ޚަބަރު / މާރިޔާ އަހުމަދު ދީދީ، ޑިފެންސް މިނިސްޓަރު

ކޮރޯނާ އަށް ޝައްކު ކުރެވޭ މީހާ ކަރަންޓީން ކުރުމުގައި ސިފައިން

ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން އޭނާ އެކަހެރި ކުރުން-- ފޮޓޯ: މިނިސްޓަރު މާރިޔާ ދީދީ ޓްވިޓާ

ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު އިއްޔެ ފެނުމުން އޭނާ ކަރަންޓީނު ކުރުމަށް ސިފައިން ކުރި މަސައްކަތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ތައުރީފް ކުރައްވައިފި އެވެ.

ކޮރޯނާވައިރަހަށް ޝައްކު ކުރެވިގެން، މާލެ ކައިރީގައި އޮންނަ ފުނަދޫގައި އެކަހެރި ކޮށްގެން ފަރުވާ ދެމުން އަންނަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

މިނިސްޓަރު މާރިޔާ ޓްވީޓް ކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޒުވާނާ ކަރަންޓީނު ކުރުމަށް ފުނަދު އަށް ގެންދިޔައީ ސީއެމްބިއުލާންސްގަ އެވެ. ޝައްކު ކުރެވޭ މީހާ މާސްކެއް އަޅައި އަނގަމަތި ނިވާކޮށްގެން ހުރިއިރު ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި މީހުން ތިބީ ނިވާވުމަށް ހާއްސަ ހެދުމެއް ލައި މާސްކް އަޅައިގެންނެވެ.

މާރިޔާގެ ޓްވީޓްގައި ވިދާޅުވީ ކަރަންޓީނު ކުރުމުގައި ހަރަކާތްތެރިވި ސިފައިންނަށް ހެޔޮ ދުއާކުރައްވާ ކަމަށެވެ. އެގޮތުން އެ ސިފައިންގެ އާއިލާތަކަށް ރައްކާތެރިކަން ދެއްވުމަށާއި ބަލި މީހާ އަށް އަވަސް ޝިފާއެއް ދެއްވުމަށް ވެސް މާރިޔާ ދުއާ ކުރެއްވި އެވެ.

މާރިޔާ ކުރެއްވި ޓްވީޓް

ޝައްކު ކުރެވޭ މީހާ ގިރިފުއްޓަށް ގެންދިއުމަށް ގޮވާލައި މީހަކު ކުރި ޓްވީޓަކަށް ރައްދު ދެއްވައި މިނިސްޓަރު ވިދާޅުވީ ޖެއްސުމަށް ވާހަކަ ނުދެއްކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސިފައިންގެ ލަސްކަރަށް ބޭނުންވަނީ ކެރޭ ގާބިލް މީހުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ބައްޔެއް ވުމަކީ ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލްގެ ޓްވީޓްގައި ވިދާޅުވީ ގައުމަށް ޖެހޭ ކޮންމެ ކަމެއްގައި އެހީތެރިވުމަށް އެންމެ އިސް ސަފުގައި ސިފައިން ތިބޭނެ ކަމަށެވެ. ސިފައިންނަށް އެންމެ މުހިންމު ވާނީ ގައުމާ ރައްޔިތުންގެ ސަލާމަތްކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝާމާލް ކުރެއްވި ޓްވީޓް---

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ މީހާގެ ސާމްޕަލް މިއަދު އިންޑިއާ އަށް ފޮނުވުމަށް ވަނީ ނިންމާފަ އެވެ. އެ ޒުވާނާގެ އަރިދަފުސް ރޯގާގެ އަލާމާތް ހުރުން ފިޔަވާ އިތުރު ސިއްހީ މައްސަލައެއް ނެތް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.

ކޮރޯނާވައިރަސް ޖެހިގެން މިހާތަނަށް 170 މީހުން މަރުވެފައިވާއިރު އެ ބައްޔަށް 7،711 މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ.

50 ކޮމެންޓް, 101 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 36%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިި

01 February 2020

މިގައުމަށް ކޮރޯނާ ވައިރަސް ނައުން ވާނީ އެންމެ ބޮޑު އަޖައިބުތަކުގެ ތެރެއިން.

The name is already taken The name is available. Register?

