މިނިސްޓަރު މަލީހް.
07 ފެބުރުއަރީ 2020 - 17:08
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުނުތާ މިއަދަށް އަށް އަހަރު ފުރުމާ ދިމާކޮށް އެމްޑީޕީގެ މެމްބަރުންގެ ހިތްދަތި ހަނދާންތައް އާކުރަމުން ދަނިކޮށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކުރެއްވި ޓްވީޓެއްގެ ސަބަބުން އޭނާ އަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވެއްޖެ އެވެ.
ގައުމީ ސަލާމުގެ ވީޑިއޯއަކާ އެކު މަލީހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމްދީނާއި މިނިވަންކަމާއި ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫ އަރާ ކޮންމެ ފަހަރަަކު އެކަން ދިފާއުކުރައްވަން ނުކުންނަވާނެ ކަމަށެވެ. އެއަށް ފަހު އޭނާ ޖައްސަވާފައި ވަނީ މިއަދުގެ ތާރީހެވެ. އެހެންވީމާ އެ އިޝާރާތް ކުރެއްވީ މީގެ އަށް އަހަރު ކުރިން ފެބްރުއަރީ 7، 2012 ގައި ނަޝީދުގެ ވެރިކަން ބަދަލުކުރަން ނުކުންނެވި ނުކުންނެވުމަށް ކަަމަށް މީހުން ދަނީ ބުނަމުންނެވެ.
"އިސްލާމްދީނާއި މިގައުުމުގެ މިނިވަންކަމާއި ސުލްހަ މަސަލަސްކަމާއި ހަމަޖެހުމާއި އަދުލު އިންސާފާއި ރައްޔިތުންގެ ކުރިއެރުމާއި ހަމަހަމަ ތަރައްގީއާއި ފަރުދުންގެ މިނިވަންކަމާއި ޑިމޮކްރަސީގެ އަސާސްތަކަށް ބުރޫއަރާ ކޮންމެ ފަހަރަކު އެކަން ދިފާއުކުރަން ނުކުންނާނަން،" ޓްވީޓްގައި މަލީހު ވިދާޅުވި އެވެ.
Islam dheena, Miqaumuge minivankamaa, sulha masalaskamaa, hamajehumaa, adhulu insaafaa, rayyithunge kuri erumaa, hama hama tharahgee aai, farudhunge minivankama, democracyge asaasthakah buroo araa konme faharaku ekan dhifaau kuran nikunnaanan. 07.02.2020https://t.co/kOKFykPLLO
— Mohamed Maleeh Jamal (@maleehjamal) February 6, 2020
މަލީހުގެ ޓްވީޓާ މެދު އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒްް ފަހުމީ އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީ ސެކްރެޓޭރިއެޓް ޓެގް ކުރައްވައި އިންތި ކުރެއްވި ޓްވީޓްގައި ސުވާލުކުރެއްވީ މަލީހުގެ ޓްވީޓަކީ އެމްޑީޕީން އޭނާ އަށް ރައްދު ދިނުމަށް ދެއްވާފައިވާ ދައުވަތެއް ކަމަށް ބަލައިގެން ކުރިއަށް ގެންދަންވީތޯ އެވެ.
"ސަރުކާރުގެ ވަޒީރަކު މިގޮތަށް ބަޣާވާތް ސެލެބްރޭޓް ކުރައްވާފައި ވުމުން، އެއީ އަޅުގަނޑުމެން ރައްދު ދިނުމަށް އެރުވިފައިވާ ދައުވަތެއް ކަމަށް ބަލައިގެން ކުރިއަށް ގެންދަންވީތޯ؟" ޓްވީޓްގައި އިންތި ވިދާޅުވި އެވެ. އޭނާގެ ޓްވީޓަށް އެމްޑީޕީގެ އާއްމު މެމްބަރުން ދިން ޖަވާބުތަކުގައި މަލީހާ މެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައި ވެ އެވެ. ގިނަ މީހުން ގޮވާލާފައި ވަނީ މަލީހު ސަރުކާރުން ބޭރުކުރުމަށެވެ.
"އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ބޭރުކުރޭ، އެއްވެސް ކޯލިޝަނެއް ނޯންނާނެ،" އެކަކު ބުނެފައި ވެ އެވެ.
@ibusolih @MohamedNasheed @MDPSecretariat sarukaaruge vazeeraku mi gothah bagaawaiy celebrate kurahvaafaivumun, e’ee alhugandumen rahdhu dhinumah eruvifaiva dhauvatheh kamah balaigen kuriyah dhaanvee thoa?#Bagaawaiy https://t.co/EOpx0snywb
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) February 7, 2020
އިންތިގެ ޓްވީޓް
ޖަވާބުދިން ބައެއް މީހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ފާޑުކި އެވެ. އެގޮތުން ތުހުމަތުކޮށްފައި ވަނީ ރައީސް ހުންނަވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވާހާ ގޮތެއް ހައްދަވައިގެން ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވީ ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކާއި އާންމުންގެ ބަޔަކު ނުކުމެ އެމަނިކުފާނުގެ އިސްތިއުފާ އަށް ގޮވައި ހިންގި ބޮޑެތި ހަމަނުޖެހުންތަކުގެ ތެރޭގަ އެވެ. ނަޝީދުގެ އިސްތިއުފާއާ އެކު، ދެން ވެރިކަމާ ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ނައިބުގެ ގޮތުގައި ހުންނެވި މުހައްމަދު ވަހީދެވެ.
