ދެ ކުއްޖަކު ބޭޒާރުވާ ގޮތަށް އިއްޔެ ވީޑިއޯއެއް އާއްމުކުރި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ ބަލަމުން.
09 ފެބުރުއަރީ 2020 - 13:07
ކުޑަ ދެ ކުއްޖަކު، އުމުރާ ނުގުޅޭ އަމަލެއް ހިންގާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ދެ ކުދިން އެނގޭ ގޮތަށް ވީޑީއޯކޮށް، އެ ކުދިންނަށް އިތުރު އަނިޔާ އަށް ހުށަހެޅޭގޮތަށް ބޭޒާރުކޮށްލި މައްސަލަ ތަހުގީގުކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ވީޑިއޯ ވައިރަލްކުރި މީހަކު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ސޯޝަލްމީޑިއާ އަށް މި ވީޑިއޯ ދޫކޮށްލުމާ އެކު ގިނަ ބަޔަކު ޝެއާކޮށް، ހިޔާލުފާޅުކުރަމުން ދިޔަ އެވެ. އެކަކު ތުހުމަތުކުރި ގޮތުގައި މި މަހުގެ ކުރީކޮޅު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި އެ މައްސަލައިގެ ވީޑިއޯ ލީކުވީ މިނިސްޓްރީ ތެރެއިންނެވެ. މި ސީރިއަސް އިލްޒާމް މިނިސްޓްރީން ދޮގު ކުރެ އެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ކުޑަކުދިން ހިމެނޭ ވީޑިއޯ އެއްވެސް ފަރާތަކުން މިނިސްޓްރީއާ ޙިއްޞާކޮށްފައެއް ނުވޭ. މިނިސްޓްރީއަށް އެ ވީޑިއޯ ލިބިފައިވަނީ އިއްޔެ މީސްމީޑިއާ މެދުވެރިކޮށް.
— Ministry of Gender, Family and Social Services (@MoGFSSmv) February 9, 2020
ޖެންޑާގެ އޮފިޝަލަކު ވިދާޅުވީ އެތަނަށް ވީޑިއޯ ލިބުނީ އިއްޔެ ސޯޝަލް މީޑިއާ އިންނެވެ. އެކަމަކު އޭގެކުރިން މިފަދަ މައްސަލައެއް އެތަނަށް ރިޕޯޓްކުރުމުން ފުލުހުންނާ އެކު ބަލަމުން ދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެކަމަކު، އެއީ ސީދާ އެ މައްސަލަ ކަމެއް އިއްޔެއާ ހަމައަށް ދެނެގަނެވިފައި ނުވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ.
ކުޑަ ކުދިންގެ އަޚުލާގީ މައްސަލަތަކާ ގުޅޭ ވީޑިއޯ ސޯޝަލްމީޑިއާގައި ވައިރަލްކުރުމަކީ ވަރަށް އާއްމުވެފައިވާ ކަމެކެވެ. ޖިންސީ ގޯނާގެ މައްސަލަތަކުގައި ހިމެނޭ ކުދިން އެނގޭ ގޮތަށް އޯޑިއޯ އާއި ވީޑިއޯ އާއްމުކޮށްފައި އެބަހުއްޓެވެ. މީގެއިތުރުން ކުޑަކުދިންގެ ހިޔާގައި ދައުލަތުން ބަލަހައްޓާ ކުދިން އެތަނުގެ ގޯތިތެރޭގައި އުޅޭ ގޮތް ވީޑިއޯކޮށް، އަޚުލާގު ގޯސްކުދިންގެ ގޮތުގައި ސިފަކޮށް ވެސް ވީޑިއޯ އާއްމުކޮށްފައި ވެ އެވެ.
ފަހުން ވެސް އެ ކުދިންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކޮށްފާނެ މިފަދަ ވީޑިއޯ އާއްމު ނުކުރަން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ވީޑިއޯތަކުގެ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ، ރަނގަޅު ކަންތައްތަކާއި ގޯސް ކަންތައްތައް ވަކި ނުވާ އުމުރުގެ ކުދިންގެ ވީޑިއޯ އާއްމުކުރުމަކީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކަން ހަނދާންކޮށްދެއްވައިފަ އެވެ.
