29 ޖެނުއަރީ 2020 - 00:05
ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން މިރެއާ ހަމައަށް 2،000 އަށް ވުރެ ގިނަ ބުކިން ކެންސަލް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.
ވުހާން ސިޓީގައި ފެތުރެމުންދާ ވައިރަހާ ގުޅިގެން ރާއްޖެ އިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ވައިރަހާ ގުޅިގެން މި ފަހުން 2،083 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 1،466 ޓޫރިސްޓުންނަކީ ޗައިނާ މީހުންނަށް ވާއިރު، އެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ ކޮރޯނާ ވައިރަހުގައި ރާއްޖެ އޮތް ހާލަތާ ގުޅިގެން އެއްވެސް ކަމެއް ސަރުކާރުން ސިއްރު ނުކުރާނެ ކަމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފައާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވި ގޮތުގައި، ވައިރަހާ ގުޅިގެން ޓޫރިޒަމް ދާއިރާ އިން ކުރަންޖެހޭ މަސައްކަތްތަކަށް ވަކިން ޓާސްކް ފޯހެއް އެކުލަވާލައި ހާލަތު ވަރަށް ގާތުން އަންނަނީ މޮނީޓާ ކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކޮށްފާނެ އަސަރުތައް ދެނެގަނެ، އިކޮނޮމިކް ކައުންސިލާ ވެސް ހިއްސާ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން. މިއަދު އޮންނަ ހާލަތެއް ނޫން މާދަމާ އޮންނާނީ. ނަމަވެސް އެ ހާލަތަކަށް ސަރުކާރު އޮތީ ތައްޔާރު ވެފައި. ނަގަން ޖެހޭ ޑިސިޝަނެއް ކަމާބެހޭ އިދާރާތަކާ އެކު ނަގާނެ،" ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ އިރުޝާދާ އެއްގޮތަށް ޓޫރިސްޓުން ސްކްރީންކޮށް ރިސޯޓްތަކާއި ގެސްޓު ހައުސްތަކަށް ވެސް އެކަމުގެ މައުލޫމާތުތައް ހިއްސާ ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ތަންތަނުން ބަލި މީހަކު ފެނިއްޖެ ނަމަ، އަމަލު ކުރާނެ އުސޫލުތައް ކަނޑައަޅައި މިހާރު އަންގާފައިވާނެ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން. މިއަދު އޮންނަ ހާލަތެއް ނޫން މާދަމާ އޮންނާނީ. ނަމަވެސް އެ ހާލަތަކަށް ސަރުކާރު އޮތީ ތައްޔާރު ވެފައި. ނަގަން ޖެހޭ ޑިސިޝަނެއް ކަމާބެހޭ އިދާރާތަކާ އެކު ނަގާނެ،" އަލީ ވަހީދު
ސަރުކާރުން ވަނީ، ކޮރޯނާ ވައިރަހާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ދީފަ އެވެ.
އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ އެއާޕޯޓުތަކުގައި ކޮރޯނާވައިރަހަށް ސްކްރީން ކުރަމުން އަންނައިރު މިހާތަނަށް އެކަމަށް ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަމީން (ކ) އާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ތާމަލް ކެމެރާ ބޭނުންކޮށްގެން މިވަގުތު ސްކްރީން ކުރަމުން އަންނަނީ ވެލާނާ އިންޓަނޭޝަން އެއާޕޯޓް އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި 24 ތާމަލް ކެމެރާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ހަރުކޮށްގެން ސްކްރީން ކުރާ ކެމެރާ އަދި އަތުން ހިފައިގެން ގެންގުޅޭ ކެމެރާ ހިމެނެ އެވެ.
ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 106 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 4500 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެ އެވެ. ޗައިނާ އިން މިހާރު ވަނީ އެ ވައިރަސް ފެތުރޭ ސަރަހައްދުތައް ކަރަންޓީން ކޮށްފަ އެވެ. އެހެންވެ އެ ސަރަހައްދުތަކުގެ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއި ކަލޯ
29 January 2020
އެތާތިބި ދި ވެހިން ޓެސްޓް ނޮކޮށް ގެންނަނީތަ. ޟިދަނީ މާސްކު ގަންނަން ގޭބަންދުވެގެން އޮންނަން
ތެދުވެރިޔާ
29 January 2020
ޗައިނާ އަކީ ރާއްޖެއަ ވަރައް މުހިމްމު ޤައުމެ. ނަޝީދު އިންޑިޔާ ކައިރީ އެދުނު ރާއްޖެއައް އަރަން. ޗައިނާގެ އިންޒާރާ އެކު އިންޑިޔާ ބިރުގަތީ.
