ޕީއެންސީގެ ނައިބު ރައީސް ޝުޖާއު (ކ) އަދި އީސީގެ ނައިބު ރައީސް އަކްރަމް: އަކްރަމަކީ އެމްޑީޕީގެ ފަރާތުން އީސީގައި ހުންނަވާ އެޖެންޓެއް ކަމަށް ޝުޖާއު ވިދާޅުވޭ.
03 ފެބުރުއަރީ 2020 - 16:55
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅެޅުމުގެ ޕްރައިމަރީ ބޭއްވީ އިލެކްޝަންސް ކޮމިޝަން ((އީސީ) ގެ މުދާ ބޭނުންކޮށްގެން ކަމަށާއި އަދި އެ ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކްރަމަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މިއަދު ތުހުމަތު ކުރައްވައިފި އެވެ.
ބާރަށު ދާއިރާގެ ޕީޕީއެމްގެ ކުރީގެ މެމްބަރު ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަކްރަމަކީ "އެމްޑީޕީގެ ފަރާތުން އީސީގައި ހުރި އެޖެންޓެއް" ކަމަށެވެ.
"ވަރަށް ކައިރިން ތި ކަންކަން އެބަ ބަލަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އީސީގެ މުދާ ބޭނުން ކުރި ކަމުގެ ތުހުމަތު ކުރައްވާއިރު، ޝުޖާއު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕްރައިމަރީ އަށް ވެސް އެ ހައްގު އޮންނަން ޖެހޭނެ އެވެ.
MDP Primary Baahvvaafaivanee Election Commision ge Mudhaa Beynun Kohgen.PPM ge Primary ah ves Election Commision ge Mudhaa Beynun Kureven Jeheyne.Election Commision ge Naib Raees Akram akee MDP ge faraathun EC ga huri Agenteh.Varah Kairin thi kankan eba Balan.#ThafaathuNukurey
— Ibrahim Shujau💙 (@shuja3831) February 3, 2020
އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް ޝުޖާއުގެ ޓުވީޓް
އަންނަ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް އިދިކޮޅު ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ތާވަލް ކޮށްފަ އެވެ. އެ ޕްރައިމަރީ އޮންނާނީ ދަރުބާރުގޭގަ އެވެ.
ޓުވީޓާ ގުޅޭ ގޮތުން ޝުޖާއު "މިހާރު" އަށް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ބޭނުންކުރީ އީސީން ދޫކުރި ވޯޓުފޮށި ކަމަށެވެ. އެކަން އެހެން ވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އެމްޑީޕީގެ ހަރު މުދަލެއް ނޫން. އެއީ ދައުލަތުގެ މުދާ. އެހެން ވެއްޖިއްޔާ އަޅުގަނޑުމެންގެ ޕްރައިމަރީ އަށް ވެސް ވޯޓުފޮށި ދޭން ޖެހޭނެ. އަދި މިއުޅެނީ އެ ވެސް ނުލިބިގެން،" ޝުޖާއު ވިދާޅުވި އެވެ.
"މި ހުރިހާ ޖަރީމާއެއް ހިންގަނީ ސީދާ އަކްރަމް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުޅުވިދެލޯ
04 February 2020
އެމްޑީޕީ އަކީ ފޮށިކޮޅެއްގެ ދަށުވާނެ ބައެއްނޫން ! ކަލޭމްންގެ ބަފާފަރާތުގެ ހަރުމުދާހެން އެލެކްޝަން ބޭޏުންކުރި އިރުވެސް އެމްޑީޕީ ވޯޓްލައޭ ! ހޭފުޅު ނެތުނީތޯ ! ހަނދުފުޅު ބޮޑުވީތޯ ! ދުނިޔެރަންފުޅުވީތޯ ! ރިޒުގުފުޅު ބަންދުވާ ހުވަފެނެއް ފެނުނީތޯ !
ނަޝީދު.
04 February 2020
ބަލަގަ އަކްރަމް އެތަނަށް ލީ ޔާމީނެއް ނޫންތަ؟ ހީހީ ހަލާކުވެދާނެ.
މުޙުއްމާ
04 February 2020
ޝުޖާއުގެ އެޖެންޓްކަން ތިއޮތީ ވަގުންގެ ވެރިކަމާއިއެކު ނިމިފަ. ދެންވެސް ވަގަށްނެގި ލާރިން ލިބުނުބައި ސަރުކާރަށް ދީފަ އަގަ މަޑުން ލައިގެން ހުރޭ. އިރު ދައްކާފަ އެހެރީ ހަދޭ ބުންޏަކަސް ރައްޔިތުންނަށް އެއީ އިރުކަން އެގޭއިރު ޤަބޫލެއް ނުކުރާނެ. އަގައޮތީމަ ކިތަންމެ ބާރުލާފަ ވެސް ބުނެވިދާނެ. ސިކުޑި ރަގަޅުނޫނީ ފަހަރެއްގަ ހީވެދާނެ ތިމެންނަ މިފަތުރާ ދޮގު ޚަބަރު ރައްޔިތުން ޤަބޫލު ކުރާހެން ވެސް.
ދަންޑަހިލު
04 February 2020
އެމްޑީޕީއަށް ދައުލަތުގެ މުދަލެއްކަމަށްވާ ވޯޓު ފޮށިތައް ދީގެން އެ ފޮށިތަކުގަ އަލިފާން ރޯ ކުރީމާ ދައުލަތުގެ މުދަލުގަ އަލިފާން ރޯކުރުން ޓެރަރިޒަމުގެ އަމަލަކަށް ނުތަ ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުގެ ކުށުން ކުށްވެރިނުވޭބާ؟ ކީއްވެބާ ވޯޓު ފޮށިތަކުގަ އަލިފާން ރޯކުރި މީހުންގެ މައްސަލަ ދައުލަތުގެ މުއައްސަސާތަކުން ތަޙްޤީޤުކޮށް ދައުވާ ނުއުފުލީ އެއީ އެމްޑީޕީގެ މެމްބަރުންނަށްވާތީތޯ؟ އެމްޑީޕީ މެމްބަރުންނަކީ ޤާނޫނަށްވުރެ މަތީތަ އުޅޭ ބައެއްތޯ؟
ނަޖުދާ
04 February 2020
ޕީޕީޕީ އަކީ ސިޔާސީ ހަރަކާތް ހިންގަން އިނގޭ ބައެއްނޫން! ސިޔާސީ މަސައްކަތްތަކެއް، ސިޔާސީ ވިސްނުމެއް، އަދި ތަހުޒީބީ ވިސްނުމެއްވެސް ނެތް ބައެއް. ހޯދުނުގޮތަކަށް ވެރިކަން ހޯދުމުގެ ހުވަފެނުގައި އަބަދުވެސް އުޅޭ ބައެއްތިޔައީ. ވެރިކަމަށް އައުމަށްފަހު، ދައުލަތުގެ ތިޖޫރީ ފޫކަހާލާ ބައެއް. ކޮން ޕްރައިމަރީއެއް. ކޮން ވޯޓު ފޮއްޓެއް ބެހެއްޓޭނީ، ކާކު ކުރިމަތިލަނީ. މީހުން ނުވެގެން އާދޭސްކުރޭ އެބަ، ރަށްރަށުގައި ޓިކެޓުދޭނަމޭ ކިޔައިގެން. ހެހެހެ
ޢަބްދުﷲނާފިޒް
03 February 2020
"އެމްޑީޕީގެ ޕްރައިމަރީގައި ބޭނުންކުރީ އީސީން ދޫކުރި ވޯޓުފޮށި، އެކަން އެހެން ވެގެން ނުވާނެ، އެއީ އެމްޑީޕީގެ ހަރު މުދަލެއް ނޫން. އެއީ ދައުލަތުގެ މުދާ" ސުޖާ ކަލޭމެންގެ ލަދު ހަޔާތް ކޮބާ؟ ފަސްއަހަރުވަންދެން މުލިއާގޭގަ ކަލޭމެން ބަނޑަހަ ޖަހައިގެން ޕޕމ ގެ ކެމްޕޭނު އޮފީސް ހަދައިގެން ޗޮކުލެޓް ބަންދުކޮށް ބުއްފުޅި ތުން ފަތި ފައްޗަށް އަމުނަން ތިބީ، އެއީ ކަލޭމެންގެ ހަރުމުދާ ވެގެންތަ!؟ މި ސުޖާ ދައްކާ ފަޑުއްކަ ވާހަކައިން މީހަކު ވާތާވެދާނެ.
ަސދފ
03 February 2020
ސުޖާއުވެސް އެމްޑީޕީގެ އެޖެންޓެއް..
ކަނބިލި
03 February 2020
ގޯސްކޮށް ކަމެއް ހިނގައިފިނަމަ އެކަން ގޯސް. އަކުރަމުގެ އެގޮތައް ކަންކުރިނަމަ އެކަން ބަލާ ފިޔަވަޅު އަޅަން ޖެހޭ. އެހެންނޫނީ ވެރިކަމުގައި ތިބޭ ބަޔަކު ނާޖާއިޒު ގޮތުގައި ކަންކަން ކުރުމަށް މަގު ހުޅުވެނީ. ހެޔޮވެރިކަމަކީ ގޯސްކަމެއް ގޯސްވުން. އެކަމާ ފިޔަވަޅުއަޅާ ޒިންމާކުރުވުން
މަގުފުޅާޓިނު
03 February 2020
ހެޔޮކޮށް ތިބުނީ ރަނގަޅު ވާހަކައެއް، އެކަމަކު މީހަކު ޓްވީޓެއް ކޮށްފަ ހަމަ އެހެން ބުނެލާއިރަށް އެކަމެއް އެގޮތަކަށް ނުހިގާނެދޯ، ރަސްމީކުލަ ޖައްސަންވާނެ، ތި ޓްވީޓް ކުރި މީހެއްގެ މަޤުސަދުވެދާނެ މަޖަލަކަށް ބުނި އެއްޗަކަށްވެސް، މާޒީގަ އެޒާތުގެ ކަންކަން ކޮށްފަ ހުރީމަ.............
ފުރުސަތު
03 February 2020
ބުރޯ އިލެކްޝަނުން އޮވޭ އެކޮމިޝަނުގެ ތަކެތި ސިޔާސީ ޕާޓީތަކަށާއި ޖަމުއްޔާތަކަށް ދޫކުރުމުގެ އުސޫލެއް އެކުލަވާލާ އާންމުކޮށްފަ އޭގެ ދަށުން އެކަމަށް އެދުމުގެ ފުރުސަތު ހުރިހާ ޕާޓީތަކަކަށް އޮވޭ..
ގައިސް1
03 February 2020
ސުޖާމެން އެތިބީ ހަމަޖެހިލައިގެން، ވިޔަފާރިތަކުން މިސަރުކާރުންވެސް ފައިސާ ނަގަނަގާ.
ކޮކްޓެއިލްރައީސް
03 February 2020
އެކަން އެބަ ޖެހޭ ހުއްޓުވަން، ވެހުނުތާ ފެންނަގައިގެން ބޮޑު ވިޔަފާރި ކުންފުނި ހަދައިގެން އެމްޑީއަކަށް ހުރެ މިސަރުކާރު ތެރެއަށްވެސް ކޮޅުތައް ވައްދައިގެން ފައިސާ ނަގަމުންދާކަން ފާހަގަ ކުރެވޭ، މިކަން ހިނގާ ގޮތެއް ބެލޭވަރު ބަޔަކާ ކުރިއަށް އޮތްތާ އެބަޖެހޭ ވާހަކަ ދައްކަން މިކަން ހައްލުކުރަން.
ނުފުރޭ
03 February 2020
އެހެން ހުޅުމާލޭ 50 މިލިޔަނުގެ ވެލިފޫނިވެސް ނެގީ މީނާ ހިއްސާވާ ތަނަކުން.. އަދިވެސް ނުފުރިގެން
1234
03 February 2020
މި ސުޖާއު މެންނައް ލަދުގަންނަންވެސް ނެއިގޭ؟