ރަގަޅު ކަންތަކާއި ގޯސްކަންތައް ވަކިނުވާ އުމުރުގެ ކުޑަ ކުދިންގެ ވީޑިއޯއެއް ނަގައި މިފަދައިން އާންމުކުރުމަކީ ވަރަށް ދެރަ ކަމެއް. އެފަދައިން އެކަން ކުރި ފަރާަތްތަކުން ކޮށްފައި އެވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުން މަނާކޮށްފައިވާ އަމަލެއް. https://t.co/Mj5SMBYUei
— Ahmed Usham (@a_usham) February 8, 2020
އުޝާމްގެ ޓުވީޓް.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރަން އާއިލާ އާއި މުޖުތަމައުގެ ޒިންމާތަކެއް ވެސް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ. ހައްގުތައް ރައްކާތެރިކޮށްދީ ކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން އޭގެތެރޭގައި ހިމެނެ އެވެ. އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކަށް ރިޕޯޓްކުރަން ވެސް ގާނޫނުގައި ލާޒިމްކޮށްފައިވެ އެވެ.
މި ރައްކާތެރިކަމާއި ހިމާޔަތަށް މަސައްކަތް ނުކޮށް އެ ކުދިން ބޭޒާރުކޮށްލުމަކީ ގާނޫނުގައި ބުނާ ގޮތުން ވެވޭ އިހުމާލެކެވެ.
Kudakudhin ge aburu himaayaiyy kuran govaa meehun kudakudhin naa gulhey faadu faaduge video social media ga hissaa kurumakee balaiganeveyne kameh noon😕😑 mi post thah share kuraa faraaiyy thakaa dheytherey fiyavalhu Alhan jehey. @PoliceMv 🙏
— Mariyam Shiuna (@Nannaxeev) February 8, 2020
އާއްމުވި ވީޑިއޯ އިން ފެންނަނީ އެ ކުދިންގެ މައްސަލައެއް ނޫނެވެ؛ އެ ކުދިން ދިރިއުޅޭ މާހައުލުން އެ ކުދިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެވިފައިވާ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމދު
12 February 2020
ޢެއްވެސް ބަޔަކު ބޭޒާރުވާ ގޮތަށް އެއްވެސް ވީޑިއޯއެއް އާއްމު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން
އައްލާބޭ
11 February 2020
ގައުމުގެ ހާލަތު އަބަދުވެސް ކުއްކުރާ މީހާގެ ދިފާއުގަ ސަރުކާރު އޮއްނަނީ އަދި އެކުއްބޭޒާރު ކުރިމީހާ މިހާރު ގޯސްމިވީ. މިއަދުންފެށިގެން ދެން މީހަކު ކިތަންމެ ބޮޑު ކުށެއްކުރާތަން ފެނުނަސް އަދި ކުށެއްކުރަން އުޅޭތަން ފެނުނަސް މަސަލާން ލޯމަރާލައިގެން މަދާނީ ޗުޕްވެސް ނުކިޔާނަން މީވާ ގައުމެއް...
ޔެސް
10 February 2020
ހެވާއި ނުބައި ވަކިނުވާނަަމަ އެވަރުގެ ކަމެއް ކުރަން އެކަހެރި ނުވާނެ. އަދިވެސް ވީޑިއޯ ޢާންމު ކުރި މީހާ ގޯސްވެގެން މި އުޅެނީ.
ހަމމމމ
10 February 2020
ހެވާ ނުބައި ވަކި ނުވާތީ އެންމެންނަށް ފެންނަ ހާމަކަން ބޮޑު ބެލްކަންޏެއްގަ އެކަން ކުރަން ތިބީ
ޥިސްނާބަލަ
11 February 2020
ޢެކުއްޖާއަކީ ވީޑިއޯކުރި މީހާގެ ދަރިއެއްނަމަ އެ ވީޑިއޯ ލީކް ކުރަން ކެރޭނެބާ.ފަރުދީ ޒިންމާ ކޮބާ؟
ސުލްދާން
10 February 2020
މިކަމުގެ ސަބަބުން އެތައް މައިންބަފައިންނެއް ހޭލެވި އެތަކެއް ކުދިންނެއް ސަލާމަތްވުމަށް މަގުފަހިވެގެން ހިގައްޖެ. އެކަން ކުރިމީހަކު އެކުރީ ހަމަ ވަރަށް އެދެވޭ ރަނގަޅުކަމެއް. ކާކުތޯ ހީކުރާނީ އެއުމުރުގެ ކުދިން އެފަދަ ކަންކަމުގައި އުޅެފާނެކަމަށް. އެކަމަކު މިއަދު ވިސްނިއްޖެ. އެއްކުއްޖަކު ދެކުއްޖަކު ހާމަވިޔަށް މުޅި ޖީލު ސަލާމަތްކުރުމުގެ ހިޠާލު އުފެދުމަކީ ލިބު ހެޔޮ ނަތީޖާއެއް. އެކުދިންނަކީ ކޮންބައެއްކަން ވީޑިއޯއަކުން ނުވެސް އެނގޭ.