މަންޑޭލާ
29 January 2020
ރާއްޖޭގެ އިގްތިސޯދު ދަނީ ފަހަތަ. މިސަރުކާރަކަ ނޭގެ ތަރައްގީ ރާއްޖެއަ ގެނެސްދޭން.
ލޯބި
29 January 2020
އަދިވެސް މޯލްޑިވިއަންގެ ދަތުރުތައް ހަމަ ޝެޑިއުލްކޮއްފައި އޮތީ ޗައިނާއަށް. އެ ބޯޓުތަކުގައިވެސް ތިބެނީ ދިވެހި ކުރޫއިންނޭ! އެމީހުންގެ ރައްކާތެރިކަންކޮބާ ޗައިނާއަށް ފޮނުވާއިރު. ބުކިން ކެންސަލްނުވާ މީހުން ހަމަ އަންނަންވީ؟؟
އަސްލަމު
29 January 2020
ޗައިނާ މީހުން އެތެރެވުން ނުހުއްޓުވި ދިގުލާތީ އަލީ ވަހީދުގެ އިސްތިއުފާއަށް ގޮވާލަން. އަދި ޗައިނާ މީހުން އެތެރެވުން ވަގުތުން ހުއްޓުވާލަން ސަރުކާރަށް ގޮވާލަން. މިތަނުން ބަލި ޖެހިފައި ހުރި މީހަކު ފެނިއްޖެޔާ ކުރެވޭނެ އެއް ކަމެއްވެސް ނޯންނާނެ. އިހަކަށް ދުވަހު ކުޑަ ކުއްޖަކަށް ވީގޮތުން މުއައްސަސާތައް އޮތް ހާލަތު ވަރަށް ރަނގަޅަށް ތަސައްވުރުކުރެވޭ.
ޝޮކްތެރަޕީ
29 January 2020
އެމްޑީޕީން ވަނީ ރޔާމިންގެ ވެރިކަމުގަ ރާއްޖެއަ ޓުއަރިސްޓުން ނައުމަ ކެޑިނޭޅި މަސައްކައްތަކެށް ކޮއްފަ. އެމްޑީޕީ އިސްވެރިންނަކީ ރާއްޖެއަ ދުވަހަކުވެސް ހެވެއް ނޭދޭނެ ބައެއް.
1234
29 January 2020
ރއިސް ނަޝީދު ބޭނުންވިގޮތް މިއޮތީ ވެފަ.. ޗައިނާ ޓޫރިސްޓުން އައުން ހުއްޓުނީމަ ގައުމުގެ އިގްތިސާދަށް އަރާ ލޮޅުން ވަރަށް ރީއްޗައް މިފަހަރު ފެންނާނެ.. އިންޑިޔާއިން މިގައުމަށް ޗައިނާއާ ގާތްކުރާ މިންވަރަށްވެސް ޓޫރިސްޓުން ނާންނާނެ ކުރިއަށް އޮތް 50 އަހަރުވެސް.. ޓޫރިސްޓް ވިސާގަ އަންނަ ގިނަ އިންޑިޔާމީހުންނަކީ ރިސޯޓްތކަށް ދަ މީހުންނެއް ނޫން. އެއީ ވަޒީފާ ހޯދަން އަންނަ އޮން އެރައިވަލް މީހުންގެ އަދަދު
މުނި
29 January 2020
އަދި ކަސްޓަމްސް ޑިއުޓީ ކޮބާތޯ? އެވެސް ރައްޔިތު މީހާ އަތުން ނަގާ އެއްޗެއް. ވިޔަފާރިވެރިޔާ މުދާ ވިއްކާނީ ކަސްޓަމް ޑިއުޓީ އަށް ނެގި ފައިސާވެސް ލައިގެން
ރަންދެލި
29 January 2020
'ސަރުކާރަށް އެންމެ މުހިއްމު ވާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން. އިގުތިސާދު އަންނާނީ އޭގެ ފަހުން' - މިވާހަކަ ޤަބޫލު ކުރާ ދިވެއްސަކު އުޅޭހެނެއް ހިއެއް ނުވޭ!!!
އދ
29 January 2020
ކޮންގޮތަކަށްބަލާފަ ސްޓެޓިސްޓިކްސްތިހާމަކުރީ. ފަރުވާކުޑަކަމުން ބަންގާޅިންގެ އަދަދުވެސް ނޭގުނުބައެއް.