މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން ޝިފާއާ ބައްދަލުކުރަނީ. --ފޮޓޯ/ޓުވިޓާ
27 ފެބުރުއަރީ 2020 - 14:02
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި މާލޭގެ މައްސަލަތަކުގައި އަޑުއުފުލައި ހައްލު ހޯދަން މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ތެދުވެއްޖެ އެވެ.
އެ ޖަމިއްޔާ އިން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާ އެކު، އިސްކަންދަރު ސްކޫލްގައި މިރޭ ބައްދަލުވުމެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. މި ބައްދަލުވުމުގައި، ވާހަކަ ދައްކަން ހަމަޖައްސާފައި ވަނީ މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާ ގުޅޭގޮތުންނެވެ.
މި ޖަމިއްޔާ އިން މާލޭގެ ރައްޔިތުންނާ މި ބައްދަލުކުރަނީ، މާލޭގެ މޭޔަރު ޝިފާ މުހައްމަދާ ބައްދަލުކޮށް، މުހިއްމު ހުށަހެޅުންތަކެއް ވެސް ހުށަހެޅުމަށް ފަހު އެވެ. އެ ޖަމިއްޔާ އިން އާއްމުކުރި ބަޔާނުގައި ބުނީ އެ ބައްދަލުވުމުގައި މުހިއްމު މަޝްވަރާތަކެއް ކުރީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅިގެން ކަމަށެވެ.
Male' City Council rahyithunna bahdhalu kurumaa behey gothun jamiyya ge faraathun membarunnashaai Male' ge ravvehinnah anga aammu engun. pic.twitter.com/8h2pS0TuAX
— Male' Ravvehinge Jamiyya (@maleravvehin) February 27, 2020
ބޯހިޔާވަހިކަން ފޯރުކޮށްދޭން މާލެ އިން ބިން ހިއްކާފައިވާ އިރު، އެ ބިންތަކުގެ ހައްގުވެރިންނަށް ނުލިބޭ ކަމަށް އެ ޖަމިއްޔާ އިން ޝަކުވާކޮށްފައިވެ އެވެ.
އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، މާލޭ ރަށްވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން ޖަމިއްޔާ އިން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުގައި މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ހުށަހެޅީ މާލޭގެ ރަށްވެހިންނަށް މާލޭގެ ބިމުން ގޯތިދެވޭނެ ހަމައެކަނި ހައްލަކީ ހުޅުމާލޭގެ ހުސްބިމުން ގޯތި ދިނުމާއި ގުޅީފަޅު އަދި ފުށިދިއްގަރުފަޅު ހިއްކުމެވެ. މާލޭގެ ލޭންޑް ޔޫސް ޕްލޭން ހަދާއިރު އެކަމަށް ރިއާޔަތްކޮށްދޭން ވަނީ އެދިފަ އެވެ.
މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަކީ ކައުންސިލުން ވެސް އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށް މޭޔަރު ޝިޔާ ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ. ޕްލޭނިން މިނިސްޓްރީން މިހާރު އެކުލަވައިލަމުން އަންނަ މާލޭގެ ލޭންޑް ޔޫސް ޕްލޭން އާއްމުކޮށް، މާލޭގެ ރައްޔިތުންގެ ހިޔާލު ހޯދާނެ ކަމުގެ ޔަގީންކަން މޭޔަރު ވަނީ ދެއްވައިފަ އެވެ.
ރަށްރަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭ އުސޫލުން މާލޭގައި ވެސް މާލޭގެ ރަށްވެހިންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅެން އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ. އެގޮތުން ހުށަހެޅި އެއްކަމަކީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން ޕޮއިންޓް ދިނުމުގެ އުސޫލް ބަދަލުކޮށް މާލޭގެ ރަށްވެހިންނަށް އިސްކަން ދިނުމެވެ.
ޕޮއިންޓް ދިނުމުގެ އުސޫލު ބަދަލުކުރަން ސިސްޓަމެއް ތައްޔާރުކުރަމުން އަންނަ ކަމަށް ޝިފާއާ ހަވާލާ ދެއްވައި އެ ބަޔާނުގައި ވެ އެވެ. އެ ސިސްޓަމް ހަދަނީ، މާލޭގައި އެންމެ ނިކަމެތި ހާލުގައި އުޅޭ ރައްޔިތުން ދެނެގަނެވޭ ގޮތަށެވެ.
މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން މޭޔަރަށް ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅި އަނެއް ކަމަކީ މާލޭގެ ދަފްތަރާ ހެދި، މާލޭގެ ރައްޔިތުންގެ ހައްގުތަކެއް ގެއްލުމެވެ. ރަށްރަށުގެ މީހުން މާލޭގެ ދަފްތަރުގައި ޖެހުން ހުއްޓުވައިދޭން އެ ޖަމިއްޔާ އިން ވަނީ އެދިފަ އެވެ.
