ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވނީ. އޭނާ ވިދާޅުވީ މަސްވެރިންނަށް ހައްގުވާ މިންވަރު ނުލިބެނީ ފިޝަރީޒް މިނިސްޓަރާ ހެދި ކަމަށް.
04 މާޗް 2020 - 15:44
ރާއްޖޭގެ މަސްވެރިންނަށް ހައްގުވާ މިންވަރު ނުލިބެނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ ސަބަބުން ކަމަށާއި ހައްގު މިންވަރު ލިބޭކަން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިިހާބުގެ ކުރިން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސަރުކާރަށް މިއަދު ގޮވައިލައްވައިފި އެވެ.
ރާއްޖޭގެ ކަނޑުތަކުގައި އާދަޔާ ހިލާފަށް މިޔަރު ގިނަވެ، މަސްވެެރިންނަށް އުނދަގުލަކަށް ވެފައިވާ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާ މެދު މަަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ރާއީ ވިދާޅުވީ މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ "ސީދާ މިނިސްޓަރާ ހެދި" ކަމަށެވެ. ފިޝަރީޒް މިނިސްޓަރު ޒަހާ ވަނީ ފެއިލްވެފައިވާ ކަމަށާއި އެ މިނިސްޓަރާ އެކު ކުރިއަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު، ރައްޔިތުންގެ މަޖިލީހުގައި މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ/ ނަޝީދު މިއަދު ދެއްވީ އޭ ރިޕޯޓެއް.
މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެ ގޮތް ހަދައިދޭން އެމްޑީޕީން ބޭނުންވާ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރީ ވެސް މަސްވެރިކަމާ ބެހޭ ގާނޫނު ކަަމަށް ވެސް ރާއީ ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ފިޝަރީޒް މިނިސްޓާ ފެއިލްވެއްޖެ. ފިޝަރީޒް މިނިސްޓަ ބޮޑުތަނުން ފެއިލް ވެއްޖެ. މަސްވެރިންގެ ހައްގުތައް ހޯދައި ނުދެވިގެން އުޅެނީ ހަމަ ސީދާ މިނިސްޓަރާ ހެދި. އެެހެންވީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް އެ މިނިސްޓަރު ގޮވައިގެން ކުރިއަށް ދެވިދާނެ ކަމަކަށް،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރްއެމްގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނެވި ޒަހާ އަށް ރައްދުކުރައްވައި ރާއީ ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ދެއްކެވި ވާހަަކަ އަށް ރާއީ މިއަދުގެ ވާހަކައިގައި ވެސް ނުރުހުން ފާޅުކުރެއްވި އެވެ. އޭނާ އިއްޔެ ވެސް އިމްރާނަށާއި އަދާލަތު ޕާޓީއަަށް ނުސީދާކޮށް ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ޕާޓީއަށް ހައްގުވާ މިންވަރަކީ އެންމެ ވަޒީރެއް ކަމަށާއި އެ ވަރު ދީފައިވާ ކަމަށެވެ.
މިއަދު ވިދާޅުވީ މަސްވެރިންނަށް ހައްގުވާ މިންވަރު ހޯދައި ނުދީ، ބައިމަދު ޕާޓީއެއްގެ ހައްގު މިންވަރު ހޯދައިނުދެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިއްދޫގަނަށީދުއެޅިމަސްފެކްޓަރީ
05 March 2020
ނަށީދު ދިއްދުއަށް އެންމެ ފަހުން ކުރި ދަތުރުގައި ބުނީ ދިއްދޫގަ މަސްއެޅުން މީ އެމް ޑީޕީގެ އިދިކީލަ ހަރަކަތުގެ ފެށުން ކަމަށް އެހެން ވިއްޔާ ކޮބައިތޯ އެކަމުން މަސްވެރިންނަށް ލިބުނު ކާމިޔާބީއެއް މަސްކިރޭނެ ފަސޭހަ ގޮތެއް ކައިރިން ހަމަޖެހުނުތޯ؟ މިހާރު އެބަ އުޅޭ ދެގެދޭތރޭގަ އޮންނަ ހުިސްޖާގައިގަ މަސްފެކްޓަރީ އެއް އަޅާ ބަޔަކު އެކަހަލަ މަސްފެކްޓަރީ ހެޔޮ ނޭޅިޔަސް
ސަލްމޮނެއްލާ
05 March 2020
އެމް.ޕީ އަށް ވެސް މަޖްލިސް ގެ ޗެމްބަރުތެރޭ އިންނަވައިގެން މިނިސްޓަރުގެ ބޮލުގަ ހުރިހާ ކަމެއް އަޅުވަން ވަރަށް ފަސޭހަ ދެއްތޯ. ހައްގު މިންވަރޭ ހަމަ އަގޭ ކިޔަން ވަރަށް ފަސޭހަވާނެ. ހައްގު މިންވަރަކީ ކޮބާ ތޯ؟ މިފަހަރުގެ ހަޔަސް ސަރވޭއަގެ ނަތީޖާ ލިބުނީމާ ބަލަމާ ހިނގާ ދެއްތޯ ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ އާމްދަނީތައް އަޅާކިޔާއިރު މަސްވެރިންނަށް ތިޔަބުނާ ހައްގުމިންވަރު ނުލިބޭތޯ. ހަމަ އަގަގީ މިހާރު ސިޔާސީ ބަހަކަށް ވެއްޖެ.
