ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ދަރިވަރުންތަކަކާ އެކު.
03 ފެބުރުއަރީ 2020 - 19:54
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކުރިން ބޭނުންކުރެއްވި ކޮމްޕިއުޓަރުތަކެއް މަޖިލީހުގެ އިދާރާ އިން އައްޑޫ ހިތަދޫ ސްކޫލަށް ހަދިޔާކޮށްފި އެވެެ.
ހިތަދޫ ސްކޫލުން މިއަދު ބުނީ، މަޖިލީހުގެ އިދާރާގައި އެދުނު އެދުމަކާ ގުޅިގެން ސްކޫލަށް ހަދިޔާކޮށްފައި ވަނީ 60 ކޮމްޕިއުޓަރު ކަމަށެވެ. މިއީ، މަޖިލީހުގެ އިދާރަގައި ކުރިން މެމްބަރުން ބޭނުން ކުރައްވަމުން ގެންދެވި ސިސްޓަމްތައް، ޓެބްލެޓަށް ބަދަލުކުރުމާ ގުޅިގެން ބޭނުން ނުކުރައްވައި ބަހައްޓާފައި ހުރި ކޮމްޕިއުޓަރު ތަކެވެ.
ހިތަދޫ ސްކޫލަށް ކޮމްޕިއިޓަރު ހަދިޔާކުރަން ނިންމުމާ ގުޅިގެން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދުދީދީ އަށް ގުޅުއްވައި ސްކޫލާ ބެހޭ ގޮތުން ބައެއް މައުލޫމާތު ވެސް ސާފުކުރައްވައިފަ އެވެ.
އެގޮތުން ސްކޫލްގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތާއި އެހީތެރިކަން ފޯރުކޮށް ދެވިދާނެ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ސާފުކުރައްވާފައިވެ އެވެ.
ހިތަދޫ ސްކޫލަކީ ގްރޭޑް 1-10 އަށް ކިޔަވައިދޭ ސްކޫލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
04 February 2020
މެމްބަރުން އާކޮމްޕިއުޓަރ ހޯދީ އެވެ. ބާ ކޮމްޕިއުޓަރ ސްކޫލް އަށް ދިނީ އެވެ. މިއީ އެމީހުންގެ ފެންވަރެވެ.
ބޯގޯސް
04 February 2020
އުކާލާ ސާމާން އައްޑުއަށް ދޭނީ، އެކަމަކު އެތަނުގައި ރަނގަޅު އާއެއްޗެއް އޮވެއެއްޖެޔާ ޤާނޫން ބަދަލުކޮއްގެން ވެސް އުފުރައިގެން މާލެ އަށް ގެންނާނެ. އެއްޗެއް ދޭން ވެއްޖެއްޔާ ނުދެވޭނެ.
ރީޔޫސް
04 February 2020
ބާ އެއްޗެހި ބޭނުންކުރުމަކީ ދެރަކަމެއްގެ ގޮތުގައި ދެކުމަކީ ދެރަ ކަމެއް. ރަގަޅަށް ބޭނުންކުރެވޭ ގޮތަށް ހުރި އެއްޗެއްވިއްޔާ އެހެން ބަޔަކު ބޭނުންކުރަން ދިނުމަކީ ހަމަ އެންމެ ރަގަޅު ގޮތެއް. ކޮންމެ ބަޔަކު އާ އެއްޗެހި ހޯދަން ހަދައިގެން ބޭނުން ކުރެވެން ހުރި ބާ ތަކެތި އުކާލަންޖެހުމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއް. މަޖްލިހުގަ ބޭނުންކުރި ކޮމްޕިއުޓަރުތަކަކީ އެހާ އިހުގެ އެއްޗިއްސަށްވާނެހެން ހީނުވޭ.
ސަރުކާނު
04 February 2020
ސްކޫލްތަކަށް ޙައްޤުވާ މިންވަރުކަމަސް މަޖިލީހުން ދެކޭގޮތް މީ؟
އަލިނާ
04 February 2020
މަޖިލީހަށް އާ ކޮމްޕިއުޓަރ ހޯދުމަށް ބާ އެއްޗެހި ސްކޫލުތަކަށް. މީ އަންނި ތިމާވެއްޓާއި ރައްޓެހި މިންވަރު.
