ޚަބަރު / ޓީޗަރުންގެ ދުވަސް

ޓީޗަރުންގެ ދުވަަސް ކުލަގަދަކޮށް ފާހަގަކޮށްފި

ހިރިޔާ ސްކޫލުގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ: މާލޭގެ ހުރިހާ ސްކޫލެއްގައި މި ހަފުތާގެ އެކި ދުވަސްތަކުގައި ވަނީ ޓީޗަރުންގެ ދުވަަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައި -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފުއްޕާހަމާއި އެކި ކަހަލަ ކަރުދާސް ބޭނުންކޮށްގެން ސްކޫލުތައް މިއަދު ވަނީ ޒީނަތްތެރިކޮށްފަ އެވެ. ސަޕްރައިޒްތަކާއި ޕާޓީތައް ދެމުން އަންނައިރު ޓީޗަރުންނަށް ޗޮކުލެޓާއި މާބޮނޑި ފަތަ ތަކެތި ހަދިޔާ ކުރަމުންދިޔަ އެވެ. ހުރިހާ ޓީޗަރުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. މިއަދަކީ ޓީޗަރުންގެ ދުވަސް ކަމުގައި ވިއަސް ބައެއް ސްކޫލުތަކުގައި މިހަފުތާގެ ބައެއް ދުވަސްތައް ހާއްސަކޮށްފައިވަނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށެވެ.

އިސްކަންދަރު ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް އެ ސްކޫލުގެ ހޯލުތެރޭގައި ދަރިވަރުން ހަރަކާތްތެރިވަނީ.- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ޓީޗަރުން ބައިވެރިކޮށްގެން ފެޝަން ޝޯތަކާއި ފަން ޓްރިޕްތަކާއި ތަފާތު އެކި ގޭމްތައް ބާއްވާފައި ވެ އެވެ.

ހުޅުދޫ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ކޭކެއް ފަޅަނީ.-- ފޮޓޯ: ހުޅުދޫ ސްކޫލް

ފެހި ކުލައިގެ ހެދުމުގައި އިސްކަންދަރު ސްކޫލުގެ ޓީޗަރުން މިއަދު ސްކޫލަށް ދިޔުމުން އެ ޓީޗަރުންނަށް އެންމެ ފުރަތަމަ މަރުހަބާ ވިދާޅުވީ އެ ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދެވެ. އެއަށްފަހު ޓީޗަރުންނަށް ހާއްސަކޮށްގެން އެ ސްކޫލުގައި ހެނދުނުގެ ނާސްތާއެއް ބޭއްވި އެވެ. މުޅި އިސްކަންދަރު ސްކޫލުތެރެ ކަނޑުއަޑީގެ ތީމަށް ޒީނަތްތެރިކޮށްފައި ވަނީ އެ ސްކޫލުގެ ޕީޓީއޭ އިންނެވެ.

ޓީޗާސް ޑޭއަށް އިސްކަންދަރު ސްކޫލުގެ ގޯތިތެރެ ޒީނަތްތެރިކޮށްފައި.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ދެހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވީ ޓީޗަރުންގެ ދުވަހަކީ ވަރަށް ހާއްސަ ކަމެއް ދުވަހެއް ކަމަށާއި ޓީޗަރުންނަކީ ގައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ބައެއް ކަމަށެވެ.

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން، އެ ސްކޫލުގެ ބޭންޑާއެކު ޓީޗަރުން ސްކޫލަށް ދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ ވިދާޅުވީ ޓީޗަރުންނާއި ތައުލީމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށާއި އެމީހުންގެ ހިދުމަތްތަކަކަކީ އަގުވަޒަން ކުރެވޭ ވަރަށްވުރެ ބުރަ މަސައްކަތެއް ކަމަށެވެ.