ވިސްނަންވާނެ
09 February 2020
އެއީ ކީއްކުރަން. ނޭންގި ނަ މަވެސް އިހު މާލުވެތިބެ، ނިދީގަ ތިބި ބެލެނިވެރިންތަކެއް ހޭލައްވާލީ މަ އެވޯޑެއް ދޭންތަ. އަދިވެސް ހޭވެރިކަން ވާކަށް ނުވޭތަ.
ވިސްނަންވާނެ
09 February 2020
އަސްލު އެވީޑިއޯގެ ސަބަބުން ނިދިފަ ތިބި ބެލެނިވެރިން ތަކކަށް ހޭލެވިއްޖެ. ކުދީންނަށް އިންޓަރނެޓް ބޭނުން ވަރަކަށް ދިނު މަކީ ކިހާވަރެއްގެ ކަ މެއްކަން އިހުސާސް ވެއްޖެ. ކޭބަލްޓީވީ އިން ކުދީންނަށް ކުރާނެ އަސަރު އަދިކިރިޔާ ބައެއް ބެލެނިވެރިނނަށް ރޭކާލީ. އަދިއޮތީ ކުޑަކުދިންގެ ފިލް މޭ ކިޔާބައިވެސް. ކާޓުނުތައް.ދިވެހި ޗެނަލްތަކުންވެސް އެވަރަށް ދައްކާ ބައްދާ ތަންތަންވެސް.ދޮން ދޭތަން ނުދެއްކިޔަސް ބަލަން ތިބޭ މީހުންނަށް އެދެނި ދޮނެއްކަން އިނގޭވަރށް ގައިގޯޅ
ވަރަށް ތާޢީދު
09 February 2020
އިންޝާﷲ! ދިވެހި ފުލުހުން، އެމީހަކު ހޯދާނެ ކަމާއިމެދު، ޝައްކެއް ނުކުރަމެވެ. އަޅުގަނޑުގެ އެދުމަކީ އެމީހަކީ ދަރިއަކު ނެތް ޒުވާނެއް ނަމަ، އެކުރެވުނު ކަންތަކުގެ ނުބައިކަން ވިސްނައިދީ ނަޞޭޙަތްތެރި ވުމެވެ. އެއީ ދަރިންތިބި ހަރުހިލައެއް ނަމަ، އެންމެ ތަންފުކެއް ވެސް ދޫނުކޮށް ޙައްޤު އަދަބު ދިނުމެވެ.
