މަންޓާ އެއާގެ ސީ ޕްލޭނެއް: އާ ޓާމިނަލްގެ ކޮންޓްރޯލަށް ޓީއެމްއޭ ޑިމާންޑްކުރާ މައްސަލައިގެ ތެރެއަށް މަންޓާ އިން ވަނީ ވަދެފައި.
13 ފެބުރުއަރީ 2020 - 21:31
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެމްއޭސީއެލް އިން ހަދާ އާ ސީޕްލޭން ޓާމިނަލާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ދެއްކި ހައްލާ މެދު ނުރުހުންވެ، ޓީއެމްއޭ އިން ބޭނުން ވަނީ އޭވިއޭޝަން ދާއިރާގެ ވާދަވެރިކަން ނައްތާލައި ކޮންޓްރޯލް ނަގަން ކަމުގެ ތުހުމަތުތަކާ އެކު، އެ މައްސަލައިގެ ތެރެއަށް މަންޓާ އެއާއިން ވަދެއްޖެ އެވެ.
ސީޕްލޭން ޓާމިނަލް ދޫކުރަން ނިންމައި ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ ގުޅިގެން ޓީއެމްއޭ އިން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކަމާގުޅޭ އެހެން އިދާރާތަކަށް މަންޓާ އިން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ހިމެނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މި މައްސަލައިގައި ގޯސް ހަދާފައިވާ ކަމުގެ ތުހުމަތާ އެކު، ސަރުކާރާއި ޓީއެމްއޭ އަށް ފައިދާވާ ގޮތަށް އަވަހަށް ގޮތެއް ނިންމަން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވަމުން ގެންދަވަނިކޮށް، މަންޓާ އިން އެމަނިކުފާނަށް ފޮނުވި ސިޓީގައި، އެ ކުންފުނީގެ ކަންބޮޑުވުންތައް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހިއްސާކުރުމުގެ ފުރުސަތުތަކަށް އެދިފައި ވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސީ ޕްލޭން އޮޕަރޭޓްކުރާ، އޮޕަރޭޓަރުންގެ ތެރޭގައި ހިމެނޭ މަންޓާގެ ސިޓީގައި ބުނީ، މާލިއްޔަތު ކޮމިޓީގައި ޓީއެމްއޭ އިން މި ހަފުތާގައި ވާހަކަ ދައްކާފައި ވަނީ އެ މީހުންގެ ކޮޅަށް ބުރަވެ، ހަގީގަތް ވެސް އޮޅޭގޮތަށް ކަމަށެވެ.
އެ ކޮމިޓީގައި މައިގަނޑު ވާހަކަ އަކަށް ޓީއެމްއޭ އިން ބުނެފައި ވަނީ، އާ ސީޕްލޭން ޓާމިނަލުން އެ ކުންފުންޏަށް، މިހާރު ވެސް ބިން ދޫކޮށްފައިވާ އަގުގައި، ކުރިއަށް އޮތް ދެ އަހަރަށް ބޮޑު ޖާގައެއް ދޭން ފިނޭންސް މިނިސްޓްރީން ނިންމިޔަސް، އެއީ ހިތްހަމަޖެހޭ ވަރުގެ ސަރަހައްދެއް ނޫން ކަމަށެވެ. އާ ޓާމިނަލުގެ ޖާގައާ ގުޅޭ ގޮތުން 2017 ގައި އެމްއޭސީއެލް އިން އެ ކުންފުންޏަށް ފޮނުވި ސިޓީ އަކީ، ޓީއެމްއޭ އިން ގަބޫލުކުރާ ގޮތުގައި، އެއްބަސްވުމެކެވެ. އެކަމަކު އޭސީސީ އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ވެސް އެ ވާހަަކަ ދޮގުކުރެ އެވެ.