އުސޫލްތަކުގެ ބޭރުން ދަފްތަރުގައި ޖެހެން އުޅުނު ގިނަ ބަޔަކު ހުއްޓުވާފައިވާ ކަމަށް ޝިފާ ވިދާޅުވި ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ. އަދި ދަފްތަރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން، ގާނޫނަށް އިސްލާހު ހުށަހަޅައިގެން ނަމަވެސް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
"މި ޖަމިއްޔާގެ ފަރާތުން ދެކޭ ގޮތުގައި މާލޭގައި ދިމާވެފައިވާ ގިނަ މައްސަލަތަކަކީ ޒަމާންތަކަކަށް އެ ކަމުގައި ސަރުކާރާއި އާއްމު ރައްޔިތުންގެ ވެސް ވަަރަށް ބޮޑެތި އިހުމާލުތަކެއް ހިމެނިގެން ގޮސްފައިވާ މައްސަލަ އެކެވެ. އަދި މިކަމަކީ އެންމެ ތިން ހަތަރު ބައްދަލުވުމަކުން ހައްލު ކުރެވޭނެ މައްސަލަތަކެއް ވެސް ނޫނެވެ،" ބަޔާނުގައި ވެ އެވެ.
މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން މާލޭގެ ރަށްވެހިންނަށް ދިން ޔަގީން ކަމަކީ، ހައްގުތައް ކަށަވަރުވަންދެން މައްސަލަތަކަށް ހައްލު ހޯދަން މުއައްސަސާތަކާ އެކު ދާއިމީ ބައްދަލުވުންތައް ބާއްވާނެ ކަމެވެ.
މާލޭ ރަށްވެހިންގެ ޖަމިއްޔާ އިން ހައްގުތައް ހޯދަން މި ތެދުވީ، މާލެ/ރާއްޖެތެރޭ ބަހުސް ހޫނުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. މާލޭގެ ރަށްވެހިންނަށް ކުރިމަތިވެފައި ވަނީ ފަލަސްތީނަށް ވުރެން ވެސް ނިކަމެތި ހާލެއް ކަމަށް ވިދާޅުވެ މަޖިލީހުގެ މެމްބަރު ހުސެއިން ޝަމީމް ދެއްކެވި ވާހަކަތަކާ ހެދި އުފެދުނު އަރައިރުންތަކުގައި އޭނާ އަށް އެންމެފަހުން ވަނީ މާފަށް އެދިވަޑައިގެންފަ އެވެ. އޭނާގެ ވާހަކަތައް ތަރުޖަމާކުރީ ތަފާތުކުރުންތަކަށް ހިތްވަރު ދެއްވުމުގެ ވާހަކަތަކެއްގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ ތެރެ ޖަމިއްޔާ
04 May 2021
ދެން މާލޭ މީހާ އަށް ފުލެތްލިބުނީމާ ފުލެޓްގަ ނޫޅެ ރާއްޖެ ތެރެމީހާ އަށް ބޮޑުއަގުދަ ކުއްޔަށް ދީފަ އުޅެނީ މަސައްކަތް ނުކޮށް . ދެން އަނެއްކާ އުޅޭނެ ތަން ނެތިގެން އުޅޭ މީހަ ލިބޭ ފުލެޓގަ ނޫޅޭ. މިހާރުވެސް ދައުލަތަށް ލިބޭ ރާއްޖޭގެ އެއްމެންގެ ފަިސާގެ %95 ޚަރަދު ކުރަނީ މާލެ އަށް. ވީމާ ދައުލަތަށް ލީބޭ ފައިސާ ހުރިހާ ރަށަކަށް އެއްވަރަށް ބަހަން ވީ . މާލެ އަށް ގިނަ ނުކޮށް .އާން. . މިއީ ހައްލަކީ. ރާއްޖެތެރޭ
ފައިނަލް
29 February 2020
ކަޓޭމެން ފަދަ މާލެ މީހުންގެ ގެތައް ވެސް ރާއްޖެތެރޭ މީހުން އެމީހުން އަމިއްލަ މަސައްކަތުން ހޯދި ފާއިސާއިންނާއި އެމީހުންގެ ނަމުގައި ބޭންކުން ލޯނު ނަގައި ގެ ހަދާދިނީމވެސް ތިއުޅެނީ ވި އެއްބަސްވުމާއި ޚިލާފުވެ އެތަން ހެދި ރަައްޖެތެރޭ މީހާ އެއްލާލަން... ބަލަގަ މާލެ ގެދޮރުވެރިން އަމިއްލައަށް ފައިސާ ހޯދައިގެން ނުވަތަ ލޯނު ނަގައިގެން ގެ ހަދަންވީނު... ކީއްވެ ރާއްޖެތެރޭ މީހާގެ ފައިސާގައި ގެ ހަދަންވީ.