ވިދުވަރު ދޯނިން
04 February 2020
ތި ދަރިވަރުންނަށް ދިނުމުގެ ކުރިން ތީގެ ހާޑުތައް ރަނގަޅަށް ބަލާ ދަރިވަރުންނާ ނުގުޅޭ ކަންކަން ނިހާޔަތަށް ހުރެދާނެ މީހަކަށް އެއްޗެއް ދިނުމުގައި ގެންގުޅެންވީ ތިމާކަމަށްވިޔަސް އުނުއަންނަން ބޭނުންކުރަން އޮތް ނުވަތަ ބޭނުންކުރާ އެއްޗެއް މީހަކަށް ދިނުން ބައުވެ އެއްލާލާ އެއްޗެއް އެހެން މީހަކަށް ދިނުމެއް ނޫން އެއިކީ ހެއު ނިޔަތުގައި ކުރެވޭ ކަމަކަށް ނުވާނެ ހެއު ކަމެއްގެ ނަމުގައި ކުރެވޭ ނުބައި ކަމަކަށް އެކަންވާނީ މިހާރު ތިސްކޫލަށް ތިއުކާލީ ބާ ދަގަނޑުތަކެއް
ވަތުބަތާނަ
04 February 2020
ސިޓީތަކާއި އަތޮޅުތަކަކީ ބާމުދާ އުކާލަން އޮންނަ ގޮނޑަކީތޯ؟ ޖާޒީރާވަންތައޭ ފިނޮޅު ފިކުރޭ ކިޔައިގެން ރާއްޖެތެރޭމީހުން ޅޮސް އުނދޯޔަށް އަރުވަނީ! އަތޮޅުތެރޭގެ ރައީސަކާއި ނާއިބެއް ހުއްޓެއްކަމަކު ހުރިހާކަމެއް ހަމަތޮއްޖެހެނީ މާލެއަށް.
ކޮސްގޮވާ
04 February 2020
ސްކޫލްގައި ކިޔަވާ ކުދިންނަށް ބާ ކަމްޕިއުޓަރ ދިނުމަކީ މަޖްލިހުން ކުރި ރަގަޅުނަމޫނާއެއް. އެފަދަ ކަންކަން އެބަޖެހޭ ސަރުކުާރުގެ އިދާރާތަކުންވެސް ބަލައިގަނެ އެގޮތައް ކޮމްޕިއުޓަރ ހަދިޔާކުރަން.
ފޫހި
04 February 2020
ތިޔައީ އައްޑޫ މީހުންނަށް ނަޝީދުގެ ވިސްނުމުގައި ހައްގުމިންވަރު. ދެން އެެއުޅެނީ އޭނާ މީގެ 12 އަހަރުކުރިން ދިން ނުހައްގު ލިޔުންތަކަށް ހުޅުމާލޭން ގޯތިދޭން. އޭއީ އޭނާގެ އިންސާފު. ހުޅުމާލެއެއީ މާލޭ މީހުންގެ ތަނެއްނޫން. ޙިލޭ އެތަނުން ބިންދިނުމަކީ ވަރަށްބޮޑު ބޭއިންސާފެއް. ޢެހިސާބުން ފްލެޓްތަކަށްވެސް ފައިސާދޭކަށްނުޖެހޭނެ. ބިންދެނީ އެމީހުން މުއްސަދިކުރަން.
ހަސަދު
04 February 2020
މިޒަމާނުގެ ސޮފްޓުވެއަރ ތައް ކުރީގެ ކޮންޕިއުޓަރު ތަކުގައި ރަން ނުކުރާނެ. ތިޔަ ދެއްވުނީ ސްކޫލަށް ބޭކާރު އެއްޗެއް. ކަމެއް ކޮށް ދެއްވަންޏާ ކޮންމެ މެންބަރެއްގެ މުސާރަ އިން ސިސްޓަމަ އެއް ގަނެފައި ހަދިޔާ ކޮށްދެއްވިނަމަ މާބޮޑަށް ބޭނުން ކުރެވުނީސް.