ޕީއެންސީގެ ޖަލްސާއެއްގައި އަދުރޭ ވާހަކަ ދައްކަވަނީ: އެމްއޭސީއެލަށް ބޭރުގެ ސީއީއޯއަކު އައްޔަންކުރަން އުޅޭ ކަމަށް ތުހުމަތު ކުރެއްވި.
19 ފެބުރުއަރީ 2020 - 14:38
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ފަދަ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަން ރާއްޖެ އިން ބޭރުން މީހުން ހޯދައި އެ މީހުންގެ ކޮންޓްރޯލަށް، އެ ތަންތަން ދޫކޮށްލަން އުޅެނީ ވަކި މަގްސަދެއް އޮވެގެން ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް އަށް ފުރަތަމަ ފަހަރަށް ސީއީއޯއެއް ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް، ސީއީއޯއެއް ހޯދަނީ އަބްދުއްރަހީމް އެ ވިދާޅުވާ މަގުސަދުގައި ނޫން ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އެ ކުންފުނިން ބުނީ، ސީއީއޯ އަކު ހޯދަން އިއުލާންކުރީ ވަކި މީހަކު އެ މަގާމަށް ހަމަޖައްސަން ނޫން ކަމަށެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލައި އެކަން ކުރިއަށް ދިޔަ ނަމަވެސް އަދި ވަކި މީހަކު ކަނޑަނާޅާކަން އެމްއޭސީއެލްގެ އިސް އޮފިޝަލަކު ކަށަވަރު ކޮށްދެއްވި އެވެ
މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ގޮވާލައި އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ސަރުކާރުގައި ކުންފުނިތައް ހަރުދަނާކަމާ އެކު ހިންގީ ދިވެހިން އިސްކޮށް ތިބެ ކަމަށެވެ. އެކަމަކު މި ސަރުކާރުގެ ވިސްނުން ހުރީ ކޮންމެ ކުންފުންޏެއް ހިންގަން ވެސް ބޭރު ގައުމަކުން މީހަކު އައްޔަންކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމްގެ ސީދާ ތުހުމަތެއް އެމްއޭސީއެލްއާ ގުޅުވައި ވިދާޅުވީ އެތަނުގެ ހިންގުން ހަވާލުކުރަން އުޅެނީ ރާއްޖެ އިން ބޭރުގެ މީހަކާ ކަމަށެވެ.
އެމްއޭސީއެލަށް ސީއީއޯއަކު ހޯދަން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އިއުލާންކޮށްފަ އެވެ. ބޭރުގެ ބައެއް ނޫސްތަކާއި އެމްއޭސީއެލްގެ ވެބްސައިޓުގައި، ސީއީއޯއަކު ހޯދަން އިއުލާންކުރީ، ޔާމީންގެ ވެރިކަން ބަދަލުވި ފަހުން އެތަނަށް މެނޭޖިން ޑިރެކްޓަރަކު އައްޔަން ނުކޮށް އަހަރެއް ފާއިތުވި ފަހުންނެވެ.
"ދިވެހިރާއްޖޭގައި ނެތީތޯ އެއާޕޯޓްސް ކޮމްޕެނީ ހިންގޭނެ ވަރުގެ ގާބިލް ބޭފުޅުން، ނޫން އެބަތިއްބެވި. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އޮންނާނީ ސާބިތުކޮށްދީފައި. ދެން ކީއްވެގެންތޯއޭ ވަކި ކުންފުންޏެއްގައި ސީއީއޯ ކަން ކުރައްވާފައި ހުންނަ ވަކި ގައުމެއްގެ މީހަކު ގެނެސްގެން އެ އެއާޕޯޓް ހަވާލުކުރަން މި ޖެހުނީ. އެއީ ކޮން ކަހަލަ ޑީލެއްގެ ދަށުން ކުރި ކަމެއްތޯއޭ،" އަބްދުއްރަހީމް
އެމްއޭސީއެލް ހިންގެވުމާ މިހާރު ހަވާލުވެ ހުންނަވަނީ ޑެޕިއުޓީ ޗީފް އިންފޮމޭޝަން އޮފިސަރު މޫސާ ސޯލިހެވެ. އޭނާ އަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްގެ ބޮޑުބޭބޭފުޅެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްއޭސީއެލަށް ގެންނަން އުޅެނީ މިހާރުގެ ސަރުކާރާ ގުޅުން އޮތް އަވަށްޓެރި ގައުމަކުންނެވެ. ސީދާ ކޮން ގައުމެއް ކަން ވިދާޅެއް ނުވެ އެވެ.
"ދިވެހިރާއްޖޭގައި ނެތީތޯ އެއާޕޯޓްސް ކޮމްޕެނީ ހިންގޭނެ ވަރުގެ ގާބިލް ބޭފުޅުން، ނޫން އެބަތިއްބެވި. އަޅުގަނޑުމެންގެ ސަރުކާރުގައި އެކަން އޮންނާނީ ސާބިތުކޮށްދީފައި. ދެން ކީއްވެގެންތޯއޭ ވަކި ކުންފުންޏެއްގައި ސީއީއޯ ކަން ކުރައްވާފައި ހުންނަ ވަކި ގައުމެއްގެ މީހަކު ގެނެސްގެން އެ އެއާޕޯޓް ހަވާލުކުރަން މި ޖެހުނީ. އެއީ ކޮން ކަހަލަ ޑީލެއްގެ ދަށުން ކުރި ކަމެއްތޯއޭ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިސް ބޭފުޅަކު ވެސް މިއަދު ވިދާޅުވީ އަދުރޭގެ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ. އެންމެ ބޮޑު ކުންފުނި، އެމްއޭސީއެލް ހިންގަން ސީއީއޯއަކު ހޯދަން އިއުލާންކުރީ އެ ވިސްނުމުގައި ނޫން ކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ދައުލަތަށް އާމްދަނީ ހޯދައިދޭ ކުންފުނިތަކުގައި ބޭރު މީހުން އަތްގަދަކުރަން ފުރުސަތު ދިނުމަކީ ސީރިއަސް މައްސަލައެކެވެ. އެއީ، ގައުމިއްޔަތު ކަފުންކޮށް ވަޅުލުން ކަމަށް ސިފަކުރައްވައި ބަލަހައްޓައިގެން ތިބެންވީތޯ ސުވާލު އުފެއްދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
rUSN
21 February 2020
ޖީ އެމް އާރު ގެ އިސްމީހަކު މި މަގާމަށް ގެންނަނީ.. އަންނިގެ ރޭވުމެއް..
ބޮޑު މުހައްމަދު
20 February 2020
އިންޑިއާގެ މަތިމަސްކުމާރެއް ސެލެކްޓްކޮށް ނިމިފަ އޮތީ. މިފަހަރު ޖީއެމްއާރު މިއަންނަނީ އެހެން ސިފައެއްގަ. ރާކަސްމަނި ކައިގެން ތިބޭ މިވެރިކަން ގެންނަން ވޯޓްދިން ކޮހުން. #ރޯނާވި ސަރުކާރު
ނަސީދު
20 February 2020
ގައުމެއް ނެތް އިންޑިޔާ އައްގޮސް ހުސްވީ ދެންޖެހޭނީ އިންޑިޔާ ރުޕީސް މިގައުމްގައި ގެންގުޅެން ސަލާމް ޖާޒިޜާއްއް
ނަޝީދު.
20 February 2020
މި 5 އަހަރު ނިމެންދެން ކޮސް ނުގޮވާ މަޑުކޮށްލާ. މީ ވަކި ބަޔަކަށް ރައްޔިތުން ކަން ކުރަން ހަވާލުކޮށްފައޮތް 5 އަހަރު. އެބައިމީހުން ކިތަންމެ ރަގަޅަށް ކުރިޔަސް، ގޯސްކޮށް ކުރިޔަސް އެއީ އެބައިމީހުންނާ ރައްޔިތުންނާ ދޭތެރޭއޮތްކަމެއް. ރައްޔިތުން ތާއީދު ނުކުރި ޕާޓީއަކާ ގުޅޭ ކަމެއް ނޫން އިގޭތޯ.
ހަސަންބެ.
20 February 2020
ތީ ފުރިހަމަ އިދިކޮޅު ސިޔާސީ ޕާޓީއެއް އޮތީމާ ރައިޔަތުންނަށް ލިބޭފައިދާ. ސިއްރުން ކުރަން އުޅުނު ކަންތައް ތައް ފަޅާއަރުވާލީމާ އަދުރޭ ހަދަނީ ދޮގުކަމަށް ބުނެ ދެން ތިޔަކަމެއް ކުރާކަށް ނުކެރޭނެ. ލީކުކޮށްލާފައި އޮތް ސިއްރު ލިޔުމަކަުން އެގޭގޮތުގައި އެމަގާމަށް ގެންނަން އުޅެނީ އިންޑިއާގެ ރިޓައަރޑް ޖެނެރަލް އެއްކަމަށްވާ އަމަރްޖީތު ސިންގ ބޭދީ. މީނަކީ ވެސްޓާރން ކޮމާންޑު 2019 ހިންގަން ހުރި ގޮމާންޑަރ. ސީދާ އިންޑިޔާ ސަރުކާރުގެ ނިންމުމެއްމީ.ރައިޔަތުން އަތްޖަހާ.
ލަބީބު
20 February 2020
ބީއެމްއެލް ހިންގަން ހުރީ ބޭރުމީހެއް. ދެން އެކަމުން ވީ ގެއްލުމަކީ ކޮބާ؟
އަންކަލޯ
20 February 2020
ބީއެމްއެލްގެ ދިވެހި ސީއީއޯ މިހާރުވަނީ ބޭރުކޮށްފަ! މި ވަކި ބަޔަކު ގައުމާ ހަވާލުވުމުން ދިވެހިންނަށް ނިކަމެތިކަމާ ކުރިމަތިލާންޖެހޭ!
ގިޔާސް
19 February 2020
އަބްދުއްރަހީމް ވިދާޅުވީ، "ޔާމީން ސަރުކާރުގައި ކުންފުނިތައް ހަރުދަނާކަމާ އެކު ހިންގީ ދިވެހިން އިސްކޮށް ތިބެ ކަމަށެވެ." ރަނގަޅު ވާހަކައެއް، އެހެންވެ ޕާޓީއަށް ބަހާ އެޗްޑީސީ ދޮވެލީވެސް ކިހާ ހަރުދަނާ ދެއްތޮ.
ބަދުރޭ
19 February 2020
މި ގައުމުގެ އެއްވެސް ކުންފުންޏަކާ ދިވެއްސަކު ހަވާލުވެގެން ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަކަށް ކަންކަންވެފަ އެބައޮތްބާ؟ ބޭރުން ނުފޫޒުގަދަ ހަރުކަށި މީހުން ގެނައިމަ އެއްގޮތަކުން ރަގަޅު. އޭރުން ދިވެހިންނަކަށް ފާޑުފާޑަކަށް ނޫޅެވޭނު.
މަންޑޭލާ
19 February 2020
ސިންގަޕޫރުގެ ފަންނީ މީހުން ތިބްބަ އިންޑިޔާގެ މީހުން ރާއްޖޭގެ މަތީ މަގަމުތަކަ މިގެންނަނީ ކީއްކުރަންތަ؟
ވަހީދު
19 February 2020
މިކަމުގައި އަވައްޓެރި ގައުމެއްގެ ނުފޫޒު އޮތުން އެކަށީގެންވޭ. އެމަޤާމަށް ނަގަނީ ދިވެއްސެއްތޯ ބަލަން ތިބެމޭ.