އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި ޖަލްސާއެއްގައި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 ފެބުރުއަރީ 2020 - 19:36
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގައި ދެއްވީ އުއްމީދެއް ނެތް ބަޔާނެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ދެ ވަނަ ރައީސް ބަޔާނަށް ފަހު، އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް އެ ބަޔާނުގައި ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ.
"ޖުމްލަކޮށް ބަލާއިރު، އެއީ ވަރަށް އޮއްޓަރެއް ނެތް ބަޔާނެއް،" މިދިޔަ ދެ ދައުރުގައި، މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި، އެކަމަކު އެންމެ ފަހުގެ މަޖިލިހުގެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި އަދުރޭ ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރު އަދި މިހާރު، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރިޔާސީ ބަޔާނުން، މުޅި ދައުލަތް އޮޅުންބޮޅުމުގެ ތެރޭގައި އޮތްކަން އެނގިވަޑައިގެންފި ކަމަށެވެ. އަދި އިޖްތިމާއީ އިންސާފުން އެކަހެރިވެ، މުޅި ގައުމުގެ އިގްތިސޯދު ދަށަށް ގޮސްފައިވާ ކަމަށާއި އެކަން ހަމަ މަގަށް އެޅުވޭނެ ގާބިލްކަން ސަރުކާރުގައި ނެތްކަން އެނގިވަޑައިގެންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުން އެނގިގެން ދިޔައީ މުޅި ދައުލަތް ވަނީ އޮޅުންބޮޅުމުގެ ތެރޭގައި ކަން. އިޖްތިމާއީ އިންސާފުން އެކަހެރިވެ މުޅިޤައުމުގެ އިގްތިސާދު ދަށައްގޮސްފިކަން. އަދި އެކަން ހަމަމަގައް އެޅުވޭނެ ޤާބިލްކަން މިސަރުކާރުގައި ނެތްކަން.
— Mohamed Saeed (@em_saeed) February 3, 2020
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު، ރިޔާސީ ބަޔާން ސިފަ ކުރެއްވީ، "ވަރަށް ތާފަނާ ރިޕޯޓެއް"ގެ ގޮތުގަ އެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަން ކުރާ ގިނަ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށެވެ. އަދި އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ އިން ދަރިވަރުންނަށް ދުޅަހެޔޮ ބަދަލުތަކާއި ސިއްހީ ދާއިރާގެ ކުރިއެރުމަށް ފަސްް ސަރަހައްދެއްގައި ޓާޝާރީ ހޮސްޕިޓަލް ގާއިމްކުރުމާއި އިގްތިސާދު ރަނގަޅުކުރުމުގެ މަސައްކަތާއި އިޖުތިމާއީ ދާއިރާގެ މައްސަލަތަކުގައި ހޯއްދަވައި ދެއްވި ހައްލުތަކާ އެކު ގައުމުގައި ވަނީ ހަމަޖެހުމާއި އަމާންކަން ގާއިމްވެފަ އެވެ.
Fahareh gai @ibusolih ah3 baaru vaki vumuge mafahoom engi vadainugannava.
— Mohamed Jameel Ahmed (@MJameelAhmed) February 3, 2020
1.JSC akee Majlihuge ge full control oiy thaneh.
2.Majlihun sarukaaruge vuzaaraathah hingan irushaadhu dhey.
3.PO in Judiciary ah mihaaru ves nufooz foaruvaa.Misraabu Maa goas. https://t.co/fj0pIqvnMh
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ގައުމަށް ކުރިމަތިވި ގޮންޖެހުންތަކާ އެކުގައި ވެސް، ސަރުކާރުން ކޮންމެ ނިންމުމެއް ވެސް ނިންމީ އަދި ކުރިއަށް އެޅި ކޮންމެ ފިޔަވަޅެއް އަޅާފައިވާނީ ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ.
