ޚަބަރު / ކޮވިޑް-19

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ

ހެލްތު މިނިސްޓަރު އަމީން (މ) މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ:މިހާރު

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިރޭ ބޭއްވި ކުއްލި ނިއުސް ކޮންފަރެންސެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއުލާން ކުރެއްވި ގޮތުގައި، ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މާލެ ކައިރީގައި އޮންނަ ފުނަދޫގައި އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އަމީން ވިދާޅުވީ، ޗައިނާގެ ޒިއަމެން ސިޓީން ރޭ ރާއްޖެ އައި އެ ޒުވާނާ މިދިޔަ 14 ދުވަހުގެ ތެރޭގައި ދަތުރުކުރި ތަންތަނަށް ބަލައި، ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މިންގަނޑުތަކަށް ފެތޭ ކަމަށެވެ. އެހެންވެ، ޓެސްޓުތައް ހަދައި، ފުނަދޫގައި ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެ ފިރިހެން މީހާ، ޗައިނާގެ މީޓް މާރުކޭޓަކަށް ޒިޔާރަތް ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެ މީހާ އަށް ޖެހިފައި ވަނީ ކޮރޯނާވައިރަސްކަން ކަށަވަރު ކުރުމަށް ސާމްޕަލް ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގެ ތަފްސީލުތައް ލިބުމުން ހިއްސާ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޮރޯނާވައިރަސް ހުރިތޯ ބެލުމުގެ ޓެސްޓް ހެދޭލަށް ރާއްޖޭގައި އަދިއެއް ނެތެވެ. އެހެންވެ، ޓެސްޓްތައް ހަދަން ފޮނުވަން ޖެހެނީ އިންޑިއާގެ ޕޫނޭ އަށެވެ. އަދި އިންޑިއާ އިން 48 ގަޑިއިރުގެ ތެރޭގައި ޓެސްޓުތައް ހެދޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ އަދި އިތުރަށް ބަލައި މޮނީޓާ ކުރުމަށް ކަނޑައަޅާފައިވާ މިންގަނޑުތައް:

1- އަލާމާތްތައް ފެނުމުގެ 14 ދުވަސްކުރިން ޗައިނާގެ ވޫހާން އަދި ހުބޭ ޕްރޮވިންސަށް ދަތުރުކުރުން.

2- އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ޗައިނާގެ އެއްވެސް ސަރަހައްދެއްގައި ހުންނަ މީޓް މާކެޓަކަށް ގޮސްފައިވުން.

3- ކޮރޯނާވައިރަސްގެ އަލާމާތްތައް ކަމުގައިވާ ހުން އައުމާއި ކެއްސުމާއި ކަރުގައި ރިއްސުން އަދި ނޭވާ ކުރުވެ، ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް ހުރުން.

4- ބަލިމީހާއަކީ އެ ބަލި އުޅޭ ސަރަހައްދެއްގެ ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްދޭ ފަރާތަކަށްވުން.

5- އަލާމާތްތައް ފެނުމުގެ 14 ދުވަސް ކުރިން ބަލި ޖެހިފައިވާކަމަށް ބެލެވޭ މީހަކާ އެކުގައި އުޅެފައިވުން ނުވަތަ އެފަދަ ބަލި މީހުން ތިބޭ ތަނަކަށް ޒިރާރަތް ކޮށްފައިވުން.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބެލިއިރު އެ މީހާގެ ގައިގައި ހުމެއް ނެތެވެ. އަދޮ އޭނާ ގެ އަށް ދިއުމަށް ފަހު، ރޯގާ ހުރި ކަމަށް ފާހަގަކުރެވިގެން، ހޮސްޕިޓަލަށް ގޮސް، ޓެސްޓު ކުރިއިރު ވެސް ހުމުގެ އަލާމާތެއް ނެތް ކަމަށް އަމީން ވިދާޅުވި އެވެ. އެ އަށް ފަހު ސްކްރީނިންގެ ތެރޭގައި، އޭނާ ދަތުރުކޮށްފައި ހުރި ތަންތަނުގެ މައުލޫމާތު ހޯދުމުން އެނގުނީ، މިދިޔަ 14 ދުވަސް ތެރޭގައި އެފަދަ މާރުކޭޓަކަށް ގޮސްފައިވާ ކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނުމާ ގުޅިގެން ހެލްތު މިނިސްޓްރީން ނެރުނު ބަޔާން

ޝައްކު ކުރެވޭ ގިންތިތަކުގެ ތެރެއިން އެއްވެސް ކަމެއް ފާހަގަކުރެވިފައިވާ ނަމަ އެމީހުން އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓައިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޑަބްލިއުއެޗްއޯ މެދުވެރިކޮށް މި ސާމްޕަލް ފޮނުވުމުގެ މަސައްކަތް ފެށިފައި މި ވަނީ. ސާމްޕަލް ފޮނުވައިގެން ވީހާ ވެސް އަވަހަކަށް އަޅުގަނޑުމެން ނަތީޖާ ހޯދާނަން،" އަމީން ވިދާޅުވި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިފައިވާ ކަން ހެލްތު މިނިސްޓަރު އަމީން އިއުލާން ކުރެއްވުން

މިނިސްޓަރު ވިދާޅުވީ، މި ހާލަތުގައި ވެސް އަމަލު ކުރަމުން އަންނަނީ ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަޅާނެ ކަމަށެވެ.