ސައީދު ވިދާޅުވީ ޓީޗަރުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަކީ އެ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

އިސްކަންދަރު ސްކޫލު ތެރޭގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން ދަރިވަރުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ދަރިވަރުންނާއެކު ޓީޗަރުންގެ ދުވަސް ފާހަގަކުރަން ހުރި އިސްކަންދަރު ސްކޫލުގެ ޓީޗަރަކު ވެސް ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ދަރިވަރުން، އެމީހުން ދެކެ ވާ ލޯބިން ފެނުމުން ވަރަށް އުފާކުރާ ކަމަށެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި މިއަދު ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ.-- ފޮޓޯ: އެމްއެންްޔޫ

"ވަރަށް ތަފާތުކޮށް މިއަދު އިހުސާސް ކުރެވެނީ. އަޅުގަނޑުމެންްނާ މެދު ދަރިވަރުން ދެކެމުން އަންނަގޮތް މިއަދު ވަރަށް ރަނގަޅަށް އަންގައިދޭ. މިއީ ބުރަ ދާއިރާއެއް. އެކަމަކު ދަރިވަރުންގެ ފަރާތުން ލިބެމުން އަންނަ ލޯބިން މި ދާއިރާގައި މި ހުރެވެނީ،" އިސްކަންދަރު ސްކޫލުގެ ޓީޗަރަކު ބުންޏެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ރަތް ހިތްތަކެއް ހިފައިގެން ޓީޗަރުންގެ ދުވަސް ފާހަގަކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިސްކަންދަރު ސްކޫލުގައި ވެސް ދަރިވަރުން ވަނީ ޓީޗަރުންނަށް މާބޮނޑިއާ ތަފާތު އެކި ގިފްޓުތައް ޕާރުސަލްކޮށްގެން ހަދިޔާކޮށްފަ އެވެ. ޕިއްޒާ އާއި ކޭކާއި ހެދިކާ ފަދަ ކާތަކެތި ގެނެސް ކްލާސްތަކުގައި ޕާޓީ ބާއްވާފައި ވެ އެވެ.

ޓީޗަރުންގެ ދުވަހަކީ ބެލެނިވެރިންނާއި ދަރިވަރުން އެކަމަކަށް އެންމެ ތައްޔާރުވަމުން އަންނަ އެއް ދުވަހެވެ. ޓީޗަރުންނަށް ހަދިޔާ ގަންނަން މާލޭގެ މާ ފިހާރަތަކާއި ކަރުދާސް ވިއްކާ ބައެއް ފިހާރަތައް ފުރި ބާރުވެފައިވާއިރު ބައެއް ފިހާރަތަކުން މާ ފަދަ ތަކެތި ވަނީ ހުސް ވެސް ވެފަ އެވެ.

އަމީނިއްޔާ ސްކޫލު ޓީޗަރުންތަކެއް އިއްޔެ ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ހުސެން ޝަޔާހު/ މިހާރު

ހިރިޔާ ސްކޫލުގެ ޓީޗަރުން އެ ސްކޫލަށް މިއަދު ދިޔައީ، ސްކޫލުގެ ބޭންޑު ފަހަތުންނެވެ. ސްކޫލުތެރެ ޒީނަތްތެރިކޮށްފައި ވަނީ ރަތް ހިތުންނެވެ.

ހިރިޔާ ސްކޫލުގެ ދަރިވަރަކު ވެސް ބުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ އެ މީހުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި ދެކޭ ކަމަށެވެ.

އިސްކަންދަރު ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޓީޗަރުންނާއި ސްކޫލުގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: ހުސެއިން ޝަޔާހު/ މިހާރު

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން ބޭއްވި ހާއްސަ އެސެމްބްލީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރަން އެ ސްކޫލުގެ ޓީޗަރުން ސްކޫލަށް ދަނީ .-- ފޮޓޯ: ނިޝާން އަލީ\ މިހާރު

ހިރިޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް، އެ ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ޓީޗަރުންނަށް ދަރިވަރުން ތައްޔާރުކުރި ކާޑެއް.-- ފޮޓޯ: ނިޝާން އަލީ މިހާރު

1 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 5%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަގޭގައުމު

05 October 2016

ޓީޗަރުންގެ ދުވަހަކީ ސްކޫލް ޒީނަތްތެރިކޮށްފަ، ޓީޗަރުންނަށް ހަދިޔާއެއްދީފަ، ކޭކެއްފަޅާލާފަ ނިންމާނުލައި، ދަރިވަރުންނަށް އަދަބު ދަސްކޮށްދީ ޗީޗަރުންނަކީ ކިހާމުހިއްމު ބައެއްކަން ބުނެދީ ޓީޗަރުންނަށް އިހްތިރާމް ކުރަންދަސްކޮށްދޭންޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454