"ފެބްރުއަރީ 7" އެއީ އޭރުގެ އިދިކޮޅުން ނަޝީދުގެ ސަރުކާރާ ދެކޮޅަށް ބަޣާވާތް ކުރި ދުވަސް ކަމަށް އެމްޑީޕީ އާއި ނަޝީދާއި އެމަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރިޔަސް އެ ވިސްނުމާ ދެކޮޅު މީހުން ދެކޭގޮތުގައި އެއީ ރައްޔިތުންނަށް ނަސްރު ލިބުނު ދުވަހެކެވެ. އަދި ވަހީދުގެ ސަރުކާރުން ހިންގި އިންކުއަރީ އަކަށް ފަހު އެއީ ބަޣާވާތެއް ނޫން ކަމަށް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާސްޓަސް
09 February 2020
އަންތަރީސް ވެއްޖެ. އިސްތިއުފާއެއީ ބަޣާވާތެއްނޫން ކަމުގައި ނިންމި ޖަމާއަތުގައި ދިވެހިދިދަ ވިހުރުވައި އެކަމުގެ އުފާފާޅުކުރަމުން އެޖަމާއަތުގެ ނިންމުމަށް ގޮންޖަހަމުން. ޓިންޓިންއާއި ހެޑޮކަށް ރަނގަޅުހަމަ އެއްގޮތްވެސް ނޮއޮންނާނެ.
ޕީޕަލްސް ވޮއިސް
09 February 2020
ސުޕަ މެޖޯރިޓީ އޮތީމަ އިންތި ފުއްޕަންވީ ދެން؟ އެމް.ޑީ.ޕީ ދަނީ ދުވަހެއް ދުވަހަށް ފަހަތަށް، މި ޤައުމުގައި ދެން އިރާދަ ކުރެއްވީޔާ އެމް.ޑީ.ޕީ އަކަށް މިވަރުގެ ކާމިޔާބީ އަކާއި ގާތަށް އައުންވެސް އެއީ ވަރަށް ނާދިރު ކަމެއް. އަދި ޕީ.ޕީ.އެމް އަދި ޔާމީނަކަށްވެސް ވެރިކަމަކަށް ނާދެވޭނެ.
ރީތި މޫސަ
09 February 2020
މީއިބުރަތުން ފުރިގެންވާކަމެއް މިކަމަށް ބަޣާވަތެކޭކިޔޭކަށްނެއް ސަބަބަކީ އޭރުގެ ރައީސްދިޔައީ ހައްދުފަހަނާއަޅަމުން ނުވިތާކަށް ބޭރުގެ ހަރުބީކަފަރުންގާތަށްގޮސް ރަސޫލާގެ ޙަދީސާއި ގުރުއާނޫން އެހެންއެއްޗެއްހޯދަން ބުނި މިހިސާބުން އޭނަގެ ބަދުނަސީބު އައިސްއަރާހަމަކުރީ މިއަދާހަމަޔަށް ފެންނަމުން މިދަނީ ﷲއަށް ކިޔަމަނުވާއެންމެން ބަލިކަށިވަމުންދާތަން މީގެން އިބުރަތް ޙާސިލްކުރަންވީ
ތަރި2
08 February 2020
ގައު މމުގެ ހަޒާނާ، ރައްޔިތުންގެ ފައިސާ ރޖގެ ޕާރޓީ ކުދިންނަށް ބަދަލޭ ކިޔާފަ ބާހާލީ މާވެސް ޗުއްޕެއްބުނަން ނުކެރި ރައްޔިތުން ބިރުން ފިތި ކަސްތޮޅުއެޅިފަ ތިބިނަ މަ އޭގެ މާނައަކީ ރައްޔިތުންވަނީ ޚުދު މުޚްތާރު ވެރިކަ މެއްގައި ތާށިވެ މިނިވަންކަން ގެއްލި ގާނޫންއަސާސީގެ ވެސް ބާރު ކެނޑިފައޭ.
ކުޑަދޫ
08 February 2020
ޑިމޮކްރެޓިކް ކިޔަނީ ތިމާބޭނުންވާ ގޮތަަށް ތިމާބޭނުން ބަހުރުވައަކުން އެހެންމީހުން ވާހަކަދައްކާ ވަކިމީހަކަށް ހުޝާމަތުކޮށް، ވަކިމީހަކު ކުރާ ކަމެއް ގޯސްނުވާހިސާބަަށް ބުއްދި ދިއުމަކަށް ނޫން. އެއީ ހަމަހަމަ ކަމާއި އިންސާފުވެރިކަން އަދި ބަސްބުނުމުގެ މިނިވަންކަން. އިންތިވިޔަސް އެހެން މީހަކުވިޔަސް އެކަން ހަޖަމުކުރަން ޖެހޭނެ.
