ލައިފްސްޓައިލް / ތާރީހް

ދެ ހާސް އަހަރު ކުރީގެ ކަދުރު އޮށަކުން ގަސް ފަޅުވައިގެން އާލާކުރަނީ

މީގެ ދެހާހެއްހާ އަހަރު ކުރިން ދުނިޔެ އިން ނެގި ގޮސްފައިވާ ކަދުރުގެ ބާވަތަތެއް އާލާކުރުމުގެ މަސައްކަތްތަކެއް ސައިންސްވެރިންތަކެއް ފަށައިފި އެވެ.

އިޒްރޭލްގެ ހަދައްސާ މެޑިކަލް އޮގަނައިޒޭޝަނުން 2008 އިން ފެށިގެން އާލާކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މެދުއިރުމަތީގެ ސަހަރާތަކުން ގަދީމީ ޒަމާނުގައި ލިބެމުން ދިޔަ ޖޫޑިއަން ކަދުރެވެ. މިއީ އާންމުކޮށް މިހާރު ލިބެން ހުންނަ ކަދުރަށް ވުރެ ސައިޒްގެ ގޮތުން ބޮޑު އަދި ރަހަ ވެސް ތަފާތު ބާވަތެކެވެ.

ހަދައްސާ މެޑިކަލް އޮގަނައިޒޭޝަންގެ ޓީމުން ކުރިން ޖޫޑިއާ ސަރަހައްދުގެ ހާއްސަ ބާވަތެއްގެ ގޮތުގައި ފާހަގަކުރެވުނު ޖޫޑިއަން ކަދުރު އުފައްދަން ކުރާ މަސައްކަތްތަކުގައި އިސްކޮށް ހުންނެވި ޑރ. ސަލާން ސެލަން ވިދާޅުވި ގޮތުގައި ޖޫޑިއަން ވެރައިޓީގެ ކަދުރުގެ އޮށްތަކެއް ހޯދާފައި ވަނީ ހުޅަނގު އައްސޭރީގައިވާ ޑެޑް ސީގެ ހިސާބުގަނޑަކުންނެވެ.

އޭރު އެއީ ކަދުރު ތިޔާގި ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހުރި ކުނިތަކެއްގެ ތެރޭގައި ރައްކާކުރެވިފައި ހުއްޓައި ފެނުނު "މެތުސެލާ" ގެ ނަން ދީފައިވާ އޮށެއްގެ އިތުރުން، ފަހުން ފެނުނު 32 އޮށެއްގެ ތެރެއިން ހަ އޮށެއް ބޭނުންކޮށްގެން ކަދުރު ރުއް ފަޅުވަން ކުރި މަސައްކަތް ވަނީ ކާމިޔާބު ވެސް މި އެވެ.

މި އޮށްތަކުން ފެޅުވި ގަސްތަކަށް ވަކިވަކި ނަންތަކެއް ވެސް ދީފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަދަން، ޖޯނާ، އުރީލް، ބޮއާޒް، ޖުޑިތު އަދި ހަނާ އެވެ.

ނަމަވެސް މީގެ ޓީމުން އެންމެ ބޮޑަށް ފިކުރު ބޮޑުވާ އެއް ކަމަކީ ކުރީގެ ޖޫޑިއަން ކަދުރުން ދޭ ރަހަ އާ ކަދުރުން ދޭނެކަމާ ދޭތެރޭގަ އެވެ.

މިކަމާ ބެހޭ ގޮތުން ސައިންސް އެޑްވާންސެސް ޖާނަލްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުގައި ޖޫޑިއަން ކަދުރު ހުސްވެފައި ވަނީ އިންސާނުން ދުނިޔޭގައި އާބާދުވާން ފެށުމާ އެކު، ކަދުރު ރުއްތަކަށް އަޅާނުލެވި ގަސްގަހާހެގި ކަނޑަން ވެސް ފެށުމާ ގުޅިގެންނެވެ. އަދި މިއީ މޫސުމަށް އަންނަ ބަދަލުތަކާ ވެސް ގުޅުންހުރި ކަމެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ޑރ. ސެލަން ވިދާޅުވި ގޮތުގައި ކަދުރަކީ އިންސާނީ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗަކަށްވާތީ، ދުނިޔޭން ހުސްވެފައިވާ ބާވަތެއްގެ ކަދުރު އާލާކުރަން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު މަސައްކަތަކަށް ވާނެ އެވެ.

9 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 79%
icon sad icon sad 13%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Huvadhoo

14 October 2020

ފުރަތަމަ ކަމަކަށް އެ އޮށްތަކަށް 2000 އަހަރު ވެއްޖިއްޔާ، އޭގަ ނުހުންނާނެ އެއްވެސް ކަމެއް.. ކަދުރު އޮށަކީ ނުލާހިކު އަވަހަށް ހަލާކުވާ އެއްޗެއް. ތި ބުނުން ބަލައިނުގަނެވޭ

The name is already taken The name is available. Register?

ގަސްކަނޑާ

11 February 2020

ތިހެން އުޅެގެން އެންމެފަހުން އޮންނަނީ އަތައްގޮވާފަ ނުބައި އެއްޗެއްހެދި އެކަމުގެ ނުރައްކާ މުޅި ދުނިޔެއް ކުރިމަތިވެފަ އޮންނަނި

The name is already taken The name is available. Register?

ޅެންކިޔާބޭ

11 February 2020

ރަހަބަލާލަން ދޭތި

The name is already taken The name is available. Register?

ލަމްބަ

11 February 2020

ތީރުއްރުކުގަ ކަދުރު އެޅީމަ ބަހަން ބޭނުމިއްޔާ މިތާ އެބައޮތް ޞަދަޤާތު ފައުންޑޭޝަން. ބަހަންޏާ ބެހޭނީ ފައުންޑޭޝަން ނަންމަތީ. ހިލޭ ދިނަސް

The name is already taken The name is available. Register?

ދިއްދޫ މޫސާ

11 February 2020

އެހެން ބަޔަކަށް ނުވެސް ބެހޭނެ ދޯ... އެ މީހުންވާ ބަހާ ވެސް... ޒީރޯ ޓޮލަރެންސް ސަރުކާރުގަ ބަހާނެ އެއްޗެއް ވެސް ނެތި އަމިއްލައަށް ވިއްޔާ ކައި ހުސްކޮށްލަނީ.. ލޮލް

The name is already taken The name is available. Register?

މައިޒާން

11 February 2020

ތިޔަ ރުއްތައް އަދުން ހުސޭނު ނުވިއްޔާ ރަނގަޅު.

The name is already taken The name is available. Register?

ނަން

11 February 2020

އޭއި ބަލަ އިޒުރޭލުންނޯ ހަދަނީ!

The name is already taken The name is available. Register?

ބުރަ

11 February 2020

ޕާރޓޫ ދެން ކައޭ ބަހަންވީނު

The name is already taken The name is available. Register?

ބަމްބަ

12 February 2020

ސަދަގާތް ފައުންޑޭޝަން ނެތުމުން ވީ ގޮތަކީ މިދިޔަ ރޯދަމަހު ކަދުރުކޮޅެއް ކާން ލިބުނީ މަދުބަޔަކަށް އަދި ލިބުނު ބަޔަކަށްވެސް ލިބުނީ ފިރުތު އީދަށް ހަނދުބަލަން 1 ދުވަހަށް ވެފަ އޮއްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454