އޮނަރަބްލް އަފީފު ދީދީ
28 February 2020
ނުލިބިގެން ތިއުޅެނީ މަރުކަޒީބެންކަށް ވަދެ އެތަނުގެ ތިޖޫރިތަކަށް އަތްކޮށްޕުމުގެ ޙައްޤުތޯ؟! # ނޫންނަމަ "ގެއްލިގެން ތިއުޅެނީ އަހަރުމެން ފައިސާއާއި އެތައް ހަދިޔާ ބޯޓް އަންނަ ކޮންމެފަހަރަކު ފޮނުވާދީ ކަލޭމެންގެ ބެލުމުގެ ދަށުގައި ކިޔަވަން ބޭތިއްބި އަހަރުމެންގެ ދެލޯފަދަ ދަރިންލައްވާ ނޯކުރީ ކުރިގޮތަށް އެކަން ނުކުރެވޭތީ ގެއްލުނު ޙައްޤު" ތޯ؟ # އެކަން ދެނެއް އިއާދަ ނުކުރެވޭނެ. މާލޭގޮލާތައް ޖެހޭނީ މޮޔަވާން.
މުރަކަ
28 February 2020
ސްޓެލްކޯ ވަގުތީ ވަޒީފާ ދަފްތަރުގައި ޖެހި މުއައްޒަފުން ގެ ނަމުގައި އަޑިން ގުޅިގެން ހުޅުމާލެ ފުލެޓް ހޯދާފައި އެބަހުރި . ރަށު ގޯތީގައި ގެސްޓު ހައުސް ހިންގަނީ
ޝުކުރީ ޝުކުރު
04 May 2021
މާލޭގަ ހޮސްޕޓަލުތަށް+މަތީތަޢުލީމާއި ރަގަޅު ޓީޗަތުން + ގެ އަލަން ލޯނުތަށް+އަސާސީ ހުރިހާ ޙިދުމަތެއް +ރަނގަޅުބޫފެން+ނަރުދަމާ+ ހުތިހާ ޚިދުމަތެއް ގަންނަން އަންނަން ޖެހޭތަން. ސަރުކާރުގެ ހުރިހާ އޮފިށސް ތަށް+ ވަޒީފާތަށް+ކޮން ދަައުލަތުގެ ފައިސާ %90 މަތި މާލޭ މީހުންނަށް. މިސާކު. މާލޭ މީހާ އަށް އައިޑި ކާޑެއް ހަދަން -/250 ރ . ރާއްޖެ ތެރެ -/2000ރ މަތީ. އައުން+ހުރުމާއި އެކު . ހިނގާ ވެރިކަން ކުރާ ރަށް ފަހަރަކު ރަށަކަށް ދޭން. އޭރުން ޚައްޤު އެއްވަރުވާނީ......
ކަނބިލި
28 February 2020
މިއީ ހަ މަ ކައުންސިލް އިންތިޚާބާ ދިކޮށް ދިވެހިރައްތުންގެ ތެރެއިން ބޮޑުބައެއް ނިކަމެތިކޮށް އިހާނެތިކޮށް ހެދު މަށް ހިންގާ ޖަރީ މާއެއް. މީގެ ބޭނު މަކީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދާ ބައިބާވުން އުފައްދާ ވަކި ބަޔަކު ނިކަ މެތި ކުރުން. މާލެޢަށް ރަށް ރަށު މީހުން ހިޖުރަކުރަނީ މާލެ ހިތްފަސޭހަ ވެގެންނެއް ނޫން. މަޖުބޫރުވެގެން. މާލެއަށް ހިޖުރަކުރާ ސަބަބުތައް ފިލުވާ އޭރުން ނާންނާނެ.
ސައިޒް
28 February 2020
ޜައްޔަތުންގެ މަޖުލީހުގެ މެޖީރިޓީ އައި އެއްގޮތައް ‘ މަޖުލީގެ ރައީސް އަކީ ރާއްޖެ ތެރޭގެ މީހަކައަ ވަގުތުން ހަދަން އެބަޖެހޭ. ޥަރައް ވާހަކަ
ވަރަށް ސަޅި
28 February 2020
ހުރިހާ ރައްޔަތުންގެ ފައިސާއިން ބިންހިއްކާފަ ހަމައެކަނި މާލޭ ރައްވެހިންނަށް ހިލޭ ބިންދީފަ އެތަން ރާއްޖެތެރޭ މީހެއްލައްވާ ހަދުވާފަ އަދި ހަންދާ ފައިސާ ރާއްޖެެތެރޭ މީހުން އަތުން ދައްކަންޖެހުނީމަ ސަރުކާރުގެ ސިޔާސަތަށް ބައިނަލް އަގުވާމީ އެވޯޑެއް ހައްގުނޫންތޯ
އަހުމަދުއަލޯ
28 February 2020
ތިޔަ ޖަމްއިއްޔާއަށް ކިޔަންވީ ފަލަސްތީނު ޖަމްއިއްޔާ! ލުލް.
ސަހަރޯ
28 February 2020
ކޮން މާލޭ މީހެއް ރާއްޖެތެރޭ މީހެއް؟ މާލޭގައި ދިރއުޅޭ ކޮންމެ މީހަކީ މާލޭ މީހެއް
ކެކެ
28 February 2020
ވަޒީފާ ދީބަލަ ރަށުން... އޭރުން އުޅޭނަން ރަށުގަ..މާރސްޓާ ޑިގްރީ ނިންމާފަ ރަށައްގޮސް އަދާކުރާނެ ވަޒީފާ އެއް ދީބަލަ