ފުވައްމުލައް: އެރަށުގެ ފަރިކެޑަ ސަރަހައްދު ހިމާޔަތް ކުރަން ރައީސް ވަނީ ނިންމަވާފައި -- ފޮޓޯ/ދި އެޑިޝަން
04 ފެބުރުއަރީ 2020 - 18:42
ފުވައްމުލަކުގެ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ހިމާޔަތް ކުރުމަށް ރައީސް ނިންމެވީ އެންވަޔަރްމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކާ ގުޅިގެން ވަޒީރުންގެ މަޖިލީހުގެ މިއަދު ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ރައީސް އޮފީހުން ބުނީ ފަރިކެޑަ ސަރަހައްދަކީ އެކި ބާވަތުގެ މިޔަރު ސާފުވުމަށާއި ވިހެއުމަށް ޖަމާވެ އުޅޭ ސަރަހައްދެއް ކަމަށާއި އެގޮތުން ކަނޑި މިޔަރާއި ފާނަ މިޔަރާއި އެންމަޑި ފެހުރިހި ފަދަ ދިރުންތައް އާންމުކޮށް އެ ސަރަހައްދުން ފެންނަ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެފަދަ ދިރުންތަކަކީ ނެތިދިއުމުގެ ބިރުހީވެފައިވާ ދިރުންތަކެއް ކަމަށްވާތީ އެ ސަރަހައްދު ހިމާޔަތްކުރުން މުހިންމު ކަމަށާއި އެހެންވެ، ވަކި މެނޭޖްމަންޓް ޕްލޭނެއްގެ ދަށުން ރައްޔިތުންނަށް މަންފާކުރާ ގޮތަށް އެ ސަރަހައްދު ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ ކުރިން ވެސް ރައީސް ވަނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ 11 ސަރަހައްދެއް ހިމާޔަތް ކުރެވިފައިވާ ތަންތަނުގެ ގޮތުގައި މިދިޔަ އަހަރު ކަނޑައަޅުއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥަގުތީ
05 February 2020
ފުވައްމުަކުގެ ތާރުމަގުން ބައެއް ހިމާޔަތްކޮށް ދުއްވަން ޑިޒައިން ކޮށްފައިވާ ލޭންތައް ހަނިކޮށް، ދޫނި ސޫފި ހިމާޔަތްކޮށް އެސޮރުމެންނަށް ރަށުގެ 1/3 ބައި ހިމާޔަތް ކޮށް މިޔަރު ހިމާޔަތްކޮށް އެ މިޔަރަށްޓަކައި ފަރިކެޑެ ހިމާޔަތްކޮށް ހަދަނީ އެ ރަށަށް އުމްރާނީ ތަރައްގީ އާއި އިގްތިސާދީ ހަރަކާތް ނުގެނެސް ޖަޒީރާވަންތަ ގޮތުގައި ބާއްވަން ތޯ؟!
ރަށި މީހާ
05 February 2020
ފަރި ކެޑެ ބާއްވާފަ ގިރާ ސަރަހައްދު ހިމާޔަތް ކޮއްބަލަ ފުރަތަމަ. ސިޔާސީ މީހަކު ރަށަށް އެރިއްޔާ އެތަނަށް ޒިޔާރަތްކޮށްފަ ފޮޓޯ ނަގާފަ ދާނެ. ހަރާން ވާކަމެއް
ހޯދާބެލީ އުފަލެއްލިބޭތޯ
05 February 2020
ފަރިކެޑެ ރަނގަޅު ގޮތަކީ. ކޮންމެއަކަސް ފޯއްމުލަކު އަންހެންކުދިންނަކީ ވެސް ފަރި ބައެކެވެ.
ފަރިކެޑެ މޭރެ
05 February 2020
އެތަނަހަ މަށަ ހީވޭގޮތެން މީހުން ކޭވޭއްނައީ "ފަރިކެޑެ" މިހެން. "ފަރިކެޑަ" މީހުން ބެނާއަޑަށް އަވަނިއަހަން.
ގައުމީދޫ
05 February 2020
ފުވައްމުލަކު އެތަން މިތަން ހިމާޔަތް ކުރަމުން ގޮސް އެ ރަށުގެ ބޮޑު ބައެއް މިވަނީ ރަށުގެ މީހުންނަށް ބޭނުން ނުކުރެވޭ ގޮތް ވެފައި. ޢެރަށް އެއްކޮށް ހިމާޔަތްކޮށް ރަށުން މީހުން ބާލަން ފެންނަނީ !
އޯސަމް
05 February 2020
ބޭބެ ބޮއި ހަލާކު ދޯ؟ ކޮން ބައްތަރު ބާހަކަ ދައްކަނީ؟
މާކަނޑު
04 February 2020
މަ މިހިރީ ވާނުވާގަ. ފުވައްމުލަކު ފަރިކެޑެ ހިމާޔަތްކުރަނީ އެތަނަށް ކާކު ކޮން ގެއްލުމެއް ދީގެން؟ އެތަނަކީ ބަޔަކު އެރިއުޅޭ ތަނެއްނޫން. މަސްވެރިންވެސް މަސް ބާނާ ތަނެއްނޫން. ޑައިވްކުރާ މީހުން ޑައިވްކުރާ ތަނެއްނޫން. ފުވައްމުލަކު ގޮނޑުދޮށަށް ބިންދާލާ ބިޔަ ނުރައްކާތެރި ރާޅު އުފެދޭ ތަނެއް. ވަރުގަދަ އޮއެވަރެއް އޮންނަތަނެއް. އެތަނަށް އެރި އުޅުމަކީ ނުރައްކާތެރި ވެސް ކަމެއް. މިހާރުވެސް އެތަނުން ނަގާ ބިޔަ ރާޅުތައް ބިންދާލަނީ ފުވައްމުލަކު ބަނދަރު ތެރެއަށް.
ރަށިމީހާ
04 February 2020
"ފަރިކެޑެ". "ފަރިކެޑަ" ވައްތަރީ އައްޑޫބަހަކާ.