ޙުސޭނުބެ
05 March 2020
މަސްވެރިންނަށް ހަމައަގު ނުލިބެނީ ޒަހާ އާ ހެދި ކުޑަކުދިންނަށް އިންސާފް ނުލިބެނީ ޝިދާތާއާއި ހެދި ޤައުމުގަ ކުށް ގިނަވަނީ ޢިމްރާނާ ހެދި ސަރުކާރު ނުހިންގެނީ ކޯލިޝަނާހެދި މަޖިލީހުގައި އަޑުގަދަވަނީ ރާއީ އާ ހެދި...ހެހެ. ލޮލް...މީ އަރަތެއްތަ؟
މަސއވެރިއެއް
05 March 2020
ގަރުނުގެ އެންމެ ތެދު ވާހަކަ މީ.. ޒަހާ އަކަށް މަސްވެރިންނަކީ ކޮބައިކަމެއް ނޭނގޭ.. މަސްވެރިންގެ އިހްސާސްތަށް އެނގުނަސް އެއީ މާބޮޑުކަމެއް ނޫން މިނިސްޓަރު ފިނި ކޮޓަރީގަ ލިޔެކިޔުން ހިންގިއަކަސް މިކަމެއް ނުވާނެ.. މީ މިރާއްޖޭގައި އެންމެ އެކްޓިވްކޮށް އުޅެން ޖެހޭ އެއް މިނިސްޓްރީ.. ބޭނުންވަނީ މަހޭ ސްޓައިލްގެ މިނިސްޓަރުން.. އަމަލުން ފެންނަން އެބަޖެހޭ.. މަސްވެރިންނާ ސީދާ އޮޑިތަކުން ދިމާވާން އެބަޖެހޭ.. މީ އަހަރެންގެ ހިޔާލެވެ.
އިސްމާލި
05 March 2020
ވެރިކަމާއި، މުޅި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އާއި، މިނިވަން މުއައްސަސާ ތަކާއި ހުރިހައި ކުންފުންޏެއް އޮތީ ތިމާމެންގެ މުށުތެރޭގައި. މިހެން މިކަން އޮތް އިރު ހަމަ އަގު ނުދެވިގެން އުޅެނީ އެންމެ މީހެއް (މިނިސްޓަރު) ގެ ސަބަބުންނޭ ބުނުމަކީ އަމިއްލައަށް ސޯޓު ބޭލުން ކަން އެނގޭބާ.
އިސްމާލި
05 March 2020
މި މީހުން ތިޔަ ތަނުން މިނިސްޓްރީއެއް ބަލަހައްޓަން ހަމަޖައްަސާ ދުވަހު އެނގޭނެ ތިމާ މީ ކިހާ ފެންވަރެއްގެ މީހެއްކަން. މަޖްލީހުގައި އިމްތިޔާޒުތަކެއް ލިބިފައި މައިކެއް ކައިރީ ވާހަކަ ދައްކަން ލިބުމުން، އަދި ދައްކާ ވާހަކައަށް އަތްޖަހާނެ މީހުން ތިބުމުން ކޮންމެ އެއްްޗެއް ވެސް ކިއި ދާނެ.
ވަކީލު
05 March 2020
މަޖިލީހުގެ މެޖޯރިޓީ ހޯދީ ރައްޔިތުންނަށް ވައުދުތަކެއްވެ، އެ ފުއްދައިދޭންބުނެ ދެން ވަކިމީހެއްގެ ބޮލުގައެޅުވުމުގެ ބޭނުމަކީ ކޮބާ؟ ވަޢުދުނުފުއްދެނީ މި ސަރުކާރުގެ ފިޑިކަމުން.
އަލީނާ
05 March 2020
މަސްވެރިންގެ ހައްޤުގަތަ މީނަ ވާހަކަ މިދެއްކީ. ނޫނީ ހަސަދައެއް ބާލާލީ ތަ
ބަޓަރުބެ
05 March 2020
ކޯލިސަންގެތެރޭގައި ތިބި ކުނިތައް ނައްތާލާގެންނޫނީ އަހަރެން ދެން މި ސަރުކާރަށް ތާޢީދުކުރާނެ ހަމަ އެއްވެސް ގޮތެއް ނޯންނާނެ.
ބޮޑުރިޔާ
05 March 2020
ފައްކާ ރޯނުއެދުރެއް މިކަހަލަ މީސްމީހުން އައިސް މުޅި އެމްޑީޕީ ހަރާބް ކޮށްފި
ސީރިއަސް
05 March 2020
އެ މްޑީޕީއަކީ ފަކުރެއް. އިތުރަށް ޚަރާބު ކުރާނެތަނެއްނެތް.