ފަރުހީ

01 February 2020

ޝުކުރިއްޔާ ސިފައިންގެ ބޭކަލުންނާ ބޭކަނބަލުންނަށް!

The name is already taken The name is available. Register?

ރިތި މޫސަ

01 February 2020

އަދި ޔަގީނެއްނުވޭ ހަމައެކަނި ޝައްކުވީ

The name is already taken The name is available. Register?

ޓުޓް

31 January 2020

ކޮބާތޯ ތައްޔަރުވެވިފާ ތިހިރީ ފަޑުއްކަ ލައްވާފަ ... އެވެރިންވެސް އެއީ ދިވެހިންނޭ މިގައުމުގެ ރައްޔިތުންނޭ ރައްކާތެރިކަން ބޭނުންވާނެޔޭ

The name is already taken The name is available. Register?

ބޯހަލާކު -

31 January 2020

ހާއްސަ ހެދުމެކޭ؟ ތީ ސާޖަރީ ހަދާއިރު އޯޓީ ގަ ލާ ގޯން، ކެޕް އެންޑް މާސްކް. ހާއްސަ ސޫޓް ނެތިއްޔާ ކުޑަމިނުން އެން 95 މާސްކް އަޅާލުން ރަގަޅު

The name is already taken The name is available. Register?

ހުކޫމަތުލް

31 January 2020

ހެޒްމަތު ސޫޓެއްހާ ހިސާބުވެސް އަޅެ މިގައުމުގަ ނެތީތަ

The name is already taken The name is available. Register?

————

31 January 2020

މެޑިކަލް ސިޓުއޭޝަން ބާއްވާ. މނޑފ ގެ އަސްލު މަސައްކަތް ފަޔަރ ފައިޓިން އެންޑް ރެސްކިއުގަ ހެޒްމަތު ގެންގުޅެންޖެހޭ އަސްލު. ނުދެކެން ދުވަހަކުވެސް ލައިގެން އުޅެނިކޮށް.

The name is already taken The name is available. Register?

އަށްގޮދާ

31 January 2020

ބަަލަ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް މިކަހަލަ ހުރިހާ ސިޓުއެޝަންތަކުގަ ނެެރޭނީ ސިފައިން. އެއީ އެކަން އޮންނަގޮތް.

The name is already taken The name is available. Register?

‫ކައްލަބޯ

31 January 2020

‫މިސޮރު ކީއްތަ ވާނީ ގައުމީހުންނާ ދޭތެރޭ ވިސްނާފަ އެހުރިތަނުގަ މަޑުކޮށްލިނަމަ

The name is already taken The name is available. Register?

އިބްރާހިމް ހަސަން

31 January 2020

ކޮބާ އިންޑިޔާގެ ފްލައިޓްތައް.އެ ގައުމުގެ ކެރެލާއިން ވެސް ވައިރަސް ފެނިއްޖެ ނޫންހެއްޔެވެ. ކެރެލާއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތުން ހުއްޓާލާށެވެ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

31 January 2020

ސްރީލަންކާއިން ރާއްޖެއަށް ކުރާ ހުރިހާ ދަތުރެއްވެސް ހުއްޓާލަންވީ، ސްރީލަންކާގަވެސް އެކަކު އެބަހުރި ވައިރަސްއަށް ޕޮޒިޓިވް ވެގެން އެކަހެރިކޮށް ތަނެއްގަ ބަހައްޓާފަ، މިވާހަކަވެސް ދައްކަބަލަ.....

The name is already taken The name is available. Register?

އިބްރާހިމް ޒާހިރު

31 January 2020

މީގެ ކުރިން ލަޝްކަރުތަކަށް ނުގޮވާ ފަތިވަރެއް ނެތެވެ.މިއަދު ތިމާމެން ތަންތަނުގެ ވެރިންނަށް ތިބުމުން މުއައްސަސާތައް އެއީ ޖަވާހިރު ތަކަކަށް ވެއްޖެއެވެ.އަދި ކިއެއްތަ.އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ރައްކާތެރިކަން ދެމުންދާއިރު ލޮލަށް ނުފެންްނަ ޖަރާސީމަކުން ރައްކާވުމަށް އެދެންވީ ފަރާތަކީ ﷲ ތަޢާލާކަން އެގިއްޖެތާއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454