ބިންތި
08 February 2020
މާ ތަހުޒީބު ގޮތެއް ގެނެސްގެން އުޅޭ ކަމަށް މާބޮޑަށް ދައުވާކޮށްގެން އުޅޭ އެމްޑީޕީންނަކަށް ހަޖަމެއްނުވޭ މީހަކު ބަހެއް ބުނެލީމަ. މިހާރު އިންތި އެ ދައްކާލީ ބިރު މަލީހަށް، އަތުގަ އޮތް ބާރުގެ ބޭނުންކޮށް މަގާމުން ދުރުކުރަން. ވެރިކަމަށް އަންނަންވީމަ ތިމާ އިށީނދެއިން ގޮނޑީގެ އެއްފަޅީގަ ބައިންދާފަ ވެރިކަން ލިބުމުން ކުޑަކޮށް އަރިއަކަށް ޖެހިލާފަ ގޮނޑިން ވައްޓާލަން އުޅުން އެއީ ތަހުޒީބޭ ކިޔާ މީހުންގެ ހާލަތަކީ.
ކަރުދޯރު
08 February 2020
ސޯބުގެ ކޮމެންޓަށް ތާއީދު.
ސޯބު
08 February 2020
އެއްވެސް މުއައްސަސާއަކުން ނުވަތަ ބައިނަލް އަގުވާމީ ޖަމާއަތަކުން ރަސްމީ ސިފައެއްގައި އެއީ ބަގާވާތެއް ކަމަށް ނިންމާފަވޭތޯ؟ ނޫންނަމަ އެކަމާ ގުޅުވައިގެން އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅުމަކީ ވަރަށް ހުދުމުހުތާރު ކަމެއް. އެމް.ޑީ.ޕީ އިން ގަބޫލުކުރާ ގޮތް ފިޔަވާ އެހެން ގޮތްތަކަކީ ބާތިލް ގޮތެއްކަމަށް ގަބޫލުކުރުމަކީ ހަރުކަށި ފިކުރުގެ މީހުންނޭ މިކިޔާ މީހުންގެ ދަރަޖައަށް ވެއްޓުން ކަމުގައި ނޫނީ ނުވާނެ.
2ދަޅު
08 February 2020
ބުރޫއަރާފާނެ ކަމަށް ތިޔަ ބުނާ ހުރިހާ ކަމަކަށް ބުރޫއަރާފަ މިއޮތީ. އެކަމު ނިކުންނަން ނުކެރިފައި ތިޔަ ހުރީ.
ނަޖްވާ
08 February 2020
މި މަލީހާ ހެލްތް މިނިސްޓަރަކަށް އުޅޭ މީނަގެ ކޮއްކޮ މީ ހީހޫ ތަނުން ކައިގެން އުޅެން ދަސްކޮށްފަ ތިބި މީޙުން! ހަމަ މިހާރުން މިހާރަށް ބޭރު ކުރަން ޖެހިފަ ތިބި ބައެއް މީ! މީ އެ ބުނާ ޖަމީލުގެ ތިމާގެ މީހުން ކަމަށް ވަނީ!
ކަވާބުމޭހައްޑީ
08 February 2020
ވާނުވާގައި އަނގަނުތަޅުވާ. ހެލްތު މިނިސްޓަރަކީ ހުވަދޫ އަދި އައްޑޫއަށް ނިސްބަތްވާ މީހެއް. ޖަމީލުއާއި މަލީހުއަކީ ފޯއްމުލަކު ގެއަކަށް ނިސްބަތްވާ ދެބެން. ދެން ޓެކު މިނިސްޓްރީއާ ހިލާފަށް މި ރާއްޖޭގައި އެންމެ ބާރަށް ހިންގާ އެއް ވުޒާރާ މިހާރު ހެލްތު މިނިސްޓްރީއަކީ. ނަޝީދު ބުނެގެން ކޮން ފިތުނައެއް ތި ހަދަނީ؟
ބްލިޝް
08 February 2020
މަލީހުގެ ކޮއްކޮ ހެއްތު މިނިސްޓަރަކަށް ? މަށަށް އެގިފަ އޮތީ އަމީނަކީ މަލީހާ އިލާގައެއް ނެއް ގައްދޫ މީހެއްކަން
ބަރު
08 February 2020
ނަޝީދު ފެކްޝަނަށް ތި ނުން ވަރެއް ވާނެތަ؟ ކޮންމެވެސް ގޮތަކުން ފިތުނަ ހެދޭތޯ ބަލާތި. ރޯ ބުހުތާން ދޮގު ނެހެދިޔަސް މި ރާއްޖޭ އެންމެންނަށްވެސް އެނގޭ އަމީނުއަކީ މަލީހުއަކާ ނޫނީ ޖަމީލުއަކާ އެއްވެސް ތިމާގެ ކަމުގެ ގުޅުމެއް އޮންނަ މީހެއް ނޫންކަން.