މާލޭގެ މަގު ހެދުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރ
17 ފެބުރުއަރީ 2020 - 18:43
މާލޭ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއު ފަށަން ވެސްޓް ޕާކް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، މި މަސައްކަތް ކުރާނީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓްގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނަސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރައްޔިތުންނަށް އިތުރަށް ބޭނުންވާނެ ބޯހިޔާވެހިކަމުގެ މަސައްކަތް ކުރަމުން،" ރައީސް
މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން 4،000 ހައުސިން ޔުނިޓު އެޅުމަށް މިދިޔަ ރިިޔާސީ އިންތިހާބުގަ އާއި މަޖިލިސް އިންތިހާބުގައި އެ މަނިކުފާނު ވައުދުވެވަޑައިގަތްކަން މި ރަސްމިއްޔާތުގައި ހަނދާން ކޮށްދެއްވި އެވެ. ނަމަވެސް ރައީސް ވިދާޅުވީ ފަހުން ހެދި ދިރާސާތަކުން، މާލޭގެ ރައްޔިތުންނަށް އެއަށް ވުރެ އިތުރަށް ބޯހިޔާވެހިކަން ބޭނުންވާކަން ދެނެގަނެވުނު ކަމަށެވެ.
"އަޅުގަނޑުމެންގެ ދިރާސާގެ އަލީގައި އެއަށް ބަދަލު ގެނަސް، އަޅުގަނޑުމެން މިދަނީ މާލޭގެ ރައްޔިތުންނަށް އިތުރަށް ބޭނުންވާނެ ބޯހިޔާވެހިކަމުގެ މަސައްކަތް ކުރަމުން،" އެ މަނިކުފާނު ވިދާޅުުވި އެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގައި ނައިބ ރައީސް ފައިސަލް ނަސީމް (ވ) އާއި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (ވ-2) އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު (މ) އާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް (ކ-2) ބައިވެރިވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މީގެ އިތުރުން އިތުރު 4،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ މަނިކުފާނު ވިިދާޅުވި އެވެ. އަދި މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއު އާއި ވެށިފަހި ޕްރޮގްރާމްގެ ދަށުން ރައްޔިތުންނާ އެކު ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެ މަސައްކަތް ލަސްނުކޮށް ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މާލޭ ސްޓްރީޓްސްކޭޕިންގ ޕްރޮޖެކްޓް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް އިފްތިތާހް ކޮށް ދެއްވުން . pic.twitter.com/90CMSe68Ab
— Male' City Council (@MaleCitymv) February 17, 2020
މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއް
މި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ އިތުރު މަސައްކަތްތަތުގެ ތެރޭގައި އަންނަ ޖޫން މަހުގެ ކުރިން މާލެ އާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދަތުރުވެރިންގެ މާރުކޭޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން މަސައްކަތް ކުރައްވަމުން އަންނަ ކަމަށާއި ރޯދަ މަސް އައުމުގެ ކުރިން ވަގުތީ މާރުކޭޓެއް ހަދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މާލެެ އަށް ދިމާވެފައިވާ ގިނަ މައްސަލަތަކަކީ، ދުރާލާ ވިސްނުމެއް ނެތި ތަރައްގީކުރުމުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއަދު ފެށި މަގު ހެދުމުގެ މަޝްރޫއަށް އަމާޒުކުރައްވާ ވިދާޅުވީ، މިއީ އެ މައްސަލަަތަކަށް ހައްލެއް ހޯދަން ކުރެވޭ ފުރަތަމަ މަސައްކަތް ކަމަށެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަށް 462 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިފައިވެ އެވެ. މިއަދު ފެށީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތެވެ. ކުރިއަށް އޮތް ދެ މަސް ދުުވަހުގެ ތެރޭގައި ކަނބާއައިސާރަނި މަގުގެ ސަރަހައްދުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރުކުޑަ އަލީ
11 November 2020
އަނެއް ދެ އަހަރު އޮންނީ ކޮންސަލްޓަންސީ ޑިޒައިންކުރުން އިއުލާނުކުރުން. 2023 ގައި ފައުންޑޭޝަން އެޅުން .ފައުންޑޭޝަން ދައްކައިގެން ވޯޓު ހޯދުން . ވޯޓު ހޯދަން ގެޔަށް ނުވަންނާތި !
ދިވެހި ދަރިއެއް1
18 February 2020
މީމާލޭގެ ރައްޔިތުންނަށްތޯ ނޫނީ މާލޭގަ ދިރިއުޅޭ ރައްޔިތުންނަށް ތޯ
ރަށުމީހާ
18 February 2020
ދުނިޔޭގެ އެހެން ގައުމު ތަކުގާ ފުލެޓް ދެނީ ނިކަމެތި ރަށްޔިތުންނަށް ނަމަވެސް މި ރާޖޭގާ ފެންނަނީ މުޅީން ތަފާތު. މުއްސަދިންނަ ފެލެޓް ލިބޭތަން. ވެދުން.
ރަށުމީހާ
18 February 2020
ތިކަހަލަ ހުވަފެން ފެނި ފެނި މިހާރު ބޭބެމެން މުސްކުޅިވެއްޖެ. އަދިވެސް މިތިބީ ފޮނި އިންތިޒާރުގާ.
ޢެހެންތަ ހީވަނީ
18 February 2020
:ހިޔާމަސްރޫއުއާއި ވެށިފަހި މަސްރޫއުއާއި އެއްގޮތަށް ރައްޔިތުންނާއި އެކު މިދިއަ ސަރުކާރުންވެވިފަވާއެއްބަސްވުން.:ރައިސޫ އެއްބަސްވުމެއްނެތް .ރައިސް ބޭނުންފުޅުވާނަމަ ފުލެޓްލިބިފަވާކަމަށްދޫކޮއްފަވާލިއުން ބާތިލްވެސް ކުރެވޭނެ . ތީ ހެއްދެވޭ އިތުރު ފުޅެއް ކައުންސިލް އިންތިހާބު ބޯމަތިވުމުން ގަލި ހެއްދުމެއް އެގްރިމެންޓް ހައްދަވާ އިންތިހާބުގެކުރިން .ތިވާހަކައަށް އިތުބާރު ކުރެވެން ނެތް މީކުރިން ވެފަވާ ހޮޅި ވައުދުފަދަ ވައުދަކަށް ނުހެއްދެވުންއެދެން.
އެކަނި ވެރިޔާ
18 February 2020
ފުލެޓު ދިނުން ގޯހެއްނޫން ހުޅުމާލޭން އެއްމެން ނަން ކުރިމަތި ނުލެވޭ ގޮތަކަށް ބިން ދީގެން ނުވާނެ..
ހިޔާލު
18 February 2020
ސާބަސްމާލޭގެ ދިހަބުރިގެ ތިބި މީހުން ނުދީ ހައްގުވެރިންނަށް ދޭނެބާ
އަރުވާލި އާދަނުގެ ސިޔާސީހާސަރު
18 February 2020
ރައްޔިތުންނަށް ގޯތި ގެދޮރު ފޯރުކޮށް ދިނުމުގައި ( ރައީސް އިބޫ ) ރާއްޖޭގައި ރެކޯޑް ގާއިމް ކުރަށްވާ ރައްޔިތުންނަށް މެދު މިނުގެ ހައްލެއް ހޯއްދަވާ ދެއްވާނެ. ކޮށްދެއްވާނެ. 5 އަހަރުތެރޭ ނިންމަވާ ދެއްވާނެ.
ބާދަގަނޑަށް
18 February 2020
އިބޫސޯލިހަށްއެޅޭނީހޮޅި ކޮންމެ އިންތިހާބެއްކައިރިވާއިރަށް ހޮޅިއެޅުމާގެން ދެފައިއެއްތާނުޖަހާ ގުނބޯހެދިފަތިބޭރައްޔިތުންގަލި ކަމުން ދައްކާވާހަކަ ގަބޫލުކުރަނީ
ފަރުދު
17 February 2020
މަނިކުފާނު ތިޔަ ވިދާޅުވެލެއްވީ ހިޔާ މަޝްރޫޢުގެ ފްލެޓްތައްވެސް ރައްޔިތުންނާއެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދެއްވާނެކަމަށް ! އެކަމަކު ފްލެޓްތަކުގެ މައްސަލަ ބައްލަވާ ކޮމިޓީން ގެންދަވަނީ ފްލެޓްތައް ލިބޭނެ ކަމަށް ކުރީސަރުކާރާ ރައްޔިތުންނާ އެއްބަސްވެ ލިޔުން ދެއްވާފައިވާ ބޯހިޔާވަހި ކަމެއްނެތް މީހުން އަތުންވެސް އެތަން އަތުލެވޭ ބައްލަވަމުން ! ވެވަޑައިގެންނެވި މިންވަރަކުން މަނިކުފާނު މިކަމުގައި ރައްޔިތުންނަށް އެހީތެރިކަމެއް ދެއްވާނެކަމަށް ހީކުރަން !
ޝޮކްތެރަޕީ
17 February 2020
ބްރިޖު އަޅަން ފައިސާ ދިނީ ކޮންބައެއްތޯ. ދައުލަތުގެ ރިޒާވް ހުސްކޮއްލައިގެންތޯ؟