"ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
27 ފެބުރުއަރީ 2020 - 12:05
ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް "ހޭވައްލާ"ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި އިއްޔެ ފަށައިފި އެވެ.
ރ. އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮގްރާމް ލޯންޗުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
މީގެ ހަ އަހަރު ކުރިން 2014 ގައި، ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭން ފެށި ދަސްވާރު ޕްރޮގްރާމް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެއޯ އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އެކަށީގެންވާ ގޮތަށް އެ ޕްރޮގްރާމް ހިންގާފައި ނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.
Vice President @FaisalNasym attends ceremony held to inaugurate ‘Heyvalla’ Program pic.twitter.com/uz9c0FKh3H
— The President's Office (@presidencymv) February 26, 2020
ރައީސް އޮފީހުން އިއްޔެ ކުރި ޓްވީޓެއް
ގްރޭޑް 10 ނިންމާ ކުދިންނަށް ހާއްސަ އާ ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ވިދާޅުވީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމަށެވެ. އަދި ދަރިވަރުންނަށް އެ ފުރުސަތު ދިނުމަށް ބެލެނިވެރިންނަށް އެ މަނިކުފާނު އިލްތިމާސްކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިސްނަގައިގެން ރާއްޖޭގެ 20 ސްކޫލެއްގައި ފެށި ހޭވައްލާ ޕްރޮގްރާމުގައި 250 ދަރިވަރުން މިހާތަނަށް ބައިވެރިވެފައިވެ އެވެ.
މަސައްކަތްތެރި ޖީލެއް އުފެއްދުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، މި ކަމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް ނައިބު ރައީސްއާ ހަވާލާދީ ރައީސް އޮފީހުން ބުންޏެވެ. މިއީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ސިއްރު ކަމުގައި ވެސް ވިދާޅުވި އެވެ.
ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހުގައި މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާންކުރުމާއި ފަހަން ދަސްކޮށްދިނުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ވަނީ ވަޑާން ކްލާހެއް ފަށައިފަ އެވެ. އަދި އެ ކްލާހުން ތައްޔާރުކޮށްފައިވާ ވަޑާން ފޮއްޓެއް އެ ސްކޫލުން ވަނީ ނައިބު ރައީސަށް ހަދިޔާކޮށްފަ އެވެ.
"ހޭވައްލާ" ޕްރޮގްރާމް އިފްތިތާހުކުރަން އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން ތަފާތު އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުސަތާއި އެހެނިހެން ހުނަރުތައް ވެސް މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ. އެ ކުދިންނަށް ދަސްކޮށްދޭނެ ހުނަރުތައް ކަނޑައަޅަނީ، އެ ކުއްޖެއް ދިރިއުޅޭ ސަރަހައްދަކުން ލިބޭ ވަސީލަތްތަކަށް ބެލުމަށް ފަހު ސްކޫލުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހްޔާ
28 February 2020
ފައްސާލަންވެގެން ތިއުޅެނީ
ޢާމިނަތު
27 February 2020
މި ޕްރޮގްރާމުން ލެވެލް 3 ގެ ސެޓްފިކެޓެއް ލިބެންޏާ ވަރަށް ރަގަޅު... ދަސްވާރުން ލިބުނު ލެވެލް 3 ގެ ސެޓްފިކެޓެއް..
ތައްޔާރު
27 February 2020
ޚަބަރު ލިޔާ މީހާގެ ދޭހަވުމުގެ މައްސަލައެއް ހުރުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ މައްސަލައެއްނޫން ދޯ. ހޭވައްލާ ޕްރޮގްރާމް އަމާޒުކުރެވެނީ ގްރޭޑް10 އެއް ނިންމާފަތިބި ކުދިންނަށް.