މަންޓާ އިން ގަބޫލުކުރާ ގޮތުގައި، އެމްއޭސީލް އިން ބޮޑު ހޭދައެއް ކޮށްގެން ހަދާ އާ ޓާމިނަލް ކުއްޔަށް ދޫކުރުމުގައި ސަރުކާރުން ނިންމައި ފިނޭންސް މިނިސްޓްރީން އާއްމުކުރީ ވާދަވެރި މާހައުލެއްގެ ތެރެއިން އޮޕަރޭޝަންތައް ހިންގޭނެ ހައްލެކެވެ. އެ ހައްލު ގަބޫލުނުކޮށް، މުޅި ޓާމިނަލްގެ ކޮންޓްރޯލް ނަގަން ޓީއެމްއޭ އިން ކުރާ މަސައްކަތާ ދެކޮޅު ކަމަށް ސިޓީގައިވެ އެވެ. މަންޓާ އިން ސުވާލު އުފައްދަނީ، ޓާމިނަލުން ބޮޑު އާމްދަނީއެއް ނުލިބޭ ކަމަށް ޓީއެމްއޭ އިން ބުނުމަށް ފަހު، މުޅި ޓާމިނަލްގެ ކޮންޓްރޯލް ހޯދަން ސަރުކާރުގެ މުއަައްސަސާތަކުގައި ލޮބީކުރަމުންދާ މައްސަލައިގަ އެވެ.
ޓީއެމްއޭ އިން ޑިމާންޑް ކުރަނީ އާ ޓާމިނަލުން އެ މީހުން މިހާރު ބޭނުންކުރާ ޖާގައަށް ވުރެން 200 ޕަސެންޓް ބޮޑުކޮށް، 20،000 އަކަ މީޓަރަށް ކަން ފާހަގަކޮށް، މަންޓާ އިން ތުހުމަތުކުރި ގޮތުގައި، އެއީ ވާދަވެރި މާހައުލު މުޅިން ނައްތައިލުމެވެ. މިއާއެކު، ޓީއެމްއޭގެ އަމާޒަކީ އާ ސީ ޕްލޭން ޓާމިނަލާ ގުޅިގެން ފަސް މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާ 12،746 އަކަ މީޓަރުގެ އެމްއާރުއޯ ފެސިލިޓީގެ ވެސް ކޮންޓްރޯލް ނެގުން ކަމަށް ޓީއެމްއޭ އިން ތުހުމަތު ކުރެ އެވެ.
ސީޕްލޭން ޓާމިނަލް، މަލްޓި އޮޕަރޭޓާ ޓާމިނަލަކަށް ބަދަލުކުރަން ވަކާލާތު ކުރަަނީ ޓީއެމްއޭ އިން ކަމަށް ބުނާ ވާހަކަ އަށް ރައްދު ދީ، މަންޓާ އިން ސިފަކުރި ގޮތުގައި ޓީއެމްއޭގެ ވިސްނުމަކީ އެހެން ހުރިހާ އޮޕަރޭޓަރުންނަށް ފުރުސަތު ގެއްލުވައިލުމެވެ. އަދި މުޅި އޭވިއޭޝަން އިންޑަސްޓްރީ ޓީއެމްއޭ އިން ކޮންޓްރޯލް ކުރުމެވެ. ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލުމުން، ވާދަވެރިކަމަށް ބުރޫއެރުމުގެ އިތުރުން މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެއްލުންވާނެ ކަމަށް މަންޓާ އިން ބުންޏެވެ.
އާ ސީ ޕްލޭން ޓާމިނަލް ހިންގޭނީ، އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު ޓީއެމްއޭ އަށް ކަމަށް ބުނާ ވާހަކަ އަކީ ވެސް ހަގީގަތެއް ނޫން ކަމަށް މުއައްސަސާތަކަށް ފޮނުވި ސިޓީގައި މަންޓާ އިން ދެކެ އެވެ.
އާ ސީ ޕްލޭން ޓާމިނަލުން ލައުންޖް ހަދަން ޖާގަ ކުއްޔަށް ދޫކުރަން އޮޕަރޭޓަރުންނާ އެކު އެމްއޭސީއެލް އިން މަޝްވަރާކުރަމުން އަންނަނީ މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްގައި ކަމަށާއި އަކަ މީޓަރަކަށް މަހަކު 10.35 ޑޮލަރުގެ ރޭޓުން ދީފި ނަމަ އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުމެއް ދައުލަތަށް ވާނެ ކަމަށް އޭސީސީން މިއަދު ބުންޏެވެ.
ސީޕްލޭން ޓާމިނަލް، މަލްޓި އޮޕަރޭޓާ ޓާމިނަލަކަށް ބަދަލުކުރަން ވަކާލާތު ކުރަަނީ ޓީއެމްއޭ އިން ކަމަށް ބުނާ ވާހަކަ އަށް ރައްދު ދީ، މަންޓާ އިން ސިފަކުރި ގޮތުގައި ޓީއެމްއޭގެ ވިސްނުމަކީ އެހެން ހުރިހާ އޮޕަރޭޓަރުންނަށް ފުރުސަތު ގެއްލުވައިލުމެވެ. އަދި މުޅި އޭވިއޭޝަން އިންޑަސްޓްރީ ޓީއެމްއޭ އިން ކޮންޓްރޯލް ކުރުމެވެ. ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލުމުން، ވާދަވެރިކަމަށް ބުރޫއެރުމުގެ އިތުރުން މުޅި ޓޫރިޒަމް އިންޑަސްޓްރީ އަށް ގެއްލުންވާނެ ކަމަށް މަންޓާ އިން ބުންޏެވެ.
މި މައްސަލައިގައި ގިނަ ކަންކަން އިސްލާހުކުރަން އެމްއޭސީއެލް އަށް އަންގާފައިވާ ކަަމަށް އޭސީސީން ބުނެ އެވެ. އަދި ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ނުވަތަ އޮޕަރޭޓަރުންތަކަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމަށާއި އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަަމަށް ވެސް އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންމައްކޮ
15 February 2020
ރަގަޅު ރާއްޖެއިން ބިޒްނަސް އަކައް ނުވާނެ ދަވާ ނުލެނެއްޏަކާމުން. ވަދޭ، އެންމެންވެސް ވަދޭ. ގައުމު ދަވާލެވޭނެ ހުރިހާ ގޮތަކައް ދަވާލާ. ދެން ބަޗާ!
ކެމެލް
14 February 2020
ޗަމްޕާއާއި ޔުނިވަރސަލް ޖެހެނީތާ! ތިޔަ 2 ފަރާތް ޖެހިގެން ނަމަވެސް އޭގެ މަންފާއެއް ދައުލަތަށް ކުރަންޏާ ކިތަންމެހާވެސް ރަނގަޅު!
ދޮން ދީނި
15 February 2020
ތިޔަ ހުރީ އޮޅިފައި. މަންޓާގެ ޝެއަރ ހޯލްޑަރުން އެނގިލައްވަތޯ؟ އެނގޭނަމަ ތިހެން ނުބުނާނެ. މިބުނީ ލައްކަ ވާހަކަ.
ސިރުފާ
14 February 2020
މިސީޕްލޭން ޓާމިނަލްގެ ކަންތަށް ކޮރޯނާވައިރަސް އަށްވުރެ ވަކި ކުޑައެއްނޫން މީމިހާރު ގައުމީމަސައްލައަކަށް ވެއްޖެ.
ޒުވާނާ.
14 February 2020
ދުނިޔެކާނީ މަކަރާޖަހައިގެން ކަ މައް ވަރައްގިނަ މާ މައިން ކާފައިން ބުނަ މުންދިޔަ އަޑުއެހިން ޔާ މީނު ކަ މުނުގޮސް ހިންނަވަރު ރުއްގަނޑުން ވެސްހޮވުނީ ފީކާއްޓެއްކަން އެނގު މުން ރިސޯޓު މުވައްޒަފުން މިތިބީ ވަރައްބޮޑު ހިތާ މައެއްގަ ސައުދާގަރު ފައިދަށުވެފަ ޓީއެ މްއޭ ދަށުވެފަ ދިރާގު އުރީދޫ ދަށުވެފަ އަގުހެވެއް ނުކުރެވުނު ވާނުވާ ނޭނގި ބެހެ މުން އޮޔާދަނީ ޖެހުނު މީހަކު ޖެހުނު އެއްޗެއްކަނީ ޑި މޮކްރަސީބާ މީ ނޫވަތަ ޖަންގަލީގެ އަނދިރި ގަނޑެއްބާ
ވައިޓްބޯޑު.
14 February 2020
މަންތާ އަކީ އެމްއޭސީއެލް ބޯޑުގެ ޗެއަރމަންގެ ކުންފުނި. ޓީއެމްއޭ އަކީ ހަމަ އެބޯޑުގެ ދެތިން މެމްބަރުންގެ ކުންފުނި. މިހާރު ބޯޑުގެ ތެރޭގެ ކޯޅުން ތިޔަނުކުތީ ބޯޑްރޫމުގެ ބޭރަށް. ޢެނގިދާނެތާ ވާގޮތެއް.
ހަސަނު
14 February 2020
އެބަ ރަނގަޅުވޭ.....
ޝާން
14 February 2020
މަންޓާ އިން ތަދައްހުލު ވާންޖޭތަ؟
ކަކުނިބޯ
14 February 2020
ކަލެއަކަށް ނޭންގޭތަ ނިންމަނީ ކޮންމެ ނިންމުމެއްކަމަށްވިޔަސް މަންޓާ އަށް އަސަރުކުރާނެކަން އެއީ ވާދަވެރިއެއްކަ މެއް
ޗާބޫ
14 February 2020
ރިސޯޓްތަށްވެސް ކީއްކުރަންތަ އެއްބަޔަކަށް 99 އަހަރަށް މުއްދަތު އިތުރުކޮށްފަ ކުއްޔައް ދޫކުރަށް ވަރިހަކޮށްފަ އޭސީސީ ތިއޮށްނަނީ.. މިހެން ވު މުގެ ސަބަބުން މިދާއިރާއަށް ނުވަދެވިފަ ފުރުސަތު ގެއްލިފަ ތިބީ ކިޔަށް ދިވެހި ރައްޔަތުންނެއްކަން އޭސީސީ އަށް އިގޭބާ.. މިކަން ކުށަކަށް ނުވަނީބާ؟ އެއްގޮތަކަށްވެސް ޓީ.އެ މް.އޭ އަށް ބޮޑު ތަނެއް ދިގު މުއްދަތަކަށް ދޭން ތާއިދު ކުރަނީއެއްނޫ،
އޮނަރަބްލް އަފީފު ދީދީ
14 February 2020
ކޮންމެހެން މާ ރަނގަޅު ބަޔަކަށް ހެދެން އާޓްދައްކާން ނޫޅޭ. މިހުރިހާ ކަމެއް ހިންގަނީ ކަލޭމެން އަމިއްލައަށް "ޓްއަރިޒަމްގެ ބާނީންކަމަށް ހެދިގެންއުޅޭމީހުން" ކަން އަހަރުމެނަށް އިގޭ. # ދައުލަތުގެ ތިޔަ ކުންފުނީގެ ބޯޑް ޙިސޯރު ކޮށްގެން ތިތަނުގައި ތިތިބީ ދެވަނަ ކަމަކުނޫން. ބޯޑް ޗެއަރމަނަކީވެސް މެންބަރުން ވައްދައިގެން އުޅޭ އަފީފް ފަދަ މީހެއް. އޮޅުވާލަން ނޫޅޭ.
ސުންދެރިޔާ
14 February 2020
ރާއްޖޭގެ ފަތުރުވެރިކަމުގެ ފައިދާ އެންމެންނަށް ހިއްސާ ކުރުމަށްޓަކައި އެމްއޭސީއެލްއާއި ސީޕްލޭން އޮޕަރޭޓަރ ކުންފުންޏެއް އުފައްދައިގެން ދިވެހި ސަރުކާރުން މިތަން ހިންނަންވެއްޖެ.