތެއް ފެނުމުން، މިހާރު ވެސް އެ ސަރަހައްދެއްގައި އަމަލު ކުރަމުންދާ ގޮތަށް މައުލޫމާތު ދިނުމުގެ އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ،" އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އެ އިދާރާ އިން ބުނިގޮތުގައި ހިމަބިއްސަށް އިއްޔެ ވެސް ނުވަ މީހަކު ޓެސްޓްކުރި އެވެ، އޭގެ ތެރެއިން އެ ޓެސްޓުތަކުން އެއްވެސް މީހަކު ޕޮޒިޓިވްއެއް ނޫނެވެ.
އިއްޔެ (22.01.2020) ހިމަބިއްސަށް ޓެސްޓު ކުރެވުނީ 9 ފަރާތެއް. އެއްވެސް ފަރާތެއް ހިމަބިއްސަށް ޕޮސިޓިވްވެފައެއް ނުވޭ.
— HPA Maldives (@HPA_MV) January 23, 2020
މިއަދު (23.01.2020) ހިމަބިއްސަށް ޓެސްޓު ކުރެވުނީ 9 ފަރާތެއް. އޭގެ ތެރެއިން 2 ފަރާތެއް ވަނީ ހިމަބިއްސަށް ޕޮސިޓިވްވެފައި. @MoHmv
ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށިކަން އިއުލާނު ކުރީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ހިމަބިހި ޖެހުނު މީހުން އުޅުނު ސަރަހައްދާއި އެ މީހުންނާ ގުޅުން އޮންނަ މީހުން ޓެސްޓްކުރަން އެ ހިސާބުން ފެށި އެވެ. މި ފަހަރު ހިމަބިހި ފެތުރެން ފެށި ފަހުން ބަލި ޖެހުނު ކަން އެނގުނު މީހުންގެ އަދަދަކީ މިހާރު ހަ އެކެވެ.
ރާއްޖޭގައި ހިމަބިހި އަލުން ފެތުރެން ފެށުމުން އެ ބަލިން ދިފާއުވާ ވެކްސިން ޖެހުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެންމެ ބޮޑަށް އިސްކަންދީގެން ވެކްސިން ދޭނީ އުމުރުން 25 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކޮށް ތިބި މީހުންނަށެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ދެލައްކަ މީހުންނަށް ދެވޭ ވަރަށް ވެކްސިން ލިބޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރެއިން 30،000 ޑޯޒް މިއަދު ވަނީ ރާއްޖެ އަށް ގެނެސްފަ އެވެ، އެއީ އިންޑިއާ ސަރުކާރުން ހަދިޔާކުރި 30،000 ޑޯޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތުވާ ކޮމިޓީ
23 January 2020
ހަމައެކަނި ގެވެށި އަނިޔާ ނޫނީ ޖިންސީ އަނިޔާކުރާ މީހުންގެ ވާހަކަ ފޮރުވާ މީހުންނައްތަ ފިޔަވަޅު އަޅަންވީ؟ ވެކްސިން ނުޖަހާ އެކަން ސިއްރުކޮށްގެން އުޅޭ މީހުންނަށްވެސް ފިޔަވަޅު އަޅާ. ކޮންފަދަ ކަމެއް މި ވެކްސިން ނުޖަހާ ބައިގަނޑަކާ ހެދިވެސް