ކޮވިޑް19 އާ ގުޅޭ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
07 މާޗް 2020 - 03:15
ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާ އިޓަލީން މީހުން ރާއްޖެ އައުން އާދިއްތަ ދުވަހުން ފެށިގެން މަނާ ކުރަން ސަރުކާރުން މިރޭ ނިންމައިފި އެވެ.
ރާއްޖޭން އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ މައުލޫމާތު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިޓަލީން މީހުން ރާއްޖެ އައުން މަނާކުރަން ސަރުކާރުން ނިންމީ ރާއްޖެ އަށް އެބަލި އަތުވެދާނެ ކަމުގެ ބިރު އޮތް މިންވަރު ބެލުމަށް ފަހުގައި ކަމަށެވެ.
"ކަންކަން ބެލުމަށް ފަހު އެނގުނީ ރާއްޖެ އަށް އެންމެ ރައްކާތެރި ގޮތަކީ އިޓަލީން މީހުން އައުން ހުއްޓާލުން ކަމަށް. އަޅުގަނޑުމެންނަށް އެންމެ މުހިންމު ވާނީ ރައްޔިތުންގެ އާއްމު ސިއްހަތު،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭން ވަނީ އެ ބަލި ފެނުނު ޗައިނާ އިން ވެސް މީހުން އައުން މަނާކޮށްފަ އެވެ. މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ހާލަތު ބެލުމަށް ފަހުގައި އެހެން ގައުމަކުން ވެސް ރާއްޖެ އަށް ނުރައްކަލެއް އޮތްކަމަށް ބެލެވިއްޖެ ނަމަ އެ ގައުމަކުން ވެސް ރާއްޖެ އަށް މީހުން އައުން މަނާކުރާނެ ކަމަށެވެ.
ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ތިން ޓޫރިސްޓަކު އެ ބައްޔަށް ޝައްކު ކުރެވިގެން މިއަދު ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި ޗުއްޓީ ހޭދަކުރުމަށް ފަހު އެނބުރި އިޓަލީ އަށް ދިޔަ ޓޫރިސްޓަކު އެ ބައްޔަށް ޕޮޒިޓިވްވެގެން އެ ރިސޯޓްގައި އެ މީހާ އަށް ފަރުވާ ދިން ޑޮކްޓަރު ވެސް ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި ތިނަދޫ އާއި ކުރެއްދޫ އަށް އަރައި ފޭބުން ވަގުތީ ގޮތުން ވަނީ މަނާކޮށްފަ އެވެ.
ޔޫރަޕްގައި އެންމެ ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދަނީ އިޓަލީގަ އެވެ. އެ ގައުމުން މިހާތަނަށް 3،858 މީހަކަށް ބަލި ޖެހިފައި ވާއިރު އޭގެ ތެރެއިން 148 މީހަކު ވަނީ މަރުވެފަ އެވެ.
ޖުމުލަ 12 ގައުމަކުން މިހާތަނަށް ވަނީ އިޓަލީން މީހުން ދިއުން ވަގުތީ ގޮތުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެންފުޅު
07 March 2020
މިހާރު ދެން ކީއްކުރަން
އިބުރާހީމޫ
07 March 2020
ތީތި ކަޑަ............
ލަހޭ
07 March 2020
ޔޫރޮޕްގަ އެންމެ ބާރަށް ވައިރަސް ފެތުރެމުން ދިއަ ގައުމުން ފަތުރުވެރިން އައުން ނުހުއްޓުވީމަ އެއީ މިގައުމަށް ވައިރަސް އަރަން ދެވުނު ދައުވަތެއްފަދަ. ޕޭޝަންޓް ޒީރޯ ހޯދިއަސް ދެން ނުފެންނާނެ އެވަރަށް ފަތުރުވެރިން ގެންނަންވީމަ.
އަވަސް
07 March 2020
ދެލޯފުޅާ އަދި ތަންކޮޅެއް އަވަސް ތިޔަ ފިޔަވަޅު އަޅުއްވަން. 6 އެއްކަ މަސް ވަންދެން މަޑުކޮށްލެއްވިނަމަ.... ކަހަނބު ސްޕީޑުގެ ސަރުކާރު!!!!
1245
07 March 2020
މޑޕ މީހުން ވަރައް އުފާވާނެ މިހާރު، މިތަނުގެ ޓޫރިޒަމް ނެތިގެން ދިއުމަކީ އެމީހުން އަބަދު އެދެމުން އައިކަމެއް، އިއްތިފާގުން އެމީހުންގެ ވެރިކަމުގަ މިކަމައް ކޮންމެވެސް ވަރެއްގެ ހައްލެއް މިލިބުނީވެސް، ދެން ބާރައް އައްޖަހާ
12345
07 March 2020
މިހާރު ކީއްކުރަން ކުރާކަމެއް. ބަލަ ފުރަތަމަ ތިވައިރަސް ގެ އަޑު އިވުނު ދުވަހު ތިކަން ނުކުރީ ކީއްވެ؟ ޑޮލަރުގެ އަޅުން.
މަށެއްނޫން
07 March 2020
ކޮބާ ދެކުނު ކޮރެއާ އީރާން ޖަޕާން އިންޑިއާ ޖަރުމަން ސްޕެއިން؟
ބޮޑު މުހައްމަދު
07 March 2020
ރައީސް ޔާމީނުގެ ވެރިކަމުގަ ބޭރުގަ ތިބެގެން ދުއްޕާންކޮށް މިތަނަށް ފަތުރުވެރިން ނާނަންނަން ގޮވާ އިގްތިސާދު ފުނޑާލަން އުޅުން ބައިގަނޑަށް އިބްރަތެއް.
900 ޑިގުރީ
07 March 2020
މީގެ 2 ހަފުތާކުރިން މިފިޔަވަޅު އެޅިނަމަ ދޯ
ގޮހޮޑާ
07 March 2020
ވާނެ އެއްޗެއް ވީމަ