ދީނީ އިލްމުވެރިޔާ ބިލާލް:
19 ފެބުރުއަރީ 2020 - 11:33
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އިސްވެރިންގެ ދެކޮޅުހެއްދެވުމާއެކު، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑު ޖައްސާލުމަށް ސަރުކާރުން ނިންމުމުން އެކަމަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޒުވާނުންނަށް ހާއްސަ ކޮށްގެން، ބިލާލް ރާއްޖެ ގެނައުމަށް ނިންމިކަން އިއްޔެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާން ކުރެއްވުމުން އެކަމާ ދެކޮޅު ހެއްދެވި ބޭފުޅުންގެ ތެރޭގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން އެމްޑީޕީގެ އިސް ބައެއް އެހެން ބޭފުޅުންވެސް ހިމެނިވަޑައިގަންނަވަ އެވެ.
ބިލާލަކީ ހަރުކަށި ފިކުރު ފަތުރުއްވާ ބޭފުޅެއް ތުހުމަތުކޮށް އެންމެ ބޮޑަށް ފާހަގަކުރާ ކަމަކީ އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނުމާ ބެހޭ ގޮތުން އޭނާ ދެއްކެވި ކަމަށް ބުނާ ވާހަކަތަކެކެވެ. އަމިއްލަ އަށް މަރުވެގެން ހަމަލާދޭ މީހުން އެކަން ކުރަނީ އަސްކަރީ ގޮތުން އެ ވިސްނުމުގައި ކަމަށާއި އެކަން ކުރަންޖެހެނީ ދުޝްމިނުންގެ އަތުގައި މާ ވަރުގަދަ ހަތިޔާރު ހުރުމުން އެ ހަތިޔާރުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަމަށް ދޭހަވާ ގޮތަށް ބިލާލް ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރެ އެވެ.
Dr. Bilal Philips genaun, fithunthakaa gulhigen emme fahun madujassaalaifi
The most trusted news source in the Maldives
Mihaaru
ބިލާލް ރާއްޖެ ގެނައުން މަޑު ޖައްސާލުން---
އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ މަހުލޫފް ވަނީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ހެދި ބިލާލްގެ އިވެންޓު މަޑުޖައްސާލާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މަހްލޫފް ވިދާޅުވީ މިގޮތަށް ނިންމީ ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށް ކަމަށެވެ.
ފާޑުކިޔާ މީހުން ބުނާގޮތުގައި ބިލާލް ގެނައުމަށް އެމްޑީޕީގެ އިސް ބޭފުޅުން ދެކޮޅު ހަދަމުން ދަނީ ދީނީ ދަރުސް ރާއްޖޭގައި ދިނުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ދައްކާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް އެ މީހުން ބުނެ އެވެ.
ިބިލާލްގެ ދިފާއުގައި ޝަހީމް ކުރެއްވި ޕޯސްޓް---
ބިލާލްގެ ދިފާއު ކުރައްވައި ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ބިލާލަކީ ކްރިސްޓިއަން ދީނުން އިސްލާމް ދީނަށް ބަދަލުވެވަޑައިގެން އިސްލާމީ ތައުލީމް ހާސިލް ކުރައްވާފައިވާ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ. އެހެންކަމުން ބިލާލްގެ ޝަހުސިއްޔަތު ކަތިލާ ބަޔަކަށް ދިވެހިން ނުވުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.
"ޑރ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން. އަދި އެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއްވެސް ނޫން. އެއީ އިލްމީ ބޭފުޅެއް. އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމީ އުއްމަތުގައި އުފެއްދެވި ބޭފުޅެއް،" މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާ ބިލާލްގެ ދިފާއުގައި ޝަހީމް ވިދާޅުވި އެވެ.
Ya Allah Quruanāi lobuvethi nabiyyage ge sunnah noon ehen gotheh tha aarafukoh islamēvanthakan nagalan ulhey baegge kibain mi dhivehi lobuvethi bin rakkatheri kuravvandheyve
— Ilyas Hussain (@shkilyas) February 19, 2020
Adhi efadh bayakah ibilāhuge kulhadhunvanthakan dhakkavaifandheyve. pic.twitter.com/MKMOAHcTt0
ޝެއިހް އިލްޔާސް ކުރެއްވި ޓްވީޓެއް--
ބިލާލަކީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ނިންމައި ބައެއް ގައުމުތަކުން ވަނީ އޭނާ އެ ގައުމުތަކުގައި ދީނީ ދަރުސް ދިނުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮސްޓްރޭލިއާގެ އިތުރުން ޑެންމާކާއި ކެންޔާ ހިމެނެ އެވެ.
ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ނަޝީދު ވާހަކަ ދައްކަވާފައިވާއިރު އެއް ބަޔަކު ސިފަކުރާ ގޮތުގައި އެއީ އެމްއޭސީއެލުން ބޮޑު ހޭދައެއް ކޮށްގެން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދިގު މުއްދަތަކަށް، ކުޑަ އަގެއްގައި ޓީއެމްއޭއަށް ދިނުމުން އަމާޒުވެފައިވާ ފާޑުކިޔުންތައް އޮއްބާލުމަށް ކުރެއްވި ކަމެކެވެ.
އާއްމު މީހަކު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް---
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގުވާމީ ދީނީ އިލްމުވެރިންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ އެމީހެއްގެ ހިތުގައި ދީނާމެދު ނަފްރަތު ވާކަމުގެ ހެއްކެއް ކަމަށެވެ.
ކެނެޑާ އަށް އުފަން ބިލާލް ޔޫތު މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގަންނަވަން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 12-18 އަށެވެ. މީގެ ކުރިން ވެސް ބިލާލް ވަނީ ރާއްޖެ ވަޑައިގެން ދަރުސްތައް ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހްޔާ ކާޅު
20 February 2020
ގެނައިމަވެސް ސަލާމަތެއްނެތް، ނުގެނައިމަވެސް ސަލާމަތެއްނެތް.
ނަޝީދު.
20 February 2020
ތިތިބަ ފަޅާއަރަނީ ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ މީހުން. ދެން ހައްޔަރުކުރޭ!
ދެރަ
20 February 2020
މަޖިލީހުގެ މެ މްބަރުންނާ ނުބެހޭކަ މެއް ނޯވޭދޯ. އަދި އެމީހުން އެތަނަކށް ކުފޫއެއްވެސް ހަ މަނުވޭ.. ގާނޫނު ހަދާ މަޖިލިހުގަ ތިބެންޖެހޭނީ އިސްލާ މީ ޝަރީޢަތަތުން މަތީ ތަޢުލީ މު ހާސިލުކޮށްގެން ތިބި މީހުންއެކަނި. މިހާރު އެތާތިބީ ރުއްގިނަ ކުރާ މީހުން.
ހަސަނު
20 February 2020
ތަންތަނުން މީހުން ގެނެސް ދީނީ ވާހަަ ދެއްކުމަކީ ވަރަށް ފަރުވާތެރިކަމާއެކު ކުރާން ޖެހޭ ކަމެއް.. ކޮންމެ ކޮންމެ މީހަކު ގެނެސްގެން ވެސް ނުވާނެ.. ހާއްސަކޮށް އެހެން ގައުމުތަކަށް އެރުން ވެސްނަމާ ކުރާނގައިމު ކޮންމެސް ގޯސް ކަންތައްތަކެއް ހުރެގެން..
މޫސަތައްޚާން
20 February 2020
މީނަ ގެނެސްގެން ނުވާނެ.
އިމަނާ
20 February 2020
އެހެންނޫންތީ ވާނީ އީޔޫގެ ބޮޑުންނަށް ވަނީ ވަޢުދުތަކެއްވެފަ. އެކަން އަދިވެސް ނުރެވެ. ސްކޫލްތަކުގެ މަންހަޖުއަށް (ޚާއްޞަކޮށް ޤުރުއާނަށް) ގެންނަން ބޭނުން ބަދަލެއްވެސް ނުގެނެވެ. ދެންކިހިނެއްތޯ އެފަދަކަމަށް ހުއްދަދޭނީ. ޔާﷲ މިމީހުންގެ މަކަރުވެރި ކެހިވެރިކަމުން ސަލާމަތް ކުރަންވާންދޭ.
އާދަނު2
19 February 2020
މިނޫނަސް މިސަރުކާރުން ސޭހުން ގެނެސްފި ދަރުސްދޭން. މީނަ ހަމަ ގެންނަންޖެހޭތަ؟!
ރިިސްކު
19 February 2020
އަހަރުމެންގެ ދީންް ޑިިޕެންްޑުވަނީ ޑރ. ފިިލިޕްސްް އަށްް ތަ؟ ފިިލިޕްސް ގެންްނާނެ ކަމެއްނެތް. އެތަށްް ގައުމަކުކުން ބްލެކްލިިސްޓު ކޮށްފަހުރި މީހެއްް އެއީ.
ކައުންސެލަރު
19 February 2020
ޑރ. އިޔާޒް އަދި ޝައިޚް އިލްޔާސް ހުސައިނަށް މިވެރިކަން ގެނައުމަށް އެހީތެރިވެދިނީތީ މުޙައްމަދު ނަޝީދު އަދ އީވާ ޢަބްދުﷲ ގެ ފަރާތުން ސަލާމް ބުނަން..! ވަރަށް ސަލާމް.
އަލީ!
20 February 2020
ބަލަ އެމީހުންއަރާ ދަރުސްދޭންވީނު. ކީއްކުރަން ބޭރުމީހުންގެންނަނީ؟!
ައޮހެއި
19 February 2020
ތިޔަހިދުކޮޅު ހިސާހިތަކު ނިމިދާނެ ..ނިކަންވިސްނާބަލަ ޗައިނާ ގެހާލަތު ކޮބާގުރުވާން ބަދަަލްކުރަން އުޅުނު މީހުން..................