ހަކީމްބެ
10 February 2020
ވީޑިއޯ އާންމުކުރި މީހާއެއްނޫން ހައްޔަރު ކުރަންވީ. ހައްޔަރު ކުރަންވީ އެކުދިންގެ ބެލެނިވެރިން. ވީޑިއޯ ލީކުވީ ކާކުއަތުން ކަމެއް ދެނެއެއް ނުގަނެވޭނެ. އެ ކަން ވީޑިއޯ ނުކޮށް ސަރުކާރު އެއްވެސް މުއައްސަސާއަކަށް އެމައްސަލަ ހުޝަހެޅިޔަސް ތިކިޔަނީ ކީހޭހެވެސް އަހާނުލާނެ. ވީޑިއޯ ކުރި މީހާއަށް ހަމަ ސާބަސް. ވީޑިއޯ ކުރި މީހާއެއްނޫން ފެއިލްވެފަ އޮތީ. ފެއިލްވީ އެކަންތަށް ބަލަންތިބޭ މުއައްސަސާތަށް ކުޑަކުއްޖަކު ރޭޕްކިރުމުން ސިދާތާ އިސްތިއުފާއަށް ގޮވުންކަހަލަ ކަމެއް
އޮނަރަބްލް އަފީފު ދީދީ
09 February 2020
ތުރާކުނުން އައްޑުއަށް ހިމެނޭ ރަށްރަށުގެ ރައްޔިތުނަށް މަޖުބޫރުކޮށް އަކަކިލޯ މީޓަރުނެތް ރަށްގަޑަކަށް ގެނެސް އެރަށުގެ ބިންވެރިންނަށް މާލީ މަންފާހޯދާދޭން މާލޭސަރުކާރުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން އެތައްޖީލެއް ހަލާކުވެ ޖިންސީ ފުރައްސާރައާއި ޑްރަޤުގެ އަޅުދާސްތުގައި ޖެހިއްޖެ. # ދެންވެސް މިކަން ހައްލުކުރުމަށް އަދުލުވެރިކަމާއި އެކު ދައުލަތް ހިންގާން މަސައްކަތްކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި މީހުން ދިރިއުޅޭނެ ވަސީލަތް ޤާއިމްކޮށްދެއްވާ.
އަސްތާ
10 February 2020
ރާއްޖޭގައި އުޅެފައި ތިބި އަދި މިހާރުވެސް އުޅެމުންދާ ފަރާތްތަކުގެ ނަންތައް ބޭނުންކޮށްގެން ތިގޮތަށް އެކިތަންތާ ކޮމެންޓްކުރެވިގެން ނުވާނެ. މިއީ މި ނޫހުން ވެސް ވިސްނާލަންޖެހޭ ކަމެއް. ރާއްޖޭގެ ޢިއްޒަތްތެރިންނާއި އެނޫންވެސް އެފަދަ މީހުންގެ ނަންތައް ބޭނުންކުރެވިގެން ނުވާނެ
އޮނަރަބްލް އަފީފު ދީދީ
09 February 2020
އިޤިރޭސިން ގަމުން ފޭބުމާއިއެކު "އައްޑޫ ރައްޔަތުން ގިއްގަޅުވާލުމަށް" މާލޭސަރުކާރު ހިފާފައިވާތީ 1965 ކުން މިއަދާއި ހަމައަށް "މަޖުބޫރީ ހާލަތުގައި" ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑުއާބާދީއަށް ދިރިތިބެން ބޭނުންނަމަ މާލެ ހިޖުރަކުކުރުން ނޫންގޮތެއްނެތް. # ފުރުސަތުގެ ބޭނުންކޮށް މާލޭގެ ބިންވެރިންނަށް ރަންވަޅުތަކެއްފަދަތަނަކަށް އެމީހުންގެ ގޯތިހަދާދީ ކުދި ގޮޅިތަކުގައި ރަށްރަށުގެ ރައްޔިތުން ގެންގުޅުމަށް މާލޭސަރުކާރު ރުހުނަތީވެ މިކަންކަން މިހިސާބަށް އައީ.
އޮނަރަބްލް އަފީފު ދީދީ
09 February 2020
މިފަދަކަންކަމުގައި ސަރުކާރުން ޒަމާނާއިގުޅޭ ރަނގަޅުމަގު އިޙްތިޔާރުކޮށް ދާއިމީހައްލަކަށް މަސައްކަތްނުކުރަނީ ކީއްވެ؟! މިޒަމާނުގައި މީޑިއާ ހިފަހައްޓާ މިފަދަ ކަންކަން ދެނެގަތުމަކީ އަހަރުމެން ފަދަ ޤައުމަކާއި ނުބައްދަލު މަސައްކަތް. # ރާއްޖޭގެ ސަރަހައްދުތަށް ތަރައްޤީކޮށް މާލޭގެ ކުޑަކޮޓަރިގަނޑެއްގައި މުޅިއާއިލާ ގެންގުޅުމުގެ ސިޔާސަތު ބަދަލު ކުރޭ. # ޙަޤީގަތުގައި މިފަދަކަންކަންއާލާވުމުގެ އަސްލަކީ ކުލީ އަޅުވެތިކަމުގައި ދިވެހިންއުޅެން މަޖުބޫރު ކުރުވާފައިވުން.