އައިޖީއެމްއެޗްގެ ޑރ. އަހުމަދު ޒިއާން، މިރޭގެ ނިއުސް ބްރީފިންގައި ވިދާޅުވީ ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މިންގަނޑުތަކަށް ފެތޭތީ އެ ހޮސްޕިޓަލްގެ އެލާޓަށް އެކަން އައިސްގެން، ޑޮކްޓަރުންގެ ޓީމެއް އެކަން ބެލި ކަމަށެވެ. ބެލިއިރު އެ މީހާގެ ގައިގައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި ކަމަށާއި ޓެސްޓުތައް ހެދިއިރު އެހެން އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ. ހެދި އެކްސްރޭ ވެސް އައީ ނޯމަލްކޮށް ކަމަށް ވިދާޅުވި އެވެ.

"އޭނާ އަކީ ހަމައެކަނި އަރިދަފުސް ރޯގާ ހުރި މީހެއް. އޭނާގެ ކޮންޑިޝަން ސީރިއަސްއެއް ނޫން. އެހެން ހާލަތެއްގައި ނަމަ އޭނާ އަކީ ހަމަ ގޭގައި ހުރެގެން ފަރުވާ ދެވޭނެ މީހެއް،" ޒިއާން ވިދާޅުވި އެވެ.

ޒިއާން ވިދާޅުވި ގޮތުގައި، އެ މީހާ އެއާޕޯޓުން ގެއަށް ދިޔަ ގޮތަށް ކޮޓަރިން ބޭރަށް ނުކުމެފައެއް ނުވެ އެވެ. އަދި ބޭރުން އެހެން މީހަކާ ކޮންޓެކްޓްވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 7،711 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

37 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 88%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެންޑޭ

31 January 2020

ދެން ތިންގަޑިންތިންގަޑިން ޕެނެޑޯލް ދީދީ ތިބޭ. ﷲ އާ ވަކީލް

The name is already taken The name is available. Register?

‫ދެރަ

31 January 2020

އެފްޑީ175 ޗައިނާގެ ޑޮން މުއެންގް އިން ރާއްޖެއައް އެޖެއްސީ 11:41 (2020-01-31) ގަ، މިކަން ހުއްޓުވާނީ ކާކު؟ ‫

The name is already taken The name is available. Register?

ބުޅާ

31 January 2020

މި ގައުމުގަ ތިބި ޗައިނާ ފަތުރުވެރިން ފޮނުވަންވީ ކަނޑު ބޯޓު ގަ ތަ..

The name is already taken The name is available. Register?

ސައްތާރު

31 January 2020

ޑޮން މުއާންގް އަކީ ތައިލެންޑްގެ ޑިސްޓްރިކްޓެއް

The name is already taken The name is available. Register?

ސައްތާރު

31 January 2020

ޑޮން މުއަންގ އަކީ ތައިލެންޑް

The name is already taken The name is available. Register?

މީދާ

31 January 2020

5މިލިޔަން މީހުން ވޫހާން އިން ބޭރުވެއްޖެ. މާނަޔަކީ ދުނިޔެ ވަނީ ނުރަައްކަލެއް ތެރޭގައޭ. ދިވެހިން އަބަދުވެސް ހޯދާނީ ނުވާ ކަންތައްތަައް. ފުރަތަމަ ބުނީ ސަރުކާރުން ކަންތައް ސިއްރު ކުރަނީޔޭ. މިހާރު ހާމަ ކުރީމަ ބުނަނީ ފިޔަވަޅު ނޭޅިޔޭ. އަހަރުމެންގެ އިގްތިސާދު ބިނާ ވަނީ ޓޫރިޒަމްގެ މައްޗަށް. މިއީ ހަމައެކަނި އަމީން ބޯ މަތީގަ އޮތް ކަމެއް ނޫން. ވަޒީރުން ތިިބެނީ ރައީސްއަށް ބުނެދޭން. ގައުމުގެ ނިންމުން ނިންމާނީ ރައީސް. އަމީން ތިކުރާ ކަންތައްތައް ބަލިގަންނަން. ?

The name is already taken The name is available. Register?

ބުޅާ

31 January 2020

ބަލަ ދިވެއްސަކު ޗައިނާ ގޮއްސަ އައިސް ގޭގަ ފިލާ އެ އޮތީ ނުބުނެ. ފަރުދީ ޒިންމާ ކޮބާތަ. ކީއްވެތަ އައަަުމުގެ ކުރިން ގުޅާފަ ނުބުނީ. ބުނި ނަމަ މި ހުރިހާ ސަކަރާތެއް ގަންނާކަށް ނުޖެހުނީހެއްނު. އެގި ހުރެ ބަޔަކު ނުރައްކަލަށް ހުށަހެޅުމެއް ނޫން ތަ އެޢީ.

The name is already taken The name is available. Register?

ރޫހީ

31 January 2020

އަސްލުވެސް. ނޯންނާނެ އެއްވެސް ޒިންމާއެއް މިމީހުންގެ ރަނގަޅަށް ވިއްޔާ އޭނަ އޮންނާނީ މީހުން އެއްމެ ގިނަ ތަންތަނަށްވެސް ގޮއްސަ މި މާލޭގަ. އަމީންވެސް އެބުނީނު އޭނަ އައި ފްލައިޓް ޖެއްސީ ސީދާ އޭނަ ކޮޓަރި ތެރެއަށޭ. އެހެންވީމަ މީހަކާ ކޮންޓެކްޓެއްވެސް ނުވާނެތާ

The name is already taken The name is available. Register?

ހަކީމް

31 January 2020

ބެލެވޭގޮތުގައި ޗައިނާ ފްލައިޓްތަށް ހުއްޓުވީކަމަށް ބުނީ މިކޭސް ފެންމަތިވުމުން. އޭރުވެސް ކިޔަމުން އައިން ލަސްނުކުރާށޭ. ފްލައިޓްތަށް ހަޤީގަތުގައި ހުއްޓުވީކީވެސް ނޫން، ގިނަ އޮޕޮރޭޓަރުން ޓްރެފިކް މަދުވެގެން އަމިއްލަ އަށް ހުއްޓާލީ - އަވަރުވަނެދެން މިސަރުކާރުން ލިބިދާނެ އިތުރު އެންމެ ޑޮަލަރަކާ ހެދި މަޑުކުރީ. މިހާރު މިވީގޮތުން މިކޭސް ޕޮސިޓިވް ވެއްޖެ ނަމަ ޔޫރަޕުން އަދި އެހެން ދިމަދިމާލުން އަންނަ ފަތުރުވެރިންވެސް ރާއްޖެ އައުން މަދުވާނެ.

The name is already taken The name is available. Register?

ހުވާ

31 January 2020

ހެޔޮނުވާނެ ރައީސް އިބޫ މި މިނިސްޓަރު ދިވެހިބަހުގެ އެކަޑަމީއަށް ލާދީ.

The name is already taken The name is available. Register?

ދޮންހަސަނު

31 January 2020

މޮޅު ވާހަކަ ދެއްކިދާނެ. އެކަމު ތިއީ އެއާރޕޯރޓް ސްކްރީނިންގެ ޓޯޓަލް ފެއިލިއަރއެއް. ޓްރެވަލް ހިސްޓްރީ ބަލާ ރޯގައި ހުރި އިރު މީހާ ދޫވާންވީ ކީއްވެތޯ. އަދި ހުންނެތަސް. ޓްރެވަލް ހިސްޓްރީ ބަލާ ހެލްތް ކާރޑް ނުނެގެނީ ކީއްވެތޯ. ހެލްތް ސްކްރީނިން ވަން ބައި ވަން ނުހެދެނީ ކީއްވެތޯ. އިމިގްރޭޝަން ކައުންޓަރ ތަކުގެ ކުރީގައި މޭޒް ޖަހާ ހެލްތް ސްކްރީން ކުރެވިގެން އިމިގްރޭޝަން އަށްވެސް އާދެވެންވާނީ. މީ "ސާސް" ދުވަސް ވަރުވެސް ކަންކުރިގޮތް.

The name is already taken The name is available. Register?

1234

31 January 2020

އޭނާގެ ގައިން ވައިރަސް ނެތްކަން ޓެސްޓްތަކުން ޔަގީންވޭތޯ ހުރިހާ އެންމެން ދުއާކުރުމަށް އެދެން!

The name is already taken The name is available. Register?

ނސބސބސ

31 January 2020

ޓާރމިނަލް ތެރެއިން ހުން ހުރިތޯ އެކަނިއެއް ނޫނެ ބަލަންވީ.. އެމީހުން އުޅުނު ތަންތަން ވެސް ބަލަންވީ.. މިގޮތަށް ކަންތައް ކުރިނަމަ މިކަހަލަ ކަންކަން އެވޮއިޑް ކުރެވޭނެ. ހަމަ ރަނގަޅަށް ނުބެލެނީ..

The name is already taken The name is available. Register?

ާއުނިމާ

31 January 2020

މިއީ ސަރުކާރުގެ ދޯހަޅިކަމުގެ ސަބަބުން ވީކަމެއް! ހުރިހާ ދޮރުތަކެއް ބަންދުކުރެވިފަ ހުންނަންޖެހޭނީ މިހާރު! މާލެއަކީ ބައިބޯ މީހުންގިނަ ވަސީލަތްމަދު ތަނެއް! ތޯއޫނު ބަލި ފަތުރުނީމާ ކަންތައް ކުރަންވީގޮތް އެގޭއިރު އެގޮތައް އަމަލުނުކުރެވުނީ މިސަރުކާރަށް

The name is already taken The name is available. Register?

ޖޯޖް

31 January 2020

ކަލެ ތިހިޜީ މޮޔަ ވެފަ ސަރުކާރަކާހުރެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454