ރައީސް ބަޔާން ދެއްވި އިދިކޮޅު ބައެއް މެމްބަރުން ތިއްބެވީ ޔާމީން މިނިވަންކުރަން ގޮވާލަމުން، ބޯޑުތައް ހިފަހައްޓަވައިގެން، ރައީސްގެ ކުރިފުޅުމަތީގަ އެވެ. އެކަމަކު ޔާމީން 2015 ގެ ރިޔާސީ ބަޔާން ދެއްވި އިރު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީ މެމްބަރުން ހަޅޭއްލެވި ގޮތަށް، އަޑުގަދަކުރައްވާފައެއް ނުވެ އެވެ.
އޭރު ޖަލުގައި ބަންދުކޮށްފައި ހުންނެވީ، މިއަދު ރިޔާސީ ބަޔާން ދެއްވި އިރު މަޖިލިހުގެ ރިޔާސަތުގައި އިންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލީ، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނިފެންމަލާ
04 February 2020
އުއްމީދު އޮތީ އެމް.އެމް.ޕީ.އާރު.ސީ ގަ
ޓިނު
04 February 2020
ރަގަޅުވާހަކައެއް އެބުނީ ޔާމީނު ދޫކޮށްލާނެ ވާހަކަ އޮތްނަމަ ވަރައްސަޅިވީސް ؟
މަނިއްޕުޅު
04 February 2020
ވައްކަމުގެ ވާހަކަ ނެތީމަތޯ އޮއްޓަ ހުރި ކަމަކަށް ނުވީ......
ފޮނިޓައްޕު ހަސަނު
04 February 2020
ތެދުވާހަކައެއް ރިޔާސީ ބަޔާނަކު ނުހިމެނޭ ޔާމީނު ޖަލުން ދޫކޮށްލާނެ ވާހަކައެއް ނުވަތަ އަދުރޭ އާއި ސައީދުމެން ދައުލަތުގެ ފައިސާއަށް ޚިޔާނާތްރެވި މައްސަލަ ނުބަލައި ދޫކޮށް ލާނެކަމަކަށް.
ދިގު ހަރު
04 February 2020
އަދުރޭ ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރަން. ޔާމީނު ހިކަ އަނަރޫފަ ވެފައޭބުނެ ދެން އިތުރަށް ވާހަކަ ނުދެއްކޭނެއޭ ނުރޮއި ބުނި އިރު ޔާމީން ފެނުނީ އެގޮތަކަށް ނުން. އެހެންވީމަ އުންމީދެއް ނެތޭ ބުނީމަ އަހަރުމެން ބަލަންޖެހޭނީ އޭގެ އިދިކޮޅު. އެބުނީ އުންމީދުން ފުރިގެންވާ ވާހަކަ އެބުނީ.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
04 February 2020
މުޅި ރިޔާސީ ބަޔާނުގައި ( އަބްދުއްﷲޔާމީން ) ގެ މައުސޫމްކަމާއި ، އިނޮސެންޓްކަމާއި ، އަލިފްދާލް އިންޓަރނޭޝަލް ކޯޓު އޮފް ޖަސްޓިސް އިން " ވަގްތުން ވަގްތަށް " ދޫކޮށްލުމާއި ދައުލަތުން އޭނާއަށް 5 މިލިއަން ޑޮލަރު ދޭގޮތަށް ރިޔާސީ ބަޔާނުގައި ނެތީމާ އުއްމީދެއް ނުވާނެ ތާ. އެކަން ވަރަށް ސާފް.
ރަށުމީހާ
04 February 2020
ސައީދު އަދުރޭ ރަގަޅުވާހަކަ އެއް ބުނިޔަސް ތި ބާއަކައްނުވިސްނޭނެ
މަމެނަގެ
04 February 2020
ވައްކަން ކުރުމުގައި އުއްމީދެއްނެތް
ނަރެލް
03 February 2020
އުއްމީދު އޮންނާނެ ޖަލުގަ
ހިކިގަސް
03 February 2020
ޔާމީނު ދީފަ އޮތީ ގްރޭޑް 5 ގެ ދަރިވަރަކު ދޭކަހަލަ އޮއްޓަރު ނެތް ބަޔާނެކެވެ ދެން މިއަދު އެދިން ބަޔާން ވަރަށް ސަަލިއެވެ