ސީމަ
27 February 2020
ނަން ބަދަލު ކުރިޔަސް ތީ ޔާމީން ފެށި ކަމެއް.. ކޮންމެ ކަމެއްގެ ނަން ތިބަދަލު ކުރަނީ ރައްޔިތުން އޮޅުވާލަން ތޯ؟ ނުވާނެ ތިކަމެއް؟
ގުއްޕާ
27 February 2020
ހެއްޔޯ ގަނޑިޔަ.... ކިޔަމާ!
ޒިން މާ ކުރުވަމ މާ
27 February 2020
ނަން ބަދަލުކުރު މުން ކަންބަދަލުވެއްޖެތަ..ދަސްވާރުކީ މަ ކަ މުނުދިޔައީ ހޭވައްލާ ކީ މަ ކުދިންގެ ހުނަރާ ނަތީޖާ ރަގަޅުވޭތަ.ކޮއް މެކަ މެ މިފަދަ ސުރުހީތަކުން ފުރާލާފަބަހައްޓާ ރައްޔިތުންގެ ގިނަބަޔަކީ ބޮޑުވަރިހަ މަ މީހުން. ޔާ މީން ވެރިކަ މުގެ5އަހަރުގަ އޮފީސްހިންގީ ރައީސްއޮފީހުގަ އެއޮފީސް ބަދަލުކޮއްލަންވީނުން.ޔާ މީންކުރި ކޮއް މެކަ މަކީ ގޯސްކަ މެނަ މަ އެ5އަހަރު އޯލެވެލްހެދި ކުދިންގެ ސެޓްފިކެޓްތަވެސް އުވާލާ އަލުން ޓެސްޓްހަދާބަލަ.
ޝަހޫ
27 February 2020
އާނ ދެން ފަހަރަކުން ކިޔާނީ.. " އަހާ ހުއި.. ޕުރޮގުރާ މް".. ނަ މަކުން ކަ މެއް ކުރެވޭތަ..
ހޮޓްކިންގ
27 February 2020
ގިނަ ކަންކަމުގައި މިސަރުކާރަށް ގޯހީ ކުރީގެ ސަރުކާރުން އެކަންކަމަށް ނުވަތަ އެތަންތަނަށް ދީފައިވާ ނަން. އެކަން މިފެންނަނީ. ކުރަނީ ހަމަ އެއްކަމެއް. އެކަމަކު ކުރިން ކުރިގޮތާ ގާތަށްވެސް އެކަންކަން ކުރަން ނޭނގިގެން އުޅޭތަން މިފެންނަނީ. ގައުމުގެ ހިންގުންތެރިކަން ދަނީ ދަށަށް.
ފފފފ
27 February 2020
ކޮބާ އޯލެވަލްއަށް ރަނގޅު ނަތީޖާ ނެރެން ފޭކެއް ޖައްސަނީނޫންތަ ތި. "ދަސްވާރު" ކީމަކުރި އަސަރު ހަމަބޮޑުވީދޯ؟ ހޭވައްލާ؟؟؟ ހުތުރު ޖަންގަލީގެ ނަމެއްނޫނީ ނުވެސް ވިސްނުނުތަ؟ ނަންބަދަލު ކޮށްލީމަ ނިމުނީ ކަމަށްއުތަ ހީކުރީ؟ ގަޅިންނަށް ވާނެ ކަމެއް ނޯންނާނެ. ތިއީ ޑރ އާއިޝަތު ޝިހާމުގެ އައިޑިޔަރ. ޕްރޮޕަރޓީ އޮފް ޑރ އާއިޝަތު ޝިހާމް. މިއޮއް ސަރުކާރެއް. އައްދޯތް. މަ ހީހީ ހަލާކު.
ޢައިސްތު
27 February 2020
ދަސްވާރު ހިންގީ ގްރޭޑް 10 ނިންމާ ކުދިންނަށްކަމެއް މަ ނުދެނެހުރިން
ދަސް
27 February 2020
ހޭވައްލާ ކިޔަސް ދަސްވާރު ކިޔަސް ތިޔަކުރަނީ